އުޑުމަތިން ގުގުރުމުގެ ބާރުގެ ސަބަބުން އަހަރެންގެ ގޭގެ ކުޑަދޮރުތައް ތުރުތުރު އަޅައެވެ. ދުރުގައި ވިލާގަނޑެއް ޖެހި، ރޭގަނޑު އަލިކޮށްލައެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލޯމަރާލާ އަލިކަމުގެ މަދު ސިކުންތުތަކުން ފެންނަނީ އަހަރެންގެ ކުޑަދޮރު ބޭރުގައި ހުރި މީހާއެވެ. އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަންނަށް އަބަފުވެސް ބަލަހައްޓައިގެންނެވެ.
އަހަރެން އަބަދުވެސް ކުރާ ގޮތަށް ކަންތައް ކުރާ ހަމަ އެގޮތަށެވެ. އަހަރެނގެ ހިތް ތެޅުން ދޫކޮށްލާފައި ދެން ތެޅިތެޅި އޮއްވާ، ނޭވާ ފަށަލަ ފަށަލައަށް ބަދަލުވެ، އަތް ފެންގަނޑުވެގެން ދެއެވެ. އަހަރެންނަށް ކިތަންމެ ފަހަރަކު އޭނާ ފެނުނަސް، އޭނާއަށް ލިބެނީ އަހަރެނގެ ފަރާތުން ހަމަ އެ ވަރުގަދަ ރިއެކްށަންއެވެ.
ބިރުވެރި. އަދި ފޯރިއެވެ. އަހަރެން ފޯރިގަދަވަނީ ކީއްވެކަމެއް ނޭންގެއެވެ. އަހަރެންނަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަންނޭންގެ. އަހަރެންގެ ލޭނާރުތަކުގެ ތެރެއިން ދައުރުވާ ހޫނުދައުރުވެ، އޭގެ ފަހަތުގައި އިހުސާސްތައް އަނދާ ހުލިވުމަކީ އާދައިގެ ކަމެއް ނޫނެވެ.
އަހަރެންގެ ސިކުނޑިއަކީ އަހަރެން ކުރަން ނުޖެހޭ ކަންކަމާ މެދު ވިސްނަން ފެށުމަކީ އާންމު ކަމެއް ނޫން.
މިހާރު އޭނާއަށް އަހަރެން ފެނިދާނެތަ؟ ތުނި ޓޭންކް ޓޮޕެއް ނޫން އެހެން އެއްޗެއް ނާޅައި، ނުވަތަ ކިރިޔާ ހަށިގަނޑު ނިވާވާ ގޮތަށް އަހަރެން ލައިގެން ހުރި ކުރު ހެދުމެއް؟ އޭނާއަށް އެ މަންޒަރު ކަމުދަނީ ހެއްޔެވެ؟
ހަމަ ގައިމުންވެސް އޭނާ ކުރާނެ. އަހަރެންނަށް ބަލަނީ އެހެނވެގެން ނޫންހެއްޔެވެ؟ އެހެންވެ ކޮންމެ ރެއަކުވެސް އޭނާ އެނބުރި އަންނަނީ، އޭނާގެ ނުބައި ނިޔަތާ އެކު ކެރިގެން އުޅެނިކޮށް އަހަރެން ހިމޭންކަމާއެކު އޭނާއަށް ގޮންޖހާވެ. ހޯޕިންގް ހީ’ލް ކަމް ކްލޯސް، އެހެންވީމަ އަހަރެންގެ ކަރުގައި ވަޅިއެއް އަޅަންވީ ސަބަބެއް އެބައޮތެވެ.
ހަގީގަތަކީ އަހަރެން އޭނާދެކެ ބިރުގަނޭ. ބިރުގަނެފައި، އަސްލު.
އެކަމަކު އަހަރެންގެ ކުޑަދޮރެގެ ބޭރުގައި ހުރި މީހާ އަހަރެންނަށް ހީވަނީ އަހަރރެން އިށީނދެގެން އިންހެން އަންދިރި ކޮޓަރިއެއްގައި، ސްކްރީނުގައި ބިރުވެރި ފިލްމެއް ކުޅޭ ޓީވީން އެންމެ އަލިކަމުން ވިދާލާހެންނެވެ. އެއީ އިންތިހާއަށް ބިރުވެރި ކަމެއް ކަމަށާއި އަހަރެން ކުރަން ބޭނުންވާ ކަމަކީ ފޮރުވުން ކަމުގައި ވިޔަސް އަހަރެންގެ ވަކި ބައެއް އެބައޮތް އަހަރެން ހަމަޖެހިލައިގެން، ބިރުވެރިކަމުގެ ތެރެއަށް އަހަރެންގެ އަމިއްލަ ނަފްސް ހާމަކޮށްދީގެންނެވެ. އެއީ އޭގެ ތެރެއިން ކުޑަ ފޯރިއެއް ހޯދާ ކަމެކެވެ.
އަނެއްކާވެސް އަނދިރިވެއްޖެ، އަދި ވިލާގަނޑު ޖެހެނީ މާ ދުރު ސަރަހައްދުތަކުގައި.
One Comment
Comments are closed.

umm ngl.. mi part vahtharee “haunting adeline” ge feshumaa.. ???