ފެށުނީއްސުރެ އަހަރެން އިންތިޒާރު ކުރަމުން އައީ އަހަންނާއި އެކު އުމުރު ހޭދަކުރާނެ ބައިވެރިއަކަށްޓަކައެެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ލޮލުން ކަރުނަތިއްކެއް ވެއްޓިއްޖެ ނަމަ އެ ކަރުނަ ތިކީގެ އަގު ވަޒަން ކޮށް އަހަރެންގެ ހިނިތުންވުމަށް އިސްކަންދޭނެ ބައިވރިއަކަށް ޓަކައެވެ. އަހަންނަކީވެސް ފުރިހަމަ އިންސާނެއް ނޫނެވެ .އެހެނަސް އަހަންނަށް ލިބޭ އަންހެންކުއްޖަކަށް އަހަރެން ވާންވާނީ ދެވަނަ އެއް ނެތްފަދަ ފިރިހެނަކަށެވެ. ލޯބީގެ ނަޒަރުން އަހަރެން ނޫން އެހެން އެއްވެސް މީހަކަށް ބަލާވެސް ނުލާނެއެވެ. އެ ކުއްޖެއްގެ ފިރުމުންތަކުން އަހަންނަށް […]
އަނިޔާގެ ހަދިޔާ. ” މަންމާ! މަންމާ! ކިހިނެތްވީތަ؟ ކޮންހާ ލެޔެއް ތިއަންނަނީ؟ ހިނގާ ޑޮކްޓަރަށް ދައްކަންދާން.” މަތީނުގެ ހައިރާންވެފައިވާ މޫނު ފެނުމުން ރަޒީނާ އޭނާގެ އަނގަމަތީގައި އަތް އެޅުމަށްފަހުގައި ފާހާނާއަށް ދުއްވައިގަތެވެ. “މަންމާ! މަންމާ! ދޮރު ހުޅުވަބަލަ! ކިހިނެތްވީތަ؟” ކަންބޮޑުވެފައިވާ މަތީނު ފާހާނާ ދޮރުގައި ތަޅަމުން އޭނާގެ މަންމައަށް ގޮވަމުން ދިޔައެވެ. ” ދަރިފުޅާ. މިއީ ކަމެއް ނޫން. ނިދާފައި އޮއްވާ ކެއްސުންގަނޑެއް އެރީކަމަށް ވާނީ. ދޭ ނިދާލަންދެން. މަންމަ ވެސް އިރުކޮޅަކުން ނިދަން މިއުޅެނީ.” އުމުރުން […]
• މިއީ ހަގީގީ ހާސިދާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ރޭވަނަކަތުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ވައިގަދަ ނަމަވެސް އުޑުމަތި ސާފު ރީތި ދުވަހެކެވެ. އާދައިގެ މަތިން ރަށުގެ ކުދިބޮޑު އެންމެން އަތިރިމައްޗަށް އެއްވެފައި ތިބީ ދިގުއިންތިޒާރެއްގެ ނިމުން އަންނާނެ ދުވަހެއްކަމުގައި އެދުވަސްވާނެކަމުގެ އުފާވެރި އުންމީދުގައެވެ. އިރުވައި މޫސުމުގައި ކޮޅުބަށް ދަތުރުރުކުރި ހުވަދު އަތޮޅުގެ ތިން އޮޑި ދަތުރު ނިންމާލުމަށް ފަހު ކާޑުގެ ބާވަތްތަކާއި ، ފޭރާމާއި ހިފާގެންގުޅޭ ތަކެއްޗާއި ތަފާތު މުދަލުން އޮޑިބަރާކޮށްގެން އެނބުރި ރަށަށް […]
މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.އިރު އޮއްސުމާއި އެކު އުދަރެހުގައި ފުރާލި ފުސްވިލާތަކުންނެވެ. ހިނދެއް ހިނދަކަށް ޖެހެމުން އައި ފިނި ވައިރޯޅިތައް ގަދަވެ ތޫފާނެއް ބޯމަތި ކޮށްފާނެހާ ބާރުވާން ފެށިއެވެ. އިރުކޮޅެއް ނުވެ ވެހެން ފެށި ހިމަފޮދުވާރޭ ބޯކޮށްފިއެވެ. ގަދަވަޔާއި އެކު އަންނަ ވާރޭގެ ތިކިތައް ރަހުމެއްނެތި ބިމަށް އޮހެން ފެށިއެވެ. އަހަރެން ގޭގެ ކިޑިކީގައި ހިފަހައްޓައިގެން ބޭރުބަލަން ހުރީމެވެ. ބައެއް ފަހަރު ވިދާލާ ވިދުވަރުން ދުވާލުވާހެން ހީވެއެވެ. ބިންމަތި އަލިވެގެން ދިއުމާއިއެކު ޖަހާލާ ގުގުރީގެ […]
ގަޑި ސޯނާގެ އަޑަށް ރާއިދު އަށް ހޭލެވުމާއި އެކު މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެގެން ފާޚާނާއާ ދިމާއަށް ދިޔައީ ކަންނެއް ހިނގުމެއްގައެވެ. ރާއިދަކީ ރިސޯޓުގައި ގަޑިއަށް ސަމާލުކަންދޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުވައްޒަފެކެވެ. ޑިއުޓީ ފެށުމާއިއެކު ގެސްޓުންނަށް ދޭންޖެހޭ ޚިދުމަތްތައް ހުރިނެތްގޮތް ބެލުމަށް ފަހު ކޮފީއަކަށް ދިއުމަކީ ރާއިދުގެ އާދައެވެ. ކޮފީ ޝޮޕާއި ކައިރިއަށް އާދެވުމުން ފެނުނު ދޮން އަންހެން ކުއްޖާއަށް ރާއިދު ހިނިތުން ވެލިއެވެ. އޭގެ ފަނަރަ ވަރަކަށް މިނިޓްފަހުން ރާއިދު ކޮފީ ޝޮޕުން ނިކުމެ އޮފީހާ […]
އެއީމީގެ ދެތިންމަސް ކުރިއެވެ. އަހަރެން މާލޭގެ ހެންވޭރުކޮޅު ރާޅުގަނޑުކައިރީ އޮންނަ އަކިރިއުސްގަނޑުމަތީ އެކަނިއިނދެ އަހަރެންގެ އެކަނިވެރި ހަޔާތާއިމެދު ވިސްނަމުން ދިޔައީމެވެ. މީގެހަތަރު އަހަރުކުރިން މިދުނިޔެދޫކޮށްފައިވާ އަހަރެންގެ މާޒީގެލޯބިވެރިޔާގެހަނދާންތައް އަހަރެން ސިކުނޑީގައި އާލާވާންފެށިއެވެ. ޒަމާންތަކެއްވަންދެން އަހަރެންގެ ނިދާފައޮތް ހިތްހޭލަށްވާލިއެވެ.ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އާއެކެވެ.މިއަދު އަހަރުމެން ގޭކަރިފިހާރައިން ނުކުންނަނިކޮށް ފެނުނު އެހޫރެއްފަދަ ޖިންސުއްލަތީފެވެ.އޭނާގެ ތޫނުދެކަޅިރަވައިން ފޮނުވާލި ތީރުތަކުން އަހަރެންގެ ހިތުގެ އެންމެ އަޑިޔާއިޖެހެންދެން ޒަހަމްކޮށްލުމަށްފަހު އޭނަ ދިޔައީއެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ. ރިފްނާވެސް ބުރުގާ އެޅީމަހުންނާނީ ހަމައެހެންނެވެ. އެއަންހެންކުއްޖާއައި ރިފްނާގެ […]
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އެކިބަށްޓަން ތަކަށްވާ ކަފަކޮޅުތައް އުޑުގައި އޮޅާލެވިފައިވާ ނޫކުލައިގެ ދޫލަމަތީގައި މިނިވަން ކަމާއެކު ދަތުރުކުރަމުން ދިޔައިރު ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ މިންނެތް މަސައްކަތް ހެންނެވެ. އިރުގެ ދޯދިތަކުން ކަނޑުގެ ލޮނުގަނޑު ޖަރީކޮށްލާފައި އޮތުމުން ވިދާބަބުޅަމުން ދިޔައީ ކުދި އަލިމަސްކަށީން މޫދުގެ ސަތަހަ ބަރާވެފައިވާ ފަދަ ގޮތަކަށެވެ. ވައިރޯޅިތަކާއެކު ގަސްތަކުގައި އަޅުވާލަމުން ދިޔަ ނާނާގެ އަޑު އެހާ ހިތްގައިމުވެފައި މެންދުރުގެ ހޫނުކަން ވަނީ ހިސާބަކަށް ފަނޑުކޮށްލާފައެވެ. އާޓިފިޝަލް ބީޗްގައި ބަހައްޓާފައިވާ ބެންޗެއްގައި އިޝްކާ އިށީންދެލައިގެން […]
އަހަރެންގެ ދިރިއުޅުން މިހާރު އޮތީ އަހަރެން ބޭނުންވާ ގޮތަކަށް ނޫނެވެ. ދިރިއުޅުން މިހާރު އޮތް ގޮތަށް ބަދަލު ވެގެން ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ގަބޫލު ކުރުމަކީ އަހަރެން ކުރަން ބޭނުން ކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ ޠަބީޢަތް ކަމަށް ހީކުރިޔަސް އެންމެ ރަނގަޅުވާނެއެވެ. އަހަރެންގެ އަންހެނުން އަޒުރާ އަކީ ވަރަށް ރީތި މީހެކެވެ. އިސްކޮޅުން ދިގު، ހީވާގި އަދި އުޅުން ހުރި ރަނގަޅު މީހެކެވެ. މި ބުނަނީ އަހަރެން މިއީ ނުބައި މީހެއް ކަމަށް އެއްބަސްވާ […]