Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 9

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
March 17, 2022 4 Mins Read
1 Comment

ލަވަ އެހިސާބަށް ދިޔުމުން އިތުރަށް ކެތް ކުރަން ދަތި ވުމުން މިޝަލް ލަވަ ޕޯޒް ކޮށްލުމަށް ފަހު ލެޕު ލައްޕާލިއެވެ. މާހީ އާއި ދިމާލަށް ބަލާލުމަށް ފަހު އެ ކޮޓަރިން ނުކުތެވެ.

 

☆♡☆ ނުވަވަނަ ބައި ☆♡☆

 

މިޝަލް ގެއަށް ވަނުމުން ވިޝާމް ހިނގައި ގަތީ ގެއާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި އަޔާނީ އާއި އެކު ދިޔަ ޒިވާ ފެނުމުން ކުރިއަށް ނަގަނަގަ ހުރި ފިޔަވަޅާއި އެކު ވިޝާމް ގަނޑުވި ފަދައެވެ. އެދުވަހު އޭނާއަށް އެ ފެނުނީ ޒިވާގެ ކޮއްކޮ އަށް ވެފައި އެކަހަލަ ހިޔާލެއް ކުރެވުމުން އޭނާގެ މޮޔަކަމާއި މެދު ވިޝާމް ސުވާލު ކުރިއެވެ. އޭނާގެ އަމާޒަކީ މިހާރު ޒިވާ އޭނާގެ މީހަކަށް ހެދުމެވެ. އުމުރުދުވަހު އޭނާގެ ހައްގެއްގެ ގޮތުގައި ޒިވާ އެ އަތުތެރޭގައި އެ ހޫރެއްފަދަ ހިތުގެ ރާނީ ފޮރުވާލުމެވެ.

ވަރަށް ސީރިޔަސް ކަމަކާއި ވާހަކަ ދައްކަމުން ދިޔަ އަޔާނި އާއި ޒިވާގެ މޫނު މަތހިން ފެންނަމުން ދިޔައީ ހާސް ކަމެވެ.

“ޔާނީ އަހަރެން ހާސް ވޭ އެބަ.. މަލޫ އެއީ ވަރަށް ޑެލިކޭޓް ކުއްޖެއް.. އެކަމް އެ މާކިން ގަނޑަކާއި ހުރެ އެކަކަށް ވެސް ނޯންނާނެ ދުވަހަކު ހަމަޖެހިލައިގެން ދިރި އުޅުމުގެ ފުރުސަތެއް، ހުވާ މިކުރީ.. ހިތަށް އަރާ ފެންނަ ކޮންމެ ފަހަރަކު ގޮސް އޭނަގެ މޫނު ނޮޅާލަފާނަމޭ.. އާނ އެހެންޏާ ފަހެ.. މާ ރީތި މީހެކޯ… ކުނި!!… ރިތި މީހަކަށް ވެވިދާނެ ތަންފުކެއް ރަނގަޅު ދިރިއުޅުމެއް އުޅެންޏާ.. މަހާދަ ފޫހި ވެޔޭ އޭނަ ދެކެ.. އަދި އެއްކަލަ ދުވަހުގެ ފަހުން ހަމަ… އާގްހްހްހްހްހް!!!….” މޫނަށް ވައްތަރު ޖައްސަމުން އަތުން އެކި ގޮތް ގޮތަށް ހަރަކާތް ކުރަމުން ވާހަކަ ދައްކަމުން އައި ޒިވާ އަށް މި ހުރިހާ މަންޒަރެއް ވަރަށް ފަރުވާތެރި ކަމާއި އެކު ބަލަން ވިޝާމް ހުރި ކަމެއް ނޭނގެ އެވެ. އެހެންނަމަވެސް ޗާބި ދީފައިވާ ބުދެއްފަދައިން ހޫރަމުން ހޫރަމުން އައި އަތާއި އެއްވަރަށް ތަޅުވަމުން އައި އަނގައިން ޗާބީ ކޮޅު ހުސްވީ ދުރުގައި ބަލަން ހުރި ވިޝާމް ފެނުމުންނެވެ. ވަގުތުން މީހާ ހިމޭން ވިއެވެ. އެއީ ދެންމެ ފެނުނު ޒިވާ އެކޭ އެކަކުވެސް ނުބުނާނެއެވެ.

އަޔާނީ އަށް ކުއްލިއަކަށް ޒިވާ އަށް މި އައި ބަދަލެއް ނަގައެއް ނުގަނެވުނެވެ. އެހެންނަމަވެސް ބޭއިޚްތިޔާރުގައި ދުރު ބަލައިލި ވަގުތު ވިޝާމް ފެނުމުން ވީގޮތް ވަގުތުން އޭނާއަށް ނަގައި ގަނެވުނެވެ. އެތެރެއަށް އޭނާ ހިނިގަނޑު ފިއްތާލިއެވެ. ހިނގަމުން އައިސް ވިޝާމް އާއި ހަމައަށް އަރަން ވާއިރަށް އަޔާނީ ވިޝާމް އާއި ވީ ފަޅިއަށް ޒިވާ ލިއެވެ.

ކަންމަތީގައި މަދުކޮށްގެން ހުރި ވިޝާމް އާއި އަރާ ހަމަ ވުމާއި އެކު އަޔާނީ ޒިވާ ވިޝާމް އާއި ދިމާލަށް ކޮށްޕާލިއެވެ. މިކަމަށް ނުވިސްނާ ހުރި ޒިވާ ދިޔައި އެއްލިގެންނެވެ. އަޔާނީގެ އެއިމިންގ ވެސް ރަނގަޅީ ތާއެވެ. ވިޝާމް އަށްވެސް އަވަސް ހަރަކާތެއް ގެނެވުނީ ކިރިޔާއެވެ. އެހެން ނޫން ނަމަ ޒިވާ ވެއްޓި ޖެހޭގޮތަކުން ތަނަކަށް ތަދު ކޮށްލީ ހެވެ. ޒިވާ ވެއްޓުމުގެ ކުރިން ބޮޑު ފިޔަވަޅެއް ނަގާ ޒިވާގެ އަތުގައި ހިފާ ލަތްކެއް ޖަހާލާ، ވިޝާމްގެ ގަޔާއި ކައިރިއަށް ދަމާލިއެވެ. އެހިނދު ޒިވާ ގެ އަނގައިން ތޫލި ހަޅޭއްކެއްގެ އަޑު ވެސް ނުކުތެވެ.

ވިޝާމްގެ މި އަމަލަށް ހުޝިޔާރު ނުވެ ހުރީ ޒިވާ އަށް ތޫލި އަޑަކުން ހަޅޭއް ލަވައި ގަނެވި ވިޝާމްގެ މެދުހަށީގައި ބައްދައި ގަނެ ވުނެވެ. އެއްފަހަރަކައި އެގޮތަށް ކަން ހިނގައި ދިޔުމުން އޭނާ ހުރީ ކަމެއް ވެދާނެ ކަމަށް ބިރުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލެވުނު ހިނދު ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ފުން ހުވަފެނެއްގެ ތެރެއަށް ގެނބިގެން ދިޔަ ފަދައިންނެވެ. ހިޔާލީ ދުނިޔޭގައި އެކަކު އަނެކަކުގެ އަތުގައި ހިފައިގެން މާ ބަގިޗާއެއްގައި ދުވާ ތަން ފެނެއެވެ. ނަޝާލާފައި ލޯބި ވާވަރު ހާމަކޮށްލާނެއެވެ.

އަޔާނީ އަށް ވީ މަޖާ ކަމަކަށެވެ ވަގުތުން ފޯނުން ފޮޓޮ އެއް ނަގާލިއެވެ. އެންމެ އެއްޗެއް ނޫނެވެ. ފަސް ހަވަރަކަށް އެއްޗަށް ވުރެންވެސް ގިނައިންނެވެ. އެކި ގޮތް ގޮތަށް ފިލްޓަރ ލައިގެން ހިތް ފުރޭވަރަށް އަޔާނީ ފޮޓޮ ނެގި އެވެ. ނިމުމުން އެ ދެމީހުންނާއި ކައިރިވެލާ ވަރަށް ނުވާކަމަށް ހަދާ ލާފައި ކަރު ކެހެލި އެވެ. އެ ދެމީހުންނަށް ކަހައިރުވަކު ދަނބެކޭވެސް ހީ ނުވާފަދައެވެ. ތިބި ގޮތަށް އަތެއް ފައެއް ގުޑުވާނުލާ ތިބީ އެވެ. ލޯބީގެ ދުނިޔޭގައި ހިޔާލީ ފޮލާ ކައްކާށެވެ. ދެތިން ހަތަރު ފަހަރު ކަރު ކެހެލި އިރުވެސް އެމީހުންނަށް ގޮތެއް ނުވުމުން އެންމެ ފަހުން އައި ރުޅިން ޒިވާގެ ބޮލުގެ ފުއްކިބައިގައި އަޅާ ކޮއްޕާލިއެވެ.

ވިޝާމް އާއި އެކު މާ ބަގީޗާގައި ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭ ވަގުތު ހޭދަ ކުރަނިކޮށް އައި ނައި ތަނެއް ނޭނގި އައި އަތަކުން އޭނާގެ ފުއްކިބައިގައި ޖެހުމުން ގޮސް ވިޝާމްގެ ނިއްކުރީގައި ޖެހުމުން ޒިވާއަށް ހަމަބިމަށް އާދެވުނެވެ. ތިބެވުނި ކޮންތާކު ކިހިނެއްކަން ރެއަކާ ލުމުން ވިޝާމް އާއި ޒިވާ އަށް އެކަކު އަނެކަކުގެ އަތު ތެރޭން ނުކުމެވުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ކަރަންޓު ޝޮކެއް ޖެހުނު ފަދައެވެ. އެކަކު އަނެކަކާއި ދުރުވެލުމުން އަޔާނި ޒިވާގެ އަތުގައި ހިފައިގެން ހިނގައި ގަތެވެ. ޒިވާގެ ދެ ކޯތާފަތް ޖަންބު ކުލަޔަށް ބަދަލު ވެގެން ދިޔައެވެ. އެ ތުންފަތް މަތީގައި ވަނީ ލަދުރަކި ހިނިތުން ވުމެކެވެ.

އަޔާނި ޒިވާ ގޮވައިގެން ދިޔުމުން ވިޝާމް އޭނާގެ ބޮލުގެ ފުއްކިބައިގައި އަތުން ޖަހާލާފައި ކަހާލިއެވެ. މުނުމަތިން ފެންނަމުން ދިޔަ މައުނަވީ ކުލަވަރުން ވެސް އޭނާ އެހުރީ ހިޔާލެއްގައި ކަން އިގެއެވެ.

 

އެރޭ ނިދަން އޮވެފައި ޒިހާން އަށް ނިދޭ ގޮތެއް ނުވިއެވެ. މި ދެ ދުވަހަކީ އޭނާއަށް ވަރަށް ބުރަ ދުވަހެކެވެ. އެހެންނަމަވެސް އޭނާއަށް މަސައްކަތަށް ވުރެން ބޮޑަށް ވިސްނެމުން ދިޔައީ މާހީ އާއި މެދު އެވެ. އެ ހިޔާލު ތަކުގައި އޭނާ ގިނައިރު ވަގުތު ހޭދަކުރެވެއެވެ. މާހި ނުފެނި ގިނަދުވަސް ވެއްޖެ އެވެ. އެފަކީރުގެ ހާލު ބަލާލަން ބޭނުންވެއެވެ. އެ ސޫރަ ދެކިލަން އެ ދެލޯ އެދެއެވެ. އެތުނި އަށިގަނޑުގައި ބައްދާލާ މުޅި ދުނިޔެއަށް އެ މައުސޫމް ކުއްޖާ ފޮރުވާލާ އޮތްހާ ނުރައްކަލަކުން ސަލާމަތް ކޮށްދޭނޭ އައްޑަނައަކަށް ވާން ޒީހަން ބޭނުން ވެއެވެ.

 

 

މާހީ ވެސް އޮތީ އެފަދަ ހާލެއްގައެވެ. ޒީހާންގެ ހިޔާލުތަށް ސިކުނޑި ވަށާލާފައި ވި އިރު އޭނާއަށް ޒީހާން މަތިން ހަނދާން ކުރެވޭ ސަބަބުވެސް ނޭނގެނީއެވެ. ކޮންމެ ކަމެއް ކުރިޔަކަސް އެ ބބޮލުތެރޭ ޒީހާން ނޫން ސޫރައެއް ނުވެއެވެ. ވާހަކް ކިޔަކަސް އޭގަވައި ޝަހުސިއްޔަތުވެސް ސިފަ ކުރެވެނީ ޒީހާންގެ ސިފައިގައެވެ. ފިލްމެއް ބެލިޔަސް އިލޫޝަންއެއްގައި އެ ފިލްމުގެ ބަތަލް ފެންނާނީ ޒިޙަންގެ ސިފައިގައެވެ. ނިދާފައި އޮންނަ އިރު ހުވަފެނުންވެސް ފެންނަނީއެވެ. އެންމެ ކުޑަމިނުން އެސްފިޔަ ޖަހާލަން ލޯ މަރާލިޔަށް އެ ނޫން ސޫރައެއް ކުރިމަތީ ނުވެއެވެ. މި ހުރިހާ ކަމަކުން މާހިގެ ސިކުނޑި ހުންނަނީ ސުމަކަށް ދާވަރު ވެފަ އެވެ. އެތަށް ސަތޭކަ ފަހަރުހެން އޭނާއަށް ޒީހާން ދެކެ ލޯބި ވެވުނީ އޭވެސް ހިތަށް އަރައިފި އެވެ.

ގޮތެއް ނުނިމިފައި އޮވެވެނީ އެވެ. އެންމެ ފުރަތަމަ އެއީ ކޮން އިހުސާސެއްތޯ ވެސް ބަލަން އެބަ ޖެހެއެވެ. އެނާ ޅަ އުމުރެއްގައި ކުރިންވެސް ލޯބި ވެވިފައި އޭގެ ފޮނި މީރުކަން ނުލިބެނީސް އޭނާ ވަނީ އެކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައެވެ. އަރުތެރޭ ލާފައިވީ ހިތިކަން ޒަހަރަށް ވުރެން ނުބައެވެ. އުމުރުތުވަހު އެ ރަހަ އަރުތެރޭގައި ހަރުލާފައި ވާ ފަދައެވެ.

މާދަން ތަންކޮޅެއް ތަޖުރިބާ ހުރި މީހެއްގެ ކައިރި އެހުމަށް ނިންމާ މަހީ އެ ބޭކާރު ހިޔާލު ތަކުން ދުރުވެ ނިދޭތޯ މަސައްކަތް ކޮށްލިއެވެ. ޒިކުރުތަށް ކިޔަން އޮށްވާ އޭނާ ނިދީގެ ފުން ކަނޑކަށް ގެނބިގެން ދިޔަ އިރުވެސް އެ ތުންފަތް މަތީގައި ވީ ހިނިތުން ވުމެކެވެ.

 

ހުވަފެނުގައި ފެންނަމުން ދަނީ ޒީހާން ރިސޮތުން އަންނައިރު ބޮޑު ރަތް ފިނިފެންމާ ބޮޑިއެއް އަތަށް ލައިގެން ކަޅު ގަމީހަކާއި ކަޅު ޖިންސެއްގައި ފިރިހެން ވަންތަ ހިނގުމެއްގައި އައިސް މާހީގެ ކުރިމަތި ހުއްޓިލާ އެއްފައި މައްޗައް ތިރިވެ އޭނާ ކުރެން ޒީހާން ގެ ހައްގަކަށް ވާން އެހިއެވެ. އަވަސް އަވަހަށް ބޯޖަހާލާ މާހީ އެ މާ ބޮނޑީގައި ހިފާލިއެވެ. ޒިހާން ތެދުވެ މާހީގެ އުނަގަނޑުގައި އަތް އަޅުވާލާ ޒީހާންގެ ގަޔާ ކައިރިއަށް ދަމާލިއެވެ. އަދި ޝަހާދަތް އިނގިލިން އިސްޖެހިފައި ވީ މާހީގެ މޫނުގެ ނިއްކުރިން ފެށިގެން ދަތްދޮޅިއާއި ހަމައަށް ފިރުމާލުމަށް ފަހު އިސް  އުފުއްލުވާލިއެވެ. އެއަށް ފަހު ބުނެލި ބަސްތަކުން މާހީގެ ތުންފަތް މަތިގައި ވި ހިނިތުންވުން އިންތިހާ ދަރަޖައަށް ފުޅާވެގެން ދިޔައެވެ.

 

~ނުނިމޭ~

 

މިބައިވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން.. ލަސްވިކަމަށްޓަކައި މާފައް އެދެން…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

އެ ހަނދާންތައް

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (40)

Next
March 17, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (40)

Previews
March 17, 2022

އެ ހަނދާންތައް

One Comment

  1. widhaadhaa ismail says:
    March 17, 2022 at 9:07 pm

    wowww❤️

Comments are closed.

Next Episodeވައުދޭ ވެވޭ މީ… 10←


All Right Reserved!