Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއެހެނިހެން

އަނދިރިވި ހަޔާތް

Dhern Level 510 Stories100 Comments100 Login100 Stories500 Comments
May 13, 2019 2 Mins Read
4 Comments

 

މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލެއްގައި އުޅެމުންދިޔަ ނަމަވެސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ކޮންމެ ކަމެއް ވެސް ހިނގަނީ ލިޔެވިފައިވާ ތަޤުދީރާ އެއްގޮތަށެވެ. ތަޤުދީރުގެ މައްޗަށް ތަދުބީރެއް ނުހިނގާނެއެވެ. އެހެން ނޫންތޯއެވެ؟

ކައިވެންޏެއްގެ މަތިވެރި ބިންގާ އެޅޭނެ ދުވަހަކަށް ކޮންމެ އަންހެނަކުމެ އުއްމީދު ކުރާނެއެވެ. މާދަމާއަށް ޓަކައި ދެކޭނެ ކުލަނުވާ ހުވަފެންތަކެއް ވެސް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށް ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއް މަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް ބޭނުންވާނެއެވެ. މިވައުދުގެ މަތީގައި މީގެ 12 އަހަރު ކުރީން އަހަރެންގެ އަލަތު ފިރިމީހާ އާއި އެކުގައިވީމެވެ. ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލައިގެންނެވެ.

އަހަރެންގެ އުމުރުން 23 އަހަރުގައި ޖަހާލެވުނު އަލަތު ކައިވެނީގެ ގޮށް ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ ސަފްޙާތައް އަނދިރިވުމަށް ދިއްލާލެވުނު ހުޅުކޮޅަކަށެވެ. ނަމަވެސް، މިއަނދިރިކަމުން މިއަދު އަހަރެން ނުކުތުމަށްޓަކައި އަޅާލާ ކޮންމެ ފައިތިލައަކާއި އެކުގައި އަހަރެންގެ ހިތްވަރާއި ފަންވަރު ގެއްލިގެންދަނީ އަހަރެންގެ ފަސްބައިގާ ހިފައި އެލިގަންނަ އަހަރެންގެ ދިރިއުޅުމުގެ ހަމައެކަނި އުންމީދު ކަމުގައިވާ އަހަރެންގެ ލޯބިލޯބި 3 ދަރީންނެވެ.

ކައިވެނީގެ ފުރަތަމަ ކޮޅުގައި ފިރިމީހާގެ ފަރާތުން ނުހަނު ލޯތްބާއި ހަމްދަރުދީ އަދި އަޅާލުން ލިބެމުން ދިޔައެވެ. ނަމަވެސް، ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ހަލުވި ކަމާއި އެކުގައި މިގުޅުމަށް ބަދަލު އަންނަން ފެށިއެވެ. އުފާވެރި ކަމުގެ ހުޅުކޮޅު ނިވި، ހަޔާތް އަނދިރިވެއްޖެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ދެމަފިރީން ދެމެދުގައި ޖެހޭ ކުދިކުދި ކުނިތައް، ކުނިގޮނޑުތަކަށް ބަދަލުވަމުން ދިޔައެވެ. ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލަކަށް އަތް އިސްކުރެވެން ފެށިއެވެ. ފިރިމީހާ ހިލޭ އަންހެނުންނާއި އެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އަހަރެންގެ މައްސަލައަކީ ކޮބާތޯ ތަކުރާރުކޮށް ފިރިމީހާ އާއި ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ހަޑިހުތުރު ބަސްތަކުން އަހަރެން ކަސްތޮޅު އަޅުވާލައެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ތަޅުންމައްޗަށް ވައްޓާލައި އަތުންނާއި ފައިން އަހަރެންގެ ގައިގެ އެތަންމިތަނުގައި ތަޅާ ލިބިފައިވާ އަނިޔާގެ ލަކުނުތައް ގައިގެ އެތަންމިތަނުގައި ލާފައި މިހާރުވެސް އެބަހުއްޓެވެ. ބޭރުފުށުން ފެންނަށް ހުންނަ ލަކުނު ފިލި ކަމުގައި ވިޔަސް، ހިތުގައި ލެވޭ ލަކުނުތަށް ފިލާނެ ހެއްޔެވެ؟

ބަލިވެ އިންނަ ދުވަސްވަރުގައި ފިރިމީހާގެ އަޅާލުމާއި ލޯބި ނުލިބޭ ތަނުގައި އަހަރެން ވިހެއުމުންވެސް ފިރިމީހާގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އަހަރެންގެ 3 ކުދީންވެސް ފިރިމީހާ ފެނުމުން ބިރުން ތުރުތުރުލައެވެ. އެކުދީންނާއި ލޯބިކޮށްލާ ވާހަކަދައްކާ ހެދުމީ ފިރިމީހާގެ “ސްޓައިލް” އެއް ނޫނެވެ. އަހަރެން މިކަމާއި ފިރިމީހާ އާއި ވާހަކަ ދެކެވޭ ކޮންމެފަހަރަކު ދަރީން ބަލަންޖެހޭނީ ކުދިންގެ މަންމަ ކަމަށާއި ދަރީން ބެލުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ބައްޕަގެ ޒިންމާއަކީ ފައިސާ ހޯދުންކަމަށް ބުނެއެވެ. އަހަރެންގެ 3 ކުދިންނަކީވެސް ވަރަށް ބަސްއަހަައި ބަސްމަދު ކުދިންނެވެ. ފިރިމީހާ އަހަރެންނާއި ޒުވާބުކޮށް ހަޅޭލަވާއިރު ކުދީންގެ ކުރިމަތީގައި ވެސް މިފަދަ އަމަލުތައް ހިންގާ ހަދައެވެ.

މިއަދަކީވެސް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އާދައިގެ ދުވަހެކެވެ. ފިރިމީހާގެ ޙަބަރެއްނުވެ 6 މަސްދުވަސް ފާއިތުވެ ދިޔަފަހުން އޭނާ ގެއަށް އައުމުން އެކަމާއި އަހަރެން ސުވާލުކުރީ ލިބިދާނެ ޒަޙަމަކަށް ނުބަލައެވެ. ފިރިމީހާގެ ޖަވާބުގައި ބެހޭކަމެއް ނޫންކަމަށް ބުނެ ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި ތަޅުންމައްޗަށް ކޮއްޕާލިއެވެ. އަހަރެން ތަޅުންމައްޗަށް ވެއްޓުމުން ފިރިމީހާގެ ފައިން އަހެރެންގެ ބުރަކަށީގައި އެތައްފަހަރަކު ޖެހިއެވެ. އަދި އަހަރެންގެ ކަރުގައި ހިފާފައި ސިޓިންގ ރޫމްގައި ހުރި ސޯފާއެއްގެ މައްޗަށް ވައްޓާލިއެވެ. ފިރިމީހާ އަހަންނަށް ކުރަމުން އައި އަނިޔާތައް ފެންނަ ހިސާބުގައި ބަލަހައްޓައިގެން ފިރިމީހާގެ މަންމަ ސިޓިންގރޫމްގައި ގޮނޑިއެއްގައި އިށީންދެއިނެވެ. އަހަންނަށް ލިބެމުން އައި ވޭންތަކުން ބާރަށް ރޯންފެށުނެވެ. އަހަންނަށް އަނިޔާ ނުކުރާށޭ ކިޔާ ފިރިމީހާގެ ފައިބުޑުގައި ބޮސްދިނީމެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކިދޭންފެށިއެވެ. “މިއީ ފުލުހުންނޭ، ދޮރުހުޅުވާށޭ” ކިޔައި ދޮރުގައި ތަޅަންފެށިތާ އިރުކޮޅެއްފަހުން ފިރިމީހާ އަހަރެންގެ ކަރުން އޭނާގެ އަތްދޫކޮށްލައި ދޮރު ހުޅުވުމާއި އެކުގައި ފުލުހުންގެ 05 މީހުން ގޭތެރެއަށް ވަނެވެ. އަހަރެން ބޭއިޚްތިޔާރުގައި ދުވެފައި ގޮސް އެތަނުން ފުލުހެއްގެ ދެފައިގާ ހިފުމަށްފަހުގައި އަހަރެން ސަލާމަތްކޮށްދިނުމަށް އެދުނީމެވެ.

ފުލުހުން ފިރިމީހާ ބިޑި އަޅުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ހަމައެވަގުތުގައި ކޮޓަރީގައި ތިބި 3 ކުދީން ނުކުމެ ބާރަށް ރޯންފެށިއެވެ. އެކުދީންގެ ބައްޕައަށް ގޮވަންފެށިއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުލުހުންގެ އިދާރާއަށް ހާޞިރުކޮށް މައްސަލަ އާއި ގުޅިގެން ސުވާލުކުރުމުން އަހަރެންގެ ދިރިއުޅުމުގެ މިހާދިޘާ ކިޔައިދިނީމެވެ.

ނަމަވެސް، އަހަރެންގެ ދަރީންނާއި އަހަރެންވެސް ފިރިމީހާއަށް ދެރަގޮތެއްވާކަށް ނޭދެމެވެ. އަދިވެސް އެދެނީ ސުލްހައަށެވެ. އެއީ އަހަރެންގެ ދަރީންނަށްޓަކައެވެ. ދަރީންގެ ލޮލުން މިއަދު އޮހޮރެމުން އައި ކަރުނައަކީ އެކުދީންގެ ބައްޕައަށްޓަކައި އެކުދިން ވާލޯތްބެވެ. އަދި ކިޔެއްހެއްޔެ؟ އެއީ އަހަރެންގެ އަނދިރިވި ޙަޔާތުގެ ކުރިމަގަށް އަހަރެން ދެކޭ ފޮނި އުއްމީދުވެސް މެއެވެ.

ނޯޓު: ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަގީގީ ވާހަކައެވެ. ވާހަކަ ލިޔެފައިވަނީ ޒިދާން މުޙައްމަދު 20، ހަވާސާ/ ރ. ވާދޫ

އަޅުގަނޑުގެ ވާހަކަތަކާއި އިތުރު ލިޔުންތައް:

Facebook Page: Liyaa Kujjaa

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 53

Next

ބުނާށެ ލޯބި ނުވަނީހޭ……27

Next
May 13, 2019

ބުނާށެ ލޯބި ނުވަނީހޭ……27

Previews
May 12, 2019

ވިންދޭ ލޯބި ތީ އެދޭ 53

4 Comments!

  1. Am?? says:
    May 13, 2019 at 8:14 am

    Varah reethi mi vaahaka masha allah keep going on like tha dear god may bless you….

  2. Ibsha says:
    May 13, 2019 at 10:10 am

    Varah reethi.

  3. Malkko says:
    May 13, 2019 at 5:49 pm

    Habeys

  4. ??? says:
    May 15, 2019 at 8:38 am

    nice…zidhaan mihaar vaahaka nuliyanyyy tha…haadha madheyy

Comments are closed.



All Right Reserved!