Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ވަރުދާ 11

Ali Shimhaz Level 110 Stories
April 5, 2022 2 Mins Read
0 Comments

ވަރުދާގެ އުފަންދުވަހުގެ ޕާރޓީއަށް ތައްޔާރުވާން  ޝިހާމް ބަޔަކު ގެނެސް ގޭތެރެ ޒީނަތްތެރިކުރުވަނީއެވެ.ކުދި ކުދި ބޮކިފަތިތައް އެލުވަން ބަޔަކު އުޅެއެވެ…  ހެޕީ ބާތްޑޭ ޖަހައިފައި އިން ބޭނަރއެއް ހިފައިގެން ހަރުގަނޑަކަށް އަރައިގެން މީހަކު އުޅެއެވެ.ނާހިދާ  ސުފުރާމަތި ރީތިކޮށް ތަރުތީބު ކުރެއެވެ.  ” ނާހިދާ ހެދިކާޔަށް އޯޑަރު ދިނިތަ މިހާރު؟ ޝިހާމް އެހިއެވެ. ނާހިދާ އާއެކޭ ބުނެ ޖަވާބުދިނެވެ. ” ކޮބާ ކޭކު؟”  ޝިހާމް އަނެއްކާ ސުވާލުކުރިއެވެ.  އެހެން ބުނިތަނާ އަންހެނަކު ބޮޑުކޭކެއް ހިފައިގެން އައިސް ވަނެވެ. ” ބަލައިގެން އަންނާތި ވެއްޓިދާނެ ކޭކް” ޝިހާމް ބުނެލިއެވެ.    ” ސުބްހާނައްﷲ ހާދަ ބޮޑު ކޭކެއް” ނާހިދާ ބުނެވުނެވެ. އެ އަންހެންމީހާއަކީ ކޭކް އަޅާ މީހެކެވެ. އެ މީހާ ވަރަށް މަޑު މަޑުން ބަލައިގެން ކޭކް ސުފުރާމަތީ ބޭންދިއެވެ.   ” ވާއޫ.” ވަރުދާއަށް ގޭތެރެ ފެނިފައި ބުނެވުނެވެ. ” ބަލައިބަލަ މިއޮއް ކޭކެއް” ނާހިދާ ބުނެލިއެވެ.  ވަރުދާ އެ ކޭކްފެނިފައި އަނގަމަތީ އަތް އަޅައިލެވުނެވެ. ” ހާއްތަ  ހާދަ މޮޅޭ ކޭކް އަޅަން” ކޭކް އެޅި އެ ކުޅަދާނަ   ހުނަރުވެރި އަންހެންމީހާއަށް ވަރުދާ ތަޢުރީފުކުރިއެވެ.

ގޭގެ ބޭރު ދޮރޯށީގެ ތަޅުގައި މީހަކު ހިފައިލިއެވެ. އެއީ ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އޭނަގެ އަތުގައި ފޮށްޓެއް އޮތެވެ. ހުރީ އުސްފައިވާނަކަށް އަރައިގެންނެވެ. ތަލު ހުލުވައިލައި ގޯތިތެރެއަށްވަނެވެ.  ގޭގެ ދޯރު ހުރީ ހުޅުވައިފައެވެ.  މީހުން އެބަ ފެނެއެވެ.    ” ސަޕްރައިޒް” އޭނަ ގޮސް ބާރަށް ބުނެލިއެވެ. ” ވަފްދާ” ނާހިދާއަށް   ބުނެވުނެވެ.  “ދޮންތާ” ވަރުދާ އޭނަގެ ދޮންތަގެ ގައގައި ބައްދައިލިއެވެ.    ވަރުދގެ ލޮލޮން ކަރުނަ ފައިބަން ފެށިއެވެ. މިކަން ވަފްދާއަށް އިޙްސާސްވިއެވެ. ” ބަލަ ރޮނީތަ. އަދިވެސް ކުޑައިރުހެން ރޮންތަ. ބޮޑެއްނުވޭތަ؟”  ސަމާސާ ރާގެއްގައި ވަފްދާ ބުނެލިއެވެ.  ” ޕާރޓިއަށްތަ ތިއައީ؟” ވަރުދާ އެހިއެވެ.  ” އާނ. މިއީ ބައްޕަގެ އެދުމެއް” ވަފްދާ ބުނެދިނެވެ.   ” ޝުކުރިއްޔާ ބައްޕާ”  ވަރުދާ ބައްޕަގެ ގައިގައި ބައްދައިލިއެވެ. “އެއީއެވަރު ކަމެއްނޫން” ޝިހާމް ވަރުދާގަޔާއި ދުރުކޮށްލައި ބޮލުގައި ފިރުމައިލައި ބުނެލިއެވެ.   ” ކޯންޗެއްގައި އައީ؟” ނާހިދާ އެހިއެވެ. ” ލޯންޗެއްގައި” ވަފްދާ ޖަވާބު ދިނެވެ.  ” ޅިޔަންބެވެސް ގޮވައިގެން އައިނަމަ؟” ވަރުދާ ބުނެލިއެވެ. ވަފްދާ ހީނލިއެވެ.

“ކީއްކުރަން؟” ނާހިދާގެ މޫނުން ފާޅުވީ ނުރުހުންތެރިކަމެވެ. އެއީ ކީއްވެކަމެއް ވަރުދާއަކަށް ނުވިސްނުނެވެ.   ” މި މިބުނީ  ލިޔަންބެ ނަޔަސް ދައްތަ އެހެރީ އައިހެއްނު. ކީއްކުރަން ޅިޔަންބެ.” ނާހިދާ ބުނެލިއެވެ.  ” ވެލްކަމް” ހާއްތަ ވަފްދާ ޢާއި ސަލާން ކުރިއެވެ. ” ޝުކުރިއްޔާ. ހާއްތަ ދޯ ކޭކް އެޅީ” ވަފްދާ ބުނެލިއެވެ.  ” އާނ. ކިހައި ދުވަހަކަށް ތިއައީ ވަފްދާ؟” ހާއްތަ ސުވާލުކުރިއެވެ. ” ދުވަސްކޮޅެއްގައި މަޑުކޮށްލައިފައި ދާނީ. ވަފްދާ ބުނެލިއެވެ. ވަފްދާ މިހެން ބުނުމުން ވަރުދާ މާޔޫސްވިއެވެ.  ވަފްދާ ދިޔުމެއް ވަރުދާއެއް ނޭދެއެވެ.

ހަވީރުވަގުތެވެ.   ޕަރޓީގެ ޑެކަރޭޝާންސްތައްނިމި މިހާރު ވަނީ ޕާރޓީ މުޅިން ތައްޔާރުކުރެވިފައެވެ. ވަރުދާ ހުރީ ކުދި މާތަކެއްހުރި ފިޔާތޮށި ހެދުމެއްގައެވެ. މަޑު ފިޔާތޮށި ބުރުގަލެކެވެ.ވަފްދާ ގަދަނޫކުލައިގެ އަތްދިގުހެދުމެއްލައިގެން ހުއްޓެވެ. ބަންދެއް ލައިފައި އިނެވެ. ތިރީގައި މާތަކެއް ހުއްޓެވެ. މަޑު ފިޔާތޮށި ކުލައިގެ ބުރުގަލެކެވެ.   ” މިއަދު ދޮންތަ އައިކަން ވަރަށް ރަގަޅު. މިއަދު ދޮންތައަށް މަގޭ އަލްތާފްއާއި ބައްދަލުވެވޭނެ.”  ވަރުދާ އުފަލާއިއެކު ބުނެލިއެވެ. ” އޯ އެއްކަލަ އަލްތާފްދޯ؟ އޭނަ އާދޭތަ ޕާރޓީއަށް؟” ވަފްދާ އެހިއެވެ.  ” އާނ.  އައިމައި މަންމަމެން ކައިރީގައި ބުނާނަން އަލްތާފްއާއި ރައްޓެހިވެގެން އުޅޭ ވާހަކަ” ވަރުދާ ބުނެލިއެވެ.  ” ކީކޭ ؟ ވަރުދާ މޮޔަވީތަ؟   ކާކު ބުނާނީ މަންމަމެން ގާތު މީހަކާއި ރައްޓެހިވެގެން އުޅޭވާހަކަ؟”  މިއަޑު އަހައިފައި ވަފްދާ ބުނެލިއެވެ.     ޕާރޓީއަށް މެހެމާނުންތައް އާދެއެވެ.  އަވަށްޓެރިންނާއި ރައްޓެހިންނެވެ. ތިމާގެ މީހުންނެވެ. ދުރު މީހުންނެވެ. ކޮންމެމީހަކުވެސް އައިސް ވަރުދާއާއި ސަލާންކޮށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކޮށް ޕާރުސަލްދީ ތަށްޓަކަށް ހެދިކާކޮޅެއްލައި  ގޮނޑިއެއްގައި ނޫނީ ސޯފާއެއްގައި އިށީނދެލައެވެ.  ހެދިކާއަށް ހުރި ގުޅަޔާއި ކުޅިބޯކިބަލާއި ބިސްކީމިޔާ އާއި ކަޓުލަހާއި ކަވާބާޢި ޕެޓީހާއި ސޮސެޖްރޯލްސްއެވެ. ބުއިމަކަށް ބުލޫބެރީ ޖޫހާއި އޮރެންޖު ޖޫސް ހުއްޓެވެ. ފެންވެސް ހުއްޓެވެ. މޭޒުމަތީ ބައިންދައިފައި އިން ކޭކަކީ ފަސްލޭއަރުގެކޭކެވެ. މަތީގައި ހެޕީ ބާތްޑޭ ވަރުދާ ލިޔެފައިއިނެވެ. ކޭކަކީ ވެނީލާ ކޭކެވެ. އައިސިންގ ޖަހައިގެން  ފެއްސާއި ރަތްމާތައް  ކޮންމެ ލޭއަރެއްގައި ހަދައިފައި ހުއްޓެވެ.

ސައުދާ އައިސް ވަރުދާ އާއި ސަލާން އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ” ވަފްދާ ކިހިނެތް؟” ސައުދާ އެހިއެވެ. ” ރަގަޅު. ސައުދާއޯ؟” ވަފްދާ އެހިއެވެ. ” ރަގަޅު. ވަރުދާ ބުނި ގުޅައިފައި އައި ވާހަކަ. ސައުދާ ބުނެލިއެވެ.   ސައުދާ ވަރުދާގެ އަތަށް  ޕާރުސަލެއްދިނެވެ. އަދި މަޑުން ބުނެލިއެވެ. ” ބޯއީ ފްރޭންޑް ނާދޭތަ؟”  ވަރުދާ އިސްދަށަށް ޖެހިއެވެ.  އެތައް މެހެމާނެއް އައިސްފިޔެވެ. އެކަމަކު ހިތުން ޙާއްސަ ޖާގައެއް ދެވިފައިވާ  އެ ހިތުގެ މެހެމާނެއް ނާދެއެވެ.  ޕާރޓީއަށް އެންމެ އަންނަ ބޭނުންވި މީހާއެއް ނާދެއެވެ. އެހައި ލަސްވައި ސަބަބަކީ ކޮބައިބާވައެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ލޯތްބައް އެދެމޭ 2

Next

ްާަަަަަަަަަްާއަބޫޔަޒީދުއާއި ފާދިރީ

Next
April 5, 2022

ްާަަަަަަަަަްާއަބޫޔަޒީދުއާއި ފާދިރީ

Previews
April 5, 2022

ލޯތްބައް އެދެމޭ 2



All Right Reserved!