ފަހީމާ އޭނާގެ ދަރިފުޅު ރީނާ ގެންގުޅެނީ ނުހަނު ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އެއީ އޭނާގެ ހަޔާތުގެ ފިނިކަމެވެ. ހިތުގެ ތެޅުމެވެ. ދެދުނިޔޭގެ އުފަލެވެ. އޭނާ ދެކޭގޮތުގައި އެއީ އޭނާއަށް ލިބިފައިވާ އަގުބޮޑު ޖަވާހިރެކެވެ. ރީނާގެ އުމުރުން އަށާރަ އަހަރު ވީއިރުވެސް ރީނާގެ އެއްވެސްކަމެއް އަމިއްލައަކަށް ނުކުރެއެވެ. ހުރިހާކަމެއްވެސް ކޮށްދެނީ އޭނާގެ މަންމަ އެވެ. ބޮލުގައި ފުނާއަޅައިދެނީ މަންމައެވެ. ގަޔަށްލާ އަންނައުނު ދޮވެދީ އިސްތިރިކޮށްދެނީ މަންމައެވެ. އެންމެ ކުޑަމިނުން ބުއްތަށްޓެއްވެސް އަމިއްލަ އަތުން ގިރައިގެނެއް ނުބޯނެއެވެ. ފަހީމާ ދެކޭގޮތުގައި […]
އަހަރެން އޮތީ އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި ހުރި އެނދުގައި އޮތް ހަތް އަހަރުގެ ދަރިފުޅަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އެނދުގެ އެއްކައިރީގައި ހުރި ގޮނޑިއެއްގައި ހަފްސާ އިނެވެ. ސާރާގެ ބޮލުގައި އިރުއިރުކޮޅާ ފިރުމައިލައެވެ. އުތުރިއަރަމުން ދިޔައީ މައިވަންތަ ކަމުގެ ކުލުނެވެ. ހަފްސާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފޮހެލިތަން އަހަންނަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ކިތަންމެ ދެރަވިޔަސް ދަރިފުޅުކުރިމަތީގައި ފިނޑި މީހަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. އަދިވެސް އެ ދަރިފުޅާއިމެދު ކުރެވެމުންދާ އުންމީދެއްގެ […]
ނޯޓް: މިއީ ހަޤީޤީ ވާހަކަ އެކެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 16 އަހަރެވެ. ގުރޭޑު 10 ނިންމިއިރު ހުރީ ހަމައެކަނި ރަހްމަތްތެރިޔާ ޝަދާ އިތުރަށް ކިޔަވަން އެހެން ރަށަކަށް ދިއުމުން އަހަރެން ވަރަށް އެކަނި ވިއެވެ. ޝަހީދާ ދިއުމުން އެންމެ ގާތް ވެވުނީ އަހަންނަށް ވުރެ 2 އަހަރު ކުޑަ އަހަރެންގެ ކޮއްކޮއާއެވެ. އެކަމަކުވެސް ގިނަ ވަގުތު އަހަރެން ހުންނަނީ ފޫހި ވެފައެވެ. އެކަނިމާއެކަނި ވަލުތެރޭގަޔާއި އަތިރިމަތީގައި ވަގުތުތައް ހޭދަ ކުރީމެވެ. އެކަމަކުވެސް ނަމާދަށް […]
މެންދުރުގެ އަވިބާރު ވަގުތެވެ. މެންދުރު ނަމާދަށްފަހު މާތް للَّه ހަޟްރަތަށް ދުޢާ ދެންނެވުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަހަރެން މިސްކިތުން ފައިބަން ހިނގައިގަތީމެވެ. އެއާއިއެކު ސިކުނޑިއަށް ވެރިވި ޚިޔާލުތަކެއްގެ ސަބަބުން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އަހަރެން މަޑުމަޑުންގޮސް މިސްކިތުގެ ސިޑިމަތީ އިށީނދެލީމެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ވަނިކޮށް އަހަރެންގެ ގާތުގައި މީހަކު އިށީންކަމުގެ އިޙްޞާސް ކުރެވުމުން ލޮލަށް ޖަމާވެފައިވާ ކަރުނައިގެ ތެރެއިން އަހަރެން ބަލާލީމެވެ. ބަަަަަަަަަަަލާބެލުމަށް އެއީ ދެބައިއުމުރުގެ ފިރިހެނެކެވެ. “އައްސަލާމް އަލައިކުމް. އަހަންނަށް ކިޔަނީ ޝާނިމް” އޭނާ […]
ޒުވާންވަމުން އާއި ވަރަކަށް އަހަރެންގެ ސިކުނޑި ކަމުން ދިޔައީ މީހުން އަޖައިބުކުރުވާނެފަދަ އެތައް އެތައް ސުވާލުތަކަކުންނެވެ.ހަމަޤައިމުވެސް އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔަހާއި ސުވާލުތަށް އެނގޭނަމަ އެކަކު ދެރަ ނުވިއަސް އަހަރެންނަށް ދީނީ ތަރުބިއްޔަތު އުނގަންނައިދޭން މަސައްކަތް ކުރަމުންދިޔަ އަހަރެންގެ ބައްޕަ ދެރަވާނެކަމާއިމެދު އަހަރެންނަކަށް ޝައްކެއްނެތެވެ.އެހެނަސް ކުރާނީ ކީއްހެއްޔެވެ؟އަހަރެންނަށް ބައްޕަ ދެރަވާނެކަމާއިމެދު ވިސްނައެއް ނުލެވެއެވެ.އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި އުފެދި ފުނިޖެހެމުންދިޔަ ސުވާލުތަކަށް އަހަރެންނަށް ޖަވާބު ނުލިބުނުތާނގައި ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ހިތުގައި އުފެދޭ ސުވާލުތަށް ގިނަވަމުންނެވެ.އަހަރެންނަށް […]
އުޑުމަތި ބަނަ ވައިގަދަ ދުވަހެކެވެ. ހީވަނީ ދެންމެ ދެންމެ ވާރޭވެހެން ފަށައިފާނެހެންނެވެ. ކަނޑުގެ އެ ހަމައެއް ލަމައެއް ނެތް ރާޅުތަކުން ދޯނި ދެފަރާތައް އަރިކުރަމުން ދާއިރު، ދެތިން އަންހެނަކު ކޮތަޅު ހިފައިން ހޮޑުލާން ތިއްބެވެ. އަދި ބައެއް ކުޑަކުދިން ބިރުން އެކުދިންގެ މައިންބަފައިންގެ ގައިގައި އޮޅުލައިގަނެގެން ތިބިއިރު، އަނެއްބައިކުދިން އަޑުން އަޑުނަގާފައި ރޮނީއެވެ. މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާއިބެހޭ އިދާރާއިން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގައި، ވައިޓްއެލާޓް ނެރެފައިވެއެވެ. ނަމަވެސް ތަންތަނަށްދާ ހިތްވާ މީހުން އެކަންކަމަކަށް ސަމާލުކަމެއް […]
ރަފާގެ ބަނަވެފައިވާ ޙަޔާތަށް ދެން އަލިކަމެއް ލިބިދާނެ އެއްވެސް އުއްމީދެއް އޭނާ އަކަށް ނެތެވެ.މިއޮއް ހުރިހާ ދުވަހު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އަމިއްލަ އުފާތަކާއި ހެއްލުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ ރަފާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މިއަދު ނޫހުގެ ފަލަ ސުރުޚީގައި ޖަހާފައިވާ ކުއްލި ޚަބަރަކުންނެވެ.ޒުވާން ދިވެހި އަންހެން ކުއްޖަކު އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ޚަބަރުން ރަފާގެ ހިތަށް ވަނީ ބުނެދޭންދަތި ފުން އަސަރެއް […]
އަހަރެންނަކީ، އަހަރެންގެ މައިންބަފައިންނަށް ލިބިފައިވާ ދެ އަންހެން ކުދިންގެތެރެއިން ދޮށީ ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރެވެ. ކޮއްކޮގެ އުމުރުން ދިހަ އަހަރެވެ. އަހަރެންގެ ޢާއިލާއަކީ ކުޑަނަމަވެސް، އުފާވެރި، ތަނަވަސް ޢާއިލާއެކެވެ. މާލޭގައި، ބައްޕަގެ ގެދޮރު ހުރުމުން ދަތިކަމެއްނެތި އުޅެވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ބޭނުންހާ ކަމެއް ކުރެވެއެވެ. މިއަހަރަކީ އަހަރެންގެ ފަހު އިމްތިހާނުގައި އިށީންނަންޖެހޭ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ، ކުރިއެކޭވެސް އެއްގޮތަށް މައިންބަފައިން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުމަށެވެ. އެހެން ކުދިންނާ ޚިލާފަށް އަހަރެންނަކީ، ހިތްއަލި […]
ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ. ސާރާ ކެބިންއަށް ވަނުމާއެކު ޕްރިންސިޕަލް މޭޒް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާރާ […]