* ކުއްލިއަކަށް ފެނުނު މަންޒަރުން ލިޔާންއަށް ހުއްޓެން މަޖުބޫރުވިއެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާގެ މޫނަށް ބަލާލާފައި ރަނާ ދެން ބަލާލީ ލިޔާންގެ މޫނަށެވެ. އެ އަންހެން ކުއްޖާ ލިޔާންގެ މޫނަށް ބަލަ ބަލާފައި ހިނގައްޖެއެވެ. ލިޔާންގެ އަބަދުވެސް ކެރުމުގެ ކުލަވަރު ހުންނަ މޫނުމަތިން ނުތަނަވަސްވެފައި ވާކަމުގެ ކުލަވަރު ފެނުމުން ރަނާ ހާސްވިއެވެ. ”އެއީ ކާކުތަ..؟ އޭނަ ކީއްވެގެންތަ މާވަރަކަށް އެ ބެލީ..؟ އޭނައަކީ މިރަށުގައި އުޅޭ ފުލުހެއް ނޫންތަ..؟ އޭނައަށް އަނެއްކާ ތީ ލިޔާންކަން […]
” ދެން އަހަރެމެންގެ މިހާ އުފާވެރި ހަފްލާއަށް އަހަރެމެންގެ ކުޑައިރުގެ އެކުވެރިޔާއަށްވެސް ތިހުރީ ނޭނގިނަމަވެސް އާދެވިފައި.. ދެން ބައިވެރިވެލާފައި ދާންވާނީ..” ބައްރާ އެދުނެވެ. އެންމެން ވާހަކައިގައި ތިބެ އެރަށުގައި ކައިވެނި ފަދަ ހަފްލާތަށް ބޭއްވުމަށް ހަދާފައިވާ ބޮޑު ގަނޑުވަރަށް ދިޔައެވެ. ގަނޑުވަރު ވަނީއެކިކުލައިގެ ބޮކިތަކުން ޖަރީކޮށްފައެވެ. ގަނޑުވަރުގެ ބޭރުން ބަލާލިޔަސް އެއީ ކުޑަތަނެއްނޫން ކަން އެނގެއެވެ. ގަނޑުވަރަށް ވަންނަ ދޮރޯށިވަނީ ރީނދޫކުލައިގެ މާތަކުން ފުރާލާފައެވެ. އެއީ ހަދާފައިވާ ދޮރޯއްޓެއް ނޫނެވެ. އެއީ ވެލަށް ދުވެފައިވާ މާގަހަކުން ދޮރޯއްޓެއްގޮތަށް […]
ނަލަ ނަލަ ދުވަހަކަށް އިރު އުދަރެހުން ބޯދިއްކޮށްލީ ހަމަހިމޭން މާހައުލުގެ ހިމޭންކަން ނަގާލަމުންނެވެ. ކާޅުތައް އެއެއްޗެހީގެ ކޮންމެ ދުވަހެއްގެ ވެސް ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ދިޔައިރު، އެސޮރުމެންގެ އެލާމްގެ އަޑަށްް ބޯލަނބާ ގޭގޭގެ ދޮރުތައް ދިޔައީ މަޑުމަޑުން ހުޅުވެމުންނެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު ޖެހިލާ ތެތްފިނި ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިތްބައިދެމުން ދިޔައެވެ. ރޭ ވެހުނު ވާރޭގެ ހިތަގައިމު ޝަބްނަމްތިކިތަކުން ގަސްތަކުގެ ފަތްތަކަށް ދިރުން ލިބި، ފަޅުފިލުވާލެވިފައި ވީއިރު، ބިންގަންޑު ތެމިފައި ވުމުގެ ސަބަބުން […]
“ނަބީލް” އައިޒަން ގޮވާލުމާއެކު ނާޔާމެން ކައިރި ހުރި ޖޯލީގައި އޮތް ނަބީލް މަޑުހިނގުމެއްގައި އައިސް އައިޒަން އާ ގާތުގައި މަޑުކޮށްލިއެވެ. ދެޖީބަށް އަތް ޖަހާލުމާއެކު ނާޔާއާ ދިމާ ބަލައިލުމަށްފަހު ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ތިހުރީ އަތުޖެހިފައޭ ބުނާކަހަލައެވެ. ނަބީލް އަކީ ވެސް ބަލައިލަން ހުތުރު ޒުވާނެއްނޫނެވެ. އަލި މޫނަކާއެކު ލިބިފައި ވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ. ކަނދުރާއަށްްވުރެ ތިރިއަށް ހުރި ނޫޑްލްސްކޮޅު ތަކެއް ފަދަ ބުޅި އިސްތަށިގަނޑު ވަނީ މައްޗަށް ނަގާ ހުޅިއެއްގޮތަށް ޖަހާލާފައެވެ. […]
* “އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި..!” އެތެރެއިން އިވުނީ އަންހެން އަޑެކެވެ. އެއީ މިއަދު އަވްލީންއަށް އިވުނު އަޑެކެވެ. ކާކުބާވައޭ ވިސްނަން ހުއްޓާ އެ އަނދިރި ކޮޓަރި ތެރެއިން އެ އަންހެންމީހާ އައްޔަށް ނުކުމެލިއެވެ. އަވްލީންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “ތީ…” އެއްޗެކޭ ބުނަން އަވްލީންގެ ދޫ ހަރަކާތް ކުރިއެވެ. * “ހަލޯ..؟” ރަނާ ހައިނާއަށް ގުޅިއެވެ. ހައިނާ ފޯނު ނެގިކަމުގައި ވިޔަސް ވާހަކައެއް ނުދައްކައެވެ. “ހަލޯ..؟؟” ރަނާ ތަންކޮޅެއް ބާރަށް […]
“ބައްޕާ ކީއްވެ ސިއާ ހަންދާންތައް ގެއްލުނު ވާހަކަ ނުބުނީ ހަމަގައިމުވެސް ބައްޕަ ބުނީ ސިއާ އަށް އެއްގޮތެއްވެސް ނުވެޔޭ” ނާއިމް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ހަމްދީގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ނާއިމް ރުޅިއަރައިގެން މޭޒުމަތީގައި އަތުން ޖެހިއެވެ… “ދަރިފުޅާ ދެންވީކަމެއް އެވީ ސިއާ މިހާރު އެއުޅެނީ ވަރަށް އުފަލުން ދެން ދަރިފުޅުވެސް ސިއާ މަތިން ހަނދާންނައްތާލަން މަސަތްކަތްކުރޭ ދަރިފުޅު ބޭނުންވަނީ ސިއާ އުފަލުގަ ހުންނާކަށް ނޫންތަ؟؟” ލޯބިން ފުރިގެންވާ ރާގަކުން ނާއިމްގެ ބުރަކަށީގައި […]
ހާތިބުއަކީ އަމިއްލައަށް ބޭނުންވެގެން ކަންކަން ދަސްކުރުމަށް ފޯރި ހުންނަ ކުއްޖެކެވެ. ހާތިބުވެސް ފުރާދުވަސް ލަސްވިޔަސްވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. އޭނަ އަބަދުވެސް ބައްޕަ ބުނާތީއަޑުއަހައެވެ. ބައްޕަ އަބަދުވެސް ބުނާނެ “ކެތްތެރިންނާއެކުއޭ ﷲ ވޮޑިގެންވަނީ..” ” އަހަރެން ކެތްތެރިކަމާއެކު ކުރިމަތިލުމުން ހުރިހާ ފައިދާއެއްވެސް ވާނީ އަހަރެންނަށް” ހާތިބު އޭނަގެ ހިތާހިތާ ވާހަކަދެއްކިއެވެ. އެހަފްތާގައި ފުރަތަމަވެސް ހަތީބުއަށް ދިނީ އެކި ޝަހަރުތަކާ ޤައުމުތަކުގެ ބަސްތައް ދަސްކުރުމަށް ދެވިފައިވާ ފޮތެކެވެ. ހާތިބުއަށް އެމަސައްކަތް ތަންކޮޅެއް އުނދަގޫ ކަމަކަށް ވިއެވެ. ނަމަވެސް ހިތްވަރުގެ […]
ރަސްފަންނަށް ޓެކްސީ އައިސް މަޑުކޮށްލުމާއެކު ނާޔާ ޑްރައިވަރަށް ރުފިޔާ ދިނުމަށްފަހު ޓެކްސީ އިން ފޭބިއެވެެ. ރަސްފަންނަށް ވަނުމަށްފަހު ދެފަރާތް ބަލާލެވުނީ އައިޒަން ފެންނަ ހިސާބުގައި ހުރިތޯއެވެ. ތަންކޮޅެއް ދުރުން މީހަކު ހަނާ އަޅާތަން ފެނުމުން އެއީ އައިޒަންކަން ނާޔާ އަށް އެނގުނެވެ. އައިޒަން އާ ދިމާލަށް ހިނގައިގަތް ނާޔާގެ ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވާން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި އަށަގަންނަން ފެށިއެވެ. ނަމަވެސް އެއީ އައިޒަން […]
“ކިއާން އަހަރެން އަތުން ސިއާ އަތުލީ ކިއާން އަހަރެންނާ ސިއާ ދުރުކުރީ ކިއާން ކޮންމެސް ކަމެއް ކޮއްގެން ސިއާގެ ހަނދާންތައް ފުހެލީ.. އާހްހް!!! ސިއާ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް ސިއާ އާއި ކިއާން ކައިވެނި ކޮއްގެން އުޅުނަސް ހެޔޮ އަހަރެން ސިއާ ހޯދާނަން .. ވެއިޓް ފޯރ މީ ޗަބީ…..” ގެއަށް ދެވުމުން ނޫރާ އަވަސްވެގަތީ ހަމްދީއަށް ގުޅުމަށެވެ. “ހަލޯ ހަމްދީބޭ ނާއިމް” “ނާއިމް ކީކޭ؟؟؟؟” ނޫރާ މިއަދު ވީ ހުރިހާ ކަމެއް ހަމްދީއަށް ކިޔާދިނުމުން […]