Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއެހެނިހެން

ބޭއިންސާފުވެރި ތުހުމަތު – ލައިލަތުގެ ނަޒަރުން

IMU
IMU Level 1
July 6, 2023 3 Mins Read
2 Comments

*ނޯޓު: މިއީ އަޅުގަނޑު ފުރަތަމަ ވާހަކަ ކަމުން ، ކުށް ހުރުމަކީ ވެދާނެކަމެކެވެ.*

—————————————————————————–

ހޭނެތިފައި އޮންނަތާ ހަފްތާއެއް ފަހުން އަހަރެން ހޭއެރިއިރު ލިބުނު ޚަބަރުން ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ޔުނިފޯމް ލައިގެން ތިބި ފުލުހުން އަހަރެންގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައިރުވެސް އަހަންނަށް ހުރެވުނީ މިވާނީ ކިހިނެއް ކަމެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެން ހޭނެތުމުގެ ކުރިން ހިނގި އެއްވެސް ކަމެއް އަހަރެންގެ ހަދާނަކު ނެތެވެ. އަހަރެން ރައިލީ މަރާލި ކަމަަށް ބުނެ އެމީހުން އަހަރެން ހަޔަރުކުރި އިރު އެއީ ހުވަފެނަކަށް ވުމަށް އެތައް ފަހަރަކު މާތް ﷲ ގެ ކިބައިން ދުޢާވެސް ކުރީމެވެ. “އަހަރެން އެއްވެސް މީހަކު ނު މަރަން” ކެނޑިނޭޅި އަހަރެން ދިޔައީ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ފުލުހުންގެ ކައިރިގައި ބުނަމުންނެވެ. ނަމަވެސް އެ އެންމެން އަހަރެންގެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ. އެތައް ބަޔަކު އަހަންނަށް ފުރަސާރައާއި މަލާމާތް ކުރަމުންދިޔައިރު އެމީހުން އެ ބުނަނީ ފަހަރެއްގައި ތެދެ ކަމަށްވެސް ވެދާނެއޭ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ހިތުގެ ފުންމިނުން އުމީއްދު ކުރަމުން ދިޔައީ އަހަރެންގެ މައުސޫމްކަން އެންމެންގެ ކުރިމައްޗަށް ގެނައުމެވެ. އެކަމަކު އަހަންނަށް ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟ އެކަކުވެސް އަހަރެން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެއެވެ. އެންމެ ފުރަތަމަ އަހަރެންގެ އާއިލާވެސް އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ.އަހަރެން ރައިލީ މަރާލިިކަމުގެ އެއްވެސް ހެއްކެއް ފެންނަންނެތްއިރު ބޭއިންސާފުވެރި ގޮތުގައި އަހަރެން ހަޔަރުކުރި ކޮށްފައިވާ ހުންނަތާ މަހެއް ވެގެން ދިޔަ އިރު ވެސް އަހަރެން އާދޭސްތައް އަޑު އަހާނެ މީހަކުނެތެވެ. ގާތްއެކުވެރިނާއި އާއިލާވެސް އަހަރެން އެކަނި ކޮށްލިއިރު އަހަރެންގެ އެކަނިވެރިކަން ފިލުވައިދީނި ދުޢާ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ފަހަރު އަހަރެން ދިޔައީ މި ކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި މާތްﷲގެ ކިބައިން ދުޢާ ދަންނަވަމުންނެވެ. އަހަރެން ހިތްވަރާއެކު ކުރި ދުޢާގެ ނަތީޖާއަކަށްވީ އަހަރެންގެ މައްސަލަ އަލުން ހުޅުވިގެންދިޔުމެވެ. އެގޮތުން މައްސަލަ ތަހުގީގު ކުރަނީ އެހެން ފުލުހެއްކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ފުލުސް މީހާ އަހަންނާ ބައްދަލު ކުރާނެކަމަށް އެމީހުން އަހަންނަށް މައުލޫމާތު ދިނެވެ.އަހަރެންގެ މައްސަލަ އަލުން ތަހުގީގު ކުރަން ފެށިތާ މިހާރު ހަފުތާއެއް ވަނީ އެވެ. އަދިވެސް އަހަރެން އިންތިޒާރު ކުރަމުން މިދަނީ މިތަނުން ނުކުމެގެން ދުވަހަކަށެވެ ” ލައިލަތް” އަހަރެންގެ ނަމުން މީހަކު ގޮވާލި އަޑަށް އަހަރެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އޭރު އަހަރެންގެ އިންތިޒާރުގައި ދެ ފުލުހަކު ތިއްބެވެ . އެމީހުން އަހަންނަށް އިރުޝާދު ދިނީ މާގިނަ ވާހަކަތަކެއް ނުދައްކައި އެމީހުނާއެކު ދިޔުމަށެވެ. އަހަރެން ހިމޭންކަމާއެކު އެމީހުންގެ ފަހަތުން ދިޔައީ ދެން ވާނެ ގޮތެއް އެނގިހުރެއެވެ. އެމީހުން އަހަރެން ގޮވައިގެން ޒިޔާރަތްކުރަން އަންނަން މީހުންނަށް ހާއްސަ ކޮޓަރިއަށް ގެންދިޔައިރު އަހަރެންގެ އިންތިޒާރުގައި ޒުވާނަކު އިނެވެ. ބަލާ ބެލުމަށް އަހަންނާ އެއް އުމުރެއްގެ މިޒުވާނާ އަކީ ބޭރުގެ ފިލްމީ ތަރި އަކަށް ވެދާނެ ބާއެވެ ؟ އެ ޒުވާނާގެ ނޫ ދެޅޮލާއި ލޮލުގައި އަޅައިގަންނަ ފަދަ މޫނާއި ރީތި ހަށިގަނޑުން އެތަކެއް އަންހެން ކުދިންގެ ހިތް އަތުލާފައިވާނެކަން ގައިމެވެ. ” އޯ ވާވް ، ހާދަ ހޭންޑްސަމް ބޯއި އެކޭ” އަހަރެންގެ ހިތަށް އެރިއެވެ. އެ ޒުވާނާ އައިސް އަހަރެންގެ ކުރިމައްޗަށް ހުޓުނު އިރުވެސް އަހަންނަށް ހުރެވުނީ އެ ޖާދުވީ ޒުވާނާއަށް ކަޅިނުޖަހާ ބަލައިގެންނެވެ. އަހަންނަށް އެ ހިޔާލީ ދުނިޔެއިން ނުކުމެވުނީ އެ ޒުވާނާ ވާހަކަ ދައްކަން ފެށުމުންނެވެ. “އައްސަލާމް އަލައިކުމް ލައިލަތް ، އަޅުގަނޑުގެ ނަމަކީ މާކަސް ، މީގެ ފަހުން ލައިލަތުގެ މައްސަލަ ބަލާނީ އަޅުގަނޑު ” ހިނިތުން ވެލަމުން މާކަސް ބުންޏެވެ. “ލައިލަތް އަށްވެސް އިނގޭނެ އަޅުގަނޑު ލައިލަތުއަށް ބަދަލުކުރަން އައި ސަބަބު . އެހެންވީމާ ލަސްނުކޮށް ލައިލަތުގެ ވާހަކަތައް އަޅުގަނޑަށް ކިޔައިދީ. ” އަހަންނަށް އެއްޗެއްނުބުނެވެނީސް މާކަސް ކުރިޔަށް ގެންދިޔަ އެވެ.މާކަސް އެހެން ބުނުމާއެކު ހޮސްޕިޓަލުން ހޭލީންސުރެ މިއަދާ ހަމަށްވި ހުރިހާކަމެއް އަހަރެން މާކަސް އާ ހިސްސާކުރީމެވެ. މާކަސް އަހަރެންގެ ވާހަކަތައް އަޑުއެހުމަށް ފަހު އެތަނުން ނުކުމެގެން ދިޔައީ ކަމުގެ ހަޤީޤަތް ހޯދާނެކަމަށް ވައުދުވަމުންނެވެ.އޭގެ ދެތިން ދުވަސް ފަހުން މާކަސް އަހަންނާ ބަދަލު ކުރަން އައެވެ. ” ލައިލަތް. އަހަރެން ލައިލަތުގެ ބަޔާންތަކަށް ބެލުމަށްފަހު އެ ދުވަހު ހިނގި ހުރިހާ ކަމެއްގެ ހަގީގަތް ހޯދިން . އަހަރެން ލައިލަތުގެ ކައިރީ ބުނަން މިއުޅޭ ވާހަކައަކުން ލައިލަތްއަށް ބޮޑު އަސަރެއް ކުރާނެކަން ޔަޤީން.” މާކަސް އަހަންނާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ. “އަޅުގަނޑުމެން ކުރި ތަހުގީގު މައުލޫމާތު ލިބުނު ގޮތުގައި ޖެސިކާ ނަމަކަށް ކިޔާ އަހެނަކާއި ލައިލަތުގެ އާއިލާ ވަނީ ލައިލަތުގެ މައްސަލަ ކުރިން ބެލި ފުލުހުންނަށް ރިޝްވަތު ދީފައި. ” މާކަސް އަހަންނަށް ހުރިހާ ވާހަކަތައް ކިޔައިދެމުންދިޔަ އިރު އަހަރެން ދިޔައީ މާޒީގެ ތެރެއަށް ވަންނަމުންނެވެ*******އަހަރެން އެންމެ ކުޑައިރުއްސުރެ އަހަރެން އާއިލާ އަހަރެން ދެކެނީ ދުރު ހިލޭ މީހެއްގެ ގޮތުގައެވެ. އޭރު އަހަރެން ކުޑަ ކަމުން އަހަންނަށް ވިސްނުނީ އެމީހުން އެހެން ކަންތައްތައް ކުރަނީ އަހަރެން ބަސްނާހާތީއެވެ. އެހެންވެ ، އަހަރެން ކުރާ ކޮންމެ ކަމެއްވެސް އަހަރެން ކުރަނީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ނަމަވެސް ، އަހަރެންގެ ބޭނުންތަކަށް އަޅާނުލާ އަހަރެންގެ ބޭބެއަށް އެމީހުންގެ އަޅައިލުމާއި ލޯބި ދިނެވެ. ބޭބެއަށް އައު އަންނައުނާއި އެންމެ ފަހުގެ ސްމާޓް ފޯން ހޯދަދިންއިރު އަހަރެން އަބަދުވެސް ބޭނުންކުރަން ޖެހުނީ އާއިލާގެ އެހެން މީހުން ލައިފައި ތިބި ހެދުންތަކެވެ. ގިނަފަހަރު ސްކޫލަށް ބޭނުންވާ ސާމާނު ތަކަކީވެސް އެހެންމީހުން އަހަންނަށް ދޭ ތަކެއްޗެވެ. އަހަރެން ޖެސިކާ އާއި ބަދަލު ވީ ސުކޫލު އުޅުނު އިރު ޤުރޫޕް މަސައްކަތެއްގެ ތެރޭގައެވެ.އެދުވަހު އަހަރެން ޖެސިކާ ގޮވައިގެން އަހަރެންގެ ގެޔަށް މަސައްކަތް ކުރަން ދިޔައިރު އަހަރެން އާއިލާ ޖެސިކާ ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އަހަރެން އެކަމާ ހަސަދަވެރިވި ނަމަވެސް އަހަރެން އެކަމާއި އަޅާނުލީ ކަންތައްތައް އިތުރަށް ގޮސްވިޔަ ނުދިނުމަށެވެ. އަހަރެންގެ ކުޑައިރުގެ ރަހުމަތްތެރިޔާ ރަށުން ބޭރަށް ބަދަލުވެފައިވާއިރު އަހަރެންގެ އެއްވެސް ރައްޓެއްސެއް ނެތުމުން، އަހަރެންނަށް ލިބުނު ހަމައެކަނި އެކުވެރިޔާ ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނުވިއެވެ.އެހެންނަމަވެސް އެ ރަހުމަތްތެރިކަމުގެ ފަތުގައި ފުރުވިގެން އޮތް ވިހަ ގަދަ ހަރުފަ އަހަންނަށް ހަމަ ނުފެނުނީއެވެ.****އަހަރެން މާޒީގެ ހީޔާލުތަކުން ނުކުމެވުނީ މާކަސް އަހަރެންގެ އަތުގައި ހިފުމުންނެވެ. “ލައިލަތް ، އަޅުގަނޑަށް އެނގޭ މި ވާހަކަތަކަކީ އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫންކަން އެކަމަކުވެސް ލައިލަތުއަކީ ހިތްވަރުގަދަ ކެރޭ މީހެއް . ތީ ހިތްވަރު ދެރަ މީހެއް ނަމަ މި ބޭއިންސާފައީ ތިހާ ކެރިގެން ކުރިމަތި ނުލީސް. އެހެންވީމާ ، ރައިލީއަށް އަދި ލައިލަތްއަށް ވެސް އިންސާފު ހޯދަން އަޅުގަނޑަށް އެހީވެދީ” މާކަސް އަހަންނަށް ހިތްވަރު ދެމުން ބުނެލި އެވެ. ޖަލުން ނުކުމެވުމާއެކު އަހަންނަށް ކުރެވުނީ ބާޔާންކުރަން ދަތި އިހުސާސްތަކެކެވެ . އެތައް ދުވަހަކު ކުރަމުން އައި އުމީއްދު ހާސިލުވުމުން މާތްﷲ އަށް ކުތަންވެ ޝުކުރުގެ ސަޖިދަ ޖެހުމަށްފަހުމާކަސްގެ އެހީތެރިކަމާއެކު އަހަރެންގެ ދުޝްމަނުންނާ ދެކޮޅަށް ހެކި ހޯދުމަށް އަވަސްވެގަތީމެވެ. ރެއާއި ދުވާލު ކެނޑިނޭޅި ކުރި މަސައްކަތުން އަހަންނަށް ލިބެންޖެހޭ އިންސާފު ލިބިގެން ދިޔައެވެ. ދިގު އިންތިޒާރު ނިމުން ފޮނިވާނެއޭ ބުނާ މީހުން އެބުނަނީ ހަމަ ތެދެކެވެ. އަހަރެން ބޭއިންސާފުވެރި ގޮތުގައި ހަޔަރުކުރުމަށްފަހު އުފާވެރި ހާޔަތެއް ލިބުނުތާ މިހާރު އެއް އަހަރުވަނީއެވެ.އެދުވަސްވަރު އަހަންނާ ބަދަލުވި ރީތި ޒުވާނާ މިއަދު ވެގެންދިޔައީ އަހަރެންގެ ލޯބިވާ ފިރިމީހާއަށެވެ. އަހަރެންގެ ހަޔާތް އަލިކޮށްދިން ބައިވެރިޔާއަށެވެ.އަދި އެއީ އަހަރެން ކުރާ ހުރިހާ ކަމަކަށް ހިތްވަރުދޭ އެކުވެރިޔާވެސްމެއެވެ.

Share Article

IMU
Follow Me Written By

IMU

Level 1

I usually write stories for fun and read it by myself

Other Articles

Previous

ރާނީ 6

Next

ދިރުމެއްނެތް ދިރިއުޅުން 14

Next
July 7, 2023

ދިރުމެއްނެތް ދިރިއުޅުން 14

Previews
July 6, 2023

ރާނީ 6

2 Comments!

  1. imko says:
    July 6, 2023 at 6:13 pm

    Wow this story is nice
    Can you write next story
    I love makas

    1. IMU says:
      July 9, 2024 at 12:21 pm

      I lost my account 😔 have to make a new account now.

Comments are closed.



All Right Reserved!