Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާމުބާރާތްދީނީލޯބި

އަންވާރު (ސީސަން 01) ހަތަރުވަނަ ޕާޓް

Faathii Level 410 Stories100 Comments100 Login
May 20, 2017 5 Mins Read
11 Comments

ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ.

ސާރާ ކެބިންއަށް ވަނުމާއެކު ޕްރިންސިޕަލް މޭޒް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާރާ އަވަސް އަވަހަށް ގޮނޑީގައި އިށީނީ ވަސީމް ދައްކަން އެއުޅޭ ވާހަކަ އަޑުހާހިތުންނެވެ.

ވަސީމް: ކޮބާ އެއްވެސް ޕްލޭން އެއް ނެތީތަމަ ހަމަ؟ މިހާރު ދުވަސްކޮޅެއް ވެއްޖެ ސާރާގެ އެއްވެސް ހާއްސަ ޕްރޮގްރާމެއްވެސް ނުހިންގާތާ.

ސާރާ: ލައްބަ. ވަސީމް ސޯ އަށްވެސް އެނގެއެއް ނޫންތޯ އެންމެ ފަހުން ފެށި ޕްރޮގްރާމްގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ޖެހުނު މައްސަލަތައް. އަދިވެސް ހައްލުވި ހެނެއް ހިއެއްނުވޭ. އެކަމުގެ ސަބަބުން އަޅުގަނޑު އިތުރަށް ހަދާ ކޮންމެ ޕްރޮގްރާމެއްވެސް އަޅުގަނޑު ބޭނުންވަނީ ވަރަށް ވިސްނާފަ ރިސަލްޓް ނެރެވޭނެ ފަދަ ގޮތަކަށް ޕްލޭން ބީ އަކާއެކު ފަށަން. އެހެންވެ ހަމަ ވިސްނަމުން މިދަނީ އެކަމާ.

ވަސީމް: އެންމެ ރަނގަޅު. އެހެންނަމަވެސް ވަރަށް އަވަހައް ވިސްނާފަ މަސައްކަތެއް ކުރެވޭތަން ފެންނަން ބޭނުން.

ސާރާ: ލައްބަ ސޯ. އަޅުގަނޑު އެބައޮތް އިތުރު ޕްލޭން ތަކެއް ރާވާފަ. މިއަދު މިވާހަކަ ދައްކާލަން ނިންމައިގެން ހުރީ. އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ރޯދަމަހަށް ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުއިޒް/ސުވާލު މުބާރާތެއް ކުރިއަށް ގެންދަން.

ވަސީމް: ބެލެނިވެރިންނަށް؟ ކީއްވެ ކުދިންނަށް ނުބާއްވަނީ؟

ސާރާ: ލައްބަ. ގަސްތުކުރަނީ ބެލެނިވެރިންނަށް. އަޅުގަނޑަށް އެނގިފަވާ ގޮތުގައި ކުދިންނަށް ހާއްސަކޮށްގެން އިސްލާމް މުދައްރިސް ޤުރުއާން މުބާރާތެއް ބާއްވާ. އަދި ދިވެހި މުދައްރިސް އިސްވެ ހުރެ މަދަހަ މުބާރާތެއްވެސް އެބަ ބާއްވާ. އަޅުގަނޑު ބާއްވަން މި ގަސްތުކުރަނީ ދުއާ ކުއިޒް މުބާރާތެއް. ބެލެނިވެރިންނަށް ބާއްވަން ގަސްތުކުރި މައިގަނޑު ސަބަބަކީ މިހާރު ބެލެނިވެރިންގެ މެދުގައި ޖެހިފައިވާ މައްސަލަ ތަކާއި ތަފާތުކުރުންތައް ނައްތާލުން. ބެލެނިވެރިންވެސް އޮންނަނީ ފާޑަކަށް ދެބަޔަކަށް ބެހިފަ ކަންނޭގެ. އެހެންވެ ގަބޫލުކުރެވޭ ގޮތުގައި މިފަދަ މުބާރާތެއްގެ ސަބަބުން އެމީހުން އެއްތަންވެ އެކުގައި ވަގުތު ހޭދަކޮއް ކޮންމެސް ވަރަކަށް ނަމަވެސް ގާތްކަމެއް އުފެދޭނެ. އަނެއް ސަބަބަކީ މުސްލިމުންނަށް ދުއާ އަކީ ވަރަށް މުހިންމު އެއްޗެއް. މިހާރު ޤުރުއާން ކުލާސްތަކާއި ތަންތަނުން، ކުދިންނަށް ދަސްކޮށްދޭކަން އެނގިފައިވޭ. އެކަމު މައްސަލައަކަށް މިވަނީ ކުދިން ދަސްކުރިޔަސް ގިނަ ބެލެނިވެރިންނަށް ނޭނގޭތީ އެކަމަކަށް މާ ހާއްސަކަމެއް ނުދޭ. ކުދިން ދަސްކުރިނަމަވެސް އާންމުކޮށް ދިރިއުޅުމުގަ އެތަކެތި ކިޔަން ޖެހޭ ވަގުތުތަކުގައި ނުކިޔުއްވާތީ ކުދިން ހަނދާނަކު ނުހުރޭ. ސޯ ބެލެނިވެރިންނަށް އެނގި، ދަސްވެ، މުހިންމުކަން އިހްސާސް ކުރެވޭނަމަ އަމިއްލަ އަށް ކިޔަމުން ކުދިންލައްވާވެސް ކިޔުއްވާނެ ދޮއްތޯ؟

ވަސީމް: ރަނގަޅު ވާހަކައެއް. އެކަމު ސުވާލަކީ ބެލެނިވެރިން ތިކަމަށް ޝައުޤުވެރިވާނެ ބާއޭ؟

ސާރާ: ތިއެއް އެނގޭނީ މުބާރާތުގައި ބައިވެރިވުމަށް އާންމުކުރުމުން ލިބޭ ތަރުހީބުން ދެއްތޯ! ތަރުހީބެއް ނުލިބޭނޭ ކިޔާފަ ކަމެއްނެތި ތިބޭކަށްނުވާނެ ނޫންތޯ؟ އަދި ބެލެނިވެރިންގެ ތަރުހީބު ނުލިބިއްޔާ އާންމުކޮށް އެންމެންނަށްވެސް ހުޅުވާލެވިދާނެ ނޫންތޯ؟ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު މިކަންކަން ދަސްކުރުން. އެކަމު އަޅުގަނޑު މިހުންނަނީ ދެ ހިޔާލެއްގައި. ބައެއް ފަހަރު ހިތައްއަރާ ރޯދަ އާއިބެހޭ ކުއިޒް މުބާރާތެއް މާ ރަނގަޅު ވާނޭވެސް. ނޫނީ ޤުރުއާނުގެ އިލްމާއިބެހޭ ކުއިޒް މުބާރާތެއްވެސް ރަނގަޅުވާނޭ. އެހެންވީމަ ދެން ސޯ އަށް ފެންނަގޮތެއް ނިންމާ. ނުވަތަ ހުރިހާ ސްޓާފުންގެ ހިޔާލުވެސް ހޯދިދާނެތާދޯ؟

ވަސީމް: އެންމެ ރަނގަޅު. މުބާރާތް ކިހިނެއް ކުރިއަށް ގެންދަން ގަސްތުކުރަނީ؟

ސާރާ: އަޅުގަނޑުމެން މައުޟޫއާގުޅޭ މައުލޫމާތު ޝީޓެއް ތައްޔާރުކުރާނީ. ގާތްގަނޑަކަށް 10 ޝީޓްވަރު. މުޅީންވެސް ސުވާލާއި ޖަވާބު. ދެން މުބާރާތުގެ ބައިވެރީން އެ ތަކެތި ދަސްކުރާނީ. ގްރޫޕް ވައިސްކޮށް ގެންދަނީ. މިސާލަކަށް ގްރޫޕަކު 5 މީހުން. މުބާރާތް ތިން ރައުންޑަކަށް ބަހާލެވިދާނެ. ފުރަތަމަ ރައުންޑުގައި ވަކިވަކިން މީހަކަށް 3 ސުވާލުވަރު ކުރެވިދާނެ. ޕޮއިންޓްސް ކަނޑައަޅައިގެން. ދެވަނަ ރައުންޑްގައި ގްރޫޕަކަށް ފަސް ސުވާލުވަރު. ދެން ތިންވަނަ ރައުންޑް ހުރިހާ ޓީމަކަށް ހުޅުވާލައިން އެންމެ އަވަހަށް ރަނގަޅު ޖަވާބުދޭ ޓީމަށް ޕޮއިންޓްސް ލިބޭގޮތައް.

ވަސީމް: އެންމެ ރަނގަޅު. ތިކަމާއިގެން ކުރިއަށްދޭ. ރޯދަމަހުގެ އެކިމީހުންގެ ހުރިހާ ޕްލޭން ތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް މިއަދު ބައްދަލުވުމެއް އޮންނާނެ. އެޑްމިން އަންގާނެ. އޭގައި ތިކަމާއި، އެންމެންގެ ހިޔާލުވެސް ހޯދާލާނީ.

……………………..

ބަރަކާ މެންދުރަށް ކައްކާ ނިންމާލާފައި ވަރުބަލި ފިލުވާލަން ގޮނޑިސެޓްގައި ޖައްސާލީ އަދި އަތިއްޔާ ސްކޫލް ނިމޭގަޑި ނުޖެހޭތީއެވެ. އަތިއްޔާ އަކީ ބަރަކާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެވަގުތު ފޯނު ރިންގްވާތީ ބަލާލިއިރު ގުޅަނީ ޔަމީނާގެ މަންމައެވެ. ޔަމީނާގެ މަންމަ ނާދިރާގެ ވާހަކައިން އެނގުނު ގޮތުގައި ޔަމީނާ އާއި ކައިވެނިކުރަންވަނީ ވަރަށް ރަނގަޅު މީހަކު ހުށައަޅާފައެވެ. ނަމަވެސް ޔަމީނާއަށް އަދިވެސް ވަކި ގޮތެއް ނުނިންމެއެވެ. އެހެންކަމުން ނާދިރާ އެދުނީ ޔަމީނާ އާއި މިކަމުގާ ވާހަކަ ދައްކާލުމަށެވެ. ބަރަކާ އެކަމާއި އެއްބަސްވެ މިއަދު ހަވީރު އެގެއަށް ދާނެކަމަށްބުނެ ފޯނު ބޭއްވިއެވެ. އަދި ހިތައް އެރިއެވެ. ޔަމީ މިދުވަސްކޮޅު މާ ނެގިމަޑުވެފަ އެހުންނަނީ އެހެންވެތާއެވެ. އަދި ކުޑަކޮށް ހިނިއައީ ޔަމީވެސް މީހަކާ އިންނަނަނީތާއޭ ހިތައްއެރުމުންނެވެ.

އަތިއްޔާ އާއިއެކު އަސުރު ނަމާދު ކޮއްލައިގެން ޒިކުރުތައް ކިޔާލައިފައި ނިކުތީ ޔަމީނާމެން ގެއަށް ދިއުމަށެވެ. އެގެއަށްގޮސް ވަދެވުމާއެކު އަތިއްޔާ ގޮސް އާރާ އާއެކު ކުޅެން ފަށައިފިއެވެ. ސިޓިންރޫމުގައި ނާދިރާ އާއި އާރާގެ މަންމަތިބީ ވާހަކައެއްގައެވެ. އާރާގެ މަންމަ ވަފިއްޔާ އަކީ ޔަމީނާ އާއި އެއްބަނޑު އެއްބަފާ ދައްތައެވެ. ޔަމީނާވީ ކޮޓަރީގައޭ ބުނުމުން ބަރަކާ ދިޔައީ ޔަމީނާގެ ކޮޓަރިއަށެވެ. ކޮޓަރި ދޮރުގައި ޓަކިޖަހާލީ ސަލާންގޮވައިފިނަމަ އަޑުން ކާކުކަން އެނގޭނެތީ ސަޕްރައިޒެއް ދިނުމުގެ ގަސްތުގައެވެ. ދޮރުހުޅުވާލުމާއެކު އަސްލައްވެސް ޔަމީނާ ސަޕްރައިސްވީ ކުރިމަތީހުރި ބަރަކާ ފެނުމުންނެވެ.

ބަރަކާ: ސަޕްރައިޒް…..

ޔަމީނާ: ބަރަކާ! އަންގާވެސް ނުލާ. އަޅޭ!  އާދޭ.. ވަދޭ އެތެރެއަށް. ކޮބާ އަތިއްޔާ؟

ބަރަކާ: އެބައުޅޭ އާރާޔާއެކު ކުޅެން. ޔަމީ މިސްވާވަރުން ދެކިލަން މިއައީ.

ޔަމީނާ: ކޮންތާކުން. އައި ނޯ ޔޫ ބަރަކާ. ބަރަކާ ނާންނާނެ ގުޅާފާ ހުއްދަ ނުހޯދާއެއް. ޔަޤީނުންވެސް ތިވާނީ މަންