ފަތިސް ނަމާދު ބަންގީގެ އަޑަށް އަދާރާ އޭނާ ކިޔަވަން އިން މުސްޙަފް ލައްޕައިލިއެވެ. އޭރުވެސް އޭނާ ނިދާ އެނދުގެ ހެޑްބޯޑު މަތީގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ ސްޕީކަރުން މެދުކެނޑުމެއް ނެތި ޤުރުއާނުގެ މޫރިތި ކަލިމަތައް އިވި އިވި ހުއްޓެވެ.ދަމު ނަމާދުކޮށް ނިންމި ގޮތަށް އޭނާ އެ އިނީ ޤުރުއާން ކިޔަވާށެވެ. ކީރިތި ޤުރުއާނަށް އެ ހިތުގައި ޖެހިފައިވާ ލޯބި ވަރަށްވެސް ފުނެވެ.އެކަމުގެ ހެއްކަކީ ޤުރުއާނުން ބޮޑު މިންވަރެއް އޭނާއަށް ހިތުދަސްވެފައިވާކަމެވެ.އަދި އޭނާގެ އުއްމީދަކީ ވެސް މުސްތަގުބަލުގައި […]
އަނޫކް ބުނި ކެފޭ ކައިރިއަށް އަހަރެން ގޮސް މަޑުކޮށްލިއިރު އަހަރެންގެ އިންތިޒާރުގައި އޭނާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.އަހަރެން ފެނުމުން އެތެރެއަށް އައުމަށް އިޝާރާތްކޮށްފައި ކުރިން ހިނގައިގަތީ އޭނާއެވެ.ތަންކޮޅެއް އެތެރޭގައި އެކަހެރިކޮށް ހުރި މޭޒެއްގައި އޭނާ ގޮސް އިށީނުމުން އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނީމެވެ. ***** ’ކޮބާ ކިހިނެކޭ ވީ ބްރޯ…‘ އަނޫކް ދިޔައީ ސީދާ މައުޟޫއަށެވެ. **** ކަން ހިނގައި ދިޔަ ގޮތް އަހަރެން އަލިފުން ޔާ އަށް އޭނާއަށް ކިޔައިދިނީމެވެ.އޭނާގެ ނިތައް ގިނަވީ […]
އަޑު އަންނަ ދިމާލަށް އަހަންނަށް ނަޒަރު ސީދާ ކޮށްލެވުނެވެ.އަޑު އަންނަމުން ދިޔައީ މަންމައާއި ބައްޕަގެ ކޮޓަރިންނެވެ.ރަނގަޅަށް ނުލެއްޕި ފޭވެފައި ހުރި ދޮރާއި ދިމާ ތިރީގައި އަންނައުނުތަކެއް އުކާފައި އޮތެވެ.އަހަންނަށް ހިންދިރުވައިލެވުނެވެ. މިކަހަލަ މަންޒަރެއް ދެކެން ޖެހިދާނެކަމަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަކަށްވެސް ނާރައެވެ. **** އެއީ ދުވަހަކުވެސް އެބައެއްގެ އަޑު އަހަންނަށް އޮޅޭނޭ ދެމީހެއްގެ އަޑެއް ނޫނެވެ. އާއެކެވެ.އެއީ މަންމައާއި އެޔޮއް ހެޔޮފުޅު އުސައިދުބޭގެ އަޑެވެ. އެމީހުންގެ އަޑާއި ރާގު ހުރި ގޮތުން އެދެމެދުގައި ހިނގަމުން ދިޔައީ […]
’އާނ ރެޑީގަ ހަމަ…ކައެ ގުޅަންދެން މިހުންނަނީ. ހާދަ ރަނގަޅު ގަޑިއެއްގައި ތިގުޅާލީ… އޭ ބޭރުގަތަ؟ އޭ ކައެ ކޮންތާކު؟!‘ އެކޮޅުން ވާހަކަ ދެއްކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަނޫކެވެ.އަހަރެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ސިއްރުތަކެއް އެނގޭ ރަހުމަތްތެރިއެކެވެ.އޭނާއަކީ ޕޮލިހުގައި މަސައްކަތްކުރާ ޒުވާނެކެވެ. ’ބުރިޖް ވިއު ކައިރީގައި‘ އަހަރެން ބުނެލީމެވެ.’ކަލޭ؟ ބުރިޖް ވިއު ކައިރީ؟ މިއޮއް ފަދަ ގަޑީގަ؟ކައެ އަކާ ނުވެސް ގުޅޭ…ކަލޯ ކައެއަށްވެސް އެ އިޝްގީ ބަލިގަނޑު ލައްވައިލީތަ؟ހެހެހެ…‘ އަނޫކަކީ ސަމާސާ ބޮޑު މީހެކެވެ.’ތީ އެންމެ […]
އަހަރެންްގެ ދުލުން ބޭރުވި އެ ބަސްތަކުން އެންމެންނަށް ސިހުން ގެނުވިއެވެ.ބިރެއް ފެނިގެން ބަލައިލިހެން މަންމަ އަހަންނާއި ދިމާލަށް ބަލައިލިއެވެ.އުސައިދުގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ ޖެހިލުންވުމުގެ އަސަރެވެ.އޭނާގެ ކުރިމަތީގައި އަހަރެން އެފަދަ ގޮތަކަށް ބަސް ބުނި އަޑު އިވުނު މިއީ ފުރަތަމަ ފަހަރު ކަމަށް ވީމާ ތޯއްޗެކެވެ.ބައްޕަވެސް ހުރީ ނިތައް ރޫ ގިނަވެ ދެލޯ މުދުނަށް އަރައިފައެވެ. ’ޒައިފް ކީކޭތަ ތިކިޔަނީ!؟‘ބައްޕަ ވަރަށް ހިތްހަމަނުޖެހިފައި އަޑަށް ބާރުލާފައި ބުނެލިއެވެ.އެހެނަސް އިޝާރާތުން އަހަރެން ބައްޕަ ގާތުގައި ހަމަޖެހުމަށް އެދުނީމެވެ. **** […]
އައްސަލާމު ޢަލައިކުމް! “އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ” މި ވާހަކައަކީ އަޅުގަނޑު އަލަށް މި ވެބްސައިޓެއްގައި ލިޔަން ފަށާ ވާހަކައެކެވެ. މި ވާހަކައިގެ އެޕިސޯޑް ތައް ވެބްސައިޓަށް އަޕްލޯޑު ކުރުމަށް ފަހު އެއްވެސް ވަރަަކަށް ކުށް ހުންނަ ކަމަށްވަނީ ނަމަ އެކަންކަން ފާހަގަ ކޮށްދިނުން އެދެމެވެ. އަލަށް ލިޔާ ދިގުވާހަކަ އަކަށް މި ވާހަކަ ވާތީ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ޝުކުރިއްޔާ! 🤍
ޒައިނާ އާއި ޒަކުވާން ގެ ލޯބީގެ ގުޅުމަށް އެތަކެއް ވެގެން ހިގައްޖެއެވެ . އެއް ދުވަހަކަށް ފަހު އަނެއް ދުވަހެއް ޒަކުވާން އާއި ޒައިނާ ގެ ގުޅުމަށް ވަނީ ވަރު ގަދަ ވެގެން ގޮސްފައެވެ . ކުދި ކުދި މައްސަލަ ތަކެއް ޖެހުނެއް ކަމަކު ޒަކުވާން އާއި ޒައިނާ ގެ ލޯބީގެ ދުވަސްތައް ދަނީ ފައްކާ ވަމުންނެއެވެ. ” ޒައީ އެބައިން ވާހަކަ އެއް ބުނެލަން ވެފާ .. އެކަމަކު އެއީ ސަޕްރައިސް އެއް ” ޒަކުވާން […]
އައްސަލާމު ޢަލައިކުމް އަޅުގަނޑު ގެނެސްދޭން ފަށައިފައިވާ “ލޯބީގެ ކުރި ދަތުރު” ވާހަކަ. ދެން ތިޔަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ މި ވާހަކަ އެއްކޮށް ލިޔުމަށްފަހުގައެވެ. އިންޝާﷲ އަޅުގަންޑު އުންމީދަކީ މި އަހަރުތެރޭ މި ސީރީސް މެދުކެންޑުމެންނެތި ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ. މި ސިރީސް މެދުކެންޑުމެއް އައީ އަޅުގަންޑު އެސައިމަންޓްސްތަކުގެ އިތުރުން އެހެނިހެން ކަންކަމަށް އަޅުގަންޑުގެ ސަމާލުކަން ދޭން ޖެހުމުގެ ސަބަބުންނެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ބާއްޖަވެރި ދުވަހަކަށް އެދެން.
އޭއޯ ކީއްވެ ؟ މަންމަ މެން ހިތް ހަމަ ނުޖެހޭން ވީ ” ޒަކުޥާން ހިތް ހަމަ ނުޖޭ ގޮތަކަށް ބުނެލިއެވެ . ޒަކުވާން އަމިއްލަ ނަފްސާ ސުވާލު ކުރެވެން ފެށުވުނެއެވެ . އަހަރެން ގެ ކުށަކީ ކޮބައިބާ ވައެވެ . އެ މީހުން ގެ ކުރިމަތީގައި އަހަރެންނަކީ އެއްވެސް މީހެއް ނޫނެއެވެ . ނަމަވެސް ޒަކުވާން ދެރަވެފައި އިން ވަރު ނުދެއްކުމަށް ހިތުލީމެއެވެ . އަދި ޒައިނާ މައިންބަފައިން ހިތް ހަމަ ނުޖެހުނަސް ޒައިނާ އާ […]