އަހަރެންގެ އުންމީދުތަކުގައި ކުލަޖެހޭނެބާއެވެ.؟ ވިޔާމް އަހަރެންނާއި މެދު ދެކެނީ ކިހިނެއްބާއެވެ؟ ހަތަހާވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ…… ******************************************************************************** ވަރަށް ވިސްނުމަށް ފަހު މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ވިޔާމް ކައިރީގައި ބުނުން ކަމުގައި އަހަރެންނަށް ފެނުނެވެ. ނަމަވެސް ހިތުގައި ބިރުވެރިކަމެއް އުފެދިފައިވުމުގެ ސަބަބަކީ ވިޔާމްގެ ޖަވާބެއް ނޭނގުންކަމުގައި އަހަރެންގެ ނުކިޔަމަންތެރި ހިތަށް ވިސްނައި ދިނުންވެގެން ދިޔައީ ބޭކާރު ކަމަކަށްށެވެ. ނުހަނު ހިތްވަރު ކޮށްފައި އަހަރެން ވިޔާމާއި ބައްދަލު ކުރި ދުވަހެއްގައި ވިޔާމްކައިރީ އަހަރެން ވާހަކައެއް ބުނަން […]
މަތިންދާ ބޯޓުން ފޭބުމާއި އެކު ކުރިއަށް ވުރެ ބޮޑަށް އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ.ސަބަބެއް ނެތިއެއްވެސްނޫނެވެ. މިއަދަކީ އެތައް ދުވަހަކަށް ފަހު އަހަރެންގެ އަމިއްލަ އުފަން ޤައުމަށް އާދެވުނު ދުވަހެވެ.އަހަރެންގެ އާއިލާއާ އެތަށް އަހަރަކު ވަކިން އުޅުމަށް ފަހު ބައްދަލުވާނޭ ދުވަހެވެ. އަންނަ މީހުންގެ ގިމަތައިން ނިކުނެގެން އަހަރެންގެ ފޮށި ދަމަމުން ޓެކްސީ އެއް ލިބޭތޯ ދިޔައިރު އަހަރެން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. އާއިލާގެ އެއްވެސް ފަރާތަކަށް ނާންގާ އަހަރެން ރާއްޖެއައީ އެމީހުން “ސަޕްރައިސް” ކޮއްލުމުގެ ނިޔަތުގައިއެވެ.ވަގުތަކީ […]
ގޮތްނޭނގޭ އިހުސާސްތަކެއް ހިތުގައި އާލާވެ އުތުރި އަރަމުން ދާއިރު އެ އިހުސާސްތަށް ހޭލަނީ ވެސް ޒައިހާ ފެންނަ ހިނދުންނެވެ. ނުވަތަ އެ އަޑު ޖެހުމުންނެވެ. ކޮންމެ ތާކުން ވިޔަސް ޒައިހާ ފެންނަން ވައިރަށް އިއަންގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރުވައެވެ. ހިތް ތެޅިފޮޅެގަންނަނީ އޭގެ މަގާމުން ދޫވެގެން ހިނގައިދާނެހާ ބާރަށެވެ. މިފަދަ އެތަށް ކަމެއް ވަމުން ދާހިނދު އިއަން އަށް ނަފްސު ހަމައަކަށް އެޅުން ވަނީވެސް އުނދަގޫ ކަމަކަށް ވެފައެވެ. ހީވާ ގޮތުގައި އެކަން […]
އަހަރެންގެ ވެސް އޮންނާނީ ހިތެއް ނޫންހެއްޔެވެ. ވޭންވެސް އަޅާނެނޫން ހެއްޔެވެ.ދެރަވެސްވާނެއެއް ނޫންހެއްޔެވެ.ނަމަވެސް ކުރާނެކަމެއް ނެތެވެ. އެއީ އަހަރެންގެ ހިތި މާޒީއެވެ. ފުރަތަމަ ބަޔަށް އިންތިޒާރު ކޮށްލައްވާ!……… ނޯޓް:މީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ.ހެދިފަ ހުރި މިސްޓޭކް ތައް ވާހަކަ ކުރިއަށް ދާވަރަކުންް ކޮމެންޓްގައި ކިޔާދިނުމަކީ އަޅުގަނޑުގެ އެދުމެކެވެ.
ރަށުތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ރާޅު ޖަހާ އަޑާއި ގަސްގަހުގެ ފަތްތައް ތެޅޭ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއްނީވެއެވެ. ވައިވެސް ހުރީ ފުދޭވަރެއްގައެވެ. 14 ވިލޭރޭގެ ހަނދުވަރުގެ އަލިން މަގުމަތި އޮތީ ދިއްލާލައިފައެވެ. ރަށުގެ ބަނދަރުމަތީގައި ދިއްލާފައި ހުރި ފުޅި ބައްތީގެ އަލި ފިޔަވައި އެހެން އެއްވެސް އައްޔެއް ރަށުތެރެއަކުން ނުފެނެއެވެ. ފުޅިބައްތި ދިއްލާފައި އިން އިމާރާތުގެ ތެރޭގައި ގޮނޑިއެއްގައި އިށީނދެގެން އިނީ އަހުމަދެވެ. އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. އަހުމަދާއި އޭނާގެ ގާތް ރަޙްމަތްތެރިޔާއަކީ ރަށް […]
ސާބިތު އަކީ ޤައުމީ ދިދައަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އޭނާ ކޮންމެ ދުވަހަކު ސްކޫލަށް ދާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަވަހަށް ދެއެވެ. އެއްދުވަހަކު ސާބިތު ސްކޫލަށް ދިޔައިރު، ދިދަ ނަގާ ތަނުގައި މީހަކު ނެތުމުން އޭނާ ވަރަށް ކަންބޮޑުވިއެވެ. “މިއަދު ކީއްވެބާއޭ ދިދަ ނުނަގަނީ؟” ސާބިތު އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ދެން އޭނާ ޕްރިންސިޕަލްގެ އޮފީހަށް ގޮސް މިކަން އެންގިއެވެ. ޕްރިންސިޕަލް ވިދާޅުވީ، “ސާބިތު، ދިދަ ނަގާ މުވައްޒަފު މިއަދު ބަލިވެގެން ނާދެވުނީ. ކަލޭ […]
ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން ޅެމެއް ލިޔުމަށް އަޅުގަނޑު މަސައްކަތް ކޮށްލާނަން. މި ޅެން އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ލިޔެވޭތޯ ބަލާނަން. ފަލަސްތީނުގެ ދަރިން މިއަދު ކުރަނީ ރޮއި ޒަޚަމްވެފައިވާ ހިތްތަކުން ލޭއޮހޮރި އަނިޔާވެރިކަމުގެ ވަބާގައި ޖެހި ތިބި ޙާލު އުންމީދުގެ އަލިކަން ފެންނަމުން ދަނީ ކަނި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ޙައްޤު އަނިޔާވެރިން އަތުން ދަނީ ނިގުޅައިގަނެވި ދުޢާގެ އަޑުތައް އުޑަށް އުފުލިގެން ދާއިރު ނަޞްރު ލިބޭނެ ކަމުގެ ޔަޤީންކަން އާވި އިސްލާމީ އުއްމަތް އެއްބައިވެ […]
ވަޠަނަށް ޓަކައި ފުރާނަ ދެއްވި ޝަހީދު ޙުސައިން އާދަމްގެ ނަން ހިތުގައި ދިވެހިންގެ ތާއަބަދު ފިލައިނުދާނެ ޒިކުރާއެއް ކަން ޤައުމީ ޚިދުމަތުގައި ހޭދަކުރި އަގުހުރި އުމުރުފުޅު ހަނދާންވޭ ދިވެހި ދަރިންނަށް މިސާލަކަށް ވެގެން ދިޔައީ ތިޔަ ހިތްވަރުގައި ޝަހާދަތުގެ ދަރަޖަ ލިބިވަޑައިގަތް މަތިވެރި ވަގުތު އެ ހަނދާންވޭ ޤުރުބާނީގެ ރަމްޒަކަށް ވެގެން އަބަދުމެ ތިޔަ ނަންފުޅު ދެމިއޮންނާނޭ ޝުކުރާއި ތަޢުރީފު އަދާކުރަމުން ދުޢާ ދަންނަވަމޭ ތިޔަ ރޫޙަށް ޖަންނަތުލް ފިރުދައުސް ދެއްވާށި ކީރިތި […]
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ދެމިގެންދާ އަދި އެންމެ ބޮޑަށް ސަމާލުކަން ދެވޭ އެއް މައްސަލައަކީ ފަލަސްތީނުގެ މައްސަލައެވެ. މި މައްސަލައިގައި ދިވެހިރާއްޖެއިން ވަނީ އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލައި، އެމީހުންނަށް ތާއީދުކޮށް އައިސްފައެވެ. ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށެވެ. ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް، އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް […]