Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ވަރުދާ 12

Ali Shimhaz Level 110 Stories
April 5, 2022 2 Mins Read
0 Comments

” ކޮއްކޯ؟ ކޮއްކޯ؟” އަލްތާފް އޭނަގެ ކޮއްކޮއަފާފްގެ ކޮޓަރީގެ ދޮރުގައި ޓަކިދީ އޭނަޔަށް ގޮވަމުންދެއެވެ.  ” ކޮއްކޯ ނުނިމޭތަ؟ ” އަލްތާފް ގޮވައިލިއެވެ.   ” މިނިމެނީ ބޭބޭ؟” އަފާފް ގޮވައިލިއެވެ.  ” ކޮބާ އަފާފް ނުނިމޭތަ؟” އާމިނާ އައިސް އެހިއެވެ.  އިރުކޮޅެއްފަހުން އަފާފް ކޮޓަރިން ނިކުމެއްޖެއެވެ. އަފާފް ހުރީ ޕީޗްކުލައިގެ ހެދުމަކާއި އަޅި ބުރުގަލެއްގައެވެ. ފުށްޖަހައިފައެވެ. ލޮލުގަޔާއި ތުންފަތުގައި ޕިންކް ކުލައެވެ.  ” ހާދަ އިރެއްވެއްޖެ. ބޭބެ ނިމިގެން ހުންނަތާ ކޮންއިރެއް؟” އަލްތާފް ބުނެލިއެވެ.   ” ބޭބެ ތިއީ ފިރިހެނެއްނު؟ ގަޔަށް ސެންޓުކޮޅެއް ބުރުވައިލައި ގަމީހަކާއި ފަޓުލޫނެއް ލީމައި ނިމުނީ. އެކަމަކު އަހަރެމެން އަންހެނުން ބޭރަށްދާން އިސްތަށިގަނޑުގައި ހުޅިޖަހައި  ރީތިކޮށް ބުރުގާއަޅައި މޭކަޕްކުރަމޭ”  އަފާފް ބުނެލިއެވެ. ” ދަރިފުޅާ އަދިވެސް ނުނުބަމެއްނު ދާތަނެއް؟ އާމިނާ އެހިއެވެ. އަލްތާފްއެއް އެއްޗެކޭ ނުބުނެއެވެ.  އެވަގުތު އަލްތާފްގެ ފޯނު ރިންގްވާންފެށިއެވެ. އެއީ ވަރުދާއެވެ.  އެ    ގުޅަނީ ލަސްވެގެންނެވެ. އެކަމަކު މަންމައާއި ކޮއްކޮގެ ކުރިމަތީ ފޯނުނަގައިކަށް ނުކެރުނެވެ. އަދި  ފޯނު ކަނޑައިލައިކަށްވެސް ނުކެރުނެވެ.  ދުރަށްދާކަށްވެސް ނުކެރުނެވެ.  ” ފޯނު ނަގަގަ؟” އާމިނާ ބުނެލިއެވެ. އަލްތާފް ފޯނުނަގައި ކަންފަތުގައިޖަހައި ހަލޯއޭ ބުނެލިއެވެ. ވަރުދާ ލަސްވާތީ ޝަކުވާކުރަންފެށިއެވެ. އަލްތާފް ވަރުދާ ކިޔައިއެއްޗެއް އަޑުއަހަން ހުރީއްޔެވެ. އަލްތާފް އެއްޗެކޭ ނުބުނެއެވެ. މިކަން އާމިނާއަށާއި އަފާފް އަށް ފާހަގަވިއެވެ.

” އަލްތާފް ކީއްވެ އެއްޗެކޭ ނުބުނަނީ؟”  އަލްތާފް ބަހެއްނުބުނާތީ ވަރުދާއަށް އަހައިލެވުނެވެ.   ” މިދަނީއްޔޭ” އަލްތާފް ބުނެލިއެވެ. އާނ ބޭއްވީ؟ ވަރުދާ ފޯނުބޭއްވިއެވެ.  ” ކޮބާ ދާންވީތަ؟” އަފާފް އެހިއެވެ.    ދާންވެއްޖެއެވެ. ލަސްވެއްޖެއެވެ.  ވަރުދާ އެ ހުރީ އިންތިޒާރުގައެވެ. އެކަމަކު އަދި އަނަސްއެއް ނާދެއެވެ. އަލްތާފް  ހުރީ އަނަސް މި ޕާރޓީއަށް ގެންދާށެވެ. ވަރުދާއަށް  އޭނަ ތަޢާރަފްކޮށްދޭށެވެ.

” ހިނގާ ދާން” އަލްތާފް ބުނެލިއެވެ.  އެމީހުން ދާން ހަމަ ނިކުތްތަނާ އަނަސް އާއި  ދިމާވެއްޖެއެވެ.

މިހާރު ވަރުދާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަލްތާފް އެ އަންނަނީކަން ޔަގީންވުމުންނެވެ.  ” ވަރުދާ ކޮންއިރަކުން ކޭކު ފަޅަނީ؟” ނާހިދާ އައިސް ސުވާލުކުރިއެވެ.  ” އަދި އެންމެން ސައިބޮއެ ނުނިމެއެއްނު” ވަރުދާ ބުނެލިއެވެ.

އަލްތާފް އަނަސް އާއި އަފާފްކޮއްކޮއާއި މަންމަ ގޮވައިގެން ވަރުދާގެ ގެޔަށް ވަނެވެ. ” ދަރިފުޅާ މީކޮންގެއެއް؟” އާމިނާ އެހިއެވެ. ” ބުނާނަމޭ މަންމާ” އަލްތާފް ބުނެލިއެވެ. ގޭގެ އެތެރެއަށް ވަނުމުން އެންމެން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.   އެ ޕާރޓީގެ ޒީނަތްތެރިކަން ފެނިފައެވެ.

” އަލްތާފް” ވަރުދާ ގޮވައިލިއެވެ.  އެވަގުތު ވަރުދާގެ މައިންބަފައިންނަށް ބަލައިލެވުނެވެ. ” އަލްތާފް މިތާ؟” ޝިހާމް އަށް ބުނެވުނެވެ.  އާމިނާ ހުރީ ވާގޮތެއް ނޭނގިފައެވެ. އެ އަންހެންކުއްޖާ އަލްތާފް ދަންނަނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ. އަލްތާފް އަށް އެހައި ލޯބިން އެ ގޮވައިލީ ކީއްވެބާއެވެ؟  ވަފްދާ ހުރީ އަލްތާފް ފެނުމާއެކު އާޝޯހްވެފައެވެ. އަލްތާފް ވަރުދާ ގާތަށް ގޮސް އެންމެ ފުރަތަމަވެސް ލަސްވީތީ މަޢާފަށް އެދުނެވެ. ވަރުދާ މަޢާފްކުރިއެވެ.  ވަރުދާއާއި އަތާއަތް ޖޯޑުކޮށް ސަލާންކޮށްލައި އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. އަދި އަތުގައި އޮތް ކުޑަ ޕާރުސަލެއް ދިނެވެ. އެއަށްފަހު އެންމެން އެކަކު އަނެކަކަށް ތަޢާރަފްކޮށް އެރުވިއެވެ.  ” މިއީ ކާކު؟” ވަފްދާ އަށް އިޝާރަތްކޮށް އަލްތާފް އެހިއެވެ.  ” ކާކުހެން ހީވަނީ؟ ވަރުދާ އެހިއެވެ. ” ދައްތަތަ؟” އަލްތާފް އެހިއެވެ. ” އާނ ދައްތަ. މިއަދު އެއައީ ޕާރޓީއަށް” ވަރުދާ އުފަލުން ބުނެލިއެވެ.

” ހައި އަލްތާފް” ވަފްދާ އާއި ސަލާންކުރުމަށް އަލްތާފް އަތްދިއްކުރިއެވެ. ” ވަފްދާ” އަލްތާފްގެ އަތުގައި ހިފަން ލިބުނީތީ ވަފްދާ އުފާކުރިއެވެ. އެ ޒުވާން ހަށިގަނޑާއި އަލިދޮންމޫނާއި ފަން ބޮލާއި ލުއި ހިނިތުން ވަފްދާގެ ހިތް  ލަންބުވައިލައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ްާަަަަަަަަަްާއަބޫޔަޒީދުއާއި ފާދިރީ

Next

ވައުދޭ ވެވޭ މީ… 13

Next
April 5, 2022

ވައުދޭ ވެވޭ މީ… 13

Previews
April 5, 2022

ްާަަަަަަަަަްާއަބޫޔަޒީދުއާއި ފާދިރީ



All Right Reserved!