“ސާރާ! އެއްޗެކޭ ބުނެބަލަ!”ނައިނާ އަށް ސާރާގެ ކިބައިން ޖަވާބެއް ނައުމުން ބުނެލިއެވެ.ސާރާއަށް ބުނެވުނުހާވެސް އެއްޗަކީ ފަހަތް ބަލާލާށޭއެވެ.ނައިނާ ފަހަތަށް އެބުރުނު ިރު ފަހަތުގައި ހުރި ޔުނާން ފެނުމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ގަތް ލަދުންނެވެ.މިނޫނީ ނައިނާ ފިރިހެން ކުއްޖެއްގެ ކުރިމަތީގައި ލަދު ގަތްފައެއްނުވެއެވެ. ނައިނާ ބެންޗްއިން ތެދުވުމަށް ފަހު ބާރަށް ހިނގައިގަތީ ފެން ބުޔުމުގެ ބަހަނާގައެވެ.ނައިނާ ތެދުވިއިރު ޔުނާން ބުނެލިއެވެ.”އޭއް މިއަދު ތިހެން ދެވިދާނެ .މާދަމާ ކިހެނެއް އިނގެނީ ނައިނާ އައިސް ވެއްޓޭނީ މިއުގުގެ ތެރެޔަށް […]
* އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..” * ކުރިމަތީގައި ހުރި ލިޔާން ބުނެލިއެވެ. އަވްލީންގެ ޗޭނުފަށް ތަކުން ސަލާމަތްވާން ބޭނުންވިއެވެ. ލިޔާން އާއި ސަލާމް ކޮއްލަން އެހިތް ތެޅިފޮޅުނެވެ. އެއީ ކައިޔަން ފެނުމުން ވެސް އަވްލީންއަށް ނުވިވަރެކެވެ. “ކިހިނެތްވެގެން މިހާރު […]
” އެއީ މަންމަމެން ދައްކާ ބޯދާ ވާހަކައެއް.. އެމީހުން އަހަރެމެން ތަންތަނުގައި ތިބޭ އެއްޗެހި ބިނދެހަދާތީ އަހަރެމެން ބިރުގަންނުވަންވެގެން ކިޔާ އެއްޗެއް އެއީ.. ކަލޭ ދުވަހަކުވެސް ދެކުނިންތަ މަލެއް ބިނދެގެން މީހަކު ޖިންނި މޮޔަވިއޭ…” ޔާނިއުބުންޏެވެ. ” މަނުދެކެން.. އެކަމަކު މަ ވަރަށް ގިނައިން އަޑު އަހާވާހަކައެއް..” ޔާނިއުގެއެކުވެރިޔާ ބުންޏެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން އިތުރަށްވެސް ނަވްލާގެ އެކުވެރިންގެ ހިތުގައި ހާސްކަން އުފައްދާފިއެވެ. ދެއެކުވެރިން އެތާ ތިބެން އިތުރަށް ބޭނުން ނުވާތީ ހިނގާށޭ ކިޔާ ނަވްލާއަށް […]
ސައިކަލުތައް ޕާކު ކުރުމަށްފަހު އެންމެން އެކީ މިސްރާބުޖެހީ ޝާނިމްގެ ބައްޕަ އެންމެފަހުން ހުޅުވި ރެސްޓޯރެންޓް ތެރެއަށް ވަނުމަށްޓަކައެވެ. އެންމެންގެ ފަހަތުން ރެސްޓޯރެންޓްގެ މައި ގޭޓުން އެތެރެއަށް ވައިން ނާޔާގެ މަލެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން އެ ހިތްހީވީ ހަންޖަރަކުން ކޮށާ ކުދި ކުދި ކޮށްލިހެންނެވެ. އިޙްތިޔާރަކާ ނުލާ އެ ބޮޑު ދެލޯ ފުރިގެންއައީ އިންޒާރަކާ ނުލައި އެ ނިކަމެތި ހިތުގައި އެޅި ވޭނަށް ކެތްނުކުރެވިގެންނެވެ. […]
ހަޔާތުގައި ހިނގާފައިވާ ހެއްވާ މަޖާ ކަންތައްތަކަކީ ހިތުން ފޮހެލަން ދަތި އުފާވެރި ހަނދާންތަކެކެވެ. އެ އުފާވެރި ވަގުތުތައް ހިތައް އަންނައިރު އުފާވެރިކަމުގެ ކަރުނަ ލޮލުން ނީރާލައެވެ. އެމަޖާ ކަންތައްތައް އަލުން ތަކުރާރުވުން އެދެވެއެވެ. އެއީ މީގެ ހަތްއަހަރު ކުރީގެ މަޖާ ހަނދާންތަކެކެވެ. މި ހާރުވެސް ލޯ ކުރިމަތިން އެމަންޒަރުތައް ސިފަވާކަ ހަލަ އެވެ.ރަށު އޮފީސް ފާރުމަތިން ވެއްޓި އަހަރެންގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ދިޔައެވެ. ރަށުން އެކަށޭނެ ފަރުވާ ލިބޭކަށް ނެތެވެ. ރަށާއި ޖެހިގެން އޮންނަ […]
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ. ” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން […]
ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ. އަހަރެމެން ބަދަލުވީ ވަރަށް ކުޑަ ރަށަކަށެވެ. އެރަށުގެ ސްކޫލުގައި އެކި އުމުރުފުރާގެ ކުދިން އުޅޭއިރުވެސް އެހުރިހާ […]
* “ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ލޯފަދަ ލޮލެއް ނުލިބުނީމައިތަ.؟” ރަނާ ހަޅޭއްލަވައިގަނެފައި އަވްލީންގެ ލޮލަށް ކަތުރު ވައްދާލަން އައެވެ. ރަނާގެ މުޅި މޫނަށް ލޭބުރައިގެންދިޔައެވެ. ރަނާ ދެފަރާތަށް ކަތުރު އަނބުރާލިއެވެ. އަވްލީން ހަޅޭއްލަވައިގަތް އަޑަށް ވިހަ ހިނިތުންވުމަކުން ހީލާފައި އަވްލީންގެ ލެއިން ކަޅިވެފައި ހުރި ދެލޮލަށް ނަޒަރެއް ހިންގާލަން ރަނާ އެދިމާލަށް ބަލާލިއެވެ. * ރަނާގެ ލޮލުގައި އަޅައިގަތީ ކައިޔަންއެވެ. ކަތުރު ގޮސް ހެރިފައިވަނީ ކައިޔަންގެ ބުރަކައްޓަށެވެ. ކައިޔަން ލައިގެން ހުރި އަޅި […]
“މި ފިރިހެނާގެ ކޮން ތަނެއް ރިތި ވެގެން ތަ ތިބަލަނީ އަޅެ.”ނައިނާ ހިތާހިތުން ޔުނާން އާއި ދިމާލަށް ކުލާސް ފެށުނީން ސުރެ ކިޔަމުން ދިޔައެވެ. ސާރާއަށް އިށީން ދެވުނީ އަންހެން ކުއްޖެއްގެ ކައިރީއެވެ.ސާރާ އިށީނުމާއި އެކު އަންހެންކުއްޖާ ބަލާލުމަށް ފަހު ހިނިތުން ވެލިއެވެ.ސާރާވެސް ބަދަލުގައި ހިނިތުން ވެލަމުން ކުލާހަށް ތައްޔާރުވެލިއެވެ. “މިޝެލް.ތިއީ ކާކު.؟” އިރުކޮޅަކު މަޑުން އިނުމަށް ފަހު ސަލާމަށް އަތްދިއްކޮށްލަމުން އިނގިރޭސިން އެއަންހެން ކުއްޖާ ބުނެލިއެވެ.”މިއީ ސާރާ.” ސަލާމަށް ދިއްކޮށްލި އަތުގައި ހިފާލަމުން ސާރާ ޖަވާބު […]