އަނެއްކާ މިވީ ކީއް ހެއްޔެވެ؟ ޒިޔާން އެންމެ ފަހު ވަގުތުގައި ކައިވެންޏަށް އިންކާރު ކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ހިފައިގެން ދިޔަ ކުއްޖާއަކީ ވަގު ބިޓު ހެއްޔެވެ؟ *************************************************************************************************** ފަޒީލްއާއި އެއްކޮށް ދުރުގައި މަންޒަރު ބަލަން އަހަރެން ހުރީމެވެ. ކައިވެނީގެ ހަފްލާ މިވީ ބޮޑު ސަމާސާއަކަށެވެ. ސާރާގެ އަގުވެއްޓި އޭނާގެ އާއިލާ މެމްބަރުންގެ ތެރެއިން ފަހަރަކު މީހަކު ހަމްދަރުދީގެ ލޮލުން ސާރާއަށް ބަލާލުމަށްފަހު ޕާޓީ ދޫކޮށް ދަނީއެވެ. މިހާރު ޒިޔާން އާދޭތޯ ބައިގަޑިއިރެއްހާއިރު ތިބެވިއްޖެއެވެ. “މަ އެބަ އަންނަން […]
އަންހެން އަޑެކެވެ. ކުރިން އަޑުއިވިފައި ހުރި އަޑެކެވެ. ދޮރު ހުޅުވާލުމުން ކުރިމަތީގައި ހުރި ނައިރާ ފެނި އަހަރެން ހައިރާންވިއެވެ. “ނައިރާ؟…” ނައިރާ ރަކި ގޮތަކަށް ހީލިއެވެ. އެވަގުތު އޭނާގެ ކޮލަށް އެޅުނު އަޑިކޮޅު ފެނިފައި އަހަރެންގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. “ހެނދުނުގެ ނާސްތާ ހެދީ އެންމެނަށް ވާ ވަރަށް.. އެހެން ވީމަ ފިރާއަށް ގޮވާލަން މިއައީ..” މަޑުމައިތިރި އަންހެންވަންތަ އަޑަކުން ނައިރާ ވާހަކަ ދެއްކިއެވެ. ގައިގެ ބައްޓަމަށް ފަހާފައި އިން ނަރުސް ޔުނީފޯމުން ނައިރާގެ ހަށިގަނޑުގެ ފުރިހަމަކަން […]
ނައިރާގެ ސޫރަ ސިކުނޑީގައި އެތަކެއް ފަހަރު ކުރަހާލެވުނެވެ. ފުރިހަމަ ބައްޓަމެކެވެ. ލަކުނެއް ނެތް ދޮން މޫނުކެވެ. މީގެ ކުރިން ފެނުނުނަމަ އަހަރެންގެ ލޮލަށް އަޅައިނުގަނެ ނުދާނެއެވެ. ސާރާއަކާ ހެދި ލޮލަށް ފުސް ބުރީ ތޯއްޗެވެ. ސާރާގެ ހިޔާލު އަނެއްކާވެސް އުދަނގޫކުރަން ފަށައިފިއެވެ. ކަންފަތަށް ހެޑްސެޓު ޖަހައިގެން ނިދިފައި އޮއްވާ މަޣްރިބު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. އެވަގުތު ފާޙަނަ ތެރެޔަށް ފެތުރުނު ކަޅު ދުންތައް ކޮޓަރިއައް ފޭދިގެން ވަނެވެ. ހޭލެވުނުއިރު މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. […]
ފާޙަނާގައި ގިނައިރުވުމަކީ ނުރަނގަޅު ސިފައެކޭ މީހުން ބުނެއުޅެއެވެ. މިއީ ހަޤީޤަތެއް ނޫންކަން އަހަރެން ޤަބޫލުކުރަމެވެ. ބޮޑު ކޮޓަރިއަކާއި އަދި އެޔަށްވުރެ ތަނަވަސްކޮށް ހަދާފައި ހުރި ފާޙަނައިގެ ފުރިހަމަ ބޭނުން ނުކުރަންވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭސީގެ ފިނީގައި ނިދާލުމަށްފަހު ހެނދުނު ހޫނު ފެނުން ފެންވަރާލުމާއި އެކީ ލިބޭ އަރާމުގެ ބޮޑުކަން ހެޔޮވާނީ ނުދެއްކިއްޔާއެވެ. އެހާވެސް ސިކުނޑި ތާޒާވެގެން ދިޔައެވެ. މަންމަ އަބަދުވެސް ބުޅެ އުޅެއެވެ. އަންހެނެއް ވެސް ފާހަނާގައި ތިހާ ގިނައިރެއް ނުވާނެއެވެ. މަންމަ އެހެން ބުނާ […]