ބިރާސް ސީޒަން-1 އެޕިސޯޑް-2 މާޒީގެ ތެރެއަށް ދުވަސްތައް ޣަރަގު ވަމުންދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. ކޮންމެ ދުވަހަކީވެސް ދިރިހުރުމަށް ކުރާ ހަނގުރާމެއް ކަމަށް ނިންމައިގެން ފަރުޖެއްސޭކަށް ނެތެވެ. އެއްބަޔަކު އުފަލާއި އަމާރުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރާއިރު ޒޯޔާގެ ދިރިއުޅުން ވަނީ ވާންވީ ގޮތެއް ނޭނގި އޮޅުން ބޮޅުންއެފައެވެ. މައިންބަފައިންގެ އުފަލައްޓަކައި ފެށި އަލަތު ކައިވެނި މިވަނީ ބޮއްސުން ލާފައެވެ. ނަމަވެސް މި ޝަކުވާ ކުރާކަށް ޒޯޔާއަކަށް ނުކެރެވެ. ފިރިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރި ކަމުގެ ބަދަލުގައި […]
ބިރާސް ސީޒަން-1 އެޕިސޯޑް-1 ފޯނުގެ އެލާމުގެ އަޑަށް ޒޯޔާއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ބަރުވެފައިވުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއް ގައިގައި ނެތެވެ. މުޅި ކޮޓަރި ހީވަނީ މީހާއާއި އެކު އެނބުރޭހެންނެވެ. އެހެނަސް ހިތްވަރު ކޮށްލުމަށްފަހު ތެދުވެ ފާރުގައި ހިފަހައްޓާލުމަށް ފަހު ސަޕޯޓެއް ހޯދައިލީ ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.އެފަނޑު އަލިން މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ޒޯޔާގެ […]