Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredކުރުވާހަކަ

އެރޭ ލޯބިން

Dhern Level 510 Stories100 Comments100 Login100 Stories500 Comments
April 28, 2019 2 Mins Read
10 Comments

“ޒިދާން. ހިނގާދާން” ސިއްސައިގެން ގޮސް އަހަރެންނަށް ބަލާލެވުނީ ކޮޓަރިއަށް ވަން ޝަޔާން އަށެވެ. “ލިޔާ ކުއްޖާ.. ހަމަ ލިޔަނީ ދޯ؟ ދައްކަބަލަ ތިޔަ ކިޔާލަން” ވަހަކަ ދަައްކަން އަނގަ ހުޅުވާލިތަނާ އެފުރުސަތު ގެއްލުނީ ޝަޔާން އަނެއްކާ ވެސް ވާހަކަ ދެއްކީމައެވެ. “އާން.. ވާހަކައެއް މިލިޔަނީ.. ކިޔާލަބަލަ” އޭނާއަށް ލެޕްޓޮޕް ދެމުން އަހަރެން ބުނެލީމެވެ. ޝަޔާން ކިޔަން ފެށިއެވެ.

 

އެއީ މީގެ ތިން މަސްކުރިއެވެ. އަހަރެންނާއި ޔަމަން ފުރަތަމަ ދިމާވީ ހުޅުމާލޭގައި ހުންނަ “ސެންޓްރޯ މޯލް”ގެ ތެރެއިންނެވެ. އަހަރެންގެ ލޮލުގެ ނަޒަރު އޭނައާ ދިމާލަށް ހުއްޓުނު ފުރަތަމަ ފަހަރުވެސް ވެގެން ދިޔައީ، އަހަރެންގެ ހިތުގައި އޭނައަށްޓަކައި ލޯބީގެ ވިންދެއް ޖަހާލި ފަހަރަކަށެވެ. ހިތުގައި އައު ރާގެއް ކުޅެލިއެވެ.

 

ޔަމަންއަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ފަސްތަރީގެ ހިނިތުންވުމެއް ލިބިފަައިވާ ހޫރު ޕަރީއެކެވެ. އެޝާހީ އަދާދަކާއި މޫނަކީ މިދުނިޔެ މަތީގައިވާ އެއްމެ ބޮޑު ސިހުރެވެ. ހިތިފަތު ބުމައިގެ ދަށުގައިވާ ކުރަނގި ދެލޮލަލާއި ފިނިފެންމަލުގެ ފިޔައެއްފަދަ ތުންފަތް ފެނުމުން ހިތް ކަތިނުލެވޭނެ ފިރިހެނަކު އުޅޭނެ ބާއެވެ؟ އޭނާގެ ހަރަކާތަކުން ފެނިގެން ދިޔައީ ޖާދޫވީ ކަމެވެ. ދިނިޔެ މަތީގެ ހޫރުލް ޢީންއޭ ބުނެލެވޭހާއި ހިތްގައިމެވެ. މާޝާ ﷲ!

 

ނަތީޖާއަކަށްވީ އުމުރަށް އެނަމުގައި ފިދާވާން އެދެވުމެވެ. ލޯބީގެ ނަޒަރުން ޔަމަން ދުށުމެވެ. އާނއެކެވެ. އަހަރެންގެ ހިތް އެދޭ ޔާރަކަށް، ހުވަފެނުގެ ރާނީއަކަށް ޔަމަން ވެއްޖެއެވެ. އެހެންކަމުން އަހަރެން މަސައްކަތް ފެށީމެވެ. އެނަގެ ހިތުން އަހަރެންގެ މިލޯބި ރައްކައުކުރާނެ ޖާގައެއް ލިބޭތޯއެވެ. ކިތަންމެ ކުޑަ ނަމަވެސް ބޭނުމީ އެހިތުން ޖާގައެކެވެ. މިލޯބި ރައްކައުކުރަން އަމާން މާހައުލެކެވެ.

 

މާގިނަ ދުވަސްތަކެއް ނުހިނގައެވެ. އަހަރެންގެ މޭގައި ޔަމަންއަށްޓަކައި ވިންދު ޖަހަޖަހައި އޮތް ހިތުގެ ގޮވުން އޭނައަށް އިވިއްޖެއެވެ. ތިޔަ ހީވީ ހެޔޮކޮށެވެ. އަހަރެންނާއި ޔަމަންގެ ނަން ލޯބިވެރިގެންގެ ލިސްޓަށް އެރީއެވެ. އެއީ ކިހިނެތް ހެއްޔެވެ؟ ތިސުވާލުގެ ޖަވާބު ދޭހިތެއް މިވަގުތު ހަމަ ނެތީއެވެ. އެހެން ނޫނަސް އެއީ ކަލޭމެންނަށް އެނގެންޖެހޭ ކަމެއް ވެސް ނޫން ވިއްޔާއެވެ. ޔަމަންގެ ލޯބިވެެރިޔާގެ ލަޤަބު ލިބުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޔަމަންގެ ލޯބިލިބުމަކީ ދުނިޔޭގެ ހުރިހައި ހުފަލެއް ލިބުން ކަހަލަ ކަމެކެވެ. އެލޯބި އަހަރެންގެ ހިތް ފުރާލައިފިއެވެ. ހިތް ފަތަހަކޮށްފިއެވެ.

 

ފުރަތަމަ ނަޒަރުން ފެށުނު ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އަހަރެންގެ ހިތުގައި ޔަމަންއަށްޓަކައި ދެވިފައިވާ މަތިވެރި މަޤާމް އެތަކެއް ފަހަރެއްގެ މަތިން ދިޔައީ އޭނައަށް ހަނދާންކޮށްދެއްމުންނެވެ. ޔަމަން ވެސް އޭނަގެ ހިތުގައި އަހަރެންގެ ނަން ނޫން އެހެން ނަމެއް ނުވާކަމަށްބުނެ އެތަކެއް ވައުދުތަކެއް ދިޔައީ ވަމުންނެވެ.

 

އަހަރެމެންގެ ހިތުގައި އޮތް ލޯބީގެ ގުޅުމުގެ ގޮތް ޖަހާލީ ބޮޑު ޢީދެއްގެ ތެރޭގައެވެ. ފެށުނު ހަޔާތުގެ އައު ބާބަށް ޔަމަން އަދި އަހަރެންވެސް ވަނީ އެތައް ގޮތަކުން ތައްޔާރުވެފައެވެ. ދެ މަފިރިންވެސް ކައިވެންޏަށް ފަހު ފުރީ މާމުއި ހަނދުގެ ދުވަސްތައް އެކުގައި ވޭތުކޮށްލުމަށެވެ. ސިންގަޕޯރ އަށެވެ.

 

އެއީ އުފާވެރި ދުވަސްތެކެކެވެ. އަހަރެންގެ ހިތުން ފިލައިގެން ނުދާނެ ފޮނި ހަނދާންތަކެކެވެ. ނަމަވެސް، މިހުރިހާ ކަމެއް ބަދަލުކޮށްލީ އަހަރެންގެ ބޮލުގައި ނުފިލާ ރިހުމެއް އުފެދެން ފެށި ހިސާބުންނެވެ. އަބަދު ބޮލަށް ބަރުވެ ހޮޑުލަވަން ފެށީ އެވެ. އަހަރެން ޔަމަންއާއެކު ސިންގަޕޯރގެ އެސް.ކޭ.އެޗް ހޮސްޕިޓަލަށް ދިޔައީމެވެ. ޓެސްޓުތަކެއް ހެދީމެވެ. ނަތީޖާ ލިބުނީ ދެދުވަސް ފަހުންނެވެ.  އަހަރެންނަށް ދުނިޔޭގައި އުޅެވެން އޮތީ މަދުދުވަސް ކޮޅެކެވެ. ބޮލުގައި ޓިއުމަރެއް އުފެދި، އެކެންސަރަށް ބަދަލުވެފައިވަނީ އެކަމުން ރަނގަޅު ވެވޭނެ އެއްވެސް ގޮތެއް ނެތްފަދަ ދަރަޖައަކަށް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ކޮންފަދަ އިމްތިޙާނެއްތޯއެވެ؟

 

“މަބުނީ ވަރަށް ޓަޗިން އެނގޭ!”އަހަރެންނަށް އަނބުރާ ލެޕްޓޮޕް ދެމުން ޝަޔާން ބުނެލިއެވެ. “އަދި ނުނިމޭ..” އަހަރެން ހީލާފައި ބުނެލީމެވެ. “އާން.. އަދި ތީގައި މަދޭ ކައިވެނީގެ ފުރަތަމަ ރޭގެ ބައިވެސް.. އެރޭ ދޯ އެއްމެ ލޯބިން އުޅޭނީ” ނުލަފާ ހިނިގަނޑަކާއެކު ޝަޔާން ބުނެލިއެވެ. “ހަޔާތްކުޑަ..  ކޮޓަރި ތެރޭގެ ވާހަކަ ނުލިޔާނަން. އެރޭ ލޯބިން ކުރާ ކަންތަކުގެ ވާހަކަ ކަލޭ ލިޔެބަލަ” އަހަރެން ދިނީ މަޖާ ހަރުކަށި ޖަވާބެކެވެ. އަހަރެން ލިޔަމުން ދިޔަ ވާހަކަ ނުނިމުނަސް، މިހިސާބުން މިވާހަކަ ނިމުނީއެވެ.

 

– ނިމުނީ –

 

 

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 49

Next

މާޒީ (އެގާރަވަނަބައި)

Next
April 28, 2019

މާޒީ (އެގާރަވަނަބައި)

Previews
April 27, 2019

ވިންދޭ ލޯބި ތީ އެދޭ 49

10 Comments!

  1. Z I D H A N says:
    April 28, 2019 at 4:18 am

    “Nafsu Heylavvaala Dheyshey Annany Ramdan Kareem.” Ramadan Mahuge Heyoedhumaai Thahuniyaa Maa Avas Namavess Ariskuran. Mivaahaka ah dhen alhugandugr vaahaka thah esfiyain in fenigendhaany ramadan mahu.

    1. hahahahaha says:
      April 28, 2019 at 2:25 pm

      afulathaa vaki kohla dheyshey annany ramalaan kareem
      dhehvi foarun theri kammaa eku ves thadhaa hoonugaa
      annany ramalaan kareem

  2. jiji says:
    April 28, 2019 at 6:10 am

    Salhi vhk eh Inge????????

    1. Z I D H A N says:
      April 28, 2019 at 8:14 am

      Thank you inge

    2. Cute Lips says:
      May 1, 2019 at 10:56 am

      eyy jiji on veba gmail in.. nueh feney… kitty vs fonuvi mail eh ekm gmail akun nueh feney…

  3. ?Shifna? says:
    April 28, 2019 at 12:48 pm

    Wow masha allah. Vrh nyc.. kyp it up bro.?

  4. Shahaa says:
    April 29, 2019 at 7:29 am

    Nice story aan

  5. Xara says:
    April 30, 2019 at 10:14 am

    A really good story

  6. Cute Lips says:
    May 1, 2019 at 10:57 am

    eyy jiji on veba gmail in.. nueh feney… kitty vs fonuvi mail eh ekm gmail akun nueh feney…

  7. pink lips.. says:
    September 10, 2019 at 7:00 pm

    can u write part two of it
    i loved it very much

Comments are closed.



All Right Reserved!