ފޯނު ނަގަން ބޭނުން ނުވެގެން އަހަރެން ފޯނު ސައިލެންޓަށް ލީމެވެ. އެކަމަކު ހަމަ ކެނޑޭ އިރަށް އަނެއްކާވެސް ގުޅައެވެ.ވީ ފޫހިން އަހަންނަށް މޫނު ހަދައިލެވުނެވެ.ކަށިން ހިތްވަރު ލައިގެން އަހަންނަށް ގުޅަމުން ދިޔައީ އުސައިދުއެވެ. އަހަރެން އޭނާއާއި ގުޅުން ބަދަހި ކުރަން ބޭނުން ނުވާކަން ރަނގަޅަށް އެނގޭއިރު އަހަންނަށް އެވަރަށް ގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ **** ’ޒައިފް…އޯކޭތަ؟‘ އަހަރެންގެ ޙަރަކާތްތަކަށް ސަމާލުކަން ދީގެން ޝާއީ އިންކަން އަހަންނަށް ރެއަކާލީ އޭނާ އެހެން އަހައިލީމައެވެ. ’އާނ…އޯކޭ… ކިހިނެއް ވީ؟‘ […]
ކިފްލު ގޮސް ގެއަށް ވަނުމުގެ ކުރިން އެއް ފަހަރު އެނބުރި ފަހަތް ބަލައިލިތަން އަދާރާ ދުށްޓެވެ. ނަމަވެސް އެކަން އެނގުނު ކަމަށް ނުހަދާ އޭނާ ކުނި ކެހުން ކުރިއަށް ގެންދިޔައެވެ. އެހެނަސް އިސާހިތަކު އޭނާގެ ހަގީގީ އިހުސާސްތައް، ހިނިތުންވުމެއްގެ ސިފަ ޖެހި އޭނާގެ ތުންފަތުން ޖާގަ ހޯދީ ހުއްދަ ހޯދުމަކާއިވެސް ނުލައެވެ. ކިފްލުގެ ސަމާލުކަން ލިބުމުން އޭނާ އެހާ އުފާ ވާންވީ ކީއްވެ ހެއްޔެވެ؟ ދެވަނަ ސިކުންތު, ދެފަރާތަށް ބޯހޫރާލަމުން އަދާރާ ’އައި ރޯލް‘ ކޮށްލިއެވެ. ***** […]
އަހަރެމެން ވަދެ މޭޒުކައިރީގައި އިށީނުމުން އަހަރެމެންނަށް ސައި ތައްޔާރުކޮށް ދިނުމަށް ޝާއީ އަވަސްވެގަތެވެ.އޭނާ އައިސް މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށިތަކުގެ މަތި ނެގުމުން އެ ދުވަންފެށި ކާއެއްޗެހީގެ މީރު ވަހުން އަހަރެންގެ ބަނޑުން އަޑު ކިޔައިލިއެވެ. ހެނދުނުގެ ވަގުތެއް ކަމަކު މޭޒުމައްޗަށް ހީވަނީ އީދެއް އައިސްފައި އޮތް ހެންނެވެ.ރޮށްޓާއި، ދެވައްތަރެއްގެ ރިހައާއި، މަސްހުނީގެ އިތުރުން ހަނާކުރި ބޯށްޓާއި ތެލުލި ސޮސެޖާއި, ޕާން ޓޯސްޓުކޮށްފައި ބަޓަރާއި ޖޭމު ޖަހައިގެން ކެވޭ ގޮތަށްވެސް ހުއްޓެވެ. **** އަހަރެމެނަށް ފެނާއި ސައި […]
މަރްޔަމް ސޫރަތުން ފަށައިގެން އެ ސޫރަތުގެ މެދަކާ ހިސާބަށް ކިޔުނު ތަނާ ކޮޓަރީގެ ކުޑަދޮރުގައި އެއްޗެއް ކޫރު ދެމޭ ކަހަލަ އަޑެއް އިވިގެން ސިހިފައި އަދާރާ އެ ދިމާލަށް ބަލައިލިއެވެ. ދެވަނަ ސިކުންތު އޭނާ ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލައި، ދޮރުފޮތިގަނޑު ކަހާލައިފާއި ދޮރުގައި ލޯ ޖަހައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. **** ކުޑަދޮރާއި ދިމާލަށް ފުންމައިގެން އަރައި ބިއްލޫރިގަނޑުގައި ވަކި ދަމައިގަތްތަން ފެނުނީ އެއްކަލަ ލޯބި ހުދު ބުޅަލެވެ.ކިފްލުގެ ޗަންކީއެވެ. […]
ގެއިން ނުކުތް ގޮތަށް ގެސްޓުހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ނަގައިގެން އަހަރެން ދިޔައީ އެ ތަނަށެވެ.އެންމެ ފެންވަރުގެ ކޮޓަރިއެއް ނޫނެއްކަމަކު އަހަރެން ހިތްހަމަޖެހޭވަރުވިއެވެ.އޭރުވެސް އެ ފުލުފުލުގައި މަންމަ ދިޔައީ އަހަންނަށް ގުޅަމުންނެވެ.އަހަރެން ފޯނު ނުނަގާނެ ކަން އެނގޭތީވެ، އުސައިދުވެސް ވަރަށް އާދޭސްކޮށްފައި މެސެޖުކުރަމުން ދިޔައެވެ.އެހެނަސް އެއިން އެކަކާވެސް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނުވިއެވެ. **** އަހަރެން އަނޫކްއަށް ގުޅިއިރު އޭނާ ހުރީ ޑިއުޓީގަ އެވެ.އެހެނަސް ޑިއުޓީ ނިންމި ގޮތަށް އޭނާ އަހަންނަށް ޚަބަރެއްވިއެވެ.އަހަރެންގެ ދުލުން ނުބުންޏަސް އަހަންނަށް ކަމެއް […]
އެއީ 2020 ވަނަ އަހަރުގެ ކުރީ ކޮޅެވެ. އޭރު އަހަރެން އުޅުނީ ލޯބީގެ ގޮތުން މީހަކާއި ގުޅިގެންނެވެ. އޭނާއާއިއެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ފޮނި ހުވަފެންތައް އަހަރެން އައީ ދެކެމުންނެވެ.އެހެނަސް ތަގުދީރުގެ ކޮޅު އަހަރެންްގެ ފަރާތަކަށް ބުރައެއް ނުވިއެވެ.ދުވަހަކަށް ވުރެ ދުވަހެއް އޭނާ ދިޔައީ އަހަރެން ދެކެ ފޫހިވަމުންނެވެ. އެންމެ ފަހުން އިސްވެ އެ ގުޅުން ކަނޑައިލީވެސް އޭނާއެވެ.ރުޅި ނުވުމަށް އެދި އަހަރެން ވަރަށް ރޮއެ އާދޭސްވެސްކުރީމެވެ. އެހެނަސް އޭނާ އެއަޑެއް ނޭހިއެވެ. **** އެއީ އަހަރެން ރައްޓެހިވި […]
’އަައްސަލާމް ޢަލައިކުމް…އަހަންނަށް ކިޔަނީ ކިފްލު.‘ އެ ޒުވާނާ ތަޢާރަފްވެލިއެވެ.އޭރުވެސް އަދާރާއަށް ހުރެވުނީ ކަޅިޖަހައި ނުލައި ކިފްލުގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުން ދަންނަ ވައްތަރެއް ޖެހިހެން އަދާރާއަށް ހީވިއެވެ. އެހެނަސް ހަމަ އެއްގޮތަކަށްވެސް ހަަނދާނަކަށް ނައެވެ.އަދާރާ އެއްޗެކޭ ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ދެންވެސް ވާހަކަދެއްކީ ކިފްލުއެވެ. ’ނުދަންނަ މީހެއްވީމައި ސަލާމްވެސް ބަލައި ނުގަންނަންތަ ތި ހުރީ؟ އަހަރެން އަދާރާ ކައެއް ނުލާނަމޭ…‘ އަދާރާ ލަދުން އިސްޖަހައިލި ތަން ފެނިފައި ކިފްލުގެ ހިނިތުންވުން އިހުނަށްވުރެވެސް […]
އަހަންނަށް ފުރަތަމަ ރިދާ އެނގުނީ މީގެ ފަސްވަރަކަށް އަހަރު ކުރީންނެވެ. އެއީ އަދި ދިިމާވެގެން ހަމަލޮލަށް ފެނިގެނެއްވެސް ނޫނެވެ.ރިދާއަކީ އޭރު އަހަރެންގެ ފިރިހެން ކޮއްކޮއާއި އެކު ދޭތެރެއަކުން ކޯލަކަށް އަރާ އޭނާއާއި އެއް އުމުރުގެ އަންހެން ކުއްޖެކެވެ. ***** ކޮއްކޮއާއި ރިދާ ދިމާވީ ގުރޭޑު ދިހައެއްގެ ސްޓަޑީ ކޭމްޕަށް ގޮސްފައި އެތަނަށް ދިޔަ ސްކޫލްތަކުގެ މެދުގައި ހެދުނު ވައިބާ ގުރޫޕަކުންނެވެ. އިސްވެ މެސެޖު ކުރިކަމަށް ވަނީ ރިދާއެވެ. ***** އޭރު ދެން އަހަރެންްގެ ކަމަކީ ކޮއްކޮ އޭނާއަށް […]
އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. ގާދިރަށް ދެން އިތުރަކަށް ބައްޕަ ކިޔާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.ގާދިރު އަހަންނަށް ކިތަންމެ ހެވަސް، އޭނާ އެ ހިންގަމުންދާ މުޑުދާރު ޢަމަލަށް އަހަންނަކަށް ކަނު ލޮލަކުން ނުބެލޭނެއެވެ.ހިތަށް ތަދުވިޔަސް، މީހަކަށްޓަކައި ދިރިއުޅުމުގައި އަހަރެންް ގަބޫލުކުރާ ހެޔޮ ގޮތްތަކާއި ނުބައި ގޮތްތަކަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އެއީ އެކަން އޮންނާނެ ގޮތެވެ. **** ’އަހަންނަށް ވަރިހަމަ ޝާމާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.ވިޔަފާރިވެސް ކަލެޔަށް.ތިހިރީ ތިމާ ބޭނުންވާ ގޮތަށް ވަރިވެސް ކޮށްފައި. […]