ބޯމައްޗަށް އެއްޗެއް ތިރިވާހެން ހީވުމުން ވިލޯއަވަސްކޮށް އެއްލިއަތުން އެއްޗެއްގައި ހިފުނެވެ. ބަލައިލިއިރު އެއެއްޗެއް ލޮލަށް ފެންނަވަރު ވިއެވެ. ވިލޯއަށް ހިފައިލައިގެން ހުރެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައެވެ. ވިލޯ އަވަހަށް އެ އިސްތަށިގަނޑުން ދޫކޮށްލައިފިއެވެ. ދެންތިބި ކުދިންގެގާތަށް ފާޑަކަށް ހިނިވެސްއައެވެ. އެއަންހެން ކުއްޖާގެ މޫނުމަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ހުރިހާ ފިރިހެން ކުދިންތަކެއްގެ ތެރޭ އޭނާ ބޭޒާރުވުމުންނެވެ. ” މާފްކުރައްވާ ނުފެނި ހުރެ އުނދަގޫ ކުރީމައި.. އަންހެން ކުއްޖެއްކަން ނޭނގި…” އަޅައަޅައި ގަންނަމުން ވިލޯ ބުންޏެވެ. އެއަންހެން ކުއްޖާ ވަރަށް […]
ގޭތެރޭގައި މޮޕުލަމުންދިޔަ ނޯޔާގެ މޫނު ވަނީ މިލާފައެވެ. މިއީ އާކަމެއްނޫނެވެ. އަބަދުގެ ވެސް ހާލަތެވެ. ކަބަޑު ތަށް ސާފުކުރަނިކޮށް އޭގެތެރޭގައި އޮތް ފޮޓޯ ފްރޭމެއް ލޮލުގައި އަޅާގަތެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމުން ނޯޔާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ މީގެ 13 އަހަރުކުރިއެވެ….. 5އަހަރުގެ ކުޑަކުޑަ ނޯޔާ އުރައިގެން ވަހީދު ހުރިއިރު ކައިރީގައި ހަނާ ހުރީ ފޮޓޯނަގަން ތައްޔާރުވެގެނެވެ. އިރުއިރުކޮޅާ ހަނާ އޭނާގެ ފުރާނަފަދަ އެންމެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލައެވެ. މި ކުޑަކުޑަ […]
ނާދިރާ ކޮއްކޮ ނާދިޔާ އަކީ ވަރަށް ސަކަރާތް ބޮޑު އަންހެނެކެވެ. އޭނާ ސުކޫލުންވެސް ކަނޑާލީ ޕްރިންސިޕަލުގެ ބޮލަށް ބުޅަލު ގުއި އުކައިގެންނެވެ. ނާދިޔާ ބުޅަލެއް ގެންގުޅެއެވެ. އެ ބުޅާ ނާދިޔާ އާ އެކު އުޅޭތާ މިހާރު ތިން އަހަރު ވީ އެވެ. “ނާދިޔާ އަވަހަށް މީހަކާ އިންނަން އުޅޭ ދެން. ތިހިރީ ކިޔެވިފަ!” ނާދިޔާގެ މަންމަ ބަރާބަރަށް ކޮންމެ ދުވަހަކު ނާދިޔާއަށް އެ ވާހަކަ ހަނދާން ކޮށްދެއެވެ. ނާދިޔާ އަށް އެކަން ކުރެވުނީތީ ދެރަވެއެވެ. އެކަމަކު އެކަން އެއޮތީ […]
* ކައިޔަން ދިޔަގޮތަށްގޮސް އަވްލީންގެ ގައިގައި ބައްދާލިގޮތަށް ވައިގެ ތެރެއަށް ހިއްލާލިއެވެ. އަވްލީންގެ ލޮލުން ފެނިގެންދިޔައީ ހައިރާންވިކަމުގެ ކުލަވަރެވެ. ”ތިއީ ކާކު..؟؟” އަވްލީން އެއްސެވެ. ކައިޔަންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ލޯ މަރާލާފައި އަވްލީން ބިމުގައި ބެހެއްޓުނުގޮތެއް ވެސް ކައިޔަންއަކަށް ނޭނގުނެވެ. * ކައިޔަން ހުރީ އެއީ ހުވަފެނަކަށް ވުމަށް އެދި ދުއާ ކުރާށެވެ. އަވީނާ ލަގޭޖް ހިފައިގެން އައިގޮތަށް އައިސް އިސް ޖަހާލައިފިއެވެ. އެ މަންޒަރު ނުބަލަންވެގެން ކައިޔަން އަނެއް ފަރާތަށް އެނބުރުނެވެ. އެންމެންވެސް ހުރީ […]
ޓެރަހަށް އަރަން ހުރި ސިޑިން މައްޗަށް އެރުމަށްފަހު ޝިމާ މަޑުމަޑުން ޓެރަހުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޝިމާއަށް ދެލޯ ބޮޑުކޮށްލެވި އޭނާގެ ދެއަތުން އަނގަ މަތީ އަތް އަޅާލިއެވެ. ********************************************************************** ޓެރަހުގެ ދޮރުން ފެށިގެން ދާން އޮތް މަގު އެއްކޮށް އޮތީ ރަތްކުލަ އާއި ހުދުކުލައިގެ ފުއްޕާހަމުން ފުރި ބާރު ވެފައެވެ. ހިނގަމުން ދާއިރު ފުއްޕާހަންތައް މައްޗަށް އުދުހިގެން ދާނެކަން ކަށަވަރެވެ. އެހާވެސް ގިނައެވެ. ޓެރަހަކީ ބޮޑު ޓެރަހަކަށް ވެފައި […]
ގޭތެރޭގައި މޮޕުލަމުންދިޔަ ނޯޔާގެ މޫނު ވަނީ މިލާފައެވެ. މިއީ އާކަމެއްނޫނެވެ. އަބަދުގެ ވެސް ހާލަތެވެ. ކަބަޑު ތަށް ސާފުކުރަނިކޮށް އޭގެތެރޭގައި އޮތް ފޮޓޯ ފްރޭމެއް ލޮލުގައި އަޅާގަތެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމުން ނޯޔާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ މީގެ 11 އަހަރުކުރިއެވެ….. 5އަހަރުގެ ކުޑަކުޑަ ނޯޔާ އުރައިގެން ވަހީދު ހުރިއިރު ކައިރީގައި ހަނާ ހުރީ ފޮޓޯނަގަން ތައްޔާރުވެގެނެވެ. އިރުއިރުކޮޅާ ހަނާ އޭނާގެ ފުރާނަފަދަ އެންމެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލައެވެ. މި ކުޑަކުޑަ […]
އޭރުވެސް އެ މަޑު އަތް ތިލައިގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ހީވާ ގޮތުން ބޮޑު ކަމެއް ނިންމަން އުޅެނީއެވެ. ފޯން ނެގުމަށްފަހ ޓައިޕްކުރަން ފެށިއެވެ. އެއާއެކު ދެން ފެނުނީ ‘ އައިމް ރެޑީ ޓުބީ ޔުއާސް’ އޭ ޖަހާ ނަބީލްގެ ނަމްބަރަށް މެސެޖް ފޮނުވާލި ތަނެވެ. އެއަށްފަހު ފޯން ނިއްވާލުމަށްފަހު އެ ވެސް އެނދުމައްޗަށް ހޫރާލިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ގައުގައި ހުރި ފެންތަކަށް ނުބަލާ އެނދުމަތިން ބާލިހެއް ނެގުމަށްފަހު އެ މޫނުމަތީ އަޅާ އަޑުން […]
ޔައިޝް ރުޅިއައިސް އެއިނީ ފޯނުގައި އިން އެއްޗެއްގެ ސަބަބުންކަން ގާތްގަނޑަކަށް ޔަޤީން ވާތީއެވެ.ފޯނު ބަލައިލުމާއެކު ތާނިމްގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.އޭނަ ދެރަވެސް ވިއެވެ.ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިންހަމަވެސް ނުޖުނެވެ.ކޮންމެއަކަސް އެންމެ ނުވާން އޭން ދުޢާ ކުރި ކަންތައް މި އޮތީ ވެފައެވެ.އާއެކެވެ.ޔައިޝް އުޅެނީ ހުދާއާ ހެދިންނެވެ.ކޮންމެއަކަސް ތާނިމް މި “ލަވް ޓްރެއެންގަލް” ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.އެއްކޮޅުން އަމިއްލަ ކޮއްކޮއެވެ.އަނެއްކޮޅުން އަމިއްލަ އަބިމީހާގެ ކޮއްކޮއެވެ.ހަމައެކަނި އަބިމީހާގެ ކޮއްކޮއެއް ނޫނެވެ.މިހުރިހާދުވަސް ވަންދެން ކޮއްކޮއެއްގެ ލޯބި އެންމެ ފުރިހަމަ […]
” އެއީ އެމީހުންގެ އާދައެއް ނޫ.. މިއަދު އެކަމަކު މާ ފޯރި ގަދަވެގެން އުޅޭ ދުވަހެއް.. ހިނގާ އެފަރާތުގައި ހުންނާނެ ވަރަށް މީރު އާފަލު އަޅާ ގަހެއް .. އެފަރާތަށް ދާން ހިނގާ.. އަހަރެންނަށް ހީވަނީ އަދިވެސް އެމީހުން އަންނާނެހެން..” ޖޭސިސްގެ ރަހުމަތެރިޔާ ބުންޏެވެ. މުޅި އެރަށުގެތެރޭގައި އެނބުރިފައި އެމީހުނަށް އެނބުރި އާދެވުނު އިރު ހަވީރުވެއްޖެއެވެ. ރަށަށް އާދެވުމުންވެސް ގެއަށް ދާކަށް އެކަކުވެސް ނޫޅެއެވެ. ” ހަރޫ އަންހެންކުއްޖަކަށް ވާއިރު ބޭރު ތެރޭގައި ތިހާގިނަ ވަގުތު ހޭދަކުރުމުން […]