ތިމާވެށި ހިމާޔަތްކުރުމަކީ މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެވެސް އެންމެ ބޮޑު އެއް އިސްކަމެވެ. ތިމާވެށި ހިމާޔަތް ނުކުރެވިއްޖެނަމަ، އިންސާނުންނަށް ދިރިއުޅެން ދަތިވެ، ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް: މިހާރު ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. މީގެ ސަބަބުން މޫދުގެ ލޮނުގަނޑު އުފުލި، ގިރުމުގެ މައްސަލަ އިތުރުވެ، ފެންބޮޑުވުމާއި ވިއްސާރައިގެ […]
ޝާއީ ބުނެލި ޖުމްލައިން އަހަންނަށް ޝޮކެއް ލިބުނު ނަމަވެސް، އޭނާ ރޯ ވަރުން އަހަންނަށް އެ ވަގުތު މާގިނައިން ސުވާލު ކުރާކަށްވެސް ނުކެރުނެވެ. **** ’ޝާއީ ހިނގާބަލަ އަހަންނާ އެކީ ޖޯލި ފައްޗަށް ޕްލީޒް‘ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އެންމެ ފަހުން ބުނެލީމެވެ. **** އަހަރެން އޭނާއާއި ތަންކޮޅެއް ގާތަށް ޖެހިލީ އެ ދެލޯ ފުހެދީ، ގެނެސް މޭގައި ފޮރުވާލަން އަހަރެންގެ ހިތް އެދުނު ވަރުންނެވެ.އެހެނަސް އެފަދަ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. **** ޝާއީ އަހަރެންގެ […]
އަދާރާ‘ ކިފްލުގެ މަސްތީ އަޑު އަދާރާގެ ކަންފަތުގައި ޖެހިލުމުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކިފްލުގެ ހޫނު ނޭވާތައް އޭނާގެ މޫނުގައި ބީހޭހާ ކިފްލުގެ މޫނު ކައިރިކޮށްލުމުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތާއިއެކު އަދާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. **** ’އަދާރާއަށް އެނގޭތަ އަދާރާ ތިހެން އަހަރެންގެ ހިތް އަތުލައިގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން؟‘ ކިފްލު ވަރަށް ސީރިއަސް ރާގެއްގައި އަހައިލިއެވެ. **** ކިފްލުގެ އެ ޖުމްލައާއިއެކު އަދާރާއަށް މަޑު މަޑުން […]
’ޝާއީ އާރ ޔޫ ޝުއަރ؟ އާރ ޔޫ ރިއަލީ އޯކޭ؟‘ އަހަންނަށް ފެނުނު އެއްޗެއްގެ ސަބަބުން އަހަރެން ދެވަނަ ފަހަރަކަށްވެސްް އަހައިލީމެވެ. ޝާއީ ނޭފަތް ދަމަމުން ބޯ ޖަހައިލިއެވެ. ޝާއީ ތެދަށް ނުބުނާނެކަން އެނގުމުން އަހަންނަށް ފާޑަކަށް ރުޅި އާދެވުނެވެ. **** ’އެހެންވިއްޔާ ހައު އާރ ޔޫ ގޮނަ އެކްސްޕްލެއިން ދޯޒް ބްރޫޒަސް އޮން ޔޯރ ރިސްޓްސް؟ ހާނ؟!‘ ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަރެން ބުނެލީމެވެ. **** ބިރެއް ފެނިގެން ބަލައިލިހެން ޝާއީ އެއް ފަހަރު […]
އަހަރެމެން ދެމީހުން އައުން ލަސްވެގެން ނަޔާން ނުކުތުމުން ދެން އިތުރަށް އެ މައުޟޫއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. އޭރު އޭނާ ހުރީ މަސްދަތުރު މަޝްވަރާގެ ފޯރިގަނޑު އަރައިފައެވެ. **** މަސް ދަތުރު ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރު ފުރައި، ރޭގަނޑު އަށެއް ޖަހާކަށްހާއިރު އެނބުރި ރަށަށް ލަފާ ގޮތަށެވެ. ގިނަ ވޯޓު ލިބުނީ އެނބުރި އައިސް ބާބެކިއު ވެސް ޖައްސާ ގޮތަށެވެ. **** ބައްދަލުވުން ނިމުނުއިރު ބާރަ ޖަހާކަށް މާގިނަ އިރެއް ނެތެވެ. […]
ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ. **** އަދާރާ ބުނާނެ އެއްޗެއް ނޭނގިފައި އިންނަން ފެށުމުން ކިފްލު އަނެއްކާވެސް މެސެޖެއް ލިޔަން ފެށިއެވެ. ’ދެން ހަމަ ނުދޭނަންތަ؟‘ ފަހަތަށް ’ޕަޕީ ފޭސް އިމޯޖީއެއް‘ ލަފާއި ކިފްލު […]
އޯ ލެވެލް އިމްތިޙާނަށް ތައްޔާރުވުމުގެ 10 ގޮތްތައް! 1. ދުރާލާ ރޭވުން: އިމްތިޙާނުގެ ތާވަލު ބަލައި، ކޮންމެ މާއްދާއަކަށް އެކަށީގެންވާ ވަގުތު ކަނޑައަޅާށެވެ. 2. މުރާޖަޢާ ތާވަލެއް ހަދާށށެވެ: ކޮންމެ ދުވަހަކު ކޮން މާއްދާއެއް ކިޔާނެކަން ކަނޑައަޅާށެވެ. 3. ކުރީގެ އިމްތިޙާނު ކަރުދާސްތައް ބޭނުންކުރާށެވެ: މިއީ އިމްތިޙާނުގެ ފޯމެޓާއި ސުވާލުތަކުގެ ބާވަތްތައް ދެނެގަތުމަށް ވަރަށް މުހިންމު ގޮތެކެވެ. 4. ނޯޓްސް ތައްޔާރުކުރާށެވެ: މުހިންމު ނުކުތާތަކާއި ފޯމިއުލާތައް ކުރުކޮށް ލިޔެފައި ބަހައްޓާށެވެ. 5. އެހެން މީހުންނާއެކު ކިޔަވާށެވެ: ގްރޫޕް […]
ލަޔާލީ އެނބުރި އައިސް އިށީނީ އަހަރެމެން އެންމެންގެ މޫނުތައް ސުވާލު މާކު ތަކުން ފުރައިފައެވެ. އެންމެންވެސް ހީކުރީ ލަޔާލީ އުޅުނީ އެ ޒުވާނާ އަހަރެމެންނަށް ތައާރަފު ކޮށްދޭން ކަމަށެވެ.އެކަމަކު އޭނާ ހަމަ ގަސްދުގައި އަހަރެމެން އެންމެންގެ ހިތް ތަޅުވައިލީއެވެ.އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ލާނެތް ހިނިތުންވުން އެކަމަށް ހެކި ދިނެވެ. **** އެ ޒުވާނާ ހެލޯއޭ ބުނެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ކައިރީ ހުރި ގޮނޑިއެއް ހިފައިގެން އައިސް ޝާއީއާއި ޖެހި […]
ފިނި ކޮޓަރީގައި، ޑުވޭ ދަށުގައި ނިދާ ހަރުދަނާވެފައި އެ އޮތީވެސް ހަމަ ކިފްލުއެވެ.އެނދުގެ ތިރީގައި ކާޕެޓް މަތީ ބަނޑު ޖަހާލައިގެން ޗަންކީވެސް އޮތެވެ.އެކަމަކު ކޮޓަރި ދޮރުމަތީގައިވެސް ހުއްޓި އެހުރީ ހަމަ ކިފްލުއެވެ.އެނދުމަތީގައި އެ އޮތީ ކިފްލު ވިއްޔާ ކޮޓަރި ދޮރުމަތީގައި އެ ހުރީ ދެން ފަހެ ކާކު ހެއްޔެވެ؟ ހަމަ ކިފްލުގެ ސޫރައެވެ. ތަފާތެއް ނެތެވެ. ސުވާލަކީ އެތަނުން ހަގީގަތުގައި ކިފްލުއަކީ ކޮބައި ހެއްޔެވެ؟ **** ކިފްލުމެންނަށް ސައި ތައްޔާރުކުރުމުގައި އަދާރާއާއި ސިޔާމާ އަވަދިނެތި އުޅުނެވެ.ޙުއްބާއަށް އެންމެ […]