އެންމެ ފުރަތަމައިނުންވެސް ފުޅި އަނބުރައިގެން ޖެހުނި އީވާ އަށެވެ. ޓްރުތް ނެގުމަށް ފަހު ތަށިން ގަނޑުކޮޅެއް ނެގިއެވެ. ހީގަނެގެން ހުރި އަޔާޝް އާއި ދިމާލަށް ބަލާލާފައި އީވާ ހިނިތުން ވެލަމުން ގަނޑުކޮޅު ނިއުޅައިލިއެވެ. އޭގައި އޮތް އެތި ފެނުމުން ހިނިތުންވުން ފަނޑުވެގެން ގޮސް ދެބުމަ ގޮށްޖެހުނެވެ. < ނޭމް ސަމްވަން ހޫ ސްޓިލް ތްރެޓެންސް ޔޫ. > 𓆩♡𓆪 ހަތާވީސް ވަަނަ ބައި 𓆩♡𓆪 ” އަހް…” އިވާ އަށް ބުނަން ވި އެތި […]
އިއްޔެ ފެނުނު ހޫރެއް ފަދަ އަންހެން ކުއްޖާ ފެނޭތޯ މާއިން މަގުމަތީ ޕާކުކޮށްފައި އިން ސައިކަލެއްގެ މަތީގައި އިނެވެ. އެހެން އިންނަތާ ތިރީހަކަށް މިނެޓު ފަހުން ހިތް އެދޭ ސޫރަ ކުރިމަތިން ފެނި ލުމުން މާއިން އަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނަމަވެސް، އޭނާގެ ދެބުމަ ގޮށްޖެހުނީ އެ އަންހެން ކުއްޖާގެ ފަހަތުން ދިހަވަރަކަށް ފޫޓު ދުރުން އަންނަމުން ދިޔަ ފިރިހެން މީހާ ފެނުމުންނެވެ. އިޒާގެ މޫނުމަތިން ފެނުނު ކުލަވަރުން މާއިން އަށް ކަމެއް ގޯސްކަން ފަހުމުވިއެވެ. އިޒާ […]
ފޯނުން ބަންގީގެ އަޑު އިވުމާއި އެކު ވިޝާމް އަށް ހޭލެވުނެވެ. ދަބަހުން ބުރުހާއި ތުވާލި ނަގައިގެން ޓީޝާޓު ލައިގެން އޭނާ ކޮޓަރީގައި ނިދާފައި ދެންތިބި ތިން މީހުންނަށް ގޮވާ ނެގިއެވެ. އަދި ފިރިހެން ގުރޫޕުގެ ދެން ތިބި މީހުން ތިބި ކޮޓަރިއަށް ވަދެ އެމީހުންނަށްވެސް ގޮވާ ނެގިއެވެ. އެއެންމެނގެ ތެރެއިން އޭނާ އަކަށް ނާއިފް އެއް ނުފެނުނެވެ. އެހެން ކަމުން ފާހާނަ އަށް ނުނީ ބަދިގޭގައި ކަމަށް ބަލާ އޭނާ އެ ކޮޓަރިން ނުކުމެ ބަދިގެ ބަޔަށް […]
ފޯނުގެ އެލާމަށް ހޭލެވުނު އިޒާ އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އެއްގަޑި ތިރީސް ނުވައެއްގެ އެލާމް ވަމުން ދިޔަ އިރު އޭނާ އަށް ތޭރަ އިން ތަން ފެނުމުން ތިނެއް ޖެހީ ކަމަށް ހީކޮށް ފުންމައިގެން ތެދުވެ ފާހާނަ އަށް ވަނީ އަޞްރު ނަމާދު ނުކޮށް ހުރެވުމުންނެވެ. އަނެއްކާ ހަތަރުގަޑި ބަޔަށް އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހޭތީ އެވެ. ތޮޅެމުން ފޮޅެމުން ފެންވަރައި، ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކުރަން އިސްޓާކީނަށް އަރަން ހުއްޓާ […]
