Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

..މައިޒަލް..

Annna Level 510 Stories100 Comments100 Login
March 18, 2020 7 Mins Read
16 Comments

ނޯޓް: މިއީ އެއްވެސް އިރަކު ހިނގި އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކަ އެއް ނޫނެވެ. މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗައް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ، ބިރުވެރި، ކުރުވާހަކަ އެކެވެ.

***

“އާނާ….. އާނާ…..” ކުއްލިއަކަށް އާނާ އަށް ތެދުވެވުނީ މީހަކު އޭނާގެ ކަންފަތް ދޮށުގައި ވައި އަޑުން އޭނާގެ ނަމުން ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. އޭރު އޭނާގެ ނިދިވަނީ އެއްކޮށްހެން ފިލައިގެން ގޮސްފައެވެ. އާނާ އެކި ފަރާތް ފަރާތައް ލޯއުކަމުން ދިޔައީ މީހަކު ހޯދާ ފަދަ އަކުންނެވެ. “ކާކު؟…” މީހަކު އުޅޭތޯ އާނާ ސުވާލު ކުރިއިރު އަޑުގައި މަޑު ތުރު ތުރެއް ހުރިއެވެ. އޭސީގެ ފިނީގެ ތެރޭގައިވެސް މުޅި ކުއްޖާ ހުރީ ދާހިތްލާ ފޯވެފައިއެވެ. އިރުކޮޅެއް ފަހުން އިވުނީ ދޮރުގެ ކައިރިން މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑެވެ. “ކާކުހޭ؟……” އާނާ ވަރަށް ބާރަށް އެސުވާލު ތަކުރާރު ކުރިއިރު ބިރުންގޮސް މުޅި ކުއްޖާ ތުރު ތުރު އަޅައެވެ. ބިރުން ހުރިވަރުން ކޮޓަރީގެ ލައިޓް ތައްވެސް ޖައްސާން ދާން ވެސް އާނާގެ ހަނދާނުން ކައްސާލިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ލައިޓް ތައް ދިއްލުނެވެ. ލޯމަރާ ބާރުކޮށްލަމުން އާނާ އަޑުގެ ކޮޅައް ހަޅޭއްލަވައި ގަތެވެ. “އާނާ! މިއޮތް ފަތިހު ކޮންހާ ހަޅޭކެއް ތިލަވަނީ.. ބަލަ މީ މަންމަ އޭ..” އާނާގެ މަންމަ ސައިރާ އާނާ ކައިރިއަށް ދަމުން ވާހަކަ ދެއްކިއެވެ. ސައިރާ ހިތްހަމަ ނުޖެހުނީ ފަތިހު އެއްވެސް ކަމެއްނެތި ލައިޓުތައް ދިއްލާ އިރަށް އާނާ ހަޅޭއްލަވައި ގަތުމުންނެވެ. އެހެނީ އޭނާ ހީކުރީ އާނާ ނަމާދު ނުކުރަންވެގެން ކުރާ ކަމެއް ކަމަށެވެ. ވާނީވެސް އެހެންނެވެ. އުމުރުން ސާދަ އަހަރު ވީއިރު ވެސް ނަމާދު ކުރުވަން ޖެހެނީ ގަދަކަމުންނެވެ. ބަންގި ގޮވީމައިވެސް އަޅާނުލާ ހުރެދާނެއެވެ. ނަމާދު ކުރަން ދާން ތެދުވާނީ ވެސް ސައިރާ ކިޔާ ކިޔާ އަނގައިން ލޭރަހަ ލާވަރު ވީމައިއެވެ.

“ހޫމްމް.. މަންމަ ދޯ؟…. ނޭނގޭ ނެއެއްނު؟” އާނާ މޫނުމަތީގައި އަޅާފައި އޮތް ރަޖާ ނަގަމުން އެނދުގައި އޮށޯވެލިއެވެ. ދެންމެ ވީ އެއްވެސް ކަމެއް ހަނދާނުގައި ހުރިހެނެއް ހިއެއް ނުވެއެވެ. “މަންމަ ދޯ އޭ ކިޔާފައި އޮށޯނަން ވީއެއްނޫން އާނާ.. ތެދުވޭ މިހާރު އެހެރަ ބަންގި ގޮވީ.. ތެދުވޭ އަވަސް..” ސައިރާ އާނާގެ ގައިމަތީ އޮތް ފޮތިގަނޑު ދަމައި ގަންނަމުން އާނާ އާއި މުޚާތަބު ކޮށް ވާހަކަ ދެއްކިއެވެ. “ދެން މަންމާ… މިއަދުމީ ބަންދު ދުވަހެކޭ.. ލެޓް މީ ސްލީޕް..” އާނާ ބޮޑާ ހާކާލީ ކުދަކުއްޖަކު ފަދައިންނެވެ. “ކޮން މަންމާ އޭ ކިޔާކަށް.. ތެދުވޭ… ނަމާދު ކުރަން ފަރުޟު ކުރެއްވީ ހަމަ އެކަނި ސްކޫލު ދުވަހަކު ނޫނޭ.. ސްކޫލު ދުވަހަކުވެސް، ބަންދު ދުވަހުވެސް ޖެހޭނެ ނަމާދު ކުރަން.. ތެދުވޭ.. ނަމާދަކީ ބޭނުމިއްޔާ ކޮށްފައި ބޭނުންނޫނިއްޔާ ދޫކޮށްލެވޭ ކަމެއް ނޫނޭ.. ހަނގުރާމައިގެ މައިދާނުވެސް ނަމާދު މަޢާފެއްނޫން… އަދި ނިދާން ބޭނުންވެގެން އޮތަސް ނަމާދު މާފެއް ނުވާނެ..” ސައިރާ ވާހަކަ ދައްކަން ފެށުމުން ފޫހި ގޮތަކަށް ގޮސް ތެދުވެގެން ފާޚަނައައް ވަދެއްޖެ އެވެ. ސައިރާ ވެސް ބޯހޫރަމުން ހޫރަމުން ގޮސް ނަމާދައް އެރިއެވެ.

ސައިރާ ދިއުމުންް އާނާ ނިކުމެ ފަތިސް ނަމާދުގެ ދެރަކުއަތް ކުރި އެވެ. ޒުކުރު ތަސްބީޙަ ވެސް ނުކިޔާ ގޮސް އެނދުމަތީ އޮށޯވެފައި ރަޖާ ލައިގެން ނިދި އެވެ.

***

އިރުގެ ރަން ދޯދިތައް މޫނަށް އެޅެން ފެށުމުން އާނާ ތެދުވިއެވެ. ބަލާލިއިރު ކުޑަ ދޮރުގެ ފޮތިގަނޑު ހުރީ ކަހާފައި އެވެ. އެއީ އޭނާގެ މަންމަ، އޭނާ ނަގަންވެގެން ކުރި ކަމެއްކަން އިނގެއެވެ. އެއީ އަބަދުވެސް މަންމަ ކުރާ ކަމެކެވެ. އާނާ ފާޚަނައަށް ވަންނަން ވެގެން އެނދުން ފައި ބޭލިވަގުތު އެއްޗެއް މައްޗައް އެރިގެން ބަލާ ލިއިރު އެއީ ބުރުގާ ދަށުން އަޅާ ބޭންޑެކެވެ. އޭނާގެ ނަޒަރު ކޮޓަރި ތެރެއަށް ދަތުރު ކޮށްލާފައި ޗޮކެއް ކަނޑާލިއެވެ. މުޅި ކޮޓަރި ހީވަނީ ތޫފާނެއް އަރައިފައި އޮތް ހެންނެވެ. އަލަމާރީގެ އެއް ދޮރުފަތް ހުޅުވިފައި ހުރިއިރު ޑްރޭސިން ޓޭބަލް މަތީ ހުރި ބައެއް ފުޅި ތައް ހުރީ ވެރިފަ އެވެ. ބޮލުއަޅާ ފުނަލުވެސް ހުރީ ހުސް އިސްތައްޓެވެ. ދާއެއްޗެހި އަޅާ ވަށިގަނޑު މަތީގައި ވެސް އަންނައުނު ހުއްޓެވެ. ބައެއް އެއްޗެހި ތިރީ ވެރިފައި ވެސް ހުއްޓެވެ. ތަރުތީބެއްނެތް ލިޔާ މޭޒުމަތީ ފޮތް ތައް ހުރީ އެކި ތަންތާގައެވެ.

ދެން ހަނދާންވީ މަންމަ ބުނި ބަހެވެ. “ކޮޓަރި ތެރެ ސާފު ނުކުރަނީހެއް ލެޕްޓޮޕެއް ނުލިބޭނެ..” މަންމަ ބުނިބަސް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލެޕްޓޮޕުން އޭނާ ކުރަން ވަރަށް ބައިވަރު މަސައްކަތް އެބަ ހުއްޓެވެ. އިއްޔެ ބަލަން ފަށާފައިވާ ހެރީ ޕޮޓާ ސީރީޒް ވެސް ބަލަން ޖެހޭނެއެވެ. މިހެން ހިތައް އެރުމުން ކަންނެތް ގޮތަކަށް އެނދުން ތެދުވެގެން ގޮސް ކޮޓަރި ތެރެ ސާފުކޮށް ކުނި ކަހައި ނިމުނީ އިރު އާނާ ހުރީ ފޮއްވެފައި އެވެ. އާނާ ފެންވަރައިގެން ނިކުތް އިރު ސައިރާ ގޮވަން އަންނަނީ އެވެ. ކޮޓަރި ތެރެއަށް ވަދެފައި ތަރުތީބު ކޮށް އޮތް ކޮޓަރި ތެރެ ފެނިފައި ސައިރާގެ ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިވިއެވެ. މަންމަ އުފާވާ ކަމެއް ކުރަވުމުން އާނާގެ ހިތައް ފިނިކަން ލިބުނެވެ.

މަންމަ އެގޮތައް ވާހަކަ ދެއްކިއަސް އާނާ، ސައިރާ ދެކެ އިންތިހާ އަށް ލޯބި ވެއެވެ. އެގޮތައް ކަންތައް ކުރަނީ އޭނާގެވެސް ފަރުވާ ކުޑަކަމުން ކަމައް އާނާ ގަބޫލު ކުރެއެވެ. ނަމަވެސް ކަންނެތް ކަމުން އެއްވެސް ކަމެއް ކުރާ ހިތް ނުވަނީ އެވެ.

ސައިރާގެ ހުންނަނީ އާނާގެ އިތުރުން އެއަށް ވުރެ ބޮޑު ފިރިހެން ކުއްޖެކެވެ. އަސްރު އަކީ ޒިންމާދާރު ބުރަ ވަޒީފާއެއް ކައިރީގައި އޮންނަ ރަށެއްގައި އަދާ ކުރާ މީހެކެވެ. ދޭތެރެއަކުން އޭނާގެ އާއިލާ ގާތައް ޒިޔާރަތް ކޮށްލަފާނެއެވެ. އާނާގެ ބައްޕަ އަހުސަން އަކީ ރަށުގެ އެންމެ ބޮޑު ފިހާރައިގެ ވެރިޔާ އެވެ. އެފިހާރައަކީ ރަށުގެ އެންމެ މަޝްހޫރު އެއްފިހާރައެވެ. އެފިހާރައިގެ ބްރާންޗެއް ރަށުގެ އެހެން ދިމާލަކުވެސް އޮވެއެވެ. އެފިހާރަޔައް ގެންނަ ތަކެތި އަތުފަތު ނުޖެހި ވިކެއެވެ. އަހުސަން ފިހާރަޔަށް ތަކެތި ގެންނަނީ ބެންކޮކް ނުވަތަ ސިންގަޕޫރަށް ގޮސް އަމިއްލަ އަށް ބަލާފައި އެވެ. މިހާރުވެސް ވީ ބެންކޮކް ގައެވެ. އަހުސަން ވަނީ އޭނާގެ ގެ ރަނގަޅު ފެންވަރަކަށް ހަދާާފައި އެވެ.

އަހުސަން އަކީ ޒިންމާދާރު ވެރި އެކެވެ. އޭނާ އަކީ އެހެން މީހުން ނަމޫނާ އަކަށްވެސް ބަލާ މީހެކެވެ. އާއިލާގެ ކަންކަން އެންމެ ގާތުން ބަލާ މީހަކަށް އަހުސަން ވެއެވެ. އެހެން ކަމަކު އޭނާ ބޮޑާ ވެއެއް ނުގަނެއެވެ. މާތް ﷲ މަތިން ހަނދާންނައްތައެއް ނުލައެވެ. ރަށުގައި ހުންނަންޏާ ފަސްވަގުތު މިސްކިތައް އަރައެވެ.

***

“މަންމާ! ދަނީ.. އަންނާނަން އިނގޭ ވަރަށް އަވަހަށް…” ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ފޭބި އާނާ ވާހަކަ ދެއްކީ ލިވިންގ ރޫމްގައި ރޭގަނޑު އަށެއްގެ ޚަބަރު ބަލަން އިން ސައިރާ އާއި އެވެ. “ހޫމްމް..” ފައިވާނައް އަރަން އިން އާނާ އަށް ބަލާލަމުން ސައިރާ ދެފަރާތައް ބޯހޫރާލިއެވެ. ބޮޑުކޮށް ޝޯލް އަޅާށޭ ބުންޏަސް އާނާ އެއަޑު ނާހާތީ ސައިރާ ހުންނަނީ ބޯގޮވާ ވަރު ވެފަ އެވެ. މޭކަޕް އެއްޗެހި ނުކުރަނީ އެއެއްޗެހި ބޭނުންކުރަން އަހުސަން މަނާ ކުރީތީ އެވެ. އަހުސަން މަނާ ކުރާ ކަންތައް އާނާ އަށް ކުރާކަށް ނުކެރެއެވެ.

މިރޭ އާނާ އެދަނީ ގްރޫޕު ފިލާވަޅެއް ހަދާށެވެ. ދާން ޖެހެނީ މާދުރު ގެއަކަށް ނުވުމުން ސައިރާ އާނާ އެކަނި ދާން ދޫކޮށްލީ އެވެ. މިވީހާ ތަނައް އާނާގެ އެއްވެސް އަޚުލާގީ މައްސަލައެއް އަދި ފިލާވަޅު މައްސަލައެއް ހުރެގެން ބެލެނި ވެރިޔާއާ ބައްދަލު ކުރަން ނުޖެއެވެ. ޓެސްޓުތަކުން ވެސް ގެންނަނީ ރަނގަޅު ނަތީޖާ އެވެ. އެހެން ކަމުން ސައިރާ އެކަހަލަ ކަންކަމަކު އާނާ އާއި ވާހަކަ ދައްކާކަށް ނުޖެއެވެ.

***

އާނާ ނިކުތް އިރު އެގުރޫޕުގެ އެހެން ކުއްޖަކު އެގެ އާއި އަރާ ހަމަ ވަނީ އެވެ. “އަނހާ.. އާނާ.. އަދި މިއުޅެނީ އާނާ ބަލާ ވަންނަން ކަމަށް..” އަޒުފާ އާނާ އަށް ބަލާލަމުން ހިތުން ވެލާފައި ބުނެލިއެވެ. “ހޫމް.. މިހާރު ހިބާ ހުންނާނެ ލަސްވެފައި..” އަޒުފާ ގައިގައި ބޮނޑިއެއް އަޅާލަމުން އާނާ ބުނެލިއެވެ.

އެގެއަށް ވަތް އިރު ހިބާ ހުރީ އެމީހުން ނައިސްގެން ލަސް ވެފައި އެވެ. ވަންނަ އިރަށް ހަމަ ޝަކުވާ ކުރަން ފަށައިފިއެވެ. “އަޅޭ.. ހާދަލަހުން.. ތަމެން ދެމީހުންނެކޭ.. ތަތް މަކުނު ތަކެކޭ ނެތެއްނު ތަފާތެއް…” ހިބާ މިހެން ކިޔައިފައި މަސައްކަތް ކުރާނެ ގޮތުގެ ވާހަކަ އެހިއެވެ.

ފިލާވަޅު ހަދާ ނިމުނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. އާނާ ހަމަޖެހިލައިފައި ހުރީ އަޒުފާ އޭނާ އާއި އެކު ދާނެ ކަމަށް ހީކުރުމުންނެވެ. ނަމަވެސް ބޭރަށް ނިކުތް އިރު އަޒުފާގެ މަންމަ ހުރީ ސައިކަލުގައި ބަލާ އައިހެވެ. އާނާ އެކަނި ދާން ނުކެރުމުން އެނބުރުނީ ހިބާ ކައިރީ އޭނާ ގެއަށް ލައިދޭށޭ ބުނަން ވެގެންނެވެ. ނަމަވެސް އޭރު އެގޭގެ ފެންޑާގެ ލައިޓުތައް ނިއްވާލިތަން ކުޑަދޮރުން ފެނުނެވެ.

އެކަނި ދާން ނުކެރުނަސް ބަލާ އަންނާށޭ މަންމަ ކައިރީ ބުނީ ދިހައެއް ޖަހާއިރު އެވެ. އެހެންކަމުން މަންމަ އަންނަން ދެން މަޑު ކޮށްލާނީއޭ ހިތައް އެރިއެވެ. ނަމަވެސް އަދި އިތުރަށް ވިހިމިނެޓު އެބައިނެވެ. ގެއާއި ހަމައަށް ދިހަ ވަރަކަށް މިނިޓުން ފޯރާނެއެވެ. އެހެންކަމުން އާނާ ނިންމީ އެތަނުން ދާށެވެ. އެތާހުއްޓާ ކޮންމެފަދަ ކަމެއްވެސް ލައިގަނެފާނެއޭ އާނާގެ ހިތައް އެރިއެވެ. ހޮބާގެ ގެއަކީ ވަލާއި ވަރަށް ކައިރީ ގެއެއްކަމުން އާނާ އަށް އަމުދުން އެތާ ހުންނާކަށް ނުކެރުނެވެ.

ގެއާއި މާކައިރިއަށް ނުދަނީސް އާނާއަށް މީހަކު ފަހަތުން އަންނަހެން ހީވިއެވެ. ނަމަވެސް ފަހަތް ބަލާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ހިތައް ބިރުވެރިކަން ވަނެވެ. މީހަކު އޭނާ އަށް ފާރަލަނީ އޭ ހިތައް އެރުމުން އާނާ ދެފަޔައް ލެވުނުހާ ބާރެއްލައިފައި ދުއްވައި ގަތެވެ. ނަމަވެސް ވަކިހިސާބަކަށް ނުދެވެނީސް ގާގަނޑަކު އަޅައި ގަނެގެން ބިންމައްޗައް ވެއްޓުނެވެ. ފަރާތް ފަރާތައް ބަލާލީ އާދެވުނު ހިސާބު ދެނެގަންނާށެވެ. ބިރުން ހުރިވަރުން ދެވޭނުދެވޭ ތަނެއްވެސް ނޭނގި އާދެވިފައިވަނީ ގެ ފަހަނަ އަޅާގޮސް މާދުރަށެވެ. އެހިސާބަކީ އާންމުކޮށް މީހުން އައިސް ނޫޅޭ ހިސާބެކެވެ. އެއީ އެހިސާބަކީ ވަރަށް ނާމާން ތަނެކޭ ކިޔާފައި އަޑު ފެތުރިފައި އޮތީތީ އެވެ. އާނާ ވެއްޓިފައި އޮތީ ފަޅުގެއެއްގެ ކުރިމައްޗަށެވެ. އަވަހަތެދުވެފައި ހަށި ފޮޅާލައިފައި ދުއްވައިގަތީ ފަހަތުގައި މީހަކު އުޅޭހެން ހީވެގެންނެވެ. އެއީ ކާކުތޯ ބެލުމެއްވެސް ނެތި އާނާ ދުއްވައި ގަތެވެ. މިފަހަރުވެސް ވެއްޓިއްޖެއެވެ. އާނާގެ ދެލޯ ބޮޑުވީ ހަމަ އެގެ ކުރިމައްޗައް ވެއްޓުމުންނެވެ. މިފަހަރު ފިޔަވަޅުތަކެއްގެ އަޑު އިވުނީ ވަރަށް ކައިރިންނެވެ. އެދިމާއަށް ބަލާލިއިރު ފެނުނީ އަންހެން ކުއްޖެއްގެ ހެދުމުގެ ފަސްބައެވެ. ބިމުގައި ޖެހޭކަމެއް ނުވަތަ ނުޖެހޭކަމެއް ނޭނގުނީ ހެދުމުގެ ފަސްބައި ދިގު ކަމުންނެވެ. ލާފައި ހުރީ ހުދުކުލަގެ ހެދުމެކެވެ. އެހިސާބުގައި ހުރީ ހޮޅިދަނޑިއެއްގެ ފަނޑު އަލިކަމެވެ. ވަށައިގެން ހުރީ ހުސް ބިޔަ ގަސްތަކެވެ.

ދެންފެނުނީ ވަށައިގެން ދުން އަރަން ފެށިތަނެވެ. އާނާ އަވަހަށް ތެދުވެފައި ދުއްވައި ގަންނަން އުޅުނެވެ. ނަމަވެސް ދެފައިގައި ހީވަނީ ކަސްތޮޅުއަޅައިފައި ވާހެންނެވެ. ހަޅޭއްލަވައި ގަންނަން އުޅުނަސް އެކަމެއްވެސް ނުވިއެވެ. ދުލުގައި ހީވަނީ ނޭންގޭ ބާރަކުން ހިފަހައްޓާފައި ހުރިހެންނެވެ. ބިރުންގޮސް އާނާގެ މޫނުމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ހަށިގަނޑިގައި މަޑު ތުރު ތުރު ލުމެއްވެސް ހުރިއެވެ. ކުރިމަތީގައި ހުރީއަންހެން ކުއްޖެކެވެ. އެކުއްޖާގެ އިސްކޮޅުގައި ފަސްފޫޓު ހުންނާނެކަން އާނާއަށް ކަށަވަރު ކުރެވުނެވެ. ބުޅި އިސްތަށިގަނޑު ހުރީ ބިމިގައި ޖެހިނުޖެހި އެވަރަށެވެ. މޫނުމަތި ހުދުކަމުން ހީވަނީ ފުށް ޓައްޕަކަށް އެރިގެން ހުރިހެންނެވެ. ލޯކައިރީ ބޯކޮށް އަނދުން އަޅައިގެން ހުރިއިރު ތުންފަތުގަވެސް ހުރީ ރަތް ކުލައެވެ. ވައިވެސް ބާރުހެން ހީވެއެވެ. އެއިސްތަށިގަނޑު ހެލޭގޮތުންވެސް އާނާ ބިރުގަނެއްޖެއެވެ. “ކާ… ކާކު؟” ވަރަށް ހިތްވަރު ކޮށްފައި އާނާ ސުވާލު ކުރިއެވެ. އެއަންހެން ކުއްޖާ ޖަހާލީ ހިނިގަނޑެކެވެ. އެއަޑުގައި އެކޯވުމެއް ހުރިއެވެ. “ކާކުހޭ؟” އަނެއްކާވެސް އަހަރެން ބުނީމެވެ. ބިރުން ހުރިވަރުން އާނާ އަށް ފާޑަކަށް ހަޅޭއްލަވައި ގަނެވުނެވެ.

ވިދުވަރެއްފަދައިން އެކުއްޖާ އައިސް ހުރީ އާނާ އާއި ދެތިން ފޫޓު ދުރުގައިއެވެ. “ހަހަ.. ބިރުކުޑަވެފައި ހަޅޭއް ލަވާނެ ކަމެއްނެތް.. އަހަރެންގެ ނަމަކީ މައިޒަލް…..” ފިޔަވަޅު އަޅަނީކަމެއް ނުވަތަ ވައިގެ ތެރޭގައި އެނބުރެނީކަމެއް ނޭނގެއެވެ. “ކީއްކުރަން އަހަރެންނަށް ތި އުނދަގޫ ކުރަނީ؟” އަނެއްކާވެސް އާނާ ސުވާލުކުރިއެވެ. “ނޭންގޭތީތަ ތިއަހަނީ… ހަނދާން ކުރޭ… އަހަންނަކަށް އަނިޔާ އެއް ނުދެންތަ؟” މައިޒަލް އާނާގެ ވަށައިގެން އެނބުރެމުން ސުވާލު ކުރިއެވެ. އާނާ އެއްވެސް މީހަކަށް ގެއްލުމެއް ނުދެއެވެ. އަދި މިމަޚްލޫޤަށް އަނިޔާ ދެނީ ކިނަކުން ހެއްޔެވެ. “ނުދެން…” އާނާ ތުރުތުރުލާ އަޑަކުން ޖަވާބު ދިނެވެ. “ހަހަ.. އަނިޔާދޭ މީހުންވެސް ހަނދާނެއް ނުވިދޯ… ހަނދާން ނުވަންޏާ ކިޔާ ދީފާނަން.. ވޮލީ މުބާރާތް އޮތްދުވަހު ވަލަށް ވަދެފައި އަޒުފާގެ ގައިގައި ޖަހަން ކަލޭ އެއްލީމެއްނު ދަނޑިގަނޑެއް… އެދަނޑި ގަނޑު އަޒުފާގެ ގައިގައި ނުޖެހި ދިޔައީ ފަހަތަކަށްނު.. ކަލޭ އެދުވަހު އެއްލި ދަނޑިގަނޑު އައިސް ޖެހުނީ މަގޭ ނިތްކުރީގައި… އަހަރެން ވަގުތުން ހޭނެތުނު.. ހޭއެރީ އޭގެ ހަފްތާއެއްފަހުން… އާއިލާ މީހުންނަކީ އަހަރެންދެކެ ރުޅިއަންނަ ބައެއްކަމުން އެމީހުން އޭގެ ޒިންމާވެސް އެޅުނީ އަހަރެންގެ ބޮލުގައި.. އަހަރެންގެ ފަރުވާ ކުޑަކަމުން ވީކަމެއްކަމައް… ހަގީގަތުގައި ޒިންމާނަގަންޖެހޭ މީހަކީ ކަލޭ.. އެދުވަހު ކަލޭ އޭތި ނެއެއްލި ނަމަ އެމީހުން އަހަރެން ގެއިން ބޭލުކޮށެއް ނުލީސް..” މިހެން ކިޔައިފައި މައިޒަލް އޭޏާގެ ބޮލުގައި އިން ލަކުނު ދައްކާލިއެވެ. އެތަން އިނީ ވަރަށް ބޮޑައް ގޮސްފައިއެވެ. އޭރުވެސް ފާރުގަނޑު ރަނގަޅަށް ފަސޭހަ ނުވެއެވެ.

އާނާގެ ހިތަށް އެދުވަހުގެ މަންޒަރުތައް ހިތައް ސިފަވަމުން ދިޔައެވެ. އެދުވަހު ވަލަށް ވަދުނީ މަދު ބިންނާށެވެ. އަޒުފާ އޭނަ އާއި އަޅުވާ ކިޔަންފެށުމުން އޭނާ އެއްލީ އެތާ ތިރީގައި ވެއްޓިފައި އޮތް ދަނޑި ބުރިއެވެ. އޭތި އަޒުފާގެ ގައިގައި ނުޖެހުނީ އަޒުފާ ހުރީ އެކަމަށް ހުޝިޔާރުވެގެން ކަމުންނެވެ. އުޑަކު ބިމަކު ނުޖެހި އޭތި ވެއްޓުނީ ނުފެންނަ އެއްޗެއްގައި ޖެހިގެންކަން ނޭނގުނީ އާނާ ރުޅިއައިސް ހުރެ ދާން އެނބުރުމުންނެވެ. އަދި އަޒުފާވެސް ހުރީ އެއަށް ފުރަގަސް ދީގެން ކަމަށް ވުމުންނެވެ.

“މިހާރު ތިހުރީ ރަނގަޅުވެފައި އެއްނު… ދެން މިހާރު އައުމުގެ ބޭނުމަކީ ކޮބާ؟” އާނާ ބިރުކުޑަކަމަށް ހެދެމުން މައިޒަލް އާއި ކުރިމަތި ލިއެވެ. “ކަލޭ ތިބުނީ ރަނގަޅު ވާހަކައެއް.. އެފާރުގަނޑު ރަނގަޅުވިއަސް އަހަރެގެ އާއިލާ އަނބުރާ އަހަރެން ގެއަށް ވައްދާނެތަ؟ އަހަރެން ބަލަން ޖެހުމުން އެމީހުންނަށްވީ ބޮޑު ބުރައަކަށް.. ވަންނާނެ ތަނެއް ނެތި އުޅެނިކޮށް އަހަރެންނަށް ފެނުނީ މިގެ.. ފަޅުގެއަކަށް ވުމުން އަހަރެން ދިރިއުޅެން ފެށީ މިގޭގައި… އަދި ކަލޭގެ ބައްޕަ އުޅެނީ މިގެ ގަނެލައިގެން މިބިމުގައި އިތުރު އިމާރާތެއް އަޅަން… އަހަރެން ކަލޭގެ ގާތުން ބަދަލުހިފަންވެގެން މިހާރު ކަލޭގެ ގާތަށް މިއައީ.. އަހަރެން ކަލޭ ދުނިޔެއިން މޮޔަ ކޮށްލާނަން… ކަލޭގެ އެކުވެރިން ކަލޭދެކެ ބިރުގަންނަ ވަރު ކޮށްލާނަން.. މިފާރުގަނޑާހެދި އަހަރެންގެ އެކުވެރިންވެސް އަހަރެންނަށް މަލާމާތް ކުރޭ…”

***

ގޭތެރޭގައި ސައިރާ އިނީ ކަންބޮޑުވަފައެވެ. މިހާރުގަޑިން އެގާރަ ޖަހަނީއެވެ. އާނާ ނާންނާތީ ހިބާ އަށް ގުޅުމުންވެސް ބުނީ ނުވަގަޑި ބައިވިއިރު ނިކުތްކަމަށެވެ. ދެކޮޅައް ހިނގާލަ ހިނގާލަ ހުއްޓާ ގޭގެ މައިދޮރުގައި ބެލް ޖަހާލި އަޑު އިވުނެވެ. ސައިރާ އުފަލުން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރި އަހުސަން ފެނިފައި ބާރަށް ބައްދާލައިފައި ރޯންފެށިއެވެ. “އަނހާ! ސަރާ.. ކީއްވެރޮނީ.. އުފަލުން ގޮސްތަ…” އަހުސަން ސައިރާ ދުރުކޮށްލަމުން ބުނެލިއެވެ. ނަމަވެސް ހުއްޓާނުލާ ސައިރާ ރޯތީ ކޮންމެވެސް އެހެންކަމެއް އުޅޭކަން އޭނާ ދެނެގަތެވެ. އޭނާ ރާއްޖެ އައީ ހެނދުނުއެވެ. ނަމަވެސް ސައިރާ އާއި އާނާ އަށް ސަޕްރައިޒެއްދޭން ވެގެން އެރޭގެ ފްލައިޓުން ރަށައް އައީއެވެ. ނަމަވެސް ލަސްވީ ފްލައިޓް ޑިލޭ ވުމުގެ ސަބަބުންނެވެ. ގޭތެރެއަށް ވަދެފައި ދޮރު ލައްޕާލަމުން ސައިރާގާތު ވީގޮތް އޮޅުން ފިލުވަން އަވަސް ވިއެވެ. ސައިރާ އާނާ ނާންނަކަމާއި އާނާ ދިޔަ ގެއިންވެސް ނިކުތްތާ މިހާރު ގަޑިއިރަކަށް ވުރެ ގިނައިރު ވެއްޖެކަމަށް ސައިރާ ބުންޏެވެ. ަހުސަން އަވަސްވެގަތީ ފުލުހުންނަށް ރިޕޯޓު ކުރާށެވެ. ފުލުސް އޮފީހަށް ގުޅައިފައި ފޯނުކަނޑާލި ވަގުތު ގޭގެ ދޮރުގައި ބެލް ޖަހާލި އަޑު އިވުނެވެ. އަހުސަން ގޮސް ދޮރު ހުޅުވާިއިރު ކުރިމަތީ ތިބީ ހިބާ އާއި އޭނާގެ މަންމަ ހައިފާ އެވެ. އާނާ އައިތޯ ބަލާލަން އައީ ކަމުގައި ބުންޏެވެ. އާނާ ގެއިން ނިކުތްތާ ގަޑިއިރެއްވީ ފަހުން ސައިރާ ގުޅީމައި އައީ ކަމުގައި ބުންޏެވެ. އަދި އާނާ ގެއަށް އައިތޯ ސުވާލު ކޮށްލިއެވެ. އާނާ ގެއަށް ނާންނަ ކަމަށް ބުނުމުން ހައިފާގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނުނެވެ. ހައިފާ އަކީ ސައިރާގެ ވަރަށް ގާތް އެކުވެރިއެކެވެ. ސްކޫލު ދައުރުންފެށިގެން ވެސް އެދެމީހުން އުޅުނީ އެއްކޮށެވެ. އެހެންކަމުން ސައިރާ އަށް ކަމެއް ދިމާވިޔަސް އެންމެ ކައިރީގައި ހުންނަ މީހަކަށް ވޭތޯ ހައިފާ ބަލައެވެ. އިރުކޮޅެއްފަހުން ޕޮލިހުން އެގެއަށް އައެވެ. އަދި ރަށުތެރެ ބަލަންދާން އެމީހުންނާއި އެއްކޮށް އަހުސަން ދިޔައެވެ. ސައިރާ ދާން އުޅުމުންވެސް އެކަން އަހުސަން މަނާ ކުރިއެވެ.

އާނާ ފެނުނީ ފަޅުގެއެއްގެ ތެރޭގައި ހޭނެތިފައި އޮއްވައެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކުރުމުން ހޭއަރައިފައިވެސް ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގަޔަށް އެޔޮއްއަރާ ބާރަކުން ވަރުގަދަ ހަތަރު ފިރިހެނުންނަށްވެސް ހިފެހެއްޓުން ވަނީ އުނދަގޫ ކަމަކަށް ވެފައި އެވެ. އެކިމީހުންގެ އިރުޝާދުން އަހުސަން ގެނައީ ރުޤްޔާ ކުރާމީހެކެވެ. މައިޒަލް އަކީ މުސްލިމަކަށް ނުވުމުން މައިޒަލް އިސްލާމް ކުރެވޭތޯ އަލިބެ ބެލިއެވެ. އެތައް ވާހަކައެއް ކިޔައި ދިނުމުން މައިޒަލް އިސްލާމް ވިއެވެ. އަދި އާނާ އަށް އުނދަގޫ ނުކުރާނެކަމަށް ވަޢުދު ވެފައި އެރަށް ދޫކޮށް އެހެން ރަށަކަށް މައިޒަލް ހިޖުރަ ކުރިއެވެ. އޭގެފަހުން އާނާ އަކަށް މައިޒަލްގެ އުނދަގުލެއް ނުފޯރައެވެ.

މިޙާދިސާގެ ސަބަބުން އާނާއަށް ރަނގަޅު ފިލާވަޅެއް ލިބުނެވެ. އެދުވަހުންފެށިގެން އާނާ ވަގުތަށް ނަމާދުކޮށް ހަދައެވެ. މައިންބަފައިންގެ ބަސްއަހާ ރަނގަޅު ކުއްޖަކަށް ވިއެވެ. ނަމާދު ނުކޮށް އުޅެންޏާ ޖިންނި ޝައިޠާނުންވެސް އަހަރެމެންނާ އިތުރަށް ގާތް ވާނެއެވެ. އެކަމުން ސަލާމަތް ވާން ދެނަމާދު ދޭތެރޭގައި ވެސް އަދި އެހެން ވަގުތު ތަކުގައިވެސް އެގޭގައި ހުންނަނީ ބަޤަރާ ސޫރަތް ޖައްސާފައިއެވެ.

  • – ނިމުނީ –

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ނޭދެން ވަކިވާކަށް (17)

Next

ޚަމްދު ލީލާ – 01

Next
March 18, 2020

ޚަމްދު ލީލާ – 01

Previews
March 18, 2020

ނޭދެން ވަކިވާކަށް (17)

16 Comments!

  1. A aaR says:
    March 18, 2020 at 12:22 pm

    miothy kiyuntherinnah alhuganduge thaffathu vaahaka eh genes dhevifa.. unmydhukuran kamudhaane kamah.. kiyaalaafa comment eh kohlahchey.. kiyuntherinnah mivaahaka kamudiya kan nuvatha noon kan…

  2. Anonymous says:
    March 18, 2020 at 2:48 pm

    NICE

    1. A aaR says:
      March 18, 2020 at 8:51 pm

      Jazakallah khairan. Anonymous

  3. Dhonthy says:
    March 18, 2020 at 5:28 pm

    Very beautiful and a unique story. Keep it up ❤️❤️❤️???

    1. A aaR says:
      April 5, 2020 at 5:48 pm

      thank you vv much dhonthy

  4. Enonymes says:
    March 19, 2020 at 11:18 am

    Varah reethi mi Vaahaka

    1. A aaR says:
      March 19, 2020 at 8:47 pm

      jazaakallah khairan.

  5. Amikko says:
    March 20, 2020 at 9:22 am

    I am also from kudahuvadhoo

    1. A aaR says:
      March 28, 2020 at 10:41 am

      Kudahuvadhoo kaaku?

  6. @@¥@+#U||@# says:
    March 26, 2020 at 8:29 pm

    Very nice. Maashaa Allah.

    1. A aaR says:
      March 28, 2020 at 10:42 am

      Thank you very much @@¥+#U||@#

  7. Shiber ? says:
    April 17, 2020 at 11:20 pm

    Vrh iburaitheri reethi vaahaka eh ? maasha allah ?

    1. A aaR says:
      April 18, 2020 at 11:24 am

      jazaakallah khairan Shiber

  8. Dheem says:
    April 18, 2020 at 3:53 pm

    A very nice story?
    Love it
    I am also from gdhaec( Dheem)

    1. A aaR says:
      June 22, 2020 at 11:25 am

      thnx a lot dheem.. btw which gr. r u?

  9. maasha says:
    August 7, 2020 at 9:23 am

    Is it your first story A aar

Comments are closed.



All Right Reserved!