ރަސްފަންނަށް ޓެކްސީ އައިސް މަޑުކޮށްލުމާއެކު ނާޔާ ޑްރައިވަރަށް ރުފިޔާ ދިނުމަށްފަހު ޓެކްސީ އިން ފޭބިއެވެެ. ރަސްފަންނަށް ވަނުމަށްފަހު ދެފަރާތް ބަލާލެވުނީ އައިޒަން ފެންނަ ހިސާބުގައި ހުރިތޯއެވެ. ތަންކޮޅެއް ދުރުން މީހަކު ހަނާ އަޅާތަން ފެނުމުން އެއީ އައިޒަންކަން ނާޔާ އަށް އެނގުނެވެ. އައިޒަން އާ ދިމާލަށް ހިނގައިގަތް ނާޔާގެ ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވާން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި އަށަގަންނަން ފެށިއެވެ. ނަމަވެސް އެއީ އައިޒަން […]
“ކިއާން އަހަރެން އަތުން ސިއާ އަތުލީ ކިއާން އަހަރެންނާ ސިއާ ދުރުކުރީ ކިއާން ކޮންމެސް ކަމެއް ކޮއްގެން ސިއާގެ ހަނދާންތައް ފުހެލީ.. އާހްހް!!! ސިއާ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް ސިއާ އާއި ކިއާން ކައިވެނި ކޮއްގެން އުޅުނަސް ހެޔޮ އަހަރެން ސިއާ ހޯދާނަން .. ވެއިޓް ފޯރ މީ ޗަބީ…..” ގެއަށް ދެވުމުން ނޫރާ އަވަސްވެގަތީ ހަމްދީއަށް ގުޅުމަށެވެ. “ހަލޯ ހަމްދީބޭ ނާއިމް” “ނާއިމް ކީކޭ؟؟؟؟” ނޫރާ މިއަދު ވީ ހުރިހާ ކަމެއް ހަމްދީއަށް ކިޔާދިނުމުން […]
ފަޒާގެ ތެރޭގައި ވަނީ ތެތްފިނިކަމެވެ. ވާރޭގެ ހިތްގައިމު އަޑުން ފަޒާގެ ތެރޭ ލުއި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. ގަސްތަކުގެ ފަތްތަކުގައި ހަރުލާފައިވާ ވާރޭގެ ޝަބްނަމް ތިކިތަށް ފެންނަ ގޮތް އަޖައިބެއްހާ ފުރިހަމައެވެ. ގަސްތަކުގެ ފަތްތައް ދެއަތަކަށް ހޫރެމުން ދިޔައީ އާ ދިރުމެއް ހަށިގަނޑަށް ލިބިގެން އުޅޭ އުސޫލުންނެވެ. ޖެހިލާ ތެތްފިނި ވައިރޯޯޅި ތަކުން ފަތިހުގެ ފިނިކަން އިތުރު ކުރުވާފައިވެއެވެ. ބޯ ކުއިލްޓްގެ ތެރެއަށް ވަދެ އަރާމު ނިދީތެރޭ ފީނަމުން ދިޔަ އިޔާޝްއަށް ހޭލެވުނީ ބަންގީގެ މަތިވެރި ކަލިމަތައް […]
* “އަވް ދަރިފުޅާ މިއީ…………” އަވީނާ އެއްޗެކޭ ބުނުމުގެ ކުރިން އިތުޤާލް އަވީނާ ހުއްޓުވިއެވެ. އަވްލީންގެ އޮމާން މޫނުމަތީ އަތް ބީއްސާލާފައި އިތުޤާލް ހީނލިއެވެ. އަދި އަޅައިގެން ހުރި އަވި އައިނު ނެގިއެވެ. އަވްލީންއަށް ހިނިތުންވާކަށްވެސް ނޭނގުނެވެ. ހައިރާންވީ ވަރުން މިއީ ހުވަފެނެއް ނޫންބާވައޭ ވެސް ހިތަށް އެރިއެވެ. ސޯފާގައި އިށީނދެގެން އިން އަލާންގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. “ތީ އަހަރެންގެ……..” އަލާން އަހާލަން އުޅުނެވެ. “ތީ އަހަރެންގެ މަންމަތަ.؟؟” އަވްލީންގެ ލޮލުގައި ހުރި […]
* ކުރިމަތީގައި ހުރި އަންހެން މީހާ އަވީނާއާއި ދިމާލަށް އެނބުރިލަމުން އައިނު ނެގިއެވެ. އެ އަންހެން މީހާއާއި އަވީނާގެ ހަތަރު ކަޅި ހަމަވިއެވެ. އަވީނާ ސިއްސައިގެން ދިޔަވަރުން އައިންގެ އަތަށް ބާރު ކޮށްލެވުނެވެ. އައިންގެ އަތުން ޓެބު ވެއްޓުނެވެ. އޭރު އޮތީ ގޭމް އޯވަރއޭ އަރާފައެވެ. ހިނިތުންވެގެން ހުރި އަންހެންމީހާގެ މޫނު ފެނިފައި ހަމަ ރަނގަޅަށްވެސް ގޭމް އޯވާރ ވީއޭ އަވީނާގެ ހިތަށް އެރިއެވެ.* ”އި.. އި.. އިތުޤާ.. އިތުޤާލް..!” އަވީނާއަށް ހިތާހިތުން ކިޔާލެވުނެވެ. “މީ […]
“ހަލޯ ހަމްދީސޯ އެއްކަލަ ޕްރޮޖެކްޓް ކަންތަކާ ވާހަކަ ދައްކަން އެ ކޮމްޕެނީގެ ސީއީއޯ މާދަން މާލެ ދާ ހަބަރު އޮތީ ލިބިފަ އެހެންވީމަ އެކަންތަކާ ހަވާލުވެދެއްވާތި” ލަންކާއިން އައި ފޯނުކޯލު ނިމުމުން ހަމްދީ ފޯނު ބޭއްވިއެވެ. މިއީ ވަރަށްވެސް ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހަމްދީމެނަށް ލިބިއްޖިއްޔާމު ވަރަށް ވެސް ބޮޑު ފައިދާއެއްކުރާނެ ހަމަ އެއާއެކު މި ޕްރޮޖެކްޓް އަތުން ދޫވެއްޖިއްޔާމު މުޅި ވިޔަފާރި ހަލާކު ވުމަކީވެސް އެކަށީގެންވާކަމެކެވެ….. 2 އަހަރުގެ ދިގު އިންތިޒަރެއް ނިމުމަކަށް އަންނާތީ […]
* “ޔޫ ވިލް ސޭ ދެޓް.. ދޮންބެ ހުރިހާ ކަމެއްގެ މަތިންހަނދާން ނެތުނީމައި ވާނީ އެހެންނެއްނު..؟ އަޅެ ދޮންބެ އަވްލީން މަތިން ހަނދާނެއްނުވޭތަ…؟ އަވްލީންދެކެ ދޮންބެ ލައިކްވީމަތިން ހަނދާނެއްނުވޭތަ..؟ ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ހައިނާއާއި ދޮންބެގެ ބެސްޓް ފްރެންޑް ސްޓާޓްކުރި މަތިން ހަނދާނެއްނުވޭތަ..؟ އަނެއްކޮޅުން އެނުރައްކާތެރި އެކްސިޑެންޓްގެ މަތިން ހަނދާނެއްނުވޭތަ…؟ އަޅެ އެންމެ ކުޑަމިނުން އަވްގެ މަތިން ހަނދާނެއްނުވޭތަ..؟ ދޮންބެ އަވްދެކެ ވީ ލޯބި ހަނދާނެއްނުވޭތަ.؟!!” ޒިވީން ރޮމުން ހަޅޭއްލަވައިގަތެވެ. * “އަވް..؟ […]
އަމިއްލަ ހިތާ ޝަކުވާކުރަމުން ދިޔަ ނާޔާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ބޭނުންނުވެފައި އޮވެ ވެސް ފޯން ބަލައިލަން މަޖުބޫރުވީ ފުލުފުލުން އެއަށް މެސެޖް އަންނަ އަޑު އިވުމުންނެވެ. ކުދިކިޔަމުން ގޮސް ފޯން ބަލައިލި ނާޔާގެ ހިތުގެ ހިނގުން އަވަސްވެ އޮތްތަނުން ކުއްލިއަކަށް ތެދުވެވުނީ މެސެޖް ކުރަނީ ކާކުކަން އެނގުމުންނެވެ. ******************************************************************************** ” މާދަމާރޭ 8 ޖަހާއިރު ރަސްފަންނަށް.. އިންތިޒާރު ކުރާނަން…” ސޭވްކޮށްފައި ނެތް ނަމަ ވެސް އެއީ އައިޒަންގެ ނަމްބަރުކަން މީ […]
“ކޮންމެ މަގްސަދެއްގަ ތިކައިވެނި ކިއާން ކުރިއެއްކަމަކު ކިއާންގެ ހިތް ވަނީ ސިއާއަތުގަ އަޅެ ބުނެބަލަ ސިއާ މަތިން ހަނދާނެއް ނުވޭތަ؟؟؟ ސިއާގެ މޫނު ބަލާލާކައް ބޭނުމެއް ނުވޭތަ؟؟؟” “އާން ނުވޭ” ކިއާން އަވަސްއަވަހަށް ބުނެލިއެވެ. “ޔަގީން ނުވާކަން؟؟؟” “ނޫން ސިއާ މަތިން ހަނދާންވޭ ސިއާގެ ލޮލުން ކަރުނަ ފައިބާ ތަން ފެނުމުން މި ހިތަށް ވަރަށް އަސަރުކުރޭ” ކިއާންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. ކިއާން ލޮލުން ފޭބި ކަރުނަ ފުހެލުމަށްފަހު އެއަށް ބަލާލިއެވެ. “އަހަރެން ސިއާ […]