ވައުދޭ ވެވޭ މީ… 12
ރިންގުވެގެން ދިޔަ ފޯނުގެ އަޑަށް ދެމީހުންނަށް ދުރުވެވުނު ގޮތްވެސް ނޭނގެއެވެ. އަޔާނީ އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ގުޅަނީ ކާކު ތޯ ބަލާލިއެވެ. އީވާގެ ނަން ފެނުމުން އަޔާނީ އަށް ވީ ގޮތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ޒައްޔާން އާއި ދުރުވެލާފައި އެކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ޒައްޔާން ދެފަރާތަށް ބޯ ހޫރުވާލާފައި މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން ނުކުތެވެ. އޭރު އެ މޫނުމަތިގައި ވީ ފަތަހައިގެ ފުން ހިނިތުންވުމެކެވެ. ސައިކަލުގައި އަޔާނީ އާއި އެއްވަރުކޮށްލާފައި ޒައްޔާން އަޔާނީ ކައިރީ ސައިކަލަށް އެރުމަށް ބުންޏެވެ. އެއްވެސް ފަސްޖެހުމެއް ނެތި އަޔާނީ ސައިކަލަށް އަރާ ހަމަޖެހިލިއެވެ.
ވާޓަރު ކައިރިއަށް ސައިކަލު ޕާކުކޮށްލުމަށްފަހު އަޔާނީ އާއި ޒައްޔާން ދެމީހުންގެ އަތް ޖޯޑުކޮށްލައިގެން އީވާ މެންނާއި ދިމާލަށް ހިނގައިގަތެވެ. ދުރުން އަންނަމުންދިޔަ ދެމީހުން ފެނުމުން އީވާއަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއްފަހަރު ދެމީހުންގެ މޫނަށް ބަލާލައިފައި އެ ދެމީހުންގެ ގުޅުވާލެވިފައިވި ދެ އަތަށް ބަލާލިއެވެ. އަޔާޝް އަށްވެސް ހުރެވުނީ ބުނަންވީ ބަސް ވެސް ހަނދާން ނެތިފައި އަނގަ ހުޅުވާލައިގެންނެވެ.
☆ ☆ ބާރަވަނަ ބައި ☆ ☆
ދުރުން މަޑު ހިނގުމެއްގައި އައި ޒިވާ އާއި ވިޝާމް އަށް އީވާމެންނަށް ވީ ގޮތް ފެނުމުން ހިނި އައެވެ. އެހެންނަމަވެސް އެދެމީހުންނަށްވެސް ކުރިއަށް ނަގަމުން ދިޔަ ފިޔަވަޅުތަށް ހުއްޓަން މަޖުބޫރުވީ، އީވާމެންނާއި ދިމާލަށް ހަމަ އެދެމީހުން ފަދައިން އަތުގައި ހިފާލައިގެން ދިޔަ އަޔާނީ އާއި ޒައްޔާން ފެނުމުންނެވެ. އަނގަ ހުޅުވިފައިވި ކަހަލަ ގޮތަކަށް އިވާމެންނާއި ޒިވާމެން އަރާ ހަމަކުރިއެވެ.
އިވާ، އަޔާޝް، މަލަކާ، ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތިންމީހުން ނެތް އިރު ވަރަށް ކަންތަށް ހިނގައިފި ކަން ދެނެގަނެވުނެވެ. އެކަމާއި އިސްވެ އެންމެ ފުރަތަމަ އެއްޗެއް ބުނީ އަޔާޝްއެވެ.
“ތީ.. ތި ކޮންކަމެއް..؟ ކިހިނެއް؟ ކޮންއިރަކު؟؟ އަހަރުން ނެތް އިރު ވަރަށް ކަންކަން ހިންގާލިންދޯ؟؟ ވަގު ބައެކޭ… އޭ ޑާލިން އަހަރުންވެސް މި މީހުންނަށް “ވަގަށް،” “ސަޕްރައިޒް” ދޭން ދެމީހުން މެރީކޮށްގެން އާދެވުނު ނަމަ ދޯ ހަމައެކަނި މިމީހުންނަކަށް ނޫން ދޯ އަހަރުންނަށް ޝޮކު ދެވޭނީ ކީ…” އަޔާޝް ސުވާލު ގޮނި އޮށްސާލާފައި ދެންތިބި މީހުންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަނެއްކާވެސް އޭނާގެ ރަވަބޮލި އަނގަ ތަޅުވަން ފެއްޓިއެވެ.
” ހޫން ހޫން.. ހެވޭ.. އަހަރުންނަށް ކޮން ކަމެއް ތިމީހުން ކައިވެނި ކުރިޔަސް ނުކުރިޔަސް މުސްކުޅިވެ މާމަ، ކާފަ ކިޔާނެ ހާ ދުވަސް ވީ އޭ… އަށް އަހަރު ރައްޓެހިވެގެން ތިއުޅެނީ.. އެންމެ ފުރަތަމަވެސް އިންނަމައެއްނުން ފޮނި އަނގަ ނުތަޅާ.. އޭރުން އޮންނާނެ ކަންނޭގެ މިހިރަ ހައްވަދައްތަގެ އުނގު ފަޅުފިލުވަން… ” ” އޭ!!! ޚަބަރުދާރު… މަގޭ އަންހެނުންނާއި ދިމާލަށް އެއްޗިހި ކިޔަން ކަލޭ ތީ ކާކު…؟ ކޮން ހައްވަދައްތައެކޭ، ހައްވައިދީއެކޭ، ހަރުވާޅެކޭ ކިޔާކަށްތަ؟… ވިޝާމް ގެ ވަތުކިބަ އަށް ވެވުނީމަ ދެން ތިއޮތީ އާސްމާނަށް އެރިފަ…!!! ދެން އޭނާ އާއި އެއްކޮށް ދިޔައިމަ ނިމުނީނުން ދޯ…” ” ބަލަ.. އެންމެ ފުރަތަމަ އޭނަ އަންބަކަށް ހަދާބަލަ… އެއަށްފަހު ކިޔާބަލަ އަންހެނުންނޭ.. ދެން ތިމާހިތުން ވަރަށް މޮޅޯ… މަ ގޮސްދާނަމޭ، ކޮންމެހެން މަ ނޫޅެމޭ ތިމީހުން ކެނޑޭހާ ފޮންޏެއް ކަނޑާތަން ބަލަން ހުންނާކަށް… ބައިދަވޭ… އަޔާނީ އެން ޒައްޔާން.. ކޮންގްރާ… ކިސީކޭ ނަޒަރް ނާ ލަގޭ… އާމީން… ބައި، އަދޭ ޝާމް ދާން މިތަނުން…” އަޔާޝް އާއި ޒިވާ އެދެމީހުންގެ އާންމު ޒުވާބު ގަނޑާއިގެން ކުރިއަށް ދިޔައެވެ. އެދެމީހުން އެއްތަން ވެއްޖެއްޔާ މުޅިންވެސް ހާލަކީ އެއީއެވެ. މަޑުން އެ އަނގަތަށް ލައިގެން ތިބޭނީ މަދު ފަހަރަކު އެވެ. އެހެންމީހަކަށް އެދޭތެރެއަށް އެއްޗެކޭ ބުނެވޭވަރެއް ނުވާނެއެވެ. ބުނެފި މިހެއްގެވެސް ދުވަސް ދާ ހާ ވަރު ވާނެއެވެ. އެދެމީހުން ފައްޓައިފިއްޔާ އިނދެގެންއުޅޭ މުސްކުޅި ދެމަފިރިންނަށް ދޫނުކުރެއެވެ.
ޒިވާ ވިޝާމްގެ އަތުގައި ހިފައިގެން ދުރަށް ހިނގައި ގަތެވެ. ވިޝާމް އޭރު ދިޔައީ އޭނާ ހިފަހައްޓައިގެން ހުރި ހިނިގަނޑު ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ނެވެ. އެ ހިނިގަނޑު ފަޅާލެވިއްޖެ ނަމަ އޭނާ ވެސް ބިމާއި ހަމަކުރާނެ ހާ ރުޅިގަދަވެފައި ޒިވާ ހުރުމުންނެވެ. ރައްޓެހިވެގެން ވީ އަދި އެންމެ ތިން ދުވަހެވެ. އެހެންނަމަވެސް އެ ތިން ދުވަހުގެ ތެރޭގައިވެސް އޭނާއަށް ދެފަހަރު ބޮޑި ބޮވިއްޖެ އެވެ. ޒިވާގެ މިސްރާބު ހުރީ އަތިރިއާ ކައިރިން ކުރީގެ ރެސްޓޯރެންޓެއެއް ކަމަށްވާ ބްލޫ ޓެރެސް އާއި ދިމާލަށެވެ. ޒިވާގެ ރުޅިގަނޑު ފިލިވާލުމަށް އޭނާ ޒިވާގެ އަތުގައި ހިފާ މިސްރާބު ބަދަލު ކޮށްލުވާލިއެވެ. ކައިރިގައި ހުރި ޖޫގޯ ހަދާ ތަނަށް އޭނާ މަޑުކޮށްލިއެވެ. އަދި ދެ ޖޫގޯ އަށް އޯޑަރުދީފައި އޭނާ ޒިވާ ގޮވައިގެން ދުރަށް ޖެހިލިއެވެ.
“ޒިވް.. އޭ.. ތި ރުޅި މަޑުކޮށްބަލަ.. ޖޫގޯ އަށްވެސް މި އޯޑަރުކުރީ އެހެންވެގެންނޭ… މިހާރު ބޮލުންވެސް އެބަ ދުންއަރާ… އަނެއްކާ އެ ޖޫގޯ ބޯންވާއިރަށް އޭތިވެސް ވިރިދާނެ ތިހާ ރުޅި ގަދަވަންޏާ.. ކޫލްޑައުން…” “އަން.. މީތި ބޯލާ..” ވިޝާމް ޒިވާ އާއި ވާހަކަ ދައްކާފައިވެސް ޒިވާ އަނގައިން ނުބުނުމުން އިތުރު އެއްޗެއް ބުނަން ނުކެރިފައި ހުރެފައި ޖޫގޯ ނިމުމުން އެ ހިފައިގެން އައިސް ޒިވާ އަށް ދިނެވެ. ޒިވާ އެ ބޯން ނޫޅެ ހުރީއެވެ. ވިޝާމް ލާރި ދައްކާފައި ހިނގާލަން ދާން އަންނާށޭ ކިޔާފައި ޒިވާގެ އަތުގައި ހިފައިގެން ހިނގައި ގަތެވެ. ޒިވާ އޭނާއަށް ދިން ޖޫގޯ ނުބޮއެ ހުރުމުން ޒިވާ ލައްވާ ގަދަކަމުން އޭތި ހުސްކުރުމަށް ވިޝާމް ރޭވުމެއް ރާވާލިއެވެ.
” ޒިވް ތި ނުބޮންޏާ އަހަރެން ނުދާނަން ދެން މިއަށްވުރެން ކުރިއަކަށް… ތީގެން އެޓްލީސްޓް ތިން ކޯވަރު ބޮއޭ.. އޭރުން ޒިވް ގޮވައިގެން ދާނީ.. އެހެންނޫނީ ނުދާނަން.. އަވަސް ބޮއޭ ދާން ބޭނުމިއްޔާ..” ” ދެން ނޫން.. ޝާމް ޕްލީޒް… މިގަޑިއަކު ނޫން.. އެތަނަށް ގޮއްސަ ބޯނީ.. ޕްލީޒް…” “ނޯ.. އެންމެ ތިން ކޯވަރު ބޯންވީ…” “ވިޝާމޫ.. ހަމަ ގަސްތުގައޭ…” “ބަހަނާ ނުދައްކާ ރުޅި މަޑުވޭ އެބަ އެހެންވީމަ ތި ބޮއެގެން ތި ރުޅިގަނޑު އެޔޮށް ގަސްގަނޑުތެރެއަށް އެއްލާލަބަލަ..” “ޔޫ އާރ އެކްޓިން ލައިކް މައި މޯމް މިހާރު… މަންމަ ކައިރިން ޓްރެއިންނިން ނަގަނީ ދޯ މިހާރު… މަ މަސަލަސް ކުރަން..؟” ޒިވާ ދެލޯ ކުޑަކޮށްލާފައި ވިޝާމް އަށް ބަލާލާފައި އަހާލިއެވެ. ވިޝާމް ވެސް ޒިވާ އަށް ބަލާލާފައި ބޯ ހޫރުވާލިއެވެ. އަދި ނޫނެކޭ ބުނެލިއެވެ.
“ނޮޕް.. އަހަންނަށް އިނގެޔޭ ޒިވްގެ ލައިކް އެން ޑިސްލައިކްސް، ޒިވް އަށް ރަނގަޅު ގޮތްތަށްވެސް އެހުރިހާ އެއްޗެއް ވަރަށް ގާތުން ބަލާފައޭ މަ ޒިވް އާ ރައްޓެހި ވީ… މިއޮށް ހުރިހާ ބުވަހު ދުރުގަ އުޅުނަސް އަހަންނަށް އިނގެޔޭ އަދިވެސް ޒިވް ބަދަލު ނުވާކަން.. އެހެންވީމަ އެއްނުން ކަމެއް ވާންވާއިރަށް ތިއޮށް އަންނަ ރުޅިގަނޑު މައިތިރިކުރަން ނޭނގެނީ..” ވިޝާމް ޒިވާ އަށް ޖެއްސުމަށް ޒިވާ އާއި ދިމާކޮށްލިއެވެ. ކުރީގެ އުޅުމާއި ޒިވާގެ މިހާރުގެ އުޅުމުގައި އެއްވެސް ބަދަލެއް ނުވާކަމުގައި ބުންޏެވެ.
” ދެން ވިޝާމޫ..!!!!!! އަޅެ ހާދަ ގޯހޭ… މަގޭ ރުޅި ކޮންޓްރޮލް ކޮށްދޭން މިހިރީ ދެން މީހެއް ލިބިފައޭ…” ޒިވާ ވިޝާމް އަށް ގޮވާގަންފައި ވިޝާމްގެ އަތުގެ މުލައްދަނޑީގައި ތަޅައިގަތެވެ. އަދި ވަރަށް ލޯބިން އެ އަތުގައި ބައްދައިގަންފައި އަތުގައި ބޯޖައްސާލައިގެން ހުރެ ބުނެލިއެވެ. ވިޝާމްވެސް މަޑު ހުނުމަކާއިއެކު އާނއެކޭ ބުންޏެވެ. އެދެމީހުން އެކުގައި އެކިވާހަކަ ތަކުގަޔާއި ސަމާސާ ތަކުގައި ގޮސް ޖެޓީ މަތީ އިށީންދެލިއެވެ.
…
ރޭގަނޑުގެ ވަގުތެވެ. ޒީހާން އިނީ ގޮނޑުދޮށުގައި ބޯ ހަމަޖައްސާލުމުގެ ބޭނުމުގައެވެ. އޭނާގެ ސިކުނޑި ތެރެވަނީ އަބަދުވެސް ވާނޭހެން މާހީގެ ހިޔާލުތަކުން ތޮއްޖެހިފައެވެ. އެކި ފަހަރުތަކެއްގެ މަތިން މާހީ އޭނާއަށް ދިމާލަށް ކިޔާފަ ހުރި އެއްޗިހިން އެ ހިތުގައި ވޭން އަޅަމުން ދިޔައެވެ. ކުރެވެމުން ދިޔަ ފުން ޚިޔާލުތަކެއްގެ ސަބަބުން ޒީހާން އަށް އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އުނދަގޫވެސް ނުވާ ފަދައެވެ. ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ދަތްދޮޅިއަށް ޖަމާވެ ތިއްކަކަށް ފަހު ތިއްކެއް އޭނާގެ ޓީޝާޓުގެ ތެރެއަށް ވިރިގެން ދެއެވެ.
ފުރަތަމަވެސް އަދި މިހާތަނަށް ވެވުނު ހަމައެކަނި ލޯބި އޭނާގެ ހައްގަކަށް ނުވަނީސް އަތުތެރެއިން ބީވެގެން ދަނީ އޭވެސް ޒީހާންގެ ހިތަށް އަރަމުން ދިޔައެވެ. މުޅި އުމުރަށްވެސް މާހީ ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އުފެދުމުން އެހިތުގައި ވޭން އަޅައިގެން ދިޔައީ ކިހައި މިންވަރަކަށް ކަމެއްވެސް އޭނާ އަކަށް ނޭގުނެވެ. ހިތަށް ތަދުވި ވަރުން އޭނާއަށް ހިތާއި ދިމާލުގައި އަތް އަޅާލެވުނެވެ. އެހިނދު ޒީހާންގެ ލޮލުން ކަރުނަ އޮހިގަތެވެ. ޒީހާން އަޑުުން އަޑުނަގާ ނުރޮއެ އެހިތުގައި ވީ އުދާސްތަށް ކަރުނައިގެ ސިފައިގައި ބޭރު ކުރަމުން ދިޔައެވެ. ފިރިހެނަކަށް ވިޔަސް އޭނާއަށް ކެތް ނުކުރެވުނީއެވެ. ލޮތްބަކީ މިހާ ބާރުގަދަ އެއްޗެއް ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އަމިއްލަ މީހާއަށް އޭނާ މަލާމާތް ކުރަމުން ދިޔައެވެ. ފިނޑިއަކަށް ވުމުގެ ސަބަބުންނެވެ. ކުޑަކުޑަ އިހުސާސެއްގެ ސަބަބުން މިހާ އެއްކޮށް ބަލިކަށިވެ ހަލާކުވެގެން ދާތީއެވެ. އަންހެން ކުއްޖެއްގެ ސަބަބުން ދިރިއުޅުން ނަގާލެވިގެން ދާތީއެވެ. އެހެންމީހަކަށް ޓަކައި އަމިއްލަ ވަގުތުތަށް ބޭކާރު ކުރެވެމުން ދާތިއެވެ. ލިބެން ނެތް އެއްޗަކަށް އުންމީދު ކުރެވެމުން ދާތީއެވެ. ފިރިހެނަކަށްވެ ހުރެ ފިރިހެނެއް އެފަދަ ހާލަތެއްގައި އަމަލު ކުރާނޭހެން އަމަލު ނުކުރެވުމުންނެވެ.
ފޫހިވެގެން މިޝަލް އަށް ފިލައިގެން ނުކުތް މާހީ ނުކުތީ އަތިރިއަށެވެ. ކޮޅުކޮޅު ބަލަމުން އޭނާ ގޮނޑުދޮށަށް ފޭބީ އެތަނުން ޒީހާން ފެންނާނެ ކަމުގެ އުންމީދަކުއެއް ނޫނެވެ. ޒީހާން ކައިރިއަށް ދާން އުޅެފައިވެސް މާހީ ކުރިއަށް ނަގާލި ފިޔަވަޅުތަށް ހުއްޓުނީ ޒީހާންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ހަނދުވަރުގެ އަލީގައި ފެނުމުންނެވެ. ހައިރާންވި ނަމަވެސް އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލާފައި އަނެއްކާވެސް މަޑު ޖެހުނީ ޒީހާންގެ ހަރަކާތް ތަށް ހުރި ގޮތުންނެވެ. މޭގައި އަތް އަޅައިގެން ރޮމުން ދިޔައިރު މަންޒަރު ބަލަންހުރި މާހިގެ ލޮލުންވެސް ކަރުނަ އޮހޮރުވާލިއެވެ. ޒިހާން އެހާލުގައި ތެޅިފޮޅޭތަން ބަލާކަށް އޭނާއަކަށް ނުހުރެވުނެވެ. ރޯމަހެއް މަރަށް ތެޅޭ ފަދައިން ޒީހާން ދިޔައީ ރޮމުންނެވެ. ހީވަނީ ހާޓް އެޓޭކް އަކުން ތެޅި ފޮޅޭނީ ހެންނެވެ. ދެރުގައި މަންޒަރުބަލަން މާހީ ހުރީ ޒީހާންގެ ކައިރިއަށް ދާން ނުކެރިފައެވެ.
އިތުރަށް އަމިއްލަ ނަފްސަށް ކެތް ނުވުމުން މާހި ވެލިގަނޑުގައި އިށީންދެލިއެވެ.
މާހީ އަށް ނޭގުނު ކަމުގައި ވިޔަސް ޒީހާން ތެޅި ފޮޅެމުން ދަނީ އޭނާއަށެވެ. މާހީ އަށެވެ. އެކަން މާހީ ދަންނާނެނަމައެއް ނޫންހެއްޔެވެ. އެތަކެއް ފަހަރު އެތަކެއް ގޮތަކުން ޒީހާންއާއި ދިމާލަށް އެއްޗިހި ކިޔުނު ކަމުގައި ވިޔަސް ޒީހާންގެ ހިތުގައި މާހީ އާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތި ލޯބި ވެވެމުން ދިޔައެވެ. އެހިތުގައި މާހިއަށް ނަފްރަތުގެ ކުޑަވެސް މިންވަރެއް ނުވެއެވެ. އެތަކެއް ފަހަރު ﷲ ގެ ހަޟްރަތަށް ޒީހާން ދުޢާ ދެންނެވިއެވެ. މާހީއަށް އޭޏާގެ ހިތުގައިވީ ޖަޒުބާތުތަށް އިހުސާސް ވާނެ ނަމައެއް ނޫންހެއްޔެވެ. އެހިތުގައި ވަނީ އަމިއްލަ އެދުން ނޫންކަން އެނގޭނެ ނަމައެއް ނޫން ހެއްޔެވެ. މާހީގެ ވިސްނުމުގައި ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ކަމުގައި ވިޔަސް ޒިހާން ގެ ހިތުގައި މާހީއަށް ވި ތެދުވެރި ލޯބިކަން އެނގޭނޭ ނަމައެއް ނޫންހެއްޔެވެ. މާހީ ކުރަންޖެހޭނީ އެންމެ ކަމެކެވެ. ޒީހާގެ ލޯބި ޝައްކު ކުރުމެއް ނެތި ގަބޫލު ކުރުމެވެ. އެއަށްފަހު މާހީއަށް އޭނާގެ މާޒީ ހަނދާން ނެތޭނޭ ވަރަށް ލޯބި ދޭން ޒީހާން ހުރީ ތައްޔާރަށެވެ. ފަސްޖެހުމެއް ނެތިއެވެ. މި ހުރިހާ ކަމެއް މާހީ އަށް އިނގޭނޭ ނަމައެއް ނޫންހެއްޔެވެ.
މާގިނައިރު އެތާނގަ އިނދެވިއްޖެހެން ހީވުމުން ޒީހާން އޭނާގެ ނަފްސު ހަމައަކަށް އަޅުވާލާފައި މޫނު ފުހެލިއެވެ. ހަމަޖެހިލުމަށް ފުނކޮށް ދެތިން ނޭވާ ލާފައި އޭނާ ތެދުވެ ގައި ވެލި ފޮޅާލާފައި ގެއަށް ދިއުމަށް ހިނގައި ގަންނަން އެނބުރިލިއެވެ. އެހެންނަމަވެސް އޭނާއަށް ބަލަން ރޮވިފައި އިން މާހީ ފެނުމުން އޭނަގެ ހިތުގެ ހިނގުން ހުއްޓުނު ފަދައެވެ. މާހީ ހުރީ އެހެން ދުނިޔެ އެއްގައި ފަދައެވެ. ޒީހާން އޭނާގެ ކައިރިއަށް އައި އިރުވެސް އެއްވެސް ހަރަކާތެއް ނުކޮށް ހަނދަށް ބަލަހައްޓައގެން އިނީއެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ޝަކުވާ ކުރާ ފަދައެވެ. ހިތް ކަރުނަ އަޅާ ރޮނީއެވެ. ކެތް ނުވާވަރަށް ވޭން އަޅަނީއެވެ.
ޒީހާން މާހި އާއި އެވަރަށް ތިރިވެލާފައި މާހީގެ ގައިގައި ކޮއްޓާލިއެވެ. ފޫކޮޅަށް ކައްޓެއް ހެރުނު ފަދައިން މާހި ޒީހާން އާއި ދިމާލަށް ބަލާލިއެވެ. ކުށެއް ކުރެވުނު ފަދައިން މާހީ އިސް ޖަހާލިއެވެ. ޒީހާން ތެދުވުމުން މާހީ ތެދުވެ ގައިން ވެލިފޮޅާލައިފައި ބަހެއް ބުނެނުލާ ޒީހާން އާއި ދުރަށް ހިނގައި ގަތެވެ. ކުރިއަށް ނެގުނު ދެފިޔަވަޅާއިއެކު މާހިއަށް ހުއްޓެން މަޖުބޫރުވީ ޒީހާން އޭނާގެ އަތުގައި ހިފާލުމުންނެވެ. ބޭއިޚްތިޔާރުގައި މި ކުރެވުނު ކަމަކުން ޒީހާން ހައިރާންވި ނަމަވެސް އޭނާ އެކަން މުނުމައްޗަކުން ނުދެއްކިއެވެ. މޫނުމަތިގެ ކުލަވަރުތަށް ހަރުކަށިކަމަށް ބަދަލު ކުރަމުން ޒީހާން މާހިގެ އަތަށް ލުއްކެއް ޖަހާލިއެވެ. އެޔާއިއެކު މާހި އައިސް ތަތްވީ ޒީހާންގެ ބިޔަ ހަށިގަނޑުގައެވެ.
އިސްއުފުލާ މާހި ބަލާލުމާއިއެކު ޒީހާން އާއި މާހީގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
“މިހާ ދަންއިރު މިތާ ކީތް ތިކުރަނީ؟.. އެވެސް އެކަނި..” ޒީހާން މާހީ އާއި ހަތަރުކަޅި ހަމަކޮށްގެން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އެ އަޑުގައިވީ ބީރައްޓެހި ކަމެވެ.
” އަ.. މި- ހިނގާހިތުން..” އަޅައަޅައިގްނފައި ކުއްލިއަކަށް މާހި ދުލުކުރިއަށް އައި ފުރަތަމަ ބަސް ބުނެލިއެވެ. ” މިގަޑީގަ ހިނގާހިތް ވީމަ ތި ނުކުތީ އެކަނިން؟..” ޒީހާން އަނެއްކާވެސް މާހިއާއި އަނެއް ސުވާލު ކުރިމަތި ކުރުވަމުން މާހީގެ ގައިން ދޫކޮށްލި އެވެ. ” ދެން ނިންޖެއް ނައޭ.. ބޭރަށް ނުކުންނަ ހިތް ވިމަ ނުކުމެލީ.. ހިނގާހިތްވީމަ ހިނގީ.. ދެން މިތަނަށް އައީ…” މާހީ ޒީހާންގެ އަތުތެރެއިން ނުކުންނަމުން ޖަވާބުދިނެވެ. އަދި ޒީހާން އާއި ސުވާލެއް ކުރިމަތި ކުރުވިއެވެ. “ޒީހާން ކީތްވެ މިއޮށް ދަންގަޑީ މިތާ ތިހިރީ؟..” “އަހަރެން މިތަނަށް އައި ސަބަބެއް ބަލަން ޖެހޭތަ؟” ޒީހާން މާހިގެ ސުވާލުގެ ޖަވާބަކަށް ދިނި ސުވާލެކެވެ. ” އަހަންނާއި ސުވާލު ކުރެވެން ވާނަމަ އަހަންނަށްވެސް ކުރެވޭނެ…” މާހީވެސް ވަކި ޒީހާންއަށް ދޫކުރީކީއެއް ނޫނެވެ. ” އަހރެން ނުބުނިއްޔާ ކީތް ކުރާނީ؟…” ” އަހަރެން ދެކުނިން ޒީހާން…” މާހީ ޒީހާން ބުނި ބަހުގެ ރައްދަކަށް ބުނަން އޮތް އެތި ބޮޑުވުމުން މައިތިރިވެލިއެވެ. ނަފްސު ހަމައަކަށް އަޅުވާލާފައި އޭނާއަށް ބުނެވޭވަރުވި އެހިސާބަށެވެ. ޒީހާނގެ ނަޒަރު ކުއްލިއަކަށް އޭނާއަށް އަމާޒުވުމުން ބުނެބުނެ އޮތް ބަސްވެސް އަރުތެރޭ ތާށިވީއެވެ. “އަހަރެން ކީތްކުރިތަން ފެނުނީ؟..” ޒީހާން ތެޅި ތެޅި އޮތް ހިތަކާއި އެކު މާހިއާއި ސުވާލުކުރިއެވެ.
” ވައި؟.. ވައި ވާރ ޔޫ ލައިކް ދެޓް… އައި ނޯ ސަމްތިންގ ބޮދާރސް ޔޫ.. ވިތް ދެޓް ވަން ސިންގަލް މޮމެންޓް އައި ފިގުއާރޑް އިޓް އައުޓް.. ވައި؟ ވައި ވާރ ޔޫ ލައިކް ދެޓް؟..” “އެއީ މާހީ އަކާ ބެހޭކަމެއް ނޫން!!..” މާހި ކުރަންފެށި ސުވާލުން ޒިހާންއަށް މާހިއަށް ފެނުނީ ކޮން މަންޒަރެއްކަން ނަގައި ގަނެވުނެވެ. ސިކުނޑި ސުމެއްގައި ހުރެފައި ޒީހާންއަށް ބާރަށް އެއްޗެއް ބުނެވުނީ މާހީއަށް އެކަން އަންގަން ބޭނުން ނުވުމުންނެވެ. “އެކަމަކުވެސް އަހަރެން ބޭނުން އިނގެން.. ޔޫ ވާރ ލައިކް ސަފަރިން ފްރޮމް އެ ހާޓް އެޓޭކް.. އޯރް ޑެތް..!!” ޒީހާން މާހީ އާިއ ދިމާލަށް އެބުރިލާފަވެސް އެއްޗެއް ނުބުނެ ދެތުންފަތް ފިއްތާލީ ދެން ނުކުންނާނީ އޭނާ އެންމެ ނެރެން ބޭނުން ނުވާނޭ ބަހަށް ވިތީއެވެ. އަދި އެވެސް މާހީގެ ކުރިމަތީގައެވެ.
ޒީހާން!!!… ކީތްވެގެންތަ ނުބުނާން ތި ހުންނަނީ؟.. އިނގޭ އަސލު މިހެން އާދޭސް ކުރުމަކީ ގޮސްކަމެއްކަން އެކަމަކުވެސް އައިމް ކިއުރިއަސް… ޔޫވާރ ސަފޮކޭޓިނ!!ް… އައި ކުޑުންޓް ސީ ދެޓް ހެޕެން ޓު ޔޫ!!…. އެންމެ ފުރަތަމަ ކަމަކަށްވެސް އަހަރެން މިތަނަށް އައީ ޒީހާން ފެންނާނެކަމަކަށް ނޫން..” “ދެން ކީތްވެ ނުދިޔައީ… އަހަރެން އެކަނި ހާލަށް ދޫކޮށްލާފައި ދިޔަ ނަމައެއްނޫންތަ؟.. ކުރިންވެސް މާހީ ކަންތަށް ކުރީ އެހެންނެއް ނޫންތަ…؟ ދެން ކިތްވެ މިހާރު؟ އަހަންނަށް ވާކަމަކުން މާހި އަށް އެއްވެސް އުނދަގުލެއް ނުވާނެ-..” “ވޭ.. އަހަންނަށް އުނދަގޫ ވޭ…” ” އެ ކީތްވެ..”
” އައި ލަވް ޔޫ ޒީހާން.. ޑޭމިޓް..”
~ނުނިމޭ~
އުންމީދު ކުރަން މިބައިބެސް ހުރިހާ ކިޔުންތެރިންްނަށް ކަމުދާނެ ކަމަށް.. ރަމަޟާން މުބާރަކް ހުރިހާ ކުޔުންތރިންނަށް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




hi guys… hope you like this part too..
if you like this episode pls leave a comment down below …
stay safe readers and ramadan mubarak….
keep waiting for the next part.. isa very soon
Reethi
Nice