އަސަރާއި އެކު ވިޝާމް ލަވަ ކިޔާ ނިންމާލީ އޭނާ ފެށި އިރު ވެސް ހުރި ގޮތަށް ޒިވާ އާއި ދިމާލާށް ބަލަން ހުރެ އެވެ. އެތަކެއް މާނަ ތަކެއް އެ ލަވައިން ބުނެދެމުން ދިޔައިރު ޒިވާ އެ އަޑު އަހާލަން އިނީ ވިޝާމް އެ ލަވަ އެކީ ސަބަބު ނޭނގޭ ތީ އެވެ. ހީކުރި ގޮތާއި ހިލާފަށް ވިޝާމް މާ ހިތާމަވެރި ލަވައެއް ކިޔުމުން ދެ ފަހަރަކު ހެން އޭނާ އަށް ވިޝާމް އާއި ދިމާލަށް ބަލައި […]
އަޔާނީގެ ލަވަ ނިމުމާއި އެކު ޒައްޔާން އަށް އަޔާނީގެ ގައިގައި ބައްދާއި ގަނެވުނެވެ. ދެން މާކަށް ގިނަ ދުވަހެއް ނެތި އޭނާ އަށް އަޔާނީ އަށް ދުރަށް ދާން ޖެހޭނެ އެވެ. ޓްރެއިނިންގ އަށެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. އެވަރުންވެސް އެދެމެދުގައި ވި ލޯބި އެއްވެސް ހުރަހެއް ނެތި ފެންނާން ހުއްޓެވެ. އީވާ އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. އަދި ދެވަނަ ބުރަށް ފުޅި އަނބުރާލިއެވެ. ♡ ・ ♡ ސައުވީސް […]
މާލޭ ރާޅުގަނޑު ސަރަހައްދުގައި މާއިން އިން އިރު އޭނާގެ ނަޒަރު މޫދަށް ހުއްޓަސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. އެ ހަނދާންތަށް އާވަމުން ދިޔަ ވަރަކަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރުވާލައެވެ. ކޮންމެ ފަހަރަކުވެސް އޭނާ އަށް ސިފަ ވަނީ ކަރުނުން ފުރިފައި ވި ލޮލެކެވެ. އޭނާ އަންހެން ކުއްޖަކަށް އަނިޔާ ކުރާ ތަނެވެ. ކަންފަތުގައި ގުގުމަމުން ދަނީ އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑެވެ. އާދޭސް ތަކެވެ. އޭގެ ތެރެއިން […]
އެންމެންވެސް އެ ގެއަށް އައި އިރު ގެއަށް ޒިވާ އައިސްފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އިއަން ޒިވާ އަދި ގެއަށް ނާދް އެއް ނޫން ހޭ ބުނުމުން އެންމެންވެސް ކަން ބޮޑު ވާން ފެށިއެވެ. ވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ. ކިތަންމެ ފަހަރަކު އެރަށަށް އައި ކަމުގައި ވިޔަސް ގަސް ބޯ ބޮޑު ޖަންގައްޔެއް ފަދަ އެ ތަނުން ނުކުތުމަކީ އުނދަގޫ ކަމެއް ވިއްޔާ އެވެ. ޒިވާ އަށް ކަމެއްވެ، ނުވަތަ […]
” މިޝް… ޔޫ އެންޑް މީ؟…” ވިޝާމް ދުރުގައި އެކަހެރިކޮށް ނައިރާ ކައިރި ހުރި މިޝްކާ އަށް ގޮވާ އޭނާ އާއި އެކޮށް ދާން އޯކޭ ހެއްޔޭ އަހާލިއެވެ. މިޝްކާގެ ހިތް އުފަލުން ނަށައިގަތީ ތިޔަހެންނެއް ބަލާފަކާއި އެއް ނޫނެވެ. އަވަހަށް ބޯ ޖަހާލެވުނީ އެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާތީ އެވެ. ނައިރާ އަށް ވެސް މިޝްކާ އަށް ބަލައިލެވުމަށް ފަހު ނުލަފާ ފާޑަކަށް ހީ ލެވުނެވެ. އެހެން މީހަކަށް ނުފެންނަ ގޮތަކަށް ގުޑް ލަކް […]