“ކޮބާ ނަތޫ؟ އޭނަ އިނިއްޔާ ދީބަލަ. ވާނެއްނު ނަތޫއާވެސް ވާހަކަ ދައްކާލަން.” އަހަރެން ކުއްލިޔަކަށް ނަތޫއަށް ފޯނު ދިއްކޮލުމުން ނަތޫއަށް ލިބުނީ ސިހުމެކެވެ. އުނދަގޫގޮތެއް އިހްސާސްކުރެވެމުންދިޔަ ނަތޫ ހިތާއިދެކޮޅަށް ނަމަވެސް ފޯނުގައި ހިފިއެވެ. “ނަތޫ! ކިހިނެއްތަ ހާލު؟ ފަރީދުބެ ހަމަ ނަތޫއާ ވާހަކަދައްކާލާހިތުން.” ފަރީދު ވާހަކަދައްކަން ފެށިއެވެ. “ރަނގަޅު. ފަރީދުބެ ކިހިނެއްތަ؟” ބަދަލުގައި ނަތޫވެސް ކޮށްލީ ހަމަ އެސުވާލެވެ. “ފަރީދުބެ ރަނގަޅު. ކޮބާ މާލެ ވަރަށް ފޫހިތަ؟” އަނެއްކާވެސް ފަރީދު ސުވާލެއްކޮށްލިއެވެ. “އުހުމމ.. މާލެ މާރަނގަޅު. […]
” އާނާ .. އާނާ އަށް އިނގޭތަ މީ ކާކު ކަން.. މީ އަހަރެން ބައްޕަ.. ” ނަވާރްގެ ޖުމްލަ އިވި އާނާ އަށް ކޮޅަށް ތެދުވެވުނެވެ. ކުއްޖާ ފިނިވެގެން ގޮސް މަޑު ތުރުތުރެއް ވެސް އާނާގެ ގައި އުފެދިއްޖެއެވެ. “ދޮގެއް ދޯ.. ނަވާ .. ބުނޭ ދޮގެކޭ ތީ ..ނޫން ނޫން … ” ނަވާރްގެ ގައި ހިފައި ގަންނަމުން ވާހަކަ ދެއްކި އާނާ ހީވަނީ މޮޔަވެފައި ހުރި ހެންނެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު […]
” އަޅުގަނޑު ވައުދުވަން.. އަޅުގަނޑު ދިރި ހުރިހާ ދުވަހަކު އަޔާނީ ހުންނާނީ އުފަލުގަ… އަޅުގަނޑު ގެވެސް ވަރަށް ބޮޑު އެދުމެއް އެބަ އޮތް.. އެއީ އަޅުގަނޑު ނެތް ދުވަހެއްގައި ވެސް ބައްޕަ އާއި މަންމަ ޔާނީ އުފަލުގައި ބަހައްޓައި ދޭނެ ކަމަށް..” ” ބައްޕަ ވައުދު ވަން…” ||. ތެއްތިރީސް ވަނަ ބައި .|| ޗެކިން އަށް ފަހު ހުރިހާ ކެޑޭޓްސް އަށް ބޯޓަށް އެރުމަށް ގޮވާލުމާއި އެކު އާއިލާގެ އެހެން ހުރިހާ މެމްބަރުންނަށް […]
ޒިވާ އަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އޭނާ އަށް ބޭވަފާ ތެރި ވެވުނު ހެއްޔެވެ؟… ވިޝާމް އޭނާ އަށް ބޭވަފާތެރި ވެވުނު ކަމަށް ބުނަމުން ދިޔަ އިރު ޒިވާ ސުވާލަކީ އަދިވެސް އޭނާ އަށް ބޭވަފާތެރި ވެވުނީ ހެއްޔެ އެވެ… ޒިވާ އާއި ވިޝާމް އެކޭ އެއްފަދައިން އިވާ އަށާއި އަޔާޝް އަށް ވެސް ވަނީ އެއްފަދަ ގޮތެކެވެ. އިވާގެ ސުވާލަކީވެސް އެނައަށް ބޭވަފާތެރި ވެވުނު ހެއްޔެ އެވެ. Ϟ ބައްތިރީސް ވަނަ […]
ނައިރާ އޭނާ ގަންނަން ބޭނުން ވި އެއްޗިސް ގަނެލައިގެން ފިހާރައިން ނުކުމެ އަޔާޝްގެ ސައިކަލު ފަހަތަށް އެރިތަން ފެނުނީ އެ މަގަށް އަޅުވާލި އީވާ އަށެވެ. ފިހާރަ އަށް ދާން އެ ބޭނުމުގައި މަޖުބޫރު ވެގެން ނުކުތް ކަމުގައި ވިޔަސް ފެނުނު މަންޒަރުން އޭނާގެ ހިތަށް ތަދު ވި އެވެ. އޭނާ އާއި އަޔާޝް އާއި ދެމެދު ކުރެވުނު ޒުވާބުގެ މަތިން ހަނދާންވެ އެ ދެލޮލަށް ކަރުނަ ބޮޑި ވެގަތެވެ. ނައިރާ ސައިކަލަށް އަރާ އަޔާޝްގެ ގައިގައި […]
ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ އަނދިރި ކަމެވެ. ދިއްލާފައި ވި އެންމެ ބޮތްކެއްވެސް ނެތެވެ. ކޮޓަރއަށް އަލި ވަންނާނެ ހުރިހާ ގޮތެއްވެސް ވީ ބަންދު ކުރެވިފައެވެ. އެހެންނަމަވެސް އެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ގިސްޖެހި ޖެހިފައި ހިތްދަތި ގޮތަކަށް ރޮމުން ދިޔަ އިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ އެވެ. އެންމެ ހަރު ހިލަ ހިތް ވެސް މަޑު ކަފަކޮޅަކަށް ވާނެ […]
އާ ދުވަހަކަށް އިރު އަރައިގެން އައި އިރު އެންމެން ވެސް ދިޔައީ ރަށަށް ފުރަން ތައްޔާރު ވަމުންނެވެ. އެއްޗިހި ޕެކު ކުރުމުގައްޔާއި އައި ވޭލަރު ތައްޔާރު ކުރުމުގައްޔާއި އެކި ކަންކަމުގައި ގުރޫޕު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައެވެ. ވޭލަރު ފާލަން ދޮށުގައި ބަހައްޓައިގެން އެޔަށް އެއްޗިސް އެރުވުމުގައި ޒީހާން މެން ދިޔައީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ. ގޭގެ ސިޓިންގރޫމުގައި އެއްޗިހި ޕެކު ކުރަން ތިބެފައި ޒިވާ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ބަލައި އަޔާނީ […]
އީވާ އާއި އަޔާޝްގެ ހަޔާތަށް ދެން އަންނާނީ ކޮންކަހަލަ ތޫފާނެއް ހެއްޔެވެ.؟ އެދެމީހުންގެ ގުޅުން ނިމިގެން ދާނީ ހެއްޔެވެ.؟ އަޔާޝް އީވާގެ ފަރާތުން އިވިގެންދާ ހަގީގަތުން އީވާ ދޫކޮށްލާނީ ހެއްޔެވެ.؟ ނޫނީ އެ ހަގީގަތް އިނގުމަށް ފަހުވެސް ދެމީހުން އެކުގައި އުޅޭނީ ހެއްޔެވެ.؟ އެ ދެމީހުންގެ ގުޅުމަށް އެޅޭނީ ކޮން ބައެއްގެ ކަޅު ހިޔަންޏެއް ހެއްޔެވެ.؟ ޝާމިން އާއި އީވާ، ނައިރާ އާއި އަޔާޝް އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.؟ …… ނިދަން އޮތް […]
ކުޑަ ހިނދުކޮޅަކަށް ނަމަވެސް މާއިން އޭޏާ އާއި ދުރަށް ދޭތޯ އޭނާ ނަން ހާމަ ކުރީ އެވެ. މާއިންގެ ފުށުން ސަލާމަތްވުމަށް ބޭނުންވެފައިހުރިވަރު ރީތިކޮށް އިޒާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ލިބުނު ކާމިޔާބާއި އެކު މާއިންގެ ހިތް އުފަލުން ނަށައިގަތެވެ. އިޒާ އަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާގެ ކުރިމަތިން އެއްފަރާތަކަށް މާއިން ޖެހިލީ ދިޔުމުގެ ހުއްދަދޭ ފަދައިންނެވެ. މާއިން އަށް ބަލައިލުމެއްވެސް ނެތި އިޒާ އެތަނުން ދިޔައީ ލިބުނު ހަނި ފުރުސަތުގައި އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި […]