ވައުދޭ ވެވޭ މީ… 13
ޒީހާން!!!… ކީތްވެގެންތަ ނުބުނާން ތި ހުންނަނީ؟.. އިނގޭ އަސްލު މިހެން އާދޭސް ކުރުމަކީ ގޮސްކަމެއްކަން އެކަމަކުވެސް އައިމް ކިއުރިއަސް… ޔޫ ވާރ ސަފޮކޭޓިން!!… އައި ކުޑުންޓް ސީ ދެޓް ހެޕެން ޓު ޔޫ!!…. އެންމެ ފުރަތަމަ ކަމަކަށްވެސް އަހަރެން މިތަނަށް އައީ ޒީހާން ފެންނާނެކަމަކަށް ނޫން..” “ދެން ކީތްވެ ނުދިޔައީ… އަހަރެން އެކަނި ހާލަށް ދޫކޮށްލާފައި ދިޔަ ނަމައެއްނޫންތަ؟.. ކުރިންވެސް މާހީ ކަންތަށް ކުރީ އެހެންނެއް ނޫންތަ…؟ ދެން ކިތްވެ މިހާރު؟ އަހަންނަށް ވާކަމަކުން މާހި އަށް އެއްވެސް އުނދަގުލެއް ނުވާނެ-..” “ވޭ.. އަހަންނަށް އުނދަގޫ ވޭ…” ” އެ ކީތްވެ؟..”
☆♡☆ތޭރަވަނަ ބައި☆♡☆
” ޑޭމް އިޓް، ޒީހާން… އައި ލަވް ޔޫ..!!!” އިވުނު ބަސްތަކުން ޒީހާން އައިސްފައި ހުރި ރުޅި ފިލައިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. މުޅި މީހާ މައިތިރި ވެގެން ދިޔައިރު ހުރެވުނީ ކަޅި ޖަހާވެސް ނުލާ މާހީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އިތުރު ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. މާހީވެސް ހުރީ އެފަދަ ހާލެއްގައެވެ. ޒީހާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު އެދެމީހުންގެ ހަތަރު ކަޅި ވަނީ ހަމަވެފައެވެ. މަޑު މަޑުން ޒީހާން އަށް މާހި އާއި ކައިރިއަށް ފިޔަވަޅެއް ނަގާލެވުނެވެ. މާހީގެ އަތުގައި ހިފާލެވުނި އިޚްތިޔާރުން ބޭރުގައެވެ. އެދެމީހުން ދެމީހުންގެ ލޮލުގެ ތެރެއަށް ގެނބިފައި ތިބި އިރު ވަށައިގެން ވީ މާހައުލުގައި ވަމުން ދިޔަ އެއްކަމެއްވެސް ނުވާފަދައެވެ.
ޒިހާން އޭނާގެ އަތުގައި ހިފާލުމުން މާހީވެސް ޒީހާންގެ އަތުގައި ހިފާލީ އެ ފުން ކަނޑެއްފަދަ ކަޅު ދެލޮލުގެ ތެރެއަށް ގެނބިފައި ހުރެއެވެ. ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ގެނބިފައި ވިއިރު އެދެމެދުގައި ވި ދުރުމިން ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް ކައިރިވަމުންނެވެ. ޒީހާން މާހިގެ އަތުން އެއް އަތް ނައްޓާލާ މާހިގެ ކޮލާއި ކަރާއި ވި ދިމާލުން ހިފާލާފައި ބޮޑުމައި އިނގިލިން މާހީގެ ކޮލުގައި ފިރުމާލާފައި، ދެންމެ ބުނި ބަސްތަށް ތަކުރާރު ކޮށްލުމަށް އެދުނެވެ. މިފަހަރުވެސް މާހީ ތަކުރާރުކޮށްލީ ހަމަ އެބަސްތަކެވެ.
” އައި ލަވް ޔޫ ޒީހާން…” ތެޅި ތެޅި އޮތް ހިތަކާއި އެކު މާހީ އޭނާގެ ހިތުގެ ހާލު އަނެއްކާވެސް ޒީހާންގެ ކުރިމަތީ ހާމަ ކޮށްލިއެވެ. މާހީ ދުލުން އެތިން ލަފްޒު އަޑު އިވުމުން ޒީހާންގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަދި މަޑުމަޑުން ބޯޖާހާލާފައި މާހީގެ އުނަގަނޑުގައި އޭނާގެ އަނެއް އަތްވަށާލާފައި އެދެހަށިގަނޑު ދެމެދުގައި ވީ ދުރުމިން އިތުރަށް ކުޑަކޮށްލިއެވެ. އެހެންނަމަވެސް ޒީހާންގެ ސިކުނޑިއަށްވެރިވެގަތް ހަނދާނަކުން ކުއްލިއަކަށް މާހީއާއި ދުރުވެލެވުނެވެ.
” ދެން މާކިން؟..” މާހީއާއި އެއްފިޔަވަޅު ދުރަށް އަޅާލަމުން ޒިހާން ބުނެލިއެވެ.
“މާކިން އެއީ އަހަރެންގެ ޕާސްޓް… ތީ އަހަރެންގެ ފިއުޗާރ” މާހީ ޒީހާންގެ ކުރިމައްޗަށް އަރާފައި ޒީހާންގެ އަތުތެރެއަށް އޭނާގެ އަތް މަހާލަމުން ބުނެލިއެވެ. ޒީހާން، މާހީގެ މޫނަށް ބަލައިލީ އިވުނު ބަސްތަށް އެ އިވުނީ ރަނގަޅަށް ތޯ އަހާލާ ފަދައްކުންނެވެ. މާހީގެ މޫނުން ފެނުނު ސާބިތު ކަމުން އެ ހިތް ފުރިގެން ބަންޑުން ވި ކަހަލައެވެ. ޒީހާން، މާހީ އާއި އޭނާގެ ގުޅިފައިވީ ދެ އަތަށް ބަލާލުމަށް ފަހު އަނެއްކާވެސް މާހީގެ މޫނަށް ބަލާލިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ޒީހާން މާހީގެ ހަށިގަނޑުގައި އޭނާގެ ދެއަށް ވަށާލީނުން ބިމުންވެސް މައްޗަށް ހިއްލާލިއެވެ.
” އައި ލަވް ޔޫ ޓޫ…” މާހީ ގޮވައިގެން ކުޑަކޮށް އެނބުރިލުމަށް ފަހު ޒީހާން މާހި ތިރީގައި ބަހައްޓާލައިފައި އެމުނުގައި ފިރުމާލުމަށްފަހު ބުނެލިއެވެ. މާހީ ޒީހާންގެ ގައިގައި ބައްދާލިއެވެ. ޒީހާންވެސް މާހީގެ ގައިގައި އޭނާގެ ދެއަތް ވަށާލިއެވެ.
މި މަންޒަރު ދުރުން ބަލަން ތިބި މިޝަލް، ޒިވާ އަދި ވިޝާމްގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ވިޝާމްގެ އެދުމަކަށް ދެމީހުން ސައިކަލުގައި ފިނި ބުރަކަށް ދިޔަވަގުތު މާހި އާއި ޒީހާނ އެއްކޮށް ތިބިތަން ފެނުމުން ދުރުގައި މަޑުކޮށްލީއެވެ. އެދެމެދުގައި ހޫނު ޒުވާބެއް ކުރެވިގެން ދިޔަ ނަމަވެސް ދެން ފެންނަންފެށި މަންޒަރުތަކުން އެދެމީހުންގެ ހިތުގައި ވި ސިއްރުތަށް ފަޅާއެރިކަން ޒިވާ އަށް ވިސްނުނެވެ. މިޝަލް އަށް ގުޅާލަން ފޯނު ނެގި ވަގުތު ވީ މިޝަލްވެސް މާހި ނުފެނިގެން ޒިވާއަށް ގުޅާލި ވަގުތަށެވެ. މިޝަލްއަށް އިތުރު ތަފްސީލެއް ދިނުމެއް ނެތި ޒިވާ އެމީހުން ތިބި ތަނަށް އައުމަށް އެންގިއެވެ.
މިޝަލް އަށްވެސް ދެމެދުގައި ހިނގި މަންޒަރުތަށް ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޒީހާން އާއި މާހީގެ މޫނު މަތީގައި ވި ހިނިތުންވުމުން މިޝަލްގެ ހިތަށް ފިނިކަމެއް ލައްވާލިއެވެ. އެ ކޮއްކޮ އެހެން ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލަން މިފަހަރު އޭނާ ނުތަނަވަސް ވިއެވެނ ކުރިންފަހަރު ހިނގައި ދިޔަ ކަހަލަ ހާދިސާއެއް ކުރިމަތި ވެދާނެ ކަމުގެ ބިރަށެވެ. އެހެންނަމަވެސް ޒިވާގެ ބަސްތަށް އޭނާގެ ކަންފަތުގައި ގުގުމައިގަތުމުން އޭނާ ޒީހާން އަސް އިތުބާރު ކުރިއެވެ. ޒީހާންގެ ކިބައިން މާހީއަށް ރައްކާތެރިކަން މިންވަރު ކޮށްދެވުމަށް ﷲ ހަޟްރަތުގައި އޭނާއަށް ދުއާ ދެންނެވުނެވެ.
ޒީހާން މާހީ ގޮވައިގެން ހިނގައި ގަތްތަން ފެނުމުން މިޝަލްގެ ކޮނޑުގައި ކޮށްޓާލުމަށްފަހު ވިޝާމް ކޮންގްރާ އޭ ބުނެލިއެވެ. ޒިވާވެސް މިޝަލްއަށް ބަލާލިމަށްފަހު ދެން އާއިލާ ވަނީ ދޯ އޭ ބުނެލިއެވެ.
” އޭ ވިޝާމް ކައެ މަ ވަރަށް އަވަހަށް ގެންގޮސް ގެއަށް ލައިދީބަލަ.. މާހީ ދިއުމުގެ ކުރިން މަޖެހޭނެ ހުންނަން.. އޭނަ ނިކުތް އިރު މަ އޮންނާނީ ނިދަން… އޭނާ ދާއިރު މަ ގޭގަ ނެތިއްޔާ އަރއިގެން ދާނީ އުޑަށް… ” ޒިވާ ގެއަށް ދާން ހިނގައި ގަތުމުން ވިޝާމް ބަލައިގެން ދިޔުމަށް ބުނެލާ ޒިވާގެ އަތަށް ބޮސް ދިނެވެ. އަދި ސައިކަލު ސްޓާޓް ކޮށްލުމަށްފަހު މިޝާލް އަށް އަރަން އިޝާރާތްކޮށްލިއެވެ. ވިޝާމް އާއި މިޝާލް ދިޔަ މަންޒަރު ބަލަން ހުރެފައި ޒިވާވެސް ގެއަށް ދާން ހިނގައިގަތެވެ.
” މާހީ؟.. އަހަރެން ބޭނުމެއްނޫން މި ގުޅުން ސިއްރު ކުރާކަށް، އެކަކަށްވެސް…. އަހަރެން މާދަން ދޮންތަ ކައިރި ބުނާނަން އަހަރެން ބޭނުމީ މާހީވެސް އަހަރުމެންގެ މި ގުޅުމުގެ ވާހަކަ މިޝަލްބެގެ ގާތު ބުނުން… އޯކޭ މާދަމާ ވިޔަސް…” މާހީގޮވައިގެން އެ ގެއާއި އަރާ ހަމަވެފައި ޒީހާން މާޙިގެ ދެއަތުގައި ހިފާލައިގެން ހުރެ ބުނެލިއެވެ. މާހީ ޒިހާންގެ ބަސްތަކަށް އެއްބަސް ވުމުގެ ގޮތުނެ ބޯޖަހާލިއެވެ. ޒީހާންވެސް އެއަށް އިތުރު އެއްޗެއް ނުބުނެ މާހީގެ ނިތަށް ބޮސްދިނުމަށް ފަހު ‘ގުޑްނައިޓް’ އޭ ބުނެލިއެވެ. މާޙިވެސް ‘ލަވް ޔޫ’ އޭ ބުނެލަމުން ޒީހާންގެ ކޮލަށް ބޮސް ދީފައި ގޭތެރެއަށް ވަދެގެން ހިނގައި ގަތެވެ.
މާހި އެތެރެއަށް ވަންތަން ބަލަން ހުރެފައި ސޯޓުގެ ދެޖީބަށް އަތް ޖަހާލަމުން ޒީހާން ގެއަށް މިސްރާބު ޖަހައި ހިނގައި ގަތެވެ.
” ދޯންތާ!!!!!!!!!!!!…..” އިރު އެރުމާއި އެކު އިވުނީ ބަދިގެ ތެރެއަށް ވަދެގެން އައި ޒީހާންގެ ބަރު އަޑުން ޒިވާ އަށް ގޮވާލި އަޑެވެ. ރޮށި ފިހަން ހުރި ޒިވާގެ އަތުން އުނދުން މަތީ އޮތް ރޮށި ބިންމައްޗަށް ވެއްޓުމުން އެތަނަށް އަރާ ހަމަވި ޒީހާންގެ ގައިގައި އަތުގައި އޮތް ދޭފަތުން ބޮޑި އެއް އަޅާލިއެވެ.
“މަންމާ.. ބަލާބަލަ މިހިރަ ދޮންތަ ތަޅަނީއޭ..” ” ދޮންތަ ނުތަޅާ ވަރުތަ؟… އިރު އެރުމާއި އެކު ޖެހިގެން މިހިރަ ސިއްދީގުބެމެންގޭ ކުކުޅު ހާ ކޮށިގެ އަޑަށްވުރެން މީނަގެ އަޑު މާ ބާރޭ… ދެން މަވެސް، ބޮޑިއެއްނޭޅިއްޔާ ދެރަތަ؟… މަންމަ ތީ އަހަރެން ނަމަ ވެސް ހަދާނި އެހެން.. މިގޭގަ އެންމެ ރޮއްޓެއް މަދުވިޔަސް މުޅި ހިސާބުގަނޑު މީހުންނަށް އިނގޭނެ… މީނަޔަށް އެކަނިވެސް ފިހަންޖެހެޔޭ 15 ރޮށި!!!… އެ ދިޔައީ އެއް ރޮށި… ދެން ނިކަން ޝަކުވާ ކޮށްބަލަ… އަދި މަންމަ ކައިރި ނިކަން ޅަވެލާފަ އެބުނެލީއެއްނުން ދޮންތަ ތަޅަނީއޭ… ފުރަތަމަ އަމިއްލަ މިހާ ކުރި ކަންތަށް ބުނެބަލާ… ” ޒީހާން ވަރަށް ޅަވެލާފައި ޒިޔާނާ ކުރެން ޝަކުވާ ކުރުމުން ޒިވާ އަމިއްލަ ތިރީގައި އޮތް ރޮށި ނަގަމުން ނަފްސުގެ ދިފާއުގައި ޒީހާން އާއި ދިމާލަށް އެއްޗިސް ގޮވައިގަތެވެ. ޒިޔާނާ އަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދީއެވެ. އެދެމިހުންގެ ދެން ފެށުނު ކޯލުން ގަނޑު ބަލަން ޒިޔާނާ ހެވިފައި ހުޢްޓެވެ. އެހެންނަމަވެސް އެދެމީހުން ކައިރިގައި ހުރި ފުއްތަށިން އެކަކު އަނެކަކަށް ހަމަލާ ދޭން ފެށުމުން އޭނާ ޒީހާން ފޮނުވާލިއެވެ. ކާން ހެދުމުންކާން ގޮވާނޭކަމަށް ބުނެފައެވެ.
އާއިލާ އެންމެން އެކުގައި ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ޒިވާ އޭނާގެ ކޮޓަރިއަށް ދިޔުމުން ޒީހާންވެސް ޒިވާގެ ފަސްފަހަތުން އެކޮޓަރިއަށް ދިޔައެވެ. ވަނުމުގެ ކުރިން ޓަކި ޖަހާލުމާއިއެކު ޒިވާ ކާކުހޭ ގޮވައިލުމުން ޒީހާން އޭނާ ކަމަށް ބުނެލިއެވެ. ޒިވާ އައިސް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރި ޒީހާންގެ މޫނުމަތިން ފެންމަމުން ދިޔަ ކުލަވަރު ތަކުން ސިހިގެން ދިޔައެވެ. ލޮލާއި ހަމައަށް ހީނގަނެގެން ހުރިއިރު ބައްތިރީސްދަތް އެކޮށް ފެންނަން ހުއްޓެވެ. ޒީހާން ވަނުމަށް ތަން ދެއްކުމުން ޒީހާން ވަނުމާއި އެކު ޒިވާ ދޮރު ލައްޕާލާފައި ޒީހާން އާއި ކުރިމަތި ލިއެވެ. އޭރު ޒީހާން ކޮޓަރީގައި ބެހެއްޓިފައި ވީ ސޯފައިގައި ހަމަޖެހިލައިގެން އިނެވެ. ޒިވާ އައިސް އިށީން ނުމާއި އެކު ޒީހާން ވާހަކަ ފެއްޓިއެވެ.
” ދޮންތަ ތަންކޮޅެއް ކުރިން ބުނީމެއްނުން ކޮންމެވެސް ފިރިހެން ކުއްޖެއް ދެކެ ދޮންތަ އަށް ލޯބިވެވުނީ އޭ… އެން ޔޫ ހޭވް ބީން ސަފަރިން ސިންސް ޔުއާރ ޗައިލްޑްހުޑް ޗޮޒް ހީ ވޯޒް ޔުއާރ ޗައިލްޑްހުޑް ކްރަޝް އޭ… އެ މީހަކި ވިޝާމްބެ ދޯ… މީ ކައިލް މެންގޭ… މިބުނީ ކައިލްގެ ދޮންބެ ވިޝާމްގެ ވާހަކަ…” “ހުންންން.. ކިހިނެކޭވީ؟؟… ކައިލްގެ ދޮންބެއަށް އޭނާ ވީމާ ނުބައީތަ ދޮންތަގެ ޗޮއިސް؟…” ނުން ނުން، ހެހެ، އެއްގޮތަކަށްވެސް އެހެންނެއް ނޫން.. އަސްލު، ދޮންތަ ބުނީމެއްނުން ދިރިއުޅުމާއިގެން ކުރިއަށް ދާން، ގިވްއަޕް ނުކޮށް، އެންމެ ލައިކް ކުރީއްސުރެން ވެސް… ޓިލް އައި ސަކްސީޑް.. ވެލް، އަހަރެން ބުނަން ބޭނުންވަނީ… މީ..-” ” މާހީ އެން ޔޫ..، ތި ދެމީހުން ޑޭޓް ކުރަނީއޭ.. އެން ދެޓް ސްޓާޓެޑް ރޭގައޭ…؟؟…” ޒީހާން ކުޑަކޮށް ދުފޮރޮޅޭ ގޮތްވެ ވާހަކަ ނުދެއްކޭ ހެން ހީވާތީ ޒިވާ ނިންމީ އޭނާ އަމިއްލައަށް އެމީހުންނަށް އެކަން އިނގޭ ވާހަކަ ބުނާށެވެ.
” ކިހިނެއް؟؟. ދޮންތަ.. ހައުވްވް؟؟؟..” ޒިވާ އޭނާ އަށް އިނގޭ ވާހަކަ ބުނުމުން ޒީހާންގެ ދެލޯ ހީވީ މުދުނަށް އެރީ ހެންނެވެ. ތެޅިގަނެފައި ޒިވާ އާއި ސުވާލުތަށް ކުރަން ފަށައިފިއެވެ.
” ޒީހާންންން…!!!!!…”
” ޒީހާންންން…!!!!!… ދޮންބެގަނޑާ!!!!!…. ނުކުމެބަލާ!!!.. ” ޒީހާން އާއި ޒިވާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ޒައިހާގެ އަޑަށެވެ. ދޮރެއްގައި ތަޅާ އަޑާއި، ޒައިހާ، ޒީހާން އަށް ގޮވާ އަޑު އިވުމުން ޒިވާ އާއި ޒީހާން ޒިވާގެ ކޮޓަރިން ނުކުމެ ދޮރު ކުރިމައްޗަށް ވިހެން ހުރި ރެއިލިންގައި އަތް އަލުވާލުމަށްފަހު ޒައިހާ ކުރަނީ ކީތް ތޯ ބަލާލިއެވެ.
ޒީހާނެ ކޮޓަރި ދޮރުގައި ޓަލާމުން ދިޔައިރު އެ މޫނުމަތި ބަލައިލަންވެސް ޖެހިލުން ވާނެއެވެ. ދެލޯ ކައިރިން ރަތްވެފައި ވީ އިރު އެ މޫނުމަތިން ފެންނަނީ ރުލި އައިސްފައި ހުރި ކަމުގެ ކުލަވަރުތަކެވެ. ަތުގައި ހުރި ބާރެއްލާފާއި ޒައިހާ ޒީހާންގެ ކޮޓަރު ވައްޓާލާ ވަރަށް ޖަހާލުމުން ބޯ ދިއްކޮށްގެން އޮތް ޒީހާން ޒައިހާ އަށް ގޮވާލިއެވެ.
” އޭ ޗީޒްބޯލްސް ކީތްތި ކުރަނީ މަ މިހިރީ ދޮންތަ ކައިރިގައޭ… ތި ދޮރަށް އަނިޔާ ނުކޮށް ދެން ތި ކިޔާއެއްޗެއް ކިޔާބަލަ… މަ މިހިރީ އަޑުއަހާށޭ!!!… އެ ދޮރު ސަލާމަތުން ހުރިކަން… އަނެއްކާ އަނެއްކޮޅުން މަންމަ ގޭގަ ނޫޅޭކަންވެސް އެއީ މަގޭ ނަސީބު… އެހެންނޫނީ ރޮކެތަކަށް އެހެން އެއްޗަކަށްވެސް ލުމަށްވުރެން ބަދަލުގަ މަ ފޮނުވާނެ ދެން އޮތް ޕްލެނެޓަށް… މަށަށް ޖެހޭނީ ހުރިހާ ކަމެއްކޮށްފަ ކައްކާ ކާން ހަދައި. މި ހުރިހާ ސަކަރާތެއް ޖަހަން…” ޒީހާން ދައްކަމުން ދިޔަ އެއްވެސް ވާހަކަ އަކީ ޒައިހާ އަޑު އެހި ވާހަކަ ތަކެއް ނުނެވެ. އޭނާ ވަގުތުން އެތާނގައި ހުރެފައު ހަޅެއްލަވައިގަތެވެ.
” ޑަނބިޔާ ގަނޑާ!!!!!!….. ކޮންއިރަކުތަ މާހީ އާއި ރައްޓެހިވީ؟؟؟؟؟… މަގޭ ކައިރި ބުނެލި ނަމަ ދޯ، އޭރުން ކަމެއްވާނީ… މަށަށްވެސް އިވެންވަނީ އެހެންމީހުން ކައިރިންތަ؟؟؟؟؟؟…” ޒައިހާ މި ހުރިހާ އެއްޗެއް ކީ ވަގުތަށްވީ ބަނދިގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން ޒިޔާނާ އައިސް ގެއަށް ވަން ވަގުތަށެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




wow mi part vex varah reethi
curiously waiting for the next part
Ahahahah busted to mom dhw
BtW
Vrh curious
And vrh reethi mi part VX
Waiting for the next part