Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

މަންޒިލް ތިޔޭ – އަށްވަނަ ބައި

Azkii Level 110 Stories
May 25, 2022 5 Mins Read
1 Comment

” ހްމްމް އޯކޭ ބައި.. ލަވް ޔޫ..” ދުއާ ހިނިތުންވަމުން ބުންޏެވެ.

” ބައި.. ޓޭކް ކެއަރ..” އެހެން ބުނުމަށްފަހު ލޫކަން ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވިއިރު ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދުއާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ލޫކަން ކިޔަވަން ބޭރަށް ގޮސްފައި އައި ފަހުން އޭނާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދުއާއަށް ފާހަގަ ކުރެވެއެވެ. އޭގެ ކުރިން ލުއި ގޮތަކަށް ގައިގައި ބައްދާލުމާއި ލޯބިވާ ވާހަކަ ބުނުމަކީ ލޫކަން އަށް އުނދަގޫ ކަމެއް ނޫނެވެ. އެހެނަސް މިހާރު ކޮންމެވެސް ވަރެއްގެ ދުރުކަމެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ މާބޮޑު ކަމަކަށް ދުއާ ނުހަދަނީ އުމުރާއި އެއްގޮތަށް މީހާގެ މިޒާޖަށްވެސް ބަދަލު އަންނާނެކަން ޤަބޫލުކުރެވޭތީއެވެ. ނަމަވެސް ލޫކަންގެ ފަރާތުން އެފަދަ ކަންތައްތަކަށް އެދެވޭތީ މާޔޫސް ވެވެނީއެވެ. ބައެއްފަހަރު ލޫކަން އޭނާދެކެ ލޯބިނުވެޔޭ ހިތަށް އަރާ ދެރަވިނަމަވެސް އެހިޔާލު ބަދަލުކޮށްލަނީ ލޫކަންގެ އަމަލުތައް އޭނާއާ މެދު ހުންނަ ގޮތުންނެވެ. ދުލުން ނުބުނިކަމުގައިވެސް އަމަލުން ލޫކަން އޭނާއާ މެދު ވިސްނާ ފިކުރުކުރާކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

*************

ރާނީ ތައްޔާރުވެގެން ނިކުތްއިރު މޭޒު ކައިރީގައި ސައިހަދައިގެން ކަންސާ ހުއްޓެވެ. އެވަގުތު ކޮޓަރިން ނިކުތް އާރަވް ކާމޭޒު ހުރަސްކޮށް ފުރިޖުން ކައިރިއަށް ދިޔައެވެ. ލޮލުގެ ކަނަކުން އާރަވްއާ ދިމާލަށް ބަލައިލުމަށްފަހު ރާނީ ގޮސް މޭޒު ކައިރީގައި އިށީނެވެ. އެހިނދު ތާރާވެސް ތައްޔާރުވެގެން އޭނާ ކޮޓަރިން ނިކުމެގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ފުރިޖު ކައިރީގައި ފެންބޯން ހުރި އާރަވް ތާރާގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ހައިރާންކަމުގެ ކުލަވަރު އެމޫނުމަތިން ފެނިގެން ދިޔައެވެ.

” މަންމާ މިއަދު ކިހިނެއް އިރުއެރި ދުވަހެއް.. ؟ ” ސަމާސާ އެކުލެވިފައިވާ ރާގެއްގައި ތާރާ އަހައިލިއެވެ. އެހިނދު އާރަވްއަށް ތާރާ އެކީ އޭނާއާ ކަން އެނގި ތާރާއަށް ބަލައިލުމަށްފަހު ދެލޯ ހަނިކޮށްލިއެވެ.

” ތާރާ!! ބޭކާރު ވާހަކަ ނުދައްކާ އިނދެ ސައިބޮއެގެން އަވަހަށް ދާން އުޅޭ.. ތިއުޅެނީ އަނެއްކާ ރެވް ރުޅި އަރުވާލާކަށްނު…” ކަންސާ އެހެން ބުނުމާއެކު ތާރާ ހޭންފެށިއެވެ. ރާނީގެ ތުންފަތްމަތީގައިވެސް ހިނިތުންވުމެއްވިއެވެ. އާރަވް އެއްޗެކޭ ނުބުނެ އައިސް މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ރާނީއާ ދިމާލަށް ބަލައިލީ ފާޑަކަށެވެ. އެހިނދު ރާނީގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވިއެވެ.

” ބޮޑުބެ ދިޔައީތަ މިހާރު…” ތަށިން ރޮއްޓެއް ނަގަމުން އާރަވް އަހައިލިއެވެ.

” އާނ އެއީ ރެވް އެއް ނޫނޭ ގަޑިޖެހިގެން ދާކަށް… ” ކަންސާ އެއްޗެއް ބުނުމުގެ ކުރިން ތާރާ ބުނެލިއެވެ. އެހިނދު ކަންސާ ތާރާއާ ދިމާލަށް ދެލޯ ބޮޑުކޮށްލިއެވެ. ” ރާނީއަށް އެނގޭތަ ރެވްއަކީ ހޮސްޕިޓަލްގެ ބްލެކް ލިސްޓްގަ އޮންނަ މީހެއް ގަޑިޖެހިގެން ދާތީ…”

އާރަވް އަތުގައި އޮތް ރޮށިކޮޅި ތަށިތެރެއަށް ވައްޓައިލިއެވެ. ތާރާއާ ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ރާނީ އެއްފަހަރު ތާރާއަށް އަނެއްފަހަރު އާރަވްއަށް ބަލައިލިއެވެ. ކަމެއް ގޯސްވާން އުޅޭކަހަލަ އިހުސާސެއް ކުރެވުނީއެވެ. އާރަވް އިންތަނުން ތެދުވީ ކުއްލިއަކަށެވެ. އެހިނދު ރާނީއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. ތާރާ އިންގޮތުން އޭނާ އިނީ ކުރިންވެސް އާރަވްގެ އެފަދަ އަމަލަކަށް ވިސްނައިގެން ފަދައެވެ.

” ރެވް ދަރިފުޅާ ރުޅި ނައިސް އިށީނދެބަލަ.. ކާއެއްޗިއްސަށް ރުޅި ބާލާކަށް ނުވާނެއްނު..” ކަންސާ އަވަސް އަވަހަށް ބުނެލިއެވެ.

” މިތަނުގައި އިނުމަށްވުރެ ރަނގަޅު ބޭރަށް ގޮސް ކެޔަސް…” ޓިޝޫއަކުން އަތްފޮހެމުން އާރަވް ބުންޏެވެ. އެއަށްފަހު ޓިޝޫ ތަށިތެރެއަށް ވައްޓައިލުމަށްފަހު ގޮސް ގެއިން ނިކުތެވެ. ކަންސާ ހިތްހަމަނުޖެހިފައި ބަލައިލީ ތާރާއަށެވެ.

” ދެން ތީ ކޮންކަމެއް ތާރާ.. އެބައެނގޭ ދޯ ރެވް ގެ ގޮތް.. ހަމަ ރުޅިއަރުވާނުލާ ނީނދެވެނީތަ؟” ކަންސާ ހިތްހަމަނުޖެހިފައި ބުންޏެވެ.

” އެއްޗެކޭ ބުނެލާއިރަށް ރެވް ޖެހޭތަ ރުޅިއަންނަން.. މަންމައަށް ދުވަހަކުވެސް ރެވް ގޯހެއް ނުވާނެ…”

” ވެދާނެއްނު އަހަރެން އިންދަ އެކަހަލަ އެއްޗެއް ބުނީމަ ލަދުގަތީ ކަމަށްވެސް.. ދުރު މީހެއްގެ ކުރިމަތީގައި އެކަހަލަ އެއްޗެއް ބުނީމަ ކޮންމެ މީހަކުވެސް ލަދުގަންނާނެ އަސްލު…” ރާނީ ބުންޏެވެ.

” އަޑުއިވިއްޖެ؟؟؟ ރާނީއަށް ވިސްނޭ ގޮތަށް ތާރާއަށް ވެސް ވިސްނޭނަމައެއްނު… އެހެންނުވާނީ.. ސިކުނޑީގެ ބަދަލުގައި އޮންނަނީ މީދާ ކޭ އުނބެއް ވިއްޔާ…!!” އާރަވް ކޭ ތަށި ހިފައިގެން އަތް ދޮންނަ ތައްޓާ ދިމާލަށް ދަމުން ކަންސާ ބުންޏެވެ. އެވަގުތު ތާރާ އަނގަޔަށް ގޮތެއް ހަދާލިތަން ފެނި ރާނީއަށް ހެވުނެވެ.

ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި އާރަވްގެ އެކި އެކި ވާހަކަ ރާނީއަށް ތާރާ ކިޔައިދިނެވެ. އާރަވް އަކީ ކުރިން ވަރަށް މަޖާ މިޒާޖެއްގެ އެންމެންނާ ގުޅޭ މީހެއް ކަމުގައި ބުންޏެވެ. ނަމަވެސް ނުރައްކާތެރި ހާދިސާއެއްގައި އާރަވްގެ މައިންބަފައިންނާ ކޮއްކޮ ނިޔާވިފަހުން އާރަވްއަށް ބޮޑެތި ބަދަލުތަކެއް އައި ވާހަކައެވެ. މީހުންނާ ރުންކުރުކޮށް ވާހަކަ ދެއްކިނަމަވެސް ހަޤީގަތުގައި އާރަވްއަކީ ހިތްހެޔޮ މީހެއް ކަމުގައި ބުންޏެވެ.

” އާރަވް ރުޅި އަންނަނީ އެންމެ މީހެއްދެކެ.. އެއީ ދުއާ… ނޭނގެ ކީއްވެގެން ކަމެއް.. ކުރިން އެދެމީހުންވެސް އެއީ ނުލާހިކު ގާތް ދެއެކުވެރިން.. ދުއާ ބުނި އާރަވް ރުޅި އަންނަ ކަހަލަ ކަމެއް އޭނާ ނުކުރަމޭ.. ދުއާއަށްވެސް ނޭނގޭ ވީގޮތެއް.. އާރަވް ހުންނަ ތަނަކު ދުއާގެ ނަން ކިޔާލިޔަސް އޭނަ ދެން ބޭނުމެއް ނުވާނެ އެތަނުގައި ހުންނާކަށް.. ” ތާރާ ކިޔައިދިނެވެ.

” އެހެންތަ؟ ދެން އާރަވް ކައިރީގައި ނާހަންތަ ވީ ކަމެއް.. ގައިމުން ކުރިން އެކުވެރިކޮށް އުޅުނު މީހެއް ދެކެ ރުޅި އަންނާނީ ކޮންމެވެސް ކަމެއް ކުރީމައެއްނު…” ރާނީ އޭނާގެ ޙިޔާލު ފާޅުކުރިއެވެ.

” އާރަވް ކައިރީގައި އެހޭތަ؟ މިބުނީނު ދުއާގެ ނަން އިވުނަސް އޭނަ ހުންނާނީ ނަރުގަނޑު ކޮޅުގަ ޖެހިފަ.. ދުއާ ދޮގެއް ހަދާނެއް ހެނެއް ހިޔެއް ނުވޭ.. ވީކަމެއް ނޭނގޭތީ އޭނަ ނޭނގެއޭ ބުނާނީ.. ” ހޮސްޕިޓަލަށް ވަންނަމުން ތާރާ ބުންޏެވެ.

” ދެން ފަހުން ދޯ.. ދުއާ ކައިރީ ބުނިން ނިއު ޑޮކްޓަރެއް ޖޮއިން ކުރާ ވާހަކަ.. ވަރަށް މީޓް ކޮށްލާ ހިތުން ހުރީ…” މެއިން އެންޓްރޭންސްގައި މަޑުކޮށްލަމުން ތާރާ ބުންޏެވެ.

” އަދި ނޭނގެ ހަދަން ޖެހޭ ގޮތެއްވެސް.. އެންމެ މަތީ ފްލޯރއަށް އަންނަން ބުނީ..” ރާނީ އެހެން ބުނަމުން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރާނީގެ ފަހަތުން ތާރާވެސް ގޮސް ލިފްޓަށް ވަނެވެ. ފަސްވަނަ ފަންގިފިލާއަށް ފިއްތައިލުމަށްފަހު ދެން ތާރާ ފިތައިލީ އެންމެ މަތީ ފަންގިފިލާއަށެވެ.

” ގުޑްލަކް.. ނިންމާފަ ގުޅާތި އިނގޭ!!!” ފަސްވަނަ ފަންގިފިލާއަށް ނިކުތުމުގެ ކުރިން ތާރާ ބުންޏެވެ.

އެންމެ މަތީ ފްލޯރއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު ރާނީ ނިކުތެވެ. ދެފަރާތް ހޯދާ ބަލައިލުމަށްފަހު ކައުންޓަރު ކައިރިއަށް ޖެހިލިއެވެ. އަތުގައިވާ ފޯނުން މެއިލް ހުޅުވައިލުމަށްފަހު އަންހެންކުއްޖާއަށް އެމެއިލް ދައްކައިލިއެވެ. އެހިނދު އެއަންހެންކުއްޖާ ރާނީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު ފޯނު ނަމްބަރަކަށް ގުޅާލުމަށްފަހު ނިއު ޑޮކްޓަރު އައިސް ހުރި ކަމުގައި ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު އަންހެންކުއްޖާ ފޯނު ބޭއްވިއެވެ. އެއަށްފަހު ރާނީ ކައިރީގައި ކުރމަތިން ފެންނަމުން ދިޔަ ސީ.އީ.އޯ ޖަހާފައި އިން ކޮޓަރިއަށް ދިއުމަށް ބުންޏެވެ. އެކޮޓަރިއާ ހަމަވުމަށްފަހު ރާނީ ދޮރުގައި ޖަހައިލިއެވެ. އެހިނދު އެތެރެއަށް ވަންނާށޭ ބުނެ ފިރިހެނެއްގެ އަޑު އިވުނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ހުއްޓެވެ. ހަޔާތުގައި އެފަދަ ކަމަކާ ކުރިމަތިލާ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.

މޭޒުކައިރީގައި އިން ފިރިހެންމީހާގެ ނަޒަރު ރާނީއަށް ހުއްޓުނެވެ. ރާނީ ހިނިތުންވެލި ނަމަވެސް އެމީހާގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ. ގޮނޑީގައި އިށީނުމަށް އިޝާރާތް ކުރުމުން ރާނީ ގޮސް ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

” ޑޮކްޓަރ ރާނީ ބިންތް އަމާން.. ފްރޮމް ޑުބާއީ.. ” އެމީހާ ކިޔައިލިއެވެ. ރާނީ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

” އައްސަލާމް އަލައިކުމް މައި ނޭމް އިޒް ޒިލާލް އަހުމަދު ރިޒާ.. ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ދިސް ހޮސްޕިޓަލް.. ވީ އާ ހެޕީ ޓު ވެލްކަމް ޔޫ ޑޮކްޓަރ ރާނީ…” ރާނީއާ ދިމާލަށް އަތް ދިއްކޮށްލަމުން ޒިލާލް ބުންޏެވެ. ޒިލާލް އިނގިރޭސިން ވާހަކަ ދެއްކުމުން އޭނައަށް ރާނީ ދިވެހިން ވާހަކަ ދައްކާކަމެއް ނޭނގޭކަން ރާނީއަށް އެނގުނެވެ.

” ވައަލައިކުމުއްސަލާމް.. ހެޕީ ޓު ޖޮއިން ދިސް ހޮސްޕިޓަލް.. ތެންކްޔޫ ވެރީ މަޗް ފޯރ ދިސް ގޯލްޑެން ޗާންސް ޓު ވޯކް ވިތް ޔޫ. ލުކިން ފޯވާޑް ޓު އަ ގްރޭޓް އެކްސްޕީރިއެންސް ފްރޮމް ހިއަރ.. ” ރާނީވެސް ބުނެލިއެވެ.

” ސޯ ޑޮކްޓަރ ރާނީ.. ވައި ޑިޑް ޔޫ ޗޫޒް އަ ހޮސްޕިޓަލް ފްރޮމް މޯލްޑިވްސް ޓު އެޕްލައި.. ވައި ނޮޓް ފްރޮމް ޑުބާއީ އޯރ އެނީވެއަރ އެލްސް އިން ޔޫ އޭ އީ.. ” ޒިލާލް އަހައިލިއެވެ. ރާނީ ހިނިތުންވެލިއެވެ.

” އިޓްސް ބިކަޒް… އަޅުގަނޑަކީ ހާފް ރާއްޖޭ މީހަކަށް ވީމަ.. ބޭނުންވީ ރާއްޖޭގެ ދިރިއުޅުން ތަޖުރިބާކޮށްލަން.. ” ރާނީ ދިވެހިން ވާހަކަ ދައްކަން ފެށުމުން ކޮންމެވެސް  ވަރެއްގެ ހައިރާންކަމެއް ޒިލާލްއަށް ލިބުނެވެ. ޒިލާލްއަށް ވީގޮތުން ރާނީ ކައިރިއަށް ހިނިއައި ނަމަވެސް އެތެރެއަށް ހިންދައިލިއެވެ.

” އޯހް.. ދެޓްސް ގްރޭޓް.. މަޑުކޮށްލައްޗެ…” މިހެން ބުނެ ޒިލާލް މޭޒުމަތީގައި އޮތް ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅައިލިއެވެ. ވަރަށް އެވަހަށް އޭނާގެ ކޮޓަރިއަށް އައުމަށް އެމީހާ ކައިރީގައި ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިތާ މާގިނައިރެއް ނުވެ ރާނީއާ އެއްއުމުރުގެ އަންހެން ކުއްޖަކު އެކޮޓަރިއަށް ވަނެވެ. ޒިލާލް އެއަންހެން ކުއްޖާ ކައިރީގައިވެސް ރާނީ ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް އެދުނެވެ. ގޮނޑީގައި އިށީންނަމުން އެއަންހެންކުއްޖާ ރާނީއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި ހިތްހެޔޮ ގާތް ގޮތެއް ހުރިކަން އިހުސާސްވެ ރާނީވެސް ހިނިތުންވެލިއެވެ.

” ރާނީ.. މީ ޑޮކްޓަރ ދުއާ.. ގައިނީ ޑިޕާޓްމެންޓްގެ ހެޑް ޑޮކްޓަރ.. ޑޮކްޓަރ ދުއާ މީ ޑޮކްޓަރ ރާނީ.. ހޮސްޕިޓަލަށް ޖޮއިން ކުރި އާ ޑޮކްޓަރެއް.. ޑޮކްޓަރ ރާނީ މަސައްކަތް ކުރަން ޖެހެނީ ޑޮކްޓަރ ދުއާގެ ދަށުން.. ” ޒިލާލް ތައާރަފް ކޮށްދިނެވެ. ދުއާއަށް ރާނީ ބަލައިލީ ހައިރާންވެ އިނދެއެވެ. އެހާ ޒުވާން އުމުރުގައި ހެޑް ޑޮކްޓަރަކަށް ހުރީތީ ހައިރާންވިއެވެ. ޔަގީނުންވެސް ދުއާ އަކީ ހުނަރުވެރި މޮޅު ޑޮކްޓަރަކަށް ވާނޭ ހިތަށް އެރިއެވެ.

” ހެލޯ.. ނައިސް ޓު މީޓް ޔޫ.. ” ސަލާމަށް އަތް ދިއްކޮށްލަމުން ރާނީ ބުންޏެވެ. ރާނީ އެއަތުގައި ހިފައިލީ ހިނިތުންވަމުންނެވެ.

” ސޯ.. އެހެން ހުރިހާ ކަމެއް ޑރ ރާނީއަށް ޑރ ދުއާ ކިޔާލަދޭނެ.. ދެން އެންމެ ރަނގަޅު ދިޔަސް…” ޒިލާލް ބުނެލިއެވެ.

ރާނީއާއި ދުއާ އެކޮޓަރިން ނިކުތީ އެކުއެކީގައެވެ.

” ވަރަށް އުފާވެއްޖެ ރާނީއާ ބައްދަލުވީމަ.. ތާރާ ވަރަށް ދެއްކި ރާނީގެ ވާހަކަ.. ” ލިފްޓާ  ދިމާލަށް ދަމުން ދުއާ ބުންޏެވެ.

” އަހަރެންވެސް ވަރަށް އުފާވެއްޖެ.. ތާރާ ޑރ ދުއާގެ ވާހަކަ ދައްކާވަރުން ބައްދަލުކޮށްލަން ކެތްމަދުވެފަ ހުރީ.. ” ރާނީ ބުންޏެވެ.

” ދުއާ ކިޔަސް އެންމެ ރަނގަޅު.. ދެން މިހާރު އަހަރެންނަކީވެސް ގާތް ރަޙުމަތްތެރިއެއް ކަމަށް ބަލާ.. ” ރާނީގެ އަތުގައި ހިފައިގެން ގޮސް ލިފްޓަށް އަރަމުން ދުއާ ބުންޏެވެ.

***********

ޑިއުޓީ ނިންމާފައި ރާނީއާއި ތާރާ އަދި ދުއާ ގެއަށް ދާން ހިނގައިގަތީ އެކުއެކީގައެވެ. ދުއާގެ ކާރުގައި ތާރާއާއި ރާނީ ގެއަށް ގެންގޮސްދިނެވެ.

” މާދަން ޕާޓީ މަތިން ހަނދާން ނައްތާނުލާތި.. ރާނީ ކޮންމެހެންވެސް އަންނާތި..” ރާނީ ކާރުން ފައިބަން އުޅެނިކޮށް ދުއާ ބުންޏެވެ.

” ކޮން ޕާޓީއެއް..؟ ” ރާނީ ހައިރާންވެފައި އަހައިލިއެވެ.

” އެއީ އަހަރެންގެ ބޯއިފްރެންޑްގެ މަންމަގެ އުފަންދުވަސްވީމައާއި އޭނަ އެނބުރި އަންނާތީ ދޭ ކުޑަ ކުޑަ ޕާޓީއެއް..” ދުއާ ބުނެދިނެވެ.

” އިންޝާﷲ ދާނަން..” ހިނިތުންވެލަމުން ރާނީ ބުންޏެވެ. ރާނީމެން ކާރުން ފޭބުމާއެކު މާދަން ބައްދަލުވާނެކަމަށް ބުނެ ދުއާ ކާރު ދުއްވައިލިއެވެ.

” އެނގޭތަ ދުއާގެ ބޯއިފްރެންޑްވެސް އެއީ ޑޮކްޓަރެއް.. ހަމަ އެހޮސްޕިޓަލުގައި މަސައްކަތް ކުރާނީ.. މިވަގުތު ހުރީ އެހެން ރަށެއްގައި.. ޑރ ލޫކަން އޭނާއަށް ކިޔާނީ…” ތާރާގެ ފަހު ޖުމްލައާއެކު ރާނީ ހުއްޓުން އެރިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ހިތުގެ ޝަކުވާ… 37

Next

ލޮތްބަށްޓަކައި…4

Next
May 26, 2022

ލޮތްބަށްޓަކައި…4

Previews
May 25, 2022

ހިތުގެ ޝަކުވާ… 37

One Comment

  1. ᴍʀs• 《 LUUU》 says:
    May 25, 2022 at 4:55 pm

    Vaahaka varah reethi…nuva vana bayah inthizaaru kuraanan….dhen faharakun dhigu kon genesdheyne kamah ummeedhu kuran…??

Comments are closed.

Next Episodeމަންޒިލް ތިޔޭ – ނުވަވަނަ ބައި←


All Right Reserved!