މަންމަ ވެގެން ދިޔައީ އެތައް އަހަރެއް ވަންދެން ފުލުހުންނަށް އަތުލައި ނުގަނެވިފައި ހުރި މަޝްހޫރު ޑުރަގު ލޯރޑަކަށެވެ.’މުތާ‘ގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ އިރު ފަހަރެއްގައިވެސް އެއީ އަންހެނެކޭ މީހަކު ހިތަށްވެސް ނާރާނެއެވެ.އެހާވެސް މަންމަގެ ރޭވުންތެރިކަން ރަނގަޅެވެ.އޮޕަރޭޓް ކުރާގޮތްވެސް ހުޝިޔާރެވެ.މިހާތަނަށް މަންމަ އަތުލައިނުގަނެވިފައި ހުރީ މަންމަގެ ތޫނުފިލިކަމާއި ހުޝިޔާރުކަމުންނެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނޭ ބުނުމުން ފުރަތަަމަވެސް އަހަރެން ހިތަށް އެރީ އިފްރާހުގެ މަތީންނެވެ.އިފްރާހުއަށް މަންމަގެ އެ އަނދިރި ހަގީގަތް އެނގިފައި އޮތީ ހެއްޔެވެ؟ މަންމަ އިފްރާހު […]
އަނޫކް ބުނި ރެސްޓޯރެންޓްއަށް ދިޔައިރު އެމީހުން ތިބީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގައި މޭޒެއްގައި ޖައްސާލައިގެންނެވެ.ލަޔާލީ ފެނުމުން އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ.އޭނާއެކޭ ދިރުމެއް ނެތް މަސްގަނޑެކޭ އެއްވަރެވެ.ވަޅުވަދެފައިވާ ދެލޮލެވެ.ކުލަ އޮއްސިފައިވާ މޫނެކެވެ.ހުއްޓުން އަރާފައި އެއް ދިމާލަކަށް ބަލަހައްޓައިގެން އިން އިރު އެތަނުގައި އިތުރު ބަޔަކު ތިބިހެންވެސް އޭނާއަށް ހީނުވެއެވެ. **** ’ބޭބް….މިއޮއް އައީނުން ޒައިފްވެސް…ލެޓްސް އޯޑަރ ދޯ‘ އަނޫކް ލަޔާލީގެ ކޮނޑުގައި އަތް ވަށާލައި ކައިރިކޮށްލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނާ […]
ޒަޔާއާއިއެކު އަހަރެން ސިޓިންރޫމަށް ނުކުތްއިރު މަންމަ ވީ އުޒައިރުއަށް ގޮވަން ވަދެ އެކޮޓަރީގައެވެ.އިރުކޮޅަކުން މަންމަގެ ފަހަތުން ދެލޯ އުނގުޅަމުން ހުސްގަޔާ ހުރެ އުޒައިރު ނުކުންނާތީ ފެނުނެވެ.ޒަޔާ ގުޅި ފަހުން މާ ގިނައިރުތަކެއް ނުވެ ޒީވާ ވެސް އަތުވެެއްޖެއެވެ.އޭނާ ވިޔަފާރިކޮށްގެން ގެނައި ކޮތަޅުތައް ކޮޓަރިއަށް ލާފައި ނުކުމެ އަހަރެމެންނާއި ބައިވެރިވީ ވެގެން އުޅޭ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނެތިއެވެ.އެކަން އޭނާ އެހާ ހަމަ ޖެހިލައިގެން އިން ގޮތުން އެނގެއެވެ. **** ’ހުރިހާ ކުދިން މިތާ އިށީނދެބަލަ…މަންމަ މި ދައްކާ […]
އުސައިދު…‘ މަންމަ އަހަންނާއި ދިމާލަށް ބަލައިލަމުން އެވާހަކަތައް ނުދައްކާށޭ ބުނާ ފަދައަކުން އުސައިދުއަށް ގޮވާލައިފައި ދެފަރާތަށް ބޯ ހޫރައިލިއެވެ. **** ’ވަރަށް ކެތްކޮށްފިން…ދެން ނުވާނެ… އަހަރެން މި މަޑުކުރީވެސް ޒައިފް މިކޮޅަށް އަންނަންދެން…ދެން އިތުރަކަށް އަހަރެމެންނަކަށް އޮޅުވައެއް ނުލެވޭނެ ޝާމާ.ހިތުން މަށަކަށް އެއްވެސް ކަމެއް ފަޅައެއް ނާރާނެވިއްޔާ ދޯ‘ އުސައިދުގެ އަޑުގައި މަޑުމައިތިރި ކަމެއް ނެތެވެ. **** ’އުސައިދު ކީކޭ ކިޔަންތަ ތިއުޅެނީ؟‘ މަންމަ ގާތަށްވެސް ރުޅި އައެވެ.ތިމާގެ ފަތިފުށް ހާމަވާން އުޅޭތީ ގޮތް ހުސްވެގެން […]
ޗުއްޓީއަށް ފަހު ޑިއުޓީއަށް ނުކުތްއިރު މަސައްކަތްތައް އޮތީ ފުނި ޖެހިފައެވެ.އަނެއްކޮޮޅުން ނިދި ހަމަ ނުވާތީ އަހަރެންގެ ބޮލުގައި ރިހެނީ އެހެން މިހެންނަކުން ނޫނެވެ.ކޮފީއެއް ބޯލާނަމޭ ހިތާ ތެދުވެފައި ފޯނު ޗެކު ކޮށްލި އިރު ޝާއީގެ އިތުރުން އުސައިދުގެ މެސެޖެއްވެސް ލިބިފައި އޮތެވެ.ޝާއީއަށް ޖަވާބު ދީފައި އަހަރެން އުސައިދުގެ މެސެޖު ބަލައިލީ ފޫހިކަމާއި އެކުގައެވެ.އެހެނަސް އެ މެސެޖު ކިޔާފައި އަހަރެން ދިޔައީ އެއްލިގެންނެވެ.ސުވާލުތަކުން ސިކުނޑި ފުނި ޖެހި ބޯ ހާސް ވިއެވެ.އަނެއްކާ އެއީ އުސައިދު އަހަންނާ ބައްދަލު ކުރަން […]
ކޮޓަރިއަށް ވަތް ގޮތަށް އަހަރެން ލައިގެން ހުރި އަންނައުނުތައް ގަޔާ ވަކިކޮށްލީމެވެ. އޭރު އެތައް ޚިޔާލުތަކަކުން އަހަރެންގެ ބޯ ވަނީ ހާސްވެފައެވެ. ސިކުނޑިއަށް ކުޑަވެސް ލުޔެއް ލިބޭތޯ އަހަރެން ބޭނުންވީ ފިނި ފެނުން ފެންވަރައިލާށެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ޝަވަރަ ދަށުގައި ހުއްޓި ފެން ދޫކޮށްލުމުން އޮހޮރިގެން އައި ފެންތައް އިސާހިތަކު އަހަރެން ތެންމައިލިއެވެ. **** އެގޮތުގައި ފަނަރަވަރަކަށް މިނިޓް ހޭދަވީ ފަހުން އަހަރެން ޝަވަރަ ބަންދުކޮށްލީ ފޯނު ރިންގުވެލި އަޑު އިވުނުހެން ހީވެގެންނެވެ.ޝާއީ އަށް […]
މާލެ އާދެވުމުން އައްޒާމް އާއި ނަޔާން އަހަރެމެންނާއި ވަކިވާން ޖެހުނެވެ. އައްޒާމު ބަލައި އައިސް އޭނާގެ އަންހެނުން ހުއްޓެވެ.އަހަރެމެން ވަކިވީ އެކަމާވެސް އައްޒާމުއާއި ވަރަށް ދިމާކޮށްލައިފައެވެ.ނަސީބަކުން އޭނާގެ އަންހެނުންނަކީވެސް ވަރަށް ކޫލް މީހެކެވެ. އަހަރެމެން ކީހާ އެއްޗަކަށް އޭނާވެސް ދޫނުކޮށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެމެންނާއި ވެސް ދިމާކުރިއެވެ. **** އަހަންނާއި އަނޫކް އެޕާޓްމަންޓްއަށް ދެވުމުން ފުރަތަމަވެސް ފެންވަރައި ތާޒާވެލައިގެން އަރާމުކޮށްލަން ޖައްސައިލީއެވެ.އެހެނަސް ޝާއީ ގާތުގައި އާދެވުނު ވާހަކަ ބުނެލަން އަހަރެން ބޭނުންވިއެވެ.ފޯނު ބަލައިލެވުނު އިރު ޝާއީގެ […]
އެއީ އަހަރެންގެ ބަނޑުން އުފަންވީ ކުއްޖެއް ނޫނެވެ.އެހެނަސް މިހިތުގައި އެ ތުއްތު ފުރާނާއަށްޓަކައި ދެވިފައިވަނީ އުފަން ދަރިއެއް ފަދަ ދަރަޖައެކެވެ.އެ ލޯބި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ހިނިތުންވެވެނީ އިޚުތިޔާރަކާއި ނުލައެވެ.މަޑުމޮޅިވެ، ވޭނުން ފުރިފައި އިނދެވުނު އެތައް ދުވަހެއްގެ ތަކުލީފުތައް ލުއި ކޮށްދިނީ އެ މަޢުސޫމު ހަރަކާތްތަކުންނެވެ.އާއެކެވެ.އެއީ އަހަަރެން ފުރަތަމަ ބޮޑުދައިތައަކަށް ހަދައިދިން އަހަަރެންގެ ކޮއްކޮގެ ކުޑަ ކުޑަ ދަރިފުޅެވެ.ލޯބި ލޯބި ފިރިހެން ކުއްޖެކެވެ.ބޮއްތަގެ ލޯބި ލޯބި ނާވީއެވެ. **** ބޮޑުދައިތައަކާއި ބޮޑުދައިތަ ކިޔާ ކުދިންނާ […]
(ގިނަ ދުވަސްތަކަކަށް ވާހަކަ މެދު ކެނޑުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.) ’ލަޔާ…ލަޔާ…‘ އަނޫކް ލަޔާލީގެ މޫނުގައި މަޑު މަޑުން ޖަހައިލިއެވެ.ޝާއީ ދުވެފައި ގޮސް ކާގެއިން ފިނި ފެން ފުޅިއެއް ހިފައިގެން އައިސް ލަޔާލީގެ މޫނުގައި ހާކަން ފެށިއެވެ.ލަޔާލީއަށް ހޭވެރިކަމެއްވާން އިރުކޮޅެއް ނެގިއެވެ.ހަމަ ހޭވެރިކަމެއްވީ އިރަށް ލަކީއޭ ކިޔައި އޭނާ ފެށީ ރޯށެވެ.އަހަންނަށް ބަލައިލެވުނީ ޝާއީގެ މޫނަށެވެ.އެ މޫނުމަތިންްވެސް ސިހުމުގެ އަސަރު ފެނުނެވެ.ވީ ގޮތެއް ސާފު ނުވިޔަސް ވީ ކަމެއް ވެގެން އެ […]