Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 27 ( ފަހު ބައި )

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 25, 2020 7 Mins Read
46 Comments

* ކައިޔަން ދިޔަގޮތަށްގޮސް އަވްލީންގެ ގައިގައި ބައްދާލިގޮތަށް ވައިގެ ތެރެއަށް ހިއްލާލިއެވެ. އަވްލީންގެ ލޮލުން ފެނިގެންދިޔައީ ހައިރާންވިކަމުގެ ކުލަވަރެވެ. ”ތިއީ ކާކު..؟؟” އަވްލީން އެއްސެވެ. ކައިޔަންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ލޯ މަރާލާފައި އަވްލީން ބިމުގައި ބެހެއްޓުނުގޮތެއް ވެސް ކައިޔަންއަކަށް ނޭނގުނެވެ. *

ކައިޔަން ހުރީ އެއީ ހުވަފެނަކަށް ވުމަށް އެދި ދުއާ ކުރާށެވެ. އަވީނާ ލަގޭޖް ހިފައިގެން އައިގޮތަށް އައިސް އިސް ޖަހާލައިފިއެވެ. އެ މަންޒަރު ނުބަލަންވެގެން ކައިޔަން އަނެއް ފަރާތަށް އެނބުރުނެވެ. އެންމެންވެސް ހުރީ ހައިރާންވެ ދެރަވެފައެވެ. އެމީހުންގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރުތަކުން އެވަރު އަންގައިދެއެވެ. އެ ތަނުގެ ހިމޭންކަން ފޫދުއްވާލީ އައިން ގޮސް ކައިޔަންގެ ގާތުގައި ހުރެ ރޯން ފެށުމުންނެވެ. ހިތުގައި ޖެހިޖެހިފައި އައިން ރޯން ފެށުމުން ޒިވީންއަށްވެސް ރޮވިއްޖެއެވެ. ޒާއިން ހުރީ ކުރިއަށް އަޅަން އުޅުނު ފިޔަވަޅު މަތީ ގަނޑު ވެފައެވެ. ދެން ހަދާނީ ކީއްކަން ނޭނގިފައި އެންމެންވެސް ހުރީ ނުލާހިކު ދެރަވެފައެވެ.

ކައިޔަންގެ ލޮލުން ކަރުނަ އައެވެ. އެހާ ދިގު އިންތިޒާރަކަށް ފަހު އަވްލީން އެނބުރި އަޔަސް އަވްލީންގެ ހަނދާންތައް ނުހުންނާނެތީއެވެ. ކިތަންމެ ވަރަކަށް ކެތްކުރަން ބޭނުން ވިޔަސް އެ ކެތްތެރިކަން ގެއްލިއްޖެއެވެ. ރޮވެން ފެށީވެސް އެހެންވެގެންނެވެ.

ކައިޔަންއަށް އިތުރަށް ސިހުން ގެނުވީ އަވްލީންގެ ގާތުގައި ހުއްޓުނު ފިރިހެން ކުއްޖާ ފެނިފައެވެ. އެކުއްޖާގެ ހަންގަނޑުގައިވާ އާދަޔާޚިލާފް ދޮންކަމުން އެއީ ބޭރު ކުއްޖެއްކަން ދައްކުވާދެއެވެ. ސްޓްރޯބެރީ ބްލޮންޑް ކުލައިގައި އެހުރި އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާރޓް ވަނީ ގައިގައި ހިފާފައެވެ. އެ ފިރިހެން ކުއްޖާގެ ފުރިހަމަ ކަސްރަތީ ހަށިގަނޑު އެވަރުން ވެސް ދައްކުވާދެއެވެ. ނޫކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އެ ފިރިހެންކުއްޖާ ނުހަނު ރީއްޗެވެ. ކަންފަތަށް ވަނީ އެއަރޕޮޑްސް ޖަހާލާފައެވެ. ލޮލުގައި ވަނީ ވިލުނޫކުލައެކެވެ. އެ ހަރުދަނާ ބަލާލުމުންވެސް ޝަހުސިއްޔަތު ވަރުގަދަކަން އެނގޭނެއެވެ. އިސްތަށިގިނަ ރީތި ބުމައަކީ އެކުއްޖާގެ އެންމެ އަޅައިގަންނަ ގޮތަކަށް ހުރި އެއް ސިފައެވެ. އަތުގައި އަޅާފައިވަނީ އެންމެ ފަހުގެ މަޝްހޫރު ބްރޭންޑެއްގެ ގަޑިއެކެވެ. ރިހިކުލައިގެ އެ ގަޑި ވެސް ހީވަނީ އެ ފިރިހެން ކުއްޖާގެ އަތުގައި އޮންނަން ޖެހުމުން ފަޚުރުވެރިވެފައި އޮންނަ ހެންނެވެ.

އަވްލީން އެ ފިރިހެންކުއްޖާއާއި ދިމާލަށް ބަލާލާފައި ގާތްގޮތަކަށް ހީނލުމުން ކައިޔަންގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައް މިނިވަންކޮށްލީ އިޚްތިޔާރެއް ނެތިއެވެ.

“ލޮލް.. އޭތް..! މިޝަން އެކޮމްޕްލިޝްޑް..!!!!!” ޒާއިން އަޑުގެ ކޮޅަށް ހީގަތް އަޑަށް ކައިޔަންއަށް އިސް އުފުލާލެވުނެވެ. އޭރު ކައިޔަންގެ ގާތުގައި ރޯންހުރި އައިންވެސް ހޭން ފަށައިފިއެވެ. ޒިވީން އާއި އަލާންވެސް ހޭން ފެށިއެވެ. ލަހުފާ އާއި ޒާހިދުވެސް ހޭން ފެށިއެވެ. ވާނުވާ ނޭނގިފައި ހުރީ ރަނާ، ލިޔާން، އިކުވާން، ހައިނާގެ އިތުރުން ކައިޔަންއެވެ. ކައިޔަން އެއްބުމަ އަރުވާލާފައި އެންމެންގެ މޫނަށް ބަލާލިއެވެ.

”ހައްހައްހައްހާ..!” ހުނުމުގެ އަޑު ބާރުވެގެން ދިޔައީ އަވީނާ ޕަކަޕަކަލާފައި ހޭން ފެށުމުންނެވެ. ހީވީ ރިމޯޓަކުން ވޮލިއުމް އެންމެ މަތިކޮށްލާފައި ހުރި ހެންނެވެ. ހުނުމުގެ އަޑު އެހާވެސް ބާރެވެ. ވާނުވާގައި ހުރެ ކައިޔަން އެނބުރުނީ އަވްލީން އާއި ދިމާލަށެވެ. އޭރު ނިކަން ބޮޑަށް ހިނިތުންވެލައިގެން އަވްލީން ހުއްޓެވެ. ކައިޔަންގެ މޫނަށް ބަލާލާފައި އަވްލީންއަށްވެސް ނުހުރެވިގެން ބާރަށް ހީނގަވުނެވެ.

“ސާބަހޭ ކައީ.. އެއީ މަޖަލަކަށް އަހަރެމެން ކުރި ސަމާސާއެކޭ..” ކައިޔަންގެ ގައިގައި ބައްދާލަމުން އަވްލީން ބުނެލިއެވެ. ކައިޔަން އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. “މިހާރު އެދުވަހުން ފެށިގެން އަހަރެމެން ހެދި ގޮތް އަޑު އަހާ..” އަވީނާ ހެމުން ހެމުން ކިޔާދޭން މަސައްކަތް ކުރިއެވެ. “އަވް އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް އޮޕަރޭޝަންކޮށް އެ އޮޕަރޭޝަން ވަރަށް ކާމިޔާބު.. އަވްގެ ހަނދާންތަކެއްވެސް ނުދޭ.. އަވް ރަނގަޅުވާން ފެށީމައި އަވް ބޭނުމެއްނުވި ކައިޔަންއަށް އޮޕަރޭޝަން ކާމިޔާބުވި ޚަބަރު އަންގާކަށް.. ކުޑަކޮށް ސަޕްރައިޒް ކޮއްލަން.. އެހެންވެ ދައްތަ އަލާންގެ ފޯނަށް މެސެޖް ކުރީ ކައިޔަންއަށް…. އޮޅުވާލާށޭ ބުނަން.. އެކަން ކާމިޔާބުވިކަމުގެ ހެއްކެއް…. ކައިޔަންގެ ދެލޮލުން ތި ފޭބި ކަރުނަތަކަކީ..” އަވީނާ ހޭން ދޭތެރެ ދޭތެރެއަކުން މަޑުކޮށްލަމުން ކިޔާދިނެވެ.

“އެއީ ތެދެއް ދޮންބޭ.. ކޮންމެ ދުވަހަކު ސްކޫލް ނިންމާފައި އައިން އާއި އެލަން އާއި ދޮންތި އާއެކީ ޒާއިން މެން ދަނީ ޒާހިދުބޭމެންގެ ގެއަށް.. އެގެއަށް ގޮސްފައި ސިއްރު ސިއްރުން ޒާއިންމެން އަވް ދައްތައާއި އަވީނާ ދައްތައާއި ވާހަކަ ދައްކަނީ.. ވަރަށް މަޖާ ހަމަ..” ޒާއިން އެހެން ބުނެލިއިރު ހުރީ އައިންގެ ކޮނޑަށް އަތް ވައްޓާލައިގެންނެވެ.

“އަވް އެހެންވީމަ..” ކައިޔަން އަވްލީން އާއި ދިމާލަށް ބަލާލިއިރު އެ ދެލޯ ހުރީ ހުޅުވޭނެ އެންމެ ބޮޑަކަށް ހުޅުވިފައެވެ. “ޔެސް ސިލީ ލިޓްލް ވަގުބޭބޭ..! އަވް ދައްތަގެ އޮޕަރޭޝަން ކާމިޔާބު އަދި އަވް ދައްތަގެ ހަނދާންތައް އެބަ ހުރި..” ކައިޔަންގެ ބޮލުގައި ފުއްޓަތްކެއް ޖަހާލަމުން އައިން ބުނެލިއެވެ. “އަވްލީން..!” ކައިޔަން އަވްލީންގެ ގައިގައި އަނެއްކާ ބައްދާލިއެވެ. އެ މަންޒަރު ދެކެން އަވީނާގެ އިތުރުން އެންމެންވެސް ހުއްޓެވެ. ހިނިތުންވެލައިގެންނެވެ.

“ކައި އައިމް ބެކް..!” އަވްލީން ހީނލިއެވެ. “އެކަމް ހާދަ ލަހަކުންނޭ ތި އައީ.. ހަ މަސް ފަހުން ދެން އެ ހަތަރު އަހަރު ވާނީ..” ކައިޔަން ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރިއެވެ. “ހްމްމް.. އެކޮޅުގައި އަވް ޖޮބްގައި ވެސް އުޅުނީމޭ.. މެލޭ ހޮސްޕިޓަލެއްގައި… ދުވަސްކޮޅަކު މަޑުކޮށްލާފައި މި އައީ.. އެންޑް ކައި.. މީ އެރިކް. އެރިކް މީ ކައިޔަން.. މައި ބޯއިފްރެންޑް.. އެރިކްއަކީ މެލޭ ހޮސްޕިޓަލްގައި އަވްއާއި އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރި ޑޮކްޓަރެއް… އެރިކް އަވްމެންނާއެކީ މިކޮޅަށް އެ އައީ ވެކޭޝަންގައި..” އަވްލީން ކައިރީ ހުރި ފިރިހެން ކުއްޖާގެ ކުރު ތައާރަފެއް ދިނެވެ.

“އޯހް.. ހޭ މޭން.. އައްސަލާމު އަަލައިކުމް…” ކައިޔަން އެރިކްގެ ކޮނޑުގައި ޖަހާލާފައި ސަލާމަށް އަތް ހިއްލައިލިއެވެ. އާރިކްވެސް ވައަލައިކުމުއްސަލަމްއޭ ކިޔާ ސަލާމް ކޮށްލިއެވެ. “އޯވް މުސްލިމެއްތަ..؟” ކައިޔަން އަހާލިއެވެ. ”ހްމްމް.. އެރިކް އަކީ އަވްމެން ކިޔާ ނަން.. އެރިކްއަށް އަސްލު ކިޔަނީ އާރިކް ހުސެން..” އަވްލީން ހީނލާފައި ކިޔާދިނެވެ. އެރިކް ހީނލިގޮތަށް ހުއްޓުން އަރާފައި ހުންނަން ފެށުމުން އަވްލީން ވެސް އެރިކް ބަލަހައްޓައިގެން ހުރި ދިމާލަށް ބަލަން ފެށިއެވެ. އެރިކް ބަލަން ހުރީ އިފާ އާއި ދިމާލަށެވެ. “އަވްވް.. އަންގާވެސް ނުލާ ދިޔައީއޭ… ކިހިނެތްތަ ހާލު..؟ އެކޮޅު މަޖާތަ..؟ ކިޔެވިންތަ..؟ ނޫނީ ޖޮބަކަށް ދަންތަ..؟” އިފާއަށް އަވްލީން ފެނުމުން ދުވެފައި އައިގޮތަށް އައިސް އަވްލީންގެ ގައިގައި އޮޅުލައިގަނެފައި ސުވާލުތައް އޮއްސާލިއެވެ. އެރިކް އިފާއާއި ދިމާލަށް ބަލަން ހުރުމުން އަވްލީން މަޑުމަޑުން ކަރު ކެހެލިއެވެ.

“ހާއި އަހަރެން މީ އާރިކް.. ހެޔޮ އެރިކްއޭ ކިޔާފައި ގޮވިޔަސް..” އިފާއާއި ސަލާމްކޮށްލަމުން އެރިކް ބުނެލިއެވެ. އަވްލީން ހީނލާފައި އެރިކްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ.

ރަނާ ކުއްލިއަކަށް އިސްދަށަށް ޖަހާލައިގެން އެ ދިމާލަށް އައެވެ. “އަވް.. އައިމް……..” “ސޮރީ..؟ ސޮރީ ގަބޫލު ކޮށްފީމޭ ވަރަށް ކުރިން..” އަވްލީން ހީނލިއެވެ. “ވަޓް ކިހިނެތްތަ އެނގުނީ..؟” ރަނާ އަހާލީ ހައިރާންވެފައެވެ. “މި ކައިއާއި ހެދި… ކައި ފޮނުވާނެ ކޮންމެ ދުވަހަކު ވީ ކަންތައްތަކުގެ ޚަބަރު..” އަވްލީން އިތުރަށް ކިޔައިދިނެވެ.

”އަވް މަގޭ ބޭބީއަށް ނުވިޔަސް ފްރެންޑަކަށް ވާނަމެއްނު..؟” ލިޔާން އައިސް އަވްލީން އާއި ސަލާމް ކޮށްލިއެވެ. “ޔަގީން ޔަގީން..” އަވްލީންގެ ދެލޯ ހުއްޓުނީ ލިޔާން އުރާލައިގެން ހުރި އިޒްކާންގެ މޫނަށެވެ. “މީތަ އިޒިއްކޮއަކީ….؟” އަވްލީން އިޒްކާން އުރާލިއެވެ. “ހްމްމް.. މި އެންމެންގެ އޭޖްވެސް ނުހަނު ގާތްވާނެ.. ހިޔާން އާއި އިޒްކާން ސޭމް އޭޖް.. ދެން މިދެ ގާރލްސްގެ ބަނޑުގައި އޮތް ދެކުދިންވެސް ހަމަ ސޭމް..” ހިޔާން ގޮވައިގެން އިކުވާން އެތަނާއި ކައިރިވެލިއެވެ.

“އޯހްހް.. މީ ދޯ ހިޔާންއަކީ..” އިޒްކާން އުރާލާފައި އަވްލީން ހިޔާންވެސް އުރާލިއެވެ. “އެންޑް ކައި ބުނި ތިމީހުންގެ ބޭބީ ގާރލްއަކަށް ވެއްޖެނަމަ ކިޔަން ބޭނުންވަނީ ނީޝަލް އޭ..” އިކުވާން އަވްލީންގެ ކަންފަތް ދޮށުގައި ސިއްރެއް ކަމަށް ހަދާފައި ބުނެލީ އެންމެންނަށް އަޑުއިވޭ ވަރަށެވެ. އަވްލީން ރަކިވެފައި ކައިޔަންގެ މޭމަތީ މޫނު ފޮރުވާލައިފިއެވެ. އަނެއްކާވެސް އެންމެންގެ އުފާވެރި ހުނުމުން އެތަން ގުގުމާލިއެވެ.

އޭގެ ދެ ހަފްތާތެރޭ ލޯބިވެރިންގެ ލިސްޓަށް އެރިކް އާއި އިފާގެ ނަންވެސް އަރައިފިއެވެ. އެންމެންވެސް ހުރީ ނުހަނު އުފަލުންނެވެ. މި ހަފްތާގެ ހޮނިހިރު ދުވަސް ވެގެންދާނީ ނުހަނު އުފާވެރި ދުވަހަކަށް ކަން އެނގޭތީއެވެ. އެއީ ކައިޔަންއާއި އަވްލީންގެ ކައިވެނީގެ ހަފްލާ އޮންނަ ދުވަހެވެ.

“ކޮބާ އަވް ރެޑީ ވެއްޖެތަ..؟” ދެކޮޅު ދެކޮޅަށް ހިނގަމުން އަލާން އަހާލިއެވެ. “ހްމްމް.. އަވީނާ ދައްތައާއި އެކީ ކާރުގައި އެދިމާލަށް ނައްޓާލައިފި..” ކޮޓަރިން ނުކުމެގެން އައި ޒިވީން ބުނެލިއެވެ. ޒިވީން ނުކުތުމުން އަލާން ޒިވީންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ފުން ނަޒަރެއް ދިނެވެ. “ވާވް.. ވަރަށް ރީތި މައި ޒިވީ…” އަލާން ތައުރީފް ކޮށްލިއެވެ. ޒިވީން އިސްދަށަށް ޖަހާލީ ރަކިވިކަން ނުދައްކަން ކަންނޭނގެއެވެ. އަލާން ލާނެތް ގޮތަކަށް އަނގަ ހަދާލާފައި ޒިވީންގެ ދަތްދޮޅީގައި ހިފާލާފައި އިސް އުފުލާލިއެވެ.

ޒިވީން ލައިގެން ހުރީ އަޅި ކުލައިގެ ފައިތިލައާއި ހަމައަށް އަންނަވަރުގެ ހެދުމެކެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ހަދާލާފައި ހުޅި ޖަހާފައި ހުރި ދިމާލުގައި ހުރީ ރަތް ކުލައިގެ މާ ބޮނޑިއެއް ހަރުކޮށްލާފައެވެ. އަޅި ހެދުމުގެ މަތިން ތުނި ފޮއްޗަކުން ފަހާފައިވާ ރަތްކުލައިގެ ޖެކެޓް އެ ހެދުމަށް އިތުރު ރީތިކަމެއް ގެނެސްދެއެވެ. އަޅާލާފައިވާ ރަތްކުލައިގެ ބްރޭސްލެޓްތައްވެސް ޒިވީންގެ ރީތިކަމަށް ތައުރީފް ކުރެއެވެ. ރަތްކުލައިގެ ލިޕްސްޓިކްއެއް ޖައްސާލާފައި ހުރިއިރު ޒިވީން ވަރަށް ލޯތްބެވެ.

