އަހަރެންގެ މަންމައެވެ. ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމާއެވެ. އަދި އަކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަކާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމާއެވެ! ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމަނާއެވެ. އަދި އެކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަނާގެ ކަނާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމައަކީ,އޯގާތެރިކަމުގެ ކޯރެކެވެ. އަހަރެންގެ މަންމައަކީ,ރަޙްމާންވަންތަ އިލާހުގެ ހަދިޔާއެކެވެ. އެކަމަނާގެ ރޫހު ގަދަކޯޅި […]
އުޑުމަތިން ގުގުރުމުގެ ބާރުގެ ސަބަބުން އަހަރެންގެ ގޭގެ ކުޑަދޮރުތައް ތުރުތުރު އަޅައެވެ. ދުރުގައި ވިލާގަނޑެއް ޖެހި، ރޭގަނޑު އަލިކޮށްލައެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލޯމަރާލާ އަލިކަމުގެ މަދު ސިކުންތުތަކުން ފެންނަނީ އަހަރެންގެ ކުޑަދޮރު ބޭރުގައި ހުރި މީހާއެވެ. އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަންނަށް އަބަފުވެސް ބަލަހައްޓައިގެންނެވެ. އަހަރެން އަބަދުވެސް ކުރާ ގޮތަށް ކަންތައް ކުރާ ހަމަ އެގޮތަށެވެ. އަހަރެނގެ ހިތް ތެޅުން ދޫކޮށްލާފައި ދެން ތެޅިތެޅި އޮއްވާ، ނޭވާ ފަށަލަ ފަށަލައަށް ބަދަލުވެ، އަތް ފެންގަނޑުވެގެން ދެއެވެ. […]
އުމުރުން 19 އަހަރުގެ ނައިނާ އަކީ އެކަނިވެރި ބަފަޔަކާ އެކީގައި އުޅެމުން އަންނަ ކުއްޖެކެވެ. ބައްޕަގެ ފަރާތުން އަންހެން ކުއްޖަކަށް ލިބެންޖެހޭ ހިމާޔާތް ނުލިބުނުު ތާންގައި ރުހުމުގެ ލޮލުން ބަލައިވެސް ނުލާނެއެވެ. އެހެންކަމުން ނައިނާގެ ހިތް ހަމަޖެހުމަކަށް ވެފައި ވަނީ އެންމެ ގާތް އެކުވެރިޔާ ހައިޒަލްއެވެ. އެންމެ ކުޑަ އިރުއްސުރެ އެކީގައި އުޅުމުގެ ނަތީއްޖާ އަކަށްވީ ޒުވާން ދެ ހިތުގައިވެސް އައު ވިންދެއް ޖަހަން ފެށުމެވެ. ދެ ޒުވާނުންވެސް ހިތުގައިވި ފުން ލޯބި ފޮރުވައިގެން އުޅޭތާ 2 […]
ބިރާސް ސީޒަން-1 އެޕިސޯޑް-2 މާޒީގެ ތެރެއަށް ދުވަސްތައް ޣަރަގު ވަމުންދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. ކޮންމެ ދުވަހަކީވެސް ދިރިހުރުމަށް ކުރާ ހަނގުރާމެއް ކަމަށް ނިންމައިގެން ފަރުޖެއްސޭކަށް ނެތެވެ. އެއްބަޔަކު އުފަލާއި އަމާރުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރާއިރު ޒޯޔާގެ ދިރިއުޅުން ވަނީ ވާންވީ ގޮތެއް ނޭނގި އޮޅުން ބޮޅުންއެފައެވެ. މައިންބަފައިންގެ އުފަލައްޓަކައި ފެށި އަލަތު ކައިވެނި މިވަނީ ބޮއްސުން ލާފައެވެ. ނަމަވެސް މި ޝަކުވާ ކުރާކަށް ޒޯޔާއަކަށް ނުކެރެވެ. ފިރިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރި ކަމުގެ ބަދަލުގައި […]
ބިރާސް ސީޒަން-1 އެޕިސޯޑް-1 ފޯނުގެ އެލާމުގެ އަޑަށް ޒޯޔާއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ބަރުވެފައިވުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއް ގައިގައި ނެތެވެ. މުޅި ކޮޓަރި ހީވަނީ މީހާއާއި އެކު އެނބުރޭހެންނެވެ. އެހެނަސް ހިތްވަރު ކޮށްލުމަށްފަހު ތެދުވެ ފާރުގައި ހިފަހައްޓާލުމަށް ފަހު ސަޕޯޓެއް ހޯދައިލީ ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.އެފަނޑު އަލިން މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ޒޯޔާގެ […]
﷽ އަހަންނާއި އަހަރެންގެ ކުޑަ އާއިލާ އަވައްޓެރި ސްރީލަންކާއަށް ބަދަލުވިތާ އަހަރުވަނީއެވެ. އާއިލާގައި އެންމެ ދޮށްޓަށް ހުންނަނީ އަހަންނެވެ. އަހަންނަކީ އާއިލާގައި ހުރި ހަމައެކަނި ފިރެހެން ކުއްޖާވެސް މެއެވެ. ހަގަށް ތިބެނީ އަށާރަ އަހަރު ނުފުރޭ ތިން އަންހެން ކުދިންނެވެ. އަހަރެން ސްރީލަންކާގައި ހުރީ މަތީ ތައުލީމް ހާސިލްކުރާށެވެ. ކޮޓަރިތެރޭގައި ހުރެފައި އަހަރެން ބޭރަށް ނުކުތީ އަޑުގަދަ ވެގެންނެވެ. ކަމަކުދާކަށް ނެތެވެ. ސިޓިންގްރޫމަށް ގޭގެ އެންމެން ކަހަލަގޮތަކަށް ޖަމާވެފައި ތިއްބެވެ. މަންމަ އާއި ބައްޕަގެ އިތުރުން ދެ […]
މި ވާހަކަ އަކީ ދިވެހި ބަހުގެ އެކަޑަމީ އިން އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ރަށްޓަޢް ބޭއްވި ކުރުވާހަކަ ލިޔުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ މަތީ ޘާނަވީ ގިންތިން މުޅި މުބާރާތުން 3 ވަނައަށް އައިސްފައިވާ ވާހަކައެކެވެ. ދާނޭހޭ ތިހަނދާން ފިލާ ލޯހުޅުވާލުމާއެކު، ލުމާކަށް ހީވީ އަލިގަދަކަމުން، ދެލޯ ތަރަތަރަޖަހައިގެން ދިޔަހެންނެވެ. ދެތިންފަހަރު އެސްފިޔަޖަހާ ލޯތަޅުވާލިފަހުން އޭނާއަށް ތަންދޮރު ވަކިވާވަރުވިއެވެ. އޭނާއަށް މިއޮވެވެނީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. އިތުރު ހަރަކާތެއް ހަށިގަނޑަށް ގެންނަން ވަގުތުކޮޅެއް ނެގިއެވެ. […]
*ނޯޓު: މިއީ އަޅުގަނޑު ފުރަތަމަ ވާހަކަ ކަމުން ، ކުށް ހުރުމަކީ ވެދާނެކަމެކެވެ.* —————————————————————————– ހޭނެތިފައި އޮންނަތާ ހަފްތާއެއް ފަހުން އަހަރެން ހޭއެރިއިރު ލިބުނު ޚަބަރުން ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ޔުނިފޯމް ލައިގެން ތިބި ފުލުހުން އަހަރެންގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައިރުވެސް އަހަންނަށް ހުރެވުނީ މިވާނީ ކިހިނެއް ކަމެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެން ހޭނެތުމުގެ ކުރިން ހިނގި އެއްވެސް ކަމެއް އަހަރެންގެ ހަދާނަކު ނެތެވެ. އަހަރެން ރައިލީ މަރާލި ކަމަަށް ބުނެ އެމީހުން […]
ލައިލަތު އަކީ ހިތްހެޔޮ އޯގާތެރި މީހުނާގުޅޭ ރީތި ޒުވާން އަންހެނެކެވެ.އެހެންނަމަވެސް ލައިލަތްގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ރައިލީ މަަރާލިކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވުމުންނެވެ. އެތައްހާސް ބަޔެއްގެ ފުރަސާރައާއި މަލާމާތް ލިބިގެން ދިޔަ ނަމަވެސް ލައިލަތްގެ އެންމެ ބޮޑު އުންމީދަކަށްވީ އޭނާގެ މައުސޫމްކަން އެންމެންގެ ކުރިމައްޗަށް ގެނައުމެވެ. ނަމަވެސް އެ އުމީއްދަށް ހުރަސް އެޅެމުންދިޔައީ އެއްވެސް މީހަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލުމުންނެވެ. ކަންތައްތައް މިހެން ހުރިނަމަވެސް ލައިލަތް ހިތްވަރާއެކު މި ބޭއިންސާފައީ ކުރިމަތިލުމުގެ ނަތީޖާއަކަށްވީ މާކަސް […]