Skip to content
އެސްފިޔަ

އަތިރިމަތީ ޕާޓީ (1)

ނާދިރާ ކޮއްކޮ ނާދިޔާ އަކީ ވަރަށް ސަކަރާތް ބޮޑު އަންހެނެކެވެ. އޭނާ ސުކޫލުންވެސް ކަނޑާލީ ޕްރިންސިޕަލުގެ ބޮލަށް ބުޅަލު ގުއި އުކައިގެންނެވެ. ނާދިޔާ ބުޅަލެއް ގެންގުޅެއެވެ. އެ ބުޅާ ނާދިޔާ އާ އެކު އުޅޭތާ މިހާރު ތިން އަހަރު ވީ އެވެ.

“ނާދިޔާ އަވަހަށް މީހަކާ އިންނަން އުޅޭ ދެން. ތިހިރީ ކިޔެވިފަ!” ނާދިޔާގެ މަންމަ ބަރާބަރަށް ކޮންމެ ދުވަހަކު ނާދިޔާއަށް އެ ވާހަކަ ހަނދާން ކޮށްދެއެވެ. ނާދިޔާ އަށް އެކަން ކުރެވުނީތީ ދެރަވެއެވެ. އެކަމަކު އެކަން އެއޮތީ ކުރެވިފައެވެ.

އެއް ދުވަހު ރަށުގެ އަތިރިމަތީގައި ނާދިޔާ އިންދައި ނާދިޔާގެ ބުޅާ ދުވެފައި އައިސް ނާދިޔާ މޭމަތީގައި ވަރަށް ބާރަށް އޭތީގެ ދެ އަތުން ޖަހާލިއެވެ. އެ ހަލުވި ކަމާއެކު ބުޅާ އެނބުރި ދުއްވައި ގަތެވެ. “ބުޅާ މިހާރު ވަރަށް ހަޔާތްކުޑަ ވެއްޖޭ ދޯ!” ނާދިޔާ އެރި ރުޅި އަކުން ބުނެވުނެވެ.

އިރު އޮއްސޭތީ ގެޔަށްދާން ނާދިޔާ ތެދުވިއެވެ. އެނބުރެލި ނަޒަރުން ނާދިޔާގެ ކަޅީގައި ބުޅަލުގެ ސޫރަ ޖެހިއްޖެއެވެ. ކަމަކު ދާކަށް ނެތެވެ. ބުޅަލުގެ ބޮލުގައި އޮތީ ހިފާފައެވެ. ހިފާ މޮޑެ ހަދަނީއެވެ. ރީތި ފުރާވަރުގެ ޒުވާން ފިރިހެނެކެވެ. ނާދިޔާއަށް އެ މީހާ ފެނި ހިތުގެ ވިންދަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ކޮންމެއަކަސް މި ފިރިހެނާ މީ އާދައިގެ ފިރިހެނެއް ނޫންކަން ނާދިޔާ ޔަގީން ކޮށްފިއެވެ.

“އޭނަ އަހަރެން ގައިގަ އަތް ނުލާ އެ ހަދާލާ ގޮތްތައް، އެއީ ހަމަ އަޖައިބެއް ކަހަލަ ފިރިހެނެއް.” ނާދިޔާ ޒުލޭހާ ގޭ ޖޯލިފަތީގައި ދުފަން އިނދެފައި ބުންޏެވެ.

“ހޫން. ދެން ބުނެބަލަ، އެއީ ކާކުތަ؟ މިރަށުގަ ނުދަންނަ މީހުން އުޅޭ ކަމެއް އަހަރެން ނުދެނަހުރިން.” ޒުލޭހާ ފޯއް ފޮއްޗެއް ހަފާލައިފައި ބުނެލިއެވެ.

“ނޫނެކޭ! އަހަންނެއް މީގެ ކުރިއަކުން އޭނައެއް ނުދެކެން. އޭނަ އަކާ ވާހަކަ ދައްކާނެ ހިއްވަރެއްވެސް އަހަންނަކަށް ނުލިބުނު. ޖެހުނީ ބުޅަލު ގައި ބައްދައިގެން ދުވެފައި ގެއަށް ދާން.” ނާދިޔާ ބިންމައްޗަށް ބަލަން އިނދެ ބުންޏެވެ.

“ކަލޭމެން ކޮން ވާހަކަ އެއްތަ ތި ދައްކަނީ؟” ނަހުލާ އެ މީހުންނާ އަރާ ހަމަ ކޮށްފައި ބުންޏެވެ.

“ނަހޫ ކޮންތާކަށް ތި ދަނީ ރަތް ލިބާސް ލައިގެން ޝޯލް ވެސް ނާޅާ؟” ޒުލޭހާ އަށް ޖޯލީގައި މަޑުން ނީނދެވިގެން ނަހުލާއާ ބެހިގަތެވެ.

“އޭ! ކައޭ ކިހިނެތް ވެގެންތަ މަށާ ތި ބެހެނީ؟ މާ މަޖާ ވެގެން ތި އުޅެނީ؟ އަހަރެން ކޮންއިރަކުތަ ޝޯލް އެޅީ؟ ލިބާސް ލީ؟ ކުރި ކަމެއްގެ ވާހަކަ ދައްކާނަމަވެސް ރަނގަޅޭ!” ނަހުލާ ޒުލޭހާ އާ ދިމާލަށް އެއްތެހި ގޮވަން ފަށައިފިއެވެ.

ނާދިޔާ އަށް އެތާނގައި ދެން އިންނާކަށް އެންމެ ސިކުންތަކަށްވެސް ކެތެއް ނުވިއެވެ. ނަހުލާގެ އަޑު ހާދަހާ ގަދައީ ތާއެވެ. ނާދިޔާގެ އަނގަ ފުރާ ފޯއް އަޅައިލިއެވެ. އަދި ފޯއް ތަބައް ޒުލޭހާ އަތަށް ދީފައި ބުންޏެވެ. “އަން! މި ގެންދޭ! ނަހުލާގެ އޭއްޗެކޭ މީއްޗެކޭ ނުގޮވާ! ކަލޭމެން ދެމީހުން ކޮން ދުވަހަކުންތަ އެއް ގަލަކަށް އަރާނީ؟”

“އެއް ފޮތަކަށް އެރިއަސް އެއް ގަލަކަށް ނާރާނަން! އެއީ ނަހުލާ އަހަންނޭ ކިޔާގެން ދޮގުހަދާ އަހަރެން ބިޓު ފަނި ކޮށްލީމަ!” ޒުލޭހާ އޭނާގެ މާޒީ ނަގާ ދެ ރަހުމަތްތެރިން ކުރިމައްޗަށް ޖަހައިލިއެވެ.

“މަ މި ދަނީ!” ނާދިޔާ ޖޯލިން ތެދުވެ ގެއަށް ދާން ހިނގައިގަތެވެ. ނާދިޔާގެ މުޅި ދުނިޔެ ބަދަލުވާން އުޅޭކަހަލައެވެ. ޖެހިގެން ހުރި ގޯޅި އެޅުނީ ނާދިޔާގެ ހިތާ ކުޅެލި ފިރިހެނާ ކުރިމައްޗަށެވެ. ނާދިޔާ ހަދާނެގޮތް ހުސްވިކަހަލައެވެ.

“ހައި.” އެ ފިރިހެނާ ހައި ޖަހާލީ ފިސާރި ފިރިހެން ވަންތަ އަޑަކުންނެވެ.

ނާދިޔާގެ ބުޅާ މަތިންވެސް ހަނދާން ނެތިއްޖެއެވެ. “އަ… އަ….” ނާދިޔާއަކަށް ވާހަކައެއްވެސް ދެއްކޭ ކަމަކަށް ނުވިއެވެ.

އެ ފިރިހެނާ ހީނލާފައި ނާދިޔާ ކޮލަގައި ވިކާލިއެވެ. “ކީއްވެ މިޔަދު ހަވީރު މަށާ ވާހަކަވެސް ނުދައްކާ ދިޔައީ؟ ބުޅަލު ގައި އޮޅުލައިގެން ދުވެފައި ދިޔަ މަންޒަރު އަދިވެސް އަހަންނަށް ފެންނަ ކަހަލަ.”

“އަސްލުތަ؟” ނާދިޔާ އަށް ވާހަކަ ދެކެވެން ފެށިއެވެ.

“ހިނގާބަލަ ޕާޓީއަކަށް ދާން..” ފިރިހެނާ ބުންޏެވެ.

“މައްސަލައެއް ނޯންނާނެ. މިހާރުތަ ދާންވީ؟ 1234 މަގޭ ނަމްބަރ. ވަރަށް ލައިކުވޭ!” ނާދިޔާ ބުންޏެވެ.

“އޯކޭ! ހިނގާބެ މިހާރު! އަހަރެންގެ ރަހުމަތްތެރިން އެބަ ތިބި ބީޗުގަ!” ފިރިހެނާ ނާދިޔާ އަތު ހިފައިގެން ބީޗާ ދިމާލަށް ހިނގައިގަތެވެ.

ނަހުލާ ހިނގަމުން ދިޔަ މަގަށް ނާދިޔާއާ އެ ފިރިހެނާ އަރާ ހަމަ ކޮށްލައިފިއެވެ. ނަހުލާ އަށް ލިބުނީ ޝޮކެކެވެ. އެ ފިރިހެނާ ނަހުލާއަށް އެނގެއެވެ.

– – – – – — – – – — – – — — – – — – – — – — – — – – — — — – –  – – – – — – – — — – – –

 

 

Comments (3)

  1. Unkwn

    Mee kon kahala vhk eh… ???????? dhn reethi vaane kamah ummydhukuran…nimen dhn genes dheynvaane ekm…bst of luk

    1. A.S.Cain
      Unkwn

      part 2 neren v dho.

  2. Riyaa

    Ya of course we are Curiously waiting please. Kihaa dhuvaheh vaanetha part 2 upload kohdheyn?

Comments are closed.