އަހަރުމެން ގެ ތެރޭގައި ބައެއް ފަހަރު އެހެން ކަން ކަމާ އިންތިޒާރު ކުރެވެއެވެ . ތިމާ އަށް އެއްވެސް މަންފާއެއް ނެތް ކަންކަމުގައި އިންޒާރު ކުރެވެއެވެ . ލޯބި ނުވާ މީހެއް އަންނާނެ ކަމަށް ވެސް ބައެއް ފަހަރު އަހަރުމެން ގެ ތެރޭގައި އިންތިޒާރު ކުރެވިގެން ދެއެވެ . ލޮއިއްބަކީ ބައެއް ފަހަރު ހިތި އެއްޗަކަށް ވެގެން ދެއެވެ . އަނެއް ބައި ފަހަރު މާމުއި އަށް ތުރެން ފޮނި އެއްޗަކަށް ވެސް ވަނީ ވެފައެވެ. ދިރިއުޅުމުގެ […]
ހިތްތައް މޮޔަކުރުވާފަދަ ޖާދުވީ ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓި އެހުރީ އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔަ ރީތި ހުސްކުރި ޒުވާނާއެވެ.އަހަރެންގެ އާރިންއެވެ.ގަދަ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އޭނާ ފެންނަލެއް ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އާޝޯޚުވެފައި، ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި، ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. **** ’އަނހާ…އާރިން… އަވަހަށް ވަދޭ…‘ އަހަރެން ހުއްޓުން އަރާފައި ހުއްޓާ ބައްޕަ އައިސް އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ފަހަތުން ބޯ ދިއްކޮށްލާފައި ބުނެލިއެވެ.ސިހިފައި […]
މީހެއްގެ މޫނުމައްޗަށް ނުވަތަ މީހަކު އުޅޭ އުޅުމަކުން އެއީ އުފާވެރި ނުވަތަ ހިތާމަވެރި މީހެކޭ ނުބުނެވޭނެއެވެ . 1 ދުވަހަކުން ވެސް އެ މީހަކީ ކާކު ކަން ދެނެގަންނަށް ވަރަށް ވެސް އުދަގޫ ވާނޭ ކަން ކަށަވަރެއެވެ . އެންމެ ގާތް އެއް އެކުވެރި އެއް ނުވަތަ އެންމެ ލޯބިވާ މީހަކު މި ދުނިޔެ ދޫ ކޮށް ދިޔުމުން އެ މީހާ ކުރަމުން ގެންދާ ހިތާމަ އެކަކަށް ވެސް ނުމެ އިގޭނެއެވެ . މި ދުނިޔެ އަކީ […]
އިފްރާހުގެ އެދުން ގަބޫލުކޮށް އަހަރެން ބޮޑުދައިތައާއި ބައްދަލުކުރަން އެގެއަށް ދާން އެއްބަސްވީމެވެ. އަހަރެން އާނބަސް ބުނުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ.އަހަރެން މީ ކާކުކަން އެނގުމުން ބޮޑުދައިތަ ވަރަށް އުފާވާނޭ ބުނީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ. **** އިފްރާހުއާއި އެކުގައި އޭނާގެ ގެއަށް ދާން އަހަރެން މިސްރާބު ޖެހިއިރު މުޅި ޖައްވުގައި ހިފާލައިފައިވީ ކަށިތައް ތޮރުފައިލާ ފަދަ ފިނިކަމެކެވެ.ވިއްސާރަވާން އުޅޭކަމުގެ ސިގްނަލް ދެމުން ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތައް ފަހަރަކަށްވުރެ ފަހަރެއް ބާރު […]
އާރިން ފަސްދީ ދާތަން ބަލަން ހުރި އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެހެން މިހެންނަކުން ނޫނެވެ.އާރިން އެ އުޅެނީ ކީއްކުރަން ބާއެވެ؟ **** ’ކޮންގްރާ މިހޫ!‘ ގިނަ ބަޔަކު އެއްފަހަރާ ބާރަށް ބުނެލި އަޑު އިވިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.އޭރު އަހަންނަށް އެއްކޮށް ސިޑިން މައްޗަށްވެސް ނޭރެއެވެ. **** އަހަރެންގެ ކާމިޔާބީ އާއިލާއިން މިހާ ކުލަގަދަކޮށް ފާހަގަ ކޮށްފާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.ކެއުމަކަށޭ ކިޔާފައި އަހަރެން ގެންދިޔައީ އަހަންނަށްޓަކައި ތައްޔާރުކުރެވިފައިވާ ސަޕްރައިޒް ޕާޓީއަކަށެވެ.ރެސްޓޯރަންޓެއްގެ […]
އަޅުގަނޑު ގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެއެވެ . އަޅުގަނޑު ވާހަކަ ތިޔަ ފަރާއްތަކަށް … މިހާ ދުވަސް ތަކަކަށް ފަހު އަޅުގަނޑު ގެ ވާހަކައެއް ތިޔަ ފަރާތް ތަކަށް ނުގެނުމަށްޓަކައި ނިހާޔަތަށް މާފް އަށް އެދެމެއެވެ . ދިރިއުޅުމުގެ މައިދާނުގައި އަޅުގަނޑު ގޮން ޖެހުން ތަކަކާ ހުރެ އަދި ދިރިއުޅުމުގައި ބުރަކޮށް އުޅުމުގެ ސަބަބުން ތިޔަ ލޮބުވެތި ކިޔުންތެރިންނަށް ވާހަކަ އެސްފިޔަ އަށް އަޕްލޯޑް ނުކުރެވުނެއެވެ . ނަމަވެސް ކުރިޔަށް އޮށް ތަނުގައި އަޅުގަނޑުގެ އެތަކެއް […]
ހަތަރު ކުދިން އެކުގައި ސޯފާގައި ޖައްސާލީ ނެޓްފްލިކްސް އަޅުވައިގެން މޫވީއެއް ބެލުމުގެ ނިޔަތުގައެވެ. ސިހިފައި ހައިލާގެ ކޮޓަރި ދޮރާ ދިމާލަށް އެއްފަހަރާ ބަލާލެވުނީ ބާރު ހަޅޭކެއްގެ އަޑު އެ ކޮޮޓަރި ތެރެއިން އައިހެން ހީވުމުންނެވެ. ************************* ޢެއްމެ ފަހުގެ ޒަމާނީ ބްރޭންޑް ތަކުގެ ފަރުނީޗަރު ތަކުން ކޮޓަރިތެރޭގައި އަތުރައިލެވިފައި ވުމުން ވަރަށް ޝާހީ ކަމަށް ދައްކައެވެ. ސީލިންގު މަތީގައި ހަރުކޮށްފައިވާ ޗާންދަލިއާ ދިއްލާފައި ވުމުން އޭގައި ހަރު ކުރެވިފައިވާ “ކްރިސްޓަލް” ތަކަށް އެޅިފައިވާ އަލިކޮޅުތަށް ފެންނައިރު، އެ […]
އެއްވެސް ކަމެއްވެސް އަބަދު އެއްގޮތަކަށް ނޯންނާނެއެވެ.ހަމަ އެ ބީދައިން އެއް އަޑަކަށް ދެކެވުނު ’މުތާގެެ‘ ވާހަކަވެސް މަޑު މަޑުން ގޮސް އޮބިއްޖެއެވެ.އެހެނަސް އަހަރެންގެ އާއިލާއަށް ލިބުނު ހީނަރުކަމުން އަރައިގަންނަން ވަގުތު ނެގިއެވެ.ބޭރު ފުށުން ކިތަންމެ ހަމަ ޖެހޭހެން މީހުންނަށް ހީވިޔަސް އެކަމުގެ ސަބަބުން އަހަރެމެންގެ ހިތަށް ކޮށްފައިވާ އަސަރެއް މީހުންނަކަށް ނޭނގޭނެއެވެ. **** އެ އުނދަގޫ ވަގުތުތަކުގައި އަހަންނަށް ހެޔޮއެދޭ އެންމެން ދިން ހިތްވަރާއި ވެދިން އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.ޚާއްސަކޮށް އަހަރެން ފުރާނަ ފަދައިން […]
ފޮތެއްގެ ބަނޑޭރި ގަނޑަށް ބަލައިގެން ފޮތުގެ އެތެރޭގައި އޮންނަ އެއްޗަކާއި މެދު ގޮތް ނިންމާނީ ވަރަށްވެސް ބޮޑު މޮޔައެކެވެ.ރީތި އެއްޗެއްސަށް ލޯބި ކުރުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ސިފައެކެވެ.ޚުދު އަހަރެންނަށްވެސް ވީ އެފަދަ ގޮތެކެވެ.ލޯބިން ހިތް ހިބައިން ދެވުނީ ރީތިކަން ހުސްކޮށްލައިގެން ހުރި ޖާދޫވީ ޒުވާނަކަށެވެ.އެހެނަސް އެކަން ވީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ނިންމުނު އެންމެ މޮޔަ ނިންމުމަށެވެ.ހެދުނު އެންމެ ބޮޑު ގޯހަށެވެ.ނަމަވެސް އެއީ ލިބުނު އިބުރަތްތެރި ފިލާވަޅެއްކަމަށް އަހަރެން މިއަދު ގަބޫލު ކުރަމެވެ. **** […]