އަހަރެންގެ ނޭވާލުން ކުރިއަށް ދަނީ ގޯސްވަމުން. އަހަންނަށް އޭނާ ނުފެނުނު ނަމަވެސް އޭނާއަށް އަހަރެން ފެނެއެވެ. ކުޑަދޮރާ ދުރަށް ލޯ ދުރަށް ޖައްސާލަމުން އަހަރެން އެނބުރިލާފައި ފަހަތަށް ބަލާލީ އަނދިރި ގޭތެރޭގައި ބިރުގަނެގެން އޭނަ ކޮންމެވެސް ގޮތަކުން އެތެރެއަށް ވަދެވޭނެ މަގެއް ހޯދިދާނެތީއެވެ. ބޮޑު ގެއެއްގައި ހިޔަނިޔައް ކިތަންމެ ފުންކޮށް ދިޔަޔަސް ކަޅު ހުދު ފަރުމާކޮށްފައިވާ ތަޅުންގަނޑު އަބަދުވެސް ފެންނަ ކަހަލައެވެ. އަހަރެންނަށް މިގެ ވާރުތަވީ ކާފަ އާއި މާމަގެ ފަރާތުން. އަހަރެންގެ ކާފައާއި މާމަ ތިން […]
އުޑުމަތިން ގުގުރުމުގެ ބާރުގެ ސަބަބުން އަހަރެންގެ ގޭގެ ކުޑަދޮރުތައް ތުރުތުރު އަޅައެވެ. ދުރުގައި ވިލާގަނޑެއް ޖެހި، ރޭގަނޑު އަލިކޮށްލައެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލޯމަރާލާ އަލިކަމުގެ މަދު ސިކުންތުތަކުން ފެންނަނީ އަހަރެންގެ ކުޑަދޮރު ބޭރުގައި ހުރި މީހާއެވެ. އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަންނަށް އަބަފުވެސް ބަލަހައްޓައިގެންނެވެ. އަހަރެން އަބަދުވެސް ކުރާ ގޮތަށް ކަންތައް ކުރާ ހަމަ އެގޮތަށެވެ. އަހަރެނގެ ހިތް ތެޅުން ދޫކޮށްލާފައި ދެން ތެޅިތެޅި އޮއްވާ، ނޭވާ ފަށަލަ ފަށަލައަށް ބަދަލުވެ، އަތް ފެންގަނޑުވެގެން ދެއެވެ. […]