“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. .” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. . ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ […]
“މަށަކަށްނޭނގެ. . ތަތްކަންވެސް އެހާވަރު..” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު […]
ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. […]
“ކިހިނެއް ރުޅި މަޑުކުރެވޭނީ. . ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. . ! މަތިގަނޑެއް ނެތީތަ މިގޭގަ. . !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު […]
“ޕު…ހް. . ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ. ހެނދުނުގެ ނާސްތާއަށް ހުރިހާ ފިރިހެންވެރިން އެއްސުފުރާއެއްގެ މަތީގައި އިންސާފުކުރަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާފިޒް އާއި ޝިޔާމް […]
ކުއްލިޔަކަށް ދޮރު ހުޅުވާލުމާއިއެކު ހުރިހާއެންމެން އެއްކޮށްކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. “. . ސަޕްރައިޒް. . . !!!!!. . ” ގެ އަޑު މުޅި ހިސާބުގައި ގުގުމައިގެންދިޔައިރު އަނގަމަތީ އަތް އަޅައިގެން ބުނާނެއެއްޗެއް ނޭނގިފައި ކަހަލަގޮތަކަށް ހުރެގެން އައިޝާދައްތަ އެތެރެއަށް ވަންނަނީއެވެ. ފަހަތުން އައި މުޙައްމަދުބެވެސް ހުރީ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ހައިރާންވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އެއާއިއެކު މަޑުމައިތިރި ހިތްގައިމު މިއުޒިކުން ޙަފްލާފެށިގެން ދިޔައެވެ. ހޫނު މަރުޙަބާއަކުން އެނިވަރސަރީ ފާހަގަ ކުރެވެމުންދާ އައިޝާދައްތަގެ ދެމަފިރީންނަށް […]
“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. . ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. . ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. “އާމިނަތު އަކީ ބޭބެ މެންގެ އުފަން ދަރިއެއްނޫން. […]
“ޝާޔާ. . ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ. “ޝާޔާ. . ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ. ރަން ރީނދޫ ކުލައިން ދުނިޔެމަތި އަލިކުރަމުންދިޔަ އިރުގެ ހޫނުގަދަވެ މުޅިދުނިޔެ އެކީ އަލިކޮށްލައިފިއެވެ. ފެންވަރައި ތާޒާ ވެލައިގެން އަހަރެން ނިކުމެ އިނީ ސިޓިންރޫމް […]
ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ. އަހަރެންގެ އެއްވެސް ހަރަކާތެއް ދެންތިބި ތިންމީހުންނަކަށް ނަގައެއް ނުގަނެވުނެވެ. “މިހާރު އެގޭ ތެރެއަށް ކުނިވެސް އަޅަން ދޯ ތި ދިމާކުރީ. . އެމަންޖެ ކުނިކަހަން ނިކުންނަ ތޯ ތަ؟” އަޔާން އަށް ހެދި އެއްޗެއް ނޭނގިގެން އަހައިލިއެވެ. “ސާބަހޭ އާން. . ނިކަން ބޮލުގެ […]