ފެށުން ދަރިވަރުންގެެ ވިސްނުން ތަރައްގީކޮށް، މައުލޫމާތު މުއްސަނދި ބަޔަކަށް ހެދުމަށް ޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ އެއްކަމަކީ އެކުދިންނަކީ ފޮތައް އަހުލުވެރި ބަޔަކަށް ހެދުމެވެ. އެގޮތުން އެކުދިން ގަޔާވާ، އުމުރާ ގުޅޭ ފޮތްތައް ޗާޕުކޮށްގެން ނެރެމުންދާ އިރު، ޒަމާނީ ތަރައްގީއާ އެކު ދުނިޔޭގެ ބޮޑެތި “ލައިބުރަރީ” ތަކަކީ ވެސް އެކުދިންގެ އަތުގައި އޮންނަށް ފަންނިއްޔާތުގެ ވަސީލަތަކުން ވަދެވޭ ތަންތަނެވެ. މި ތަރައްޤީ އާއެކު ބައެއް ފަރާތްތަކުން ދެކޭގޮތުގައި “އޮންލައިން” ފޮތްތައް ކިޔޭނެ ފުރުސަތު މި […]
އެކަކު އަނެކަކުގެ މޫނަށް ގެއްލިފައި ތިއްބާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ކަރު ކެހިލި އަޑެށެވެ.މިޒްނާގެ މޫނަށް ޖަންބު ކުލަވެރިވެގެން ދިޔައިރު ޒިވާން އަށް ބޮލުގެ ތެރެއަށް އަތް މަހާލެވުނެވެ. އެވަގުތު ހެވިފައި އެމަންޒަރު ބަލަން ހުރި މިކިޔާލްގެ އެންމެ ގާތް އެކުވެރިޔާ މިފްޒާލް ބުނެލިއެވެ. “ކޮބާ ފަހަރިއެއް ލިބެނީދޯ..”.. މިޒްނާ ގަތް ލަދުން ދުވެފައި ކޮޓަރިޔަށް ދިޔައިރު ޒިވާން މިފްޒާލް އަށް ލޯ އަޅާލިއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މިޒްނާގެ ޓެސްޓުތައް ނިމި މިއަދުމީ އެ […]
ހިތްގައިމު ދުވަހެކެވެ. އަހަރެން އިނީ ސިޓިންރޫމްގައި ހުރި ސޯފާގައި އިށީންދެގެންނެވެ. އަތުގައި އޮތް ފޯނާއި ކުޅެމުން ދިޔައިރު އަހަރެންނަށް އިރުއިރު ކޮޅާ މިޒްނާ އާއި ދިމާލަށް ބެލެމުން ދިޔައެވެ. މިޒްނާ އަކީ މަތީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި އަހަރެމެންގެ ގޭގައި އުޅޭ ކުއްޖެކެވެ. “މަންމާ..މިޒޫ މިއަދު ނުވެސް ކާ ދުވަހެއްތަ؟” މަންމަ ބަދިގެއަށް ދިޔަތަން ފެނިގެން އަހަރެންވެސް މަންމަ ފަހަތުން ގޮސް މިޒްނާ އަށް އަޑު ނީވޭވަރަށް އަހާލީމެވެ. “މަންމަ އަހާލީމަ ބުނި ފަހުންނޯ ކާނީ…އެހެންވެ ދެން […]
އާ ދުވަހަކަށް އިރު އަރައިފިއެވެ. ގޭ އެންމެންނާއެކު ހެނދުނުގެ ސަޔަށް އިންސާފު ކުރަން ތިބި މިކިޔާލް އާއި މިޝްޔާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. “ދަރިފުޅާ..މަންމަ އަށް ހާދަ ހީވެއޭ ދަރިފުޅުމެން ދެކުދިން ވާހަކައެއް ބުނަން އުޅޭހެން..” މިކިޔާލްގެ މަންމަގެ ސުވާލާއިއެއްކޮށް މިކިޔާލް އަށް ހުރިހާ ދަތެއް ފެންނަ ވަރަށް ހީލެވުނެވެ. “ލައްބަ މަންމާ..މިޝް ބަނޑުބޮޑު..” މިކިޔާލްގެ ވާހަކައިން އެތާތިބިި އެންމެން ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. “ދަރިފުޅާ ދެން ދަރިފުޅު ނުވާނެ ގޭގެ އެއްވެސް މަސައްކަތެއް […]
ޔާނާ އަންނަ ގަޑި ކުޑަ ތަން ވަމުން އާދެއެވެ . ރާނިޔާ ގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރި މަންޒަރެއެވެ . ހިތް އުފަލުން ފޮޅޭ ކަހަލައެވެ. 3 އަހަރު ނާޔާ ފެންނާތީ ރާނިޔާ އަށް އިހުސާސް ކުރެވިގެން ދަނީ އެހެން ކަހަލަކަންތަކެވެ . ############################################################ ނުވާނަން ތަފާތެއް 2 ވަނަ ބައި އެ މޫނުން އުފާވެރި ކަމުގެ ކުލަ ތައް ރާނިޔާ މަންމަ އަށް ފާހަގަ ވެގެން ދިޔައެވެ . ” ދަރިފުޅާ ހާދަހާ އުފާވެފާ […]
ޕާޓީ ނިމުމުން ޢާއިލާ މީހުން އާއި އެއްކޮށް ކެއުމަށް ފަހު އަހަރެންނާނައި މިކިޔާލް ދިޔައީ އަހަރެމެންނަށް ޙާއްސަ ކުރެވިފައިވި އެޕާޓްމެންޓަށެވެ.”މިކް..ސުވާލެއް ކޮއްލަންތަ؟”އަހަރެން އަހާލުމާއެކު މިކިޔާލް ބޯޖަހާލިއެވެ. “މިކް ބުނީމެއްނު އެރޭ މިކް ގޮވައިގެން އައި ހުސޭނު ކިޔާ މީހާ އެއީ މިކްއާ އެއްވެސް ވަރަކަށް ގުޅުމެއް އޮންނަ މީހެއް ނޫނޭ..ދެން ކީއްވެ އެރޭ އެ މީހާ އާއި އެއްކޮށް ހުރީ؟” .އަހަރެން އެހެން އަހާލުމާއެކު މިކިޔާލް އަހަރެންނަށް ބަލާލަމުން ހިނިތުން ވެލިއެވެ. އަދި އަހަރެންގެ ގާތުގައި އެނދުގައި […]
އަހަރެން އިންތިޒާރު ކުރަމުން ދިޔައީ 10:30 ބައިވާނެ އިރަކަށެވެ.މިކިޔާލް ބުނިގޮތަށް ރީތި ހެދުމެއްލައި ކުޑަކޮށް ރީތި ވެލުމަށްފަހު ނިކުމެ ސޯފާގައި އިށީންދެލީމެވެ. އެވަގުތު ދޮންމަންމަ ފާޑަކަށް ބަލަން އިނުމުން ހިނިތުން ވެލީމެވެ. އެވަގުތު މިކިޔާލް އައުމުން އަހަރެންވެސް މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށްވަދެ ތަޅުލުމަށް ފަހު މިކިޔާލް އާއި ދެމީހުން ތިިބީ ކުރަން މިއުޅޭ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.”މިޝް..މިކް އަށް އިނގޭ މިިޝް ލޯބި ނުވާކަން މިކް ދެކެ އެކަމަކު މިޝް މިކަމުން ސަލާމަތް ކުރަން […]
އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭރުވެސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް އޮތް މިކިޔާލް އޮތީ ގަދަ ނިދީގައެވެ..ވަގުތުން އަހަރެންގެ ހަނދާނަށް އައީ ރޭގަވީ ކަންތަކެވެ. ކަރުނަތަކާ އެކުވެސް ހިނިތުން ވެލުނީ މިކިޔާލް ގެ އޯގާތެރިކަން ހިތަށް އަރާފައެވެ. އަވަސް އަވަހަށް ތެދުވެ ގައިގާ ރަނގަޅަށް ރަޖާގަނޑު އޮޅާލުމަށްފަހު ފާޙަނައަށް ވަނީމެވެ. އެއަށްފަހު އެއްޗެހި ބަދަލް ކޮއްގެން އައިސް މިކިޔާލް އަށް ގޮވީ ނަމާދަށް ދާންޖެހޭނެތީއެވެ. އަހަރެން ސްކޫލްގައި އުޅުނު އިރު މުބާރާތް ތަކުގައި ކުޅެންލާން […]
އަހަރެން ނުދާން ވަރަށް ގަދަ ދެއްކީމެވެ.އެހެނަސް ދޮންމަންމަ އަހަރެންނަށް ވުރެއް ބާރުގަދައެވެ.ރޮއެ އާދޭސް ކުރާ ޙާލު އެހެނުހެދުމަށް އަހަރެން ބުނީމެވެ. ނަމަވެސް އަހަރެންގެ އާދޭސްތަކަށް ދޮންމަންމަ ދިނީ ބީރު ކަންފަތެކެވެ. އިރުކޮޅަކުން ކޮޓަރިއަށް ވަނީ އެއްކަލަ މީހާއެވެ.އެވަގުތު ދޮންމަންމަ ބުނެލިއެވެ. “ހުސޭނާ..އަވަސް ކުރާތި ކަލޭއަށް 45 މިނެޓް ދެން ހުރި މިކިޔާލް އެއީ ވެސް ގަދަ ކަމުން މިކަން ކުރުވަންޖެހޭމީހެއް ދޯ އެހެންވީމަ އޭނަ ވައްދާފަ ބޭރުން ތަޅުލީމަ ނިމުނީއެއްނު ” ދޮންމަންމަގެ ވާހަކަ ނިމުމުން އެމީހާ […]