*ނޯޓު: މިއީ އަޅުގަނޑު ފުރަތަމަ ވާހަކަ ކަމުން ، ކުށް ހުރުމަކީ ވެދާނެކަމެކެވެ.* —————————————————————————– ހޭނެތިފައި އޮންނަތާ ހަފްތާއެއް ފަހުން އަހަރެން ހޭއެރިއިރު ލިބުނު ޚަބަރުން ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ޔުނިފޯމް ލައިގެން ތިބި ފުލުހުން އަހަރެންގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައިރުވެސް އަހަންނަށް ހުރެވުނީ މިވާނީ ކިހިނެއް ކަމެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެން ހޭނެތުމުގެ ކުރިން ހިނގި އެއްވެސް ކަމެއް އަހަރެންގެ ހަދާނަކު ނެތެވެ. އަހަރެން ރައިލީ މަރާލި ކަމަަށް ބުނެ އެމީހުން […]
ލައިލަތު އަކީ ހިތްހެޔޮ އޯގާތެރި މީހުނާގުޅޭ ރީތި ޒުވާން އަންހެނެކެވެ.އެހެންނަމަވެސް ލައިލަތްގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ރައިލީ މަަރާލިކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވުމުންނެވެ. އެތައްހާސް ބަޔެއްގެ ފުރަސާރައާއި މަލާމާތް ލިބިގެން ދިޔަ ނަމަވެސް ލައިލަތްގެ އެންމެ ބޮޑު އުންމީދަކަށްވީ އޭނާގެ މައުސޫމްކަން އެންމެންގެ ކުރިމައްޗަށް ގެނައުމެވެ. ނަމަވެސް އެ އުމީއްދަށް ހުރަސް އެޅެމުންދިޔައީ އެއްވެސް މީހަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލުމުންނެވެ. ކަންތައްތައް މިހެން ހުރިނަމަވެސް ލައިލަތް ހިތްވަރާއެކު މި ބޭއިންސާފައީ ކުރިމަތިލުމުގެ ނަތީޖާއަކަށްވީ މާކަސް […]