“ތޭންކްސް އެލަން.. އަވަހަށް ދެން ހިނގާ ދޮންބެއާއި އެކީގައި ބީޗަށް ދާން.. ރަނާ ދައްތަ ލަސްވެގެން ދެންމެ އެ ގުޅީ..” ޒިވީން އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ޒިވީޏް ރަތްކުލައިގެ ވެޖްއަށް އެރިއެވެ. އަލާން ހީނލާފައި ލައިގެން ހުރި ކަޅު ޖިންސާއި އަޅި ކުލައިގެ ގަމީސް ރީތިކޮށްލިއެވެ. ޒިވީން ބޭރަށް ނުކުމެ އެ ގަމީހުގެ ޖީބަށް ޖަހާލާފައިވާ ރަތްކުލައި މާކޮޅު ރީތި ކޮށްދިނެވެ.

އަވަހަށް ކާރުގައި އަތިރިމައްޗަށް ދެވުނުއިރު އެތަން ވަނީ ތޮއްޖެހިފައެވެ. އެހާވެސް މީހުން ގިނައެވެ. ރަތާއި އަޅި ކުލައިގެ ނަލަ ހެދުންތައް ލައިގެން ވެވުނުހާ ރީއްޗެއް ވެގެން އެތަނަށް ހާޟިރުވެގެން ހުރި އެންމެންގެ ތުންފަތްމަތީ ކުޅެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ. ”ދޮންތީ..! އެލަން..! ޔޫ މިސްޑް އިޓް..! މިހާރު އެ ޕާރޓީ ފެށީ..” ދުވަމުން އައިސްފައި ޒާއިން ބުނެލިއެވެ. “އޭރުވެސް ޒިވީ ކައިރީ ބުނީމޭ…” “އޭރުވެސް އެލަން ކައިރީ ބުނީމޭ…” ދެމީހުންނަށް އެއްފަހަރާ ބުނެވެން އުޅުނު ޖުމްލަ މަޑު ޖައްސާލީ އައިންއެވެ. “ދެންވެސް އާދެބަލަ ފޮޓޯ ނަގަން..” އައިން ބުނެލިއެވެ. “ކުޑަބެގެ ޕްރިންސެސް ހާދަ ބޮޑުވެއްޖެޔޭ..!!” އަލާން އައިން ގާތްކޮށްލަމުން ބުނެލިއެވެ.

“ކުޑޭ ޕީޕަލް އާރ ވޮޗިންގ..!” އައިން އަވަހަށް އަލާންއާއި ދުރަށް ޖެހުނެވެ. “ކޮއްކީއަށް މިހާރު ލަދު ގަންނަންވެސް އެނގޭތަ..؟” އަލާން ދިމާ ކުރަމުން ޒާއިންގެ ބުރަކަށީގައި އަތްއަޅާ އައިންއާއި ދިމާލަށް މަޑު މަޑުން ކޮއްޕާލިއެވެ. ދެމީހުން އެކީ ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

އަވްލީންއާއި ދިމާލަށް ގޮސް އަލާން ބުމަ އަރުވާލިއެވެ. “އަވްވް.. އަވްވެސް ބުރުގާ.. އަވް ބުރުގާ.. އަވް ވެސް ބުރުގާ އެޅީތަ..؟؟” ބުނަން އުޅުނު ޖުމްލަ އަލާންއަށް ބުނެވުނީ ތަންކޮޅެއް ލަހުންނެވެ. “އާނ.. މި ވެޑިންގްއަށް ޚާއްސަކޮށް އަވް ބުރުގާ އެޅީ…” އައިން ބުނެލިއެވެ.

އަވްލީން ހުރީ ހުދުކުލައިގެ ބޮޑު ވެޑިންގް ގައުންއެއް ލައިގެންނެވެ. ގައުންގައި އަވްލީން ހީވަނީ ފަލަކުން ނެއްޓިފައިވާ ތަރިއެއް ހެންނެވެ. އަވްލީންގެ ލޮލުގައި ހަންގަނޑާއި ގުޅޭ ކަހަލަ އައި ޝެޑޯއެއް ޖައްސާލާފައި ވެއެވެ. ތުންފަތުގައި ޖައްސާލާފައިވަނީ މަޑު ރަތް ކުލައެކެވެ. އެ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލާފައި ވާތީ އިތުރަށް ދިގުކަމަށް ދައްކައެވެ. އައިލައިނަރ އަޅާފައި ނެތްކަމުގައި ވިޔަސް ނުހަނު ލޯތްބެވެ. ޝޯލްވެސް ހުރީ ހުދުކުލައިގައެވެ. ރީތިގޮތަކަށް ޝޯލް އަޅާފައިވާއިރު އަވްލީން މާ ރީއްޗެވެ. އެ ދިގު އިސްތަށިގަނޑު ނިވާކުރުމުން ތަންކޮޅެއް ތަފާތު ވައްތަރު ޖެހިޔަސް މާ ރީއްޗެވެ.

އަލްސްޓްރާމީރިއާ މާ ބޮނޑިއެއް ހިފާލައިގެން ހުރިއިރު އަވްލީންގެ ހިނިތުންވުން ފެންނަ ކޮންމެ މީހަކަށްވެސް ހީނލެވޭނެއެވެ. ކައިޔަން ހުރީ ހުދު ކުލައިގެ ސޫޓްއެއް ލައިގެންނެވެ. ސޫޓްގެ ޖީބުގައި ހަރުކޮށްލާފައި ވަނީ ވެސް އަލްސްޓްރާމީރިއާ މަލެކެެވެ. ބުޅިކޮށް އޮތް އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރިގޮތް ތަފާތުކަމުން އެހެން މީހެއް ވައްތަރު ޖަހައެވެ. ނަމަވެސް އެދެމީހުން އެކީގައި ފެންނައިރު އެއީ އެންމެ ގުޅޭ ދެމީހުންނޭ ނުބުނާނެ މީހަކު ނުވާނެއެވެ. އެހާވެސް ދެކުދިން ގުޅެއެވެ.

“އެންމެފަހުން އާދެވިއްޖެ ދޯ..؟” ކައިޔަން ބުނެލިއެވެ. “އާނ ދެން މި އާދެވުނީ..” އަލާން ހީނގަތެވެ. “ޒީޝް، ހިޔާން އަދި އިޒްކާން ވަރަށް އެބަ ކުޅޭ..” ލިޔާން ހީނލާފައި އެ ތިން ކުދިންނާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ. “އްމްމްމް..” ކައިޔަން ބުނެލިއެވެ. “އަވް ބަހެއް ބުނަން ނޭނގިފައި ތިހުންނަނީ ކީއްވެ ގެންތަ..؟” އަލާން އަހާލިއެވެ. “އައިމް ޖަސްޓް ސޯ ހެޕީ.. ދިސް އިޒް މޯރ ދެން އައި އިިމޭޖިންޑް..!” ތަން ތައްޔާރު ކޮށްފައިވާލެއް ރީތިކަމުން އަވްލީންއަށް ބުނެވުނެވެ. ”ހްމްމް..” ކައިޔަން ބުނެލިއެވެ. “މި ކައި ދޮންބެވެސް އްމްމް.. ހްމްމް ނޫން އެއްޗެއް ނުކިޔާ.. ހަމަޖެހިބަލަ ޕާރޓީ ނިމިދާނެޔޭ..” އަލާން ބާރަށް ހީގަތެވެ.

“އޯކޭ އެންމެން ފޮޓޯއަށް އަރާ..!” ކެމެރާއާއި ފޮޓޯތަކާއި ހަވާލުވެގެން ހުރީ އެރިކްއެވެ. ގާތުގައި ފާޑުކިޔަން އިފާވެސް ހުއްޓެވެ.

އެންމެން އެކީ އެއް ފޮޓޯ ނެގިއެވެ. އެކި މީހުން ވަކިވަކިންވެސް ނެގިއެވެ. އެ ޕާރޓީއަކީ އެންމެ ފުރިހަމަ އެއް ޕާރޓީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކާއެއްޗެހީގެ ރަހަ އެހާ ރަނގަޅެވެ. ޚިދުމަތްތައް އެހާ ފުރިހަމައެވެ.

ޕާރޓީ ނިންމާލާފައި އެންމެން ގެއަށް ދިޔައީ އިޝާ ނަމާދަށް ގޮވުމުގެ ކުރިންނެވެ. އެއީ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ދުވަހަކަށް ވެގެން ދާނެކަން ގައިމެވެ.

* ދެ އަހަރު ފަސް.. *

“ކިޑްސް ފްރެންޑްސް އެންޑް ފެމެލީ.. އެންމެން ރެޑީތަ..؟؟” ކައިޔަން ގޮވާލިއެވެ. “އާނ..!!” އެންމެން އެކީ ކަހަލަގޮތަކަށް ބުނެލިއެވެ.

އޭރު އިކުވާން ހުރީ ކުޑަކުޑަ ހޫރީން އުރާލައިގެންނެވެ. ކޮނޑާއި ހަމައަށް ފޯރާވަރުގެ ރާޅުބާނި އިސްތަށިގަނޑެއް ލިބިފައިވާ ހޫރީން ނުހަނު ލޯތްބެވެ. އޭރު އިޒްކާން އާއި ހިޔާން އަންނަނީ ހައިނާ އާއި ރަނާއާއި އެއްވަރަކަށް ހިނގާލާފައެވެ. ރަނާވެސް އޭރު ބަނޑުބޮޑެވެ. ތިން އަހަރުވެފައިވާ ހިޔާންގެ ހުންނަނީ ފަން އިސްތަށިގަނޑެކެވެ. އިޒްކާންއަށް ތިން އަހަރު ފުރޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. އިޒްކާންގެ ހުންނަނީ ކާކުގެ އިސްތަށިގަނޑެއް ކަމެއް ބުނެދޭކަށް ނޭނގެއެވެ. ލިޔާންއާއި ރަނާގެވެސް ބުޅި އިސްތަށިގަނޑެއް އޮވެއެވެ. އިޒްކާންގެ އިސްތަށިގަނޑުވެސް ހުންނަނީ ހަމަ އެފަދައިން ބުޅި ކޮށެވެ.

ފަހަތުން ޒިވީން، ޒާއިން، އައިން، އަލާން، ފަރުހާން އަދި އަވީނާވެސް އާދެއެވެ. އަވްލީން އާއި ކައިޔަން އައީ ނީޝަލް އުރާލައިގެންނެވެ. އޭރު އަވްލީން ބަނޑުބޮޑެވެ. ކައިޔަންގެ އަތުތެރޭ ހަމަޖެހިލައިގެން ނިދާފައި އޮތް ނީޝަލް ލޯ ހުޅުވާލީ ހަމަ ކުއްލިއަކަށެވެ. ނީޝަލްގެ ލޮލުގައިވެސް ހުންނަނީ އަވްލީންގެ ލޮލުގައި ހުރި ފެހިކުލައެވެ. ބޮޑު ދެލޮލާއި ޗަބީ ކޮލެއް ލާފައި ހުންނާތީ ނީޝަލް ނުހަނު ލޯތްބެވެ.

މިއަދު އެމީހުން އެކުރަނީ އެ އަހަރު އެކީ ކުރާނެ އެންމެ ފަހު ދަތުރެވެ. ކައިޔަން އަމިއްލަ ބިޒްނެސްއެއް ހުޅުވައިގެން އެ ފުޅާކުރުމުގެ ނިޔަތުގައި މެލޭޝިޔާއަށް ބަދަލުވާން ނިންމާފައި ވާތީ ދިޔުމުގެ ކުރިން އެންމެންނާއެކީ ދަތުރު ދާން ރޭވީއެވެ. ލޯންޗަށް އަރާފައި އަވްލީން ނީޝަލް އުނގަށް ލިއެވެ. އޭރުވެސް ލޯންޗްތެރެ ގުގުމާލާފައިވަނީ އެންމެންގެ އުފާވެރި ހުނުމުގެ އަޑުންނެވެ.

“އެ ދުވަހު ކައިއަށް ފެނުނު އެ ކުއްޖާ މިހާރު މީ ކައި ލޯބިވާ ވައިފްއަށް ވީ… ދަ ބިގެސްޓް ޑްރީމް ކަމް ޓްރޫ.. ތީ މިހާރު ކައިގެ ކުއީން.. އެންޑް ނީޝްކޮއަކީ ކައިގެ ޕްރިންސެސް..” އަވްލީންއާއި ނީޝަލްގެ ކޮލުގައި ބޮސްދީފައި ކައިޔަން ބުނެލިއެވެ.

އެ އުފާވެރިކަން އަބަދުގެ އަބަދަށް ދަމަހައްޓަވާދެއްވާތޯ ދުއާ ކުރަމުން އަވްލީން ކައިޔަންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

= ނިމުނީ =

# މި ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީގު ޔޫންއަށް ދެއްވީތީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދު ކުރަމެވެ. އަދި ޔޫންއަށް މި ވާހަކަ ނިންމުމަށްޓަކައި ހިތްވަރު ދިން ޔޫންގެ މަންމައަށް އެންމެ ޚާއްސަ ޝުކުރު ދަންނަވާލަމެވެ. ޔޫންގެ ބައްޕަ އަދި ޔޫންގެ ދޮންތަ އާއި ތިއްތައަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާލަމެވެ. އަދި ޔޫންގެ ތިއްތިބެދައްތައަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ބުނެލަމެވެ. ތި ހުރިހާ ހިތްވަރާއި ނުލާ ޔޫންއަށް މިކަން ނުވީސްކަން ޔަގީނެވެ.

# އަދި ވާހަކަ ފެށުނީއްސުރެ ނިމެންދެން ޔޫންއަށް ހިތްވަރުދީ މިސްޓޭކްސްތައް ރަނގަޅު ކޮށްލަދިން ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ޔޫން މި ފުރުސަތުގައި ބުނެލާނަމެވެ. ތި ދެއްވި ހިތްވަރާއި ތަރުހީބާއި ނުލާ ޔޫންއަށް މި ވާހަކަ ނުނިންމުނީސްކަން ޔަގީނެވެ.

# ޔޫން ވަރަށް އަވަހަށް މި ވާހަކައިގެ ސީޒަން 2 ލިޔެފައި މި ސައިޓްގައި ގެނެސްދޭން ފަށާނަމެވެ. މި ވާހަކަ އާއި ދޭތެރޭ ދެކުނު ގޮތް ކޮމެންޓްގައި ލިޔެލާފައި ބުނެދެއްވުން އެދެމެވެ. ޔޫން ބޭނުންވަނީ ސީޒަން 2 އެކީގައި ލިޔެލާފައި ގެނެސްދިނުމަށެވެ. އެހެންވީމައި އެހާ އަވަހަށް ނުގެނެސްދެވިދާނެއެވެ. ނަމަވެސް ހުރިހާ ކިޔުންތެރިން ސީޒަން 2 އަށް އިންތިޒާރު ކޮށްލާނެކަމަށް ޔޫން އުންމީދު ކުރަމެވެ. އަނެއްކާވެސް ޔޫންގެ ފަރާތުން ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ތޭންކްސް.. ލަވް ޔޫ އޯލް ވެރީ މަޗް.. ސީޒަން 2 ވަރަށް އަވަހަށް ގެނެސްދެވޭތޯ ޔޫން ބަލާނަން.. ޝުކުރިއްޔާ !

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..12

Next

ވާށޭ މަށާ އެކީ-35

Next
June 25, 2020

ވާށޭ މަށާ އެކީ-35

Previews
June 25, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..12

46 Comments!

  1. Naani says:
    June 25, 2020 at 6:26 am

    Maasha Allah varah varah varah reethi vaahaka eh?????????❤️??????????❤️?????❤️❤️❤️??????????????????❣️❣️❣️??????

    1. yooon yoooon says:
      June 28, 2020 at 12:24 pm

      Awn thanx Naani dear ??? Couldn’t have done this without you ? Thanx a lot for your kind support and thank you for reading my story it means a lot to me ?

  2. Liyaa says:
    June 25, 2020 at 8:20 am

    Mashaa allah reethi vaahakayae

  3. ?Naiha❤️ says:
    June 25, 2020 at 8:31 am

    Yoon I am so happy season 2 liyaa thee…..
    Varah vvvvvvvvvvvv vvvvvvvvv reethi hama feshigen nimen dhen vx…. Masha Allah u are so talented.

    1. yooon yoooon says:
      June 28, 2020 at 12:25 pm

      Glad to know that ?? Thanks a lot Naiha ? Couldn’t have finished this without you ? Thanks for suporting me since the start dear ?

  4. Shuba... says:
    June 25, 2020 at 10:44 am

    Avas kollahchey pls. Curiously waiting. Story vrh vrh reethi. Masha Allah.❤❤❤

    1. yooon yoooon says:
      June 28, 2020 at 12:27 pm

      aw thank you so much Shuba ? Thanks for all the support you gave me ? Couldn’t have done this without you ???

  5. Maesara says:
    June 25, 2020 at 10:51 am

    Varah reeithi story ? waiting Season 2

    1. yooon yoooon says:
      June 28, 2020 at 12:28 pm

      Awn thank u so so much Maesara ? Couldn’t have done this without you.. ? Thanks for giving me your support ? Thanks a lot

  6. ?Ril? says:
    June 25, 2020 at 11:07 am

    Masha Allah sis last part ves varah sali. Cover pic ves varah sali. And waiting for season 2 ingey sis. Love u ❤❤❤❤???

    1. yooon yoooon says:
      June 28, 2020 at 12:30 pm

      Alhe A very very special thanks to u Ril ??? thanks for being with me From the start to the end ? I couldn’t have done this without you.. even if I simply say thank you I know that’s never gonna be enough thanks ?

  7. Ivan ? says:
    June 25, 2020 at 11:49 am

    Wow wow I ah mi aharu kiyunu emme salhi vaahaka ? Maasha allah Yoon your such a talented girl I mean like really ❤ This story was so beautiful and interesting from the start.. at 1st I kept on thinking who E kujja was and then I kept on thinking what rana would do when she finds out that avleen and kai started to date ? Then there came liyaan ? I wondered what their plan would be and if that plan would succeed ? Avleen injured vi bai kiyaafa I was literally in tears ? And kaiyan av save kuri bai was so amazing.. ??? And then the accident and kai ge memories dhiya bai kiyaafa I cried. He literally sacrificed himself to save avleen ?? Then all the phsycatrist parts and Ithgaal came ? And ranoo fell in love with liyaan at last ???But Ithgaal and aflyn sis maruvi bai was so heartbreaking. ? Kai ge memories came back ??? Avleen and kai got married and got Nyshal that’s so cuteeee ??? Iku and Hai got Hiyaan & Hooryn ??? Ranoo and liyaan got ixkan ???? Profile wes also habeys ?? Yoon your one of the best authers in maldives. And frm your story I kinda figured that ur not gonna be more than 20 years old. I’m 14 and frm B.Goidhoo.. Name is Ivan ? I really love your work because it’s superb for your 1st try ?? This story is literally a masterpiece ? and season 22 wes gennanamey bunefa othyma I am sooo happy ???? and genesdheyne kamah lafaa kurevey date eh buneba ingey ?? Really love this story and im getting a second season of this story. This is lit the best best best thing I’ve ever heard… Pls pls pls make it quick okey and make that season as nice as this season ?? Once again LOVE THIS STORY SO MUCH ? the best or luck frm me yooon ?? Keep shining ??????

  8. Anonymous says:
    June 25, 2020 at 12:15 pm

    Wow Yoon….????… Right now I’m speechless….. Masha Allah vvvvvvvvv reethi mi part…..ohhh thank you so much Yoon curiously waiting for second season….never stop writing Yoon sweetie…you have the telent of writing stories dear…. I’ll be always supporting you sweetie…….you are my favourite auther in this whole world……. curiously waiting waiting…… lysm……..and tgc…………???♥️♥️♥️????♥️♥️♥️

    1. yooon yoooon says:
      June 28, 2020 at 12:31 pm

      Thanks a bunch ?? That means a lot

    2. yooon yoooon says:
      June 28, 2020 at 12:34 pm

      Oh it was you Een dear ??? a very very very special thanks to u dear ? Insha allah ill keep on writing and giving you my stories to read dear ? Your comment means a lot to me een thank you so so so much for being with me and supporting me Until the end ?? I’ll try to bring S2 as soon as I finish writing it ? Love you so much more and You tgc too een

  9. Een says:
    June 25, 2020 at 12:18 pm

    Wow Yoon…..????…… Right now I’m speechless….. Masha Allah vvvvvvvvv reethi mi part….. ohhh thank you so much Yoon curiously waiting for second season…..never stop writing Yoon sweetie…..you have the telent of writing stories dear….. I’ll be always supporting you sweetie…..you are my favourite auther in this whole world……… curiously waiting waiting………lysm……and tgc Yoon dear…………..♥️♥️???????♥️♥️??????????????

    1. Een says:
      June 25, 2020 at 12:19 pm

      I forgot to write my name first……

    2. Een says:
      June 25, 2020 at 7:34 pm

      And the cover pic is also Hama perfect…….. Gonna miss you too????????????????????

  10. Nauf says:
    June 25, 2020 at 12:39 pm

    Wowowowowow, ❤️❤️ this is the best story I’ve ever read in my life ?? Yoon ur such a talented girl ? this season was soo nice ?? in this lock down this was the only thing that kept me from not dying ?❤️ So thankful that ur planning to write a season 2 ??? Pls make it as nice as this one ? Your my favourite author and can’t wait for season 2 ?? your the best and I love you soo much ????????????

    1. yooon yoooon says:
      June 28, 2020 at 12:36 pm

      Awn thanx Nauf dear ??? Thank u so much it means a lot. And glad to know I did a favor for u ? Thanks I’ll try to bring S2 very soon. And I’ll do my best on that season 2 ? Love you so much more Nauf dear ???

  11. Bluebird says:
    June 25, 2020 at 1:56 pm

    Wow v v v v Salhi…..????????? Keep it up…,?????????????❤️?❤️❤️❤️

    1. yooon yoooon says:
      June 28, 2020 at 12:37 pm

      Awn thank you so much Bluebird ?? Insha allah I’ll always try my best ????

  12. N@y@? says:
    June 25, 2020 at 2:31 pm

    Ooh my god…….yooooooooon…?????????????????????innnniiii hama huvaaa Haadha fakkkley…… Hama ufalun goss kiriyaa phn ves ellaa Nulevune……. Hama ehaa furihama ekm thi nimmaalii dhw?????????????????… But still hope to read one of ur heart breaking, thrilling, gorgeous, lovely, fascinating, and crazy ? stories…………….. Sissy LOTS AND LOTS OF LOVE TO YOU……. ¥????Ń…… STAY SAFE…….. VVVVVVVVVVVVVVVVVVVVVVVVVVVVVVVVVV MISS VAANE NAYAGE FAVOURITE AUTHOR MATHIN……. ??????…… Bye-bye… Hoping to see you soon……..

    1. yooon yoooon says:
      June 28, 2020 at 12:41 pm

      Thank you so much Naya ?? Insha allah I’ll bring S2 very soon ?? Ofc I’ll give u another one of my heartbreaking, thrilling, gorgeous, lovely fascinating, and Crazy story insha allah ? lots of love from me too Naya ? Luv u more and stay safe ? I’ll miss you too one of the sweetest commenters ??? Hope to see u soon too

  13. N@y@? says:
    June 25, 2020 at 2:33 pm

    One more thing…. HADHAA CUTE EY E BBY THAAAAH OMG…. ? ? LOTS OF LOVE

    1. yooon yoooon says:
      June 28, 2020 at 12:42 pm

      Thank u ???

  14. Musla says:
    June 25, 2020 at 4:13 pm

    Wow vrh reethi. Vrh ufaaveje nimendhen genesdhineema. Specially season 2 genesdhenethyve.i will wait for season 2.❤️

  15. Riyaa says:
    June 25, 2020 at 8:56 pm

    Oh I am a reader of ur stories specifically and I commented on all the parts of this story yey? I will miss this story and I will read this story again ?and it was awesome story Yoon hope season 2 will get soon❤️❤️❤️❤️❤️????

    1. yooon yoooon says:
      June 28, 2020 at 12:44 pm

      Awn that’s so sweet of u Riyaa ??? thank u so much I’ll never ever forget your support ? Insha allah as soon as I finish I’ll bring it 4 u guys ???

  16. Yoon ge fan says:
    June 25, 2020 at 9:58 pm

    Esfiya in emme kiyaahithun adhi kiyunyy mi vaahaka ekani….vvvvvvvvvrrrrhhhh salhi masha allah…keep it up yoon❤❤curiously waiting for season 2..lysm??❤❤??

    1. yooon yoooon says:
      June 28, 2020 at 12:45 pm

      Alhe Thanks My fan ???? That’s so sweet of u.. I’ll always remember your support dear ? Insha allah will bring as soon as I’m finished writing ?? Love you so much more ????

  17. Xayan says:
    June 26, 2020 at 2:00 pm

    The best Story IV EVER READ IN MY LIFE ! Yoon this story is too amazing. IF ANYTHING WAS PERFACT, IT WOULDVE BEEN THIS STORY..!! maasha allah waiting impatiently for season 2.. LOVE YOU A LOT 🙂

    1. yooon yoooon says:
      June 28, 2020 at 12:47 pm

      Awwwnnn ??? Thanks a lot Xayan ?? Love you much more and Thank u so much for all the support you gave me ?????

  18. K-Gal says:
    June 26, 2020 at 7:33 pm

    wowww Yoooooon mee alhugandah kiyunu emme rythi story and waiting for the next season. Will miss You so much 🙁

    1. yooon yoooon says:
      June 28, 2020 at 12:48 pm

      Aw thank you so much gal ???? I’ll never forget your kind support ??? will miss you too ??

  19. Kaira says:
    June 27, 2020 at 9:47 am

    no no no no is this the end ?? I can’t believe it, ? This story is the only story I read in this site emme kiyaa hih vegen ? I Check the site day and night to see if this story was uploaded ? Yoon maasha Allah this story was amazing ? I’m extremely thrilled that your bringing S2 of this ❤️ Love you so much gurl You’ll always be my favourite author ? Forever My favourite

    1. yooon yoooon says:
      June 28, 2020 at 12:50 pm

      Labba kai S2 ge end ?? Thanks a lot ??? I’ll bring it as soon as i finish writing it ??? Lov you so much more Gurlll ??? That means a lot

  20. Juman says:
    June 27, 2020 at 7:44 pm

    alheyyy Yooon this story is hama the greatest story ever ?❤️ Soooo amazing, ? I always had to say waiting for the next part but today I’m gonna say waiting for the nxt season ???? Will miss you so much yoooon alheyyy nudheyba ? Vvvv miss vaane Yoon mathin ??????? Love you a lot and can’t wait for the next season ? E kujja story is the most emotional and lovely story I ever read huvaa it made me cry ?? Miss you Yoon stay safe and may Allah bless you and also plllsssss reply to this comment ? Much loves and loves

    1. yooon yoooon says:
      June 28, 2020 at 12:53 pm

      Aw Jumann ?? Thanks a lot and glad to know that you are waiting for it ?? I’m just going away for a while insha allah ?? will be back vvvv soon ??? Love you more ?? Miss you too Juman ?? May allah bless you too dear ?? Much more loves and ill always be thankful for your kind support

  21. Dhaain says:
    June 28, 2020 at 12:18 pm

    Wowwww Yoon.. your the most amazing writer ever. You played with my heart and so on ? This story made me cry for reals. After I end kai ge memories dhiya part and memories ai parts… YOUR AWESOME AND CAN’T WAIT FOR SEASON TWO ? WILL MISS YOU SO MUCH

    1. yooon yoooon says:
      June 28, 2020 at 12:56 pm

      So happy to know that dear ??? Thanks a lot and ill always remember ur support ??? Will miss you and you all so much ??? Thanks Everyone ? for all the support you gave me ?? Means a lot to me ????

  22. އިފާޝާ says:
    June 28, 2020 at 2:45 pm

    މާޝާ ﷲ ޔޫން މި ވާހަކަ މީ މަށަށް ކިޔުނު އެންމެ ސަޅި ވާހަކަ.. ލިޓްރަލީ ދަ ސްޓޯރީ އޮފް ދަ އިޔަރ 2020. ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ހަބޭސް.. މީގެ ސީޒަން ދޭއް ލިޔަމޭ ބުނީމަ ވަރަށް ވަރަށް އުފާވި… ވަރަށް ކެތްމަދުވެފައި މި ހުންނަނީ އެ ސީސަން ކިޔާލަން ބޭނުންވާތީ.. ގުޑް ލަކް އިނގޭ މަގޭ ފަރާތުން ޔޫންއަށް.. ހަމަ މިހާ ސަޅިވާނެކަމަށް އުންމީދު ކުރަން.. ކޭން ޔޫ ރައިޓް ނީޝްކޮގެ ލަވް ސްޓޯރީ އިން އެކުއްޖާ ސީސަން 2 ؟؟؟ މަގޭ އައިޑިއާއެއް އިނގޭ ހަމަ.. ލަވް ޔޫ އަދި ވަރަށް ބޮޑަށް ޔޫން މަތިން މިސް ވާނެ… ދެން މަގޭ ފޭވަރިޓް ރައިޓަރގެ މަތިން މިސްވާނެ ތާ. އައިމް ޔޯ ނަމްބަރ ވަން ފޭން.. ކުރީ ބައިތަކަށް ކޮމެންޓް ނުކުރި ކަމުގައިވިޔަސް ހަމަ ގަވައިދުން ކިން.. އަޕްވޭތޯ ބަލަން ކޮންމެ ދުވަހަކުވެސް.. ކިޔުނު އެންމެ އެންމެ އިމޯޝަނަލް އަދި ސޭޑް އަދި ތްރިލިން ވާހަކަ މީ… ވަރަށް ސަޅި.. ޔޫންގެ ވާހަކަތައް މި ސައިޓުން މުސްތަގުބަލުގައި ފެންނާނެކަމަށް އުންމީދުކުރަން.. މަ އަބަދުވެސް ހުންނާނަން ޔޫންގެ ކިއުންތެރިއެއްގެ ގޮތުގަ… ލަވް ޔޫ އަދި ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އުންމީދު ކުރަން.. ވަރަށް ވަރަށް ސަޅި މި ވާހަކަ..

  23. އިފާޝާ says:
    June 28, 2020 at 2:51 pm

    އޯހް އެންޑް ބުނެލަންތަ..؟ ވަރަށް ވަރަށް ސަޅިވާނެ މި ވާހަކައަށް ފިލްމެއް ހަދައިފިއްޔާ އިނގޭ.. އިޓްސް ގޮނަ ބީ އެމޭޒިން.. ހަމަ ބުނެލީ ކަޒް އައި ލަވް ދިސް އަ ލޮޓް.. އަދި މޫވީއެއް ބަލާލަން ލިބިއްޖެއްޔާ ވވ ސަޅިވާނެ

  24. Kiddy ^>^ Kooo says:
    June 28, 2020 at 8:15 pm

    No No No NOWAY !!! This is the end thar ?? Alhey im so gonna miss this.. May Avleen & Kaiyan and their princess have a blessed Life 🙂 And yoon This story is AMAZING ! love it a lot. Thanks for bringing such an amazing splendid story for us 🙂

  25. Ikko says:
    June 29, 2020 at 5:34 pm

    Yeah Ifaashaa e buni thedheh.. Vvv salhivaane if we make a film based on this.. and Im so sad yoooon.. 🙁 and wish you a happy and a bright future 🙂 Just gonna miss you so so so much.. 🙁 I love this story from the bottom of my heart 🙂 WILL MISS YOU YOONYYY 🙂 ILUVUSMM 🙂

  26. ?Black pink says:
    July 21, 2020 at 6:58 am

    Awesome storyy❤️❤️❤️keep it up

Comments are closed.

Next Episodeއެކުއްޖާ 2 – 1←


All Right Reserved!