” މީގައި ހުންނާނެ ކޮއްކޮގެ ހެދުން. ބުނީމެއްނު މި ކޮޓަރި މަށަށޭ. އެހެންވެ އަހަރެން މި އެއްޗިހި އަޅައިދިނީ ކޮއްކޮ އެހެން ކޮޓަރިއަކަށް ބަދަލުވާތީ. އެހެން އެއްޗިހި ކޮއްކޮ އަމިއްލައަށް ގެންދޭ. ” ވަފްދާ ބުނެލިއެވެ. ވަރުދާ ހުރީ ހައިރާންވެފައެވެ. ތެދެކެވެ. ކޮޓަރި ވަރުދާ ދިނެވެ. އެކަމު ވަރުދާ ބޭރަށް ނިކުމެލާއިރަށް އަވަހަށް އޭނަ ކޮޓަރިން ނިކުއްމުވަން ފޮށި ތައްޔާރުކޮށްގެން އޭނަގެ ދައްތަ އިންނާނެކަމެއް ނޭނގެއެވެ. އެހައި ކެތްމަދުވެ އަވަސްއަރުވައިލައިގެން ކޮޓަރިން ވަރުދާ ނިކުމުއްވަން އުޅޭނެކަމަކަށް ހިއެއްނުކުރެއެވެ. […]
” އަލްތާފް” ވަފްދާއަށް އަލްތާފް ފެނުމާއެކު އަވަހަށް ގައިގައި ރަޖާއަޅައި ނިވާވިއެވެ. އަދި ބުރުގާއަޅަން އުޅުނެވެ. ހަގީގަތުގައި ވަފްދާ އެހެންއޮތީ އަލްތާފް އަންނަކަން އެނގޭތީ އަލްތާފްއަށް ދައްކަންވެގެންނެވެ. އަލްތާފް ދޮރުގައި ޓަކިދިންކަމާއި ދޮރުހުޅުވިކަން ވަފްދާއަށް އެނގުނެވެ. މިހާރު އަލްތާފްއަށް ވަފްދާ ފެނުމުން އެކްޓްޖައްސަނީއެވެ. އެވަގުތު ވަރުދާ ފާޙާނާއިން ނުކުތެވެ. އަލްތާފް ލަދުން އަވަހަށް ދޮރުލެއްޕިއެވެ. ވަރުދާއަށް ކަންވީގޮތް އެނގުނެވެ. ” ދައްތަ މިތާ ކީއްކުރަނީ؟” ވަރުދާ ވަފްދާގެ ގާތަށް ގޮސް ހުއްޓި ރީތިބަހުން އެހިއެވެ. ” ކޮޓަރިބެޑް […]
އިއަން އަށް ޒައިހާގެ އަނގައިން އެރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުމުން ދާން ހިނގައި ގަތެވެ. އެހެން ނަމަވެސް ހުއްޓެން މަޖުބޫރު ވީ ޒައިހާ މި ފުންމާލަނީ އޭ ބުނުމުންނެވެ. ޒައިހާ ފުންމާލުމާއި އެކު ވަގުތުން ހިފާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އިއަން އެއްގަމަށް ހިނގައި ގަތީ ޒައިހާގެ މޫނަށް ނުބަލާން ހުވާ ކުރަމުންނެވެ. އެއާއި އިދިކޮޅަށް ޒައިހާގެ ނަޒަރު އިއަންގެ މޫނުން ނުނެއްޓެއެވެ. އެއްގަމާއި ހަމަ އަށް ދެވުނު އިރުވެސް އޭނާ އަށް ރެއަކާ […]
މަރު އަހަރެމެން ވަކިކޮށްދޭންދެން…… މުޅި ދުވާލު އެއްކޮށްކަހަލަ ގޮތަކަށް މަސައްކަތު އުޅުމަށްފަހު އަހަންނަށް ގެޔަށް އާދެވުނު އިރު އިރު މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. މުޅި އުޑުމަތީގައި ވަނީ ކަޅުކުލައިގެ ސާލެއް ލެވިފައެވެ. ބަބުޅަމުން އުޑުގައި ފިޔަޖަހަމުންދާ ތަރިތައް ރޭގަނޑަށް މަރުޙަބާ ކިޔައެވެ. ރޭގަނޑުގެ ހަމަ ހިމޭންކަން ގެއްލިގެން ދަނީ ގަސްތަކުގެ ތެރޭގައި އުޅޭ ކުދި ފަނި ފަކުސާތަކުގެ އަޑުންނެވެ. އަހަންނަށް ގެޔަށް އާދެވުނީ ގަޑިން ބަރާބަރު 8:30 ވަނިކޮށެވެ. ގެޔަތް އައިސް ހަމަ ވަނުމާއި އެކު […]
ގަޑިން އެގާރަ ގަޑި ފަންސާސް ހިނގާ ބާރަ ޖަހަނީ އެވެ. ދަންވަރުގެ ޝިފްޓަށް ޑިއުޓީ އަށް ދާން އިޒާ ގެއިން ނުކުމެގެން ޓްވިން ވެލީ ހޮސްޕިޓަލް އާއި ދިމާލަށް ހިނގައިގަތީ ބާރު ފިޔަވަޅު ތަކެއްގައެވެ. ހިނގަމުން ދިޔައިރު އިރު އިރުކޮޅާހެން އަތުގައި އޮތް ގަޑިއަށް ބަލާލެވެނީ ގަޑިޖެހުމުގެ ކުރިން އަވަހަށް ހޮސްޕިޓަލަށް ވަންނަން ބޭނުން ވާތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ޖެހިގެން އޮތް ގޯޅިއަށް އަޅާލުމާއި އެކު ހެން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެ މަގުގައި އިން […]
ގަޑިން އެގާރަ ގަޑި ފަންސާސް ހިނގާ ބާރަ ޖަހަނީ އެވެ. ދަންވަރުގެ ޝިފްޓަށް ޑިއުޓީ އަށް ދާން އިޒާ ގެއިން ނުކުމެގެން ޓްވިން ވެލީ ހޮސްޕިޓަލް އާއި ދިމާލަށް ހިނގައިގަތީ ބާރު ފިޔަވަޅު ތަކެއްގައެވެ. ހިނގަމުން ދިޔައިރު އިރު އިރުކޮޅާހެން އަތުގައި އޮތް ގަޑިއަށް ބަލާލެވެނީ ގަޑިޖެހުމުގެ ކުރިން އަވަހަށް ހޮސްޕިޓަލަށް ވަންނަން ބޭނުން ވާތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ޖެހިގެން އޮތް ގޯޅިއަށް އަޅާލުމާއި އެކު ހެން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެ މަގުގައި އިން […]
މި މަންޒަރު އީވާ އަށް ފެނުމުން ބަދިގެއިން ނުކުންނަން އަޅާލި ފިޔަވަޅު މަތީގައި މީހާ ގަނޑު ވިއެވެ. އަތުގައި އިން ފެންތައްޓަށް ބަލާލަމުން އިސްޖަހާލާފައި އެ ފެންތަށި މިޝަލް އަށް ދިއްކޮށްލިއެވެ. އެކަކަށް ވެސް އީވާ އަށް ވީ ގޮތް ނުފެނުނުކަމުގައި ވިޔަސް އަޔާޝް ކައިރީ ހުރި ނައިރާ އަށް މި މަންޒަރު ކިތަންމެ ހާވެސް ރީތިކޮށް ފެނުނެވެ. އެއާއި އެކު ނައިރާގެ ތުންފަތް މަތިން ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ❈ ވިހި ވަނަ ބައި […]
ރީތި ދޮންވެލި ތުނޑިމަތީ އިން ޒުވާނާގެ މޫނުމަތިންފެންނަމުން ދިޔައީ އެ ރީތި ދޮންވެލިގަނޑައި އޮއްސެމުން ދިޔަ އިރުގެ ކުލަތަކާއި ގުޅޭ މަންޒަރުތަކެއް ނޫނެވެ. އޭނާގެ މޫނު ވަނީ މުޅިން މިލާ މޯޅިވެފައެވެ. އެ ލޮލުގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކޯތާފަތުގައި ބޮސް ދީފައި ފައިބައިގެން ދާ ކޮންމެ ކަރުނަ ތިއްކަކުންވެސް އެ ހިތަށް ކޮށްފައިވީ އަސަރު ކިތަންމެ ހާވެސް ރަނގަޅަށް ފާޅުވާން ހުއްޓެވެ. ޖައިޝަމް އޭނާގެ ކުރީގެ ދިރިއުޅުމާއި މެދު ވިސްނަމުން ދިޔައެވެ. އޭނާއާއި އޭނާގެ އާއިލާ އުޅެމުން […]
“ޕުޑިން ބުނީ ޑާލިންގެ އުނގަށް އެރި އޮންނަން، މިހާރު މިއޮތީ އޮށޯވެގެން… ދެން އެއްޗެކޭ ކިޔާބަލަ… ” ލަދުން ވިރެމުންދިޔަ އީވާގެ މޫނުން އަތް ނަގަމުން އަޔާޝް ބުނެލިއެވެ. އެއާއި އެކު އެތަނުގައި އަނެއްކާވެސް ގުގުމައިގެން ދިޔައީ ދެންތިބި މީހުން ހޯބޯ ލެއްވުމުގެއަޑާއި އެކު، ޑާލިންއޭ ކިޔާ ގޮވައިގަތް އަޑެވެ. އީވާ އަށް އަޒްލީނާ އެވަގުތު ގޭގައި ނޫޅޭ ކަމަށް ހާސްފަށުން ހަމްދު ކުރެވުނެވެ. އެންމެން އެކަމާ އެ ދެމީހުންނާއި ދިމާކުރަމުން ދިޔައިރު އެންމެންގެ ތެރެއިން އެކަމާ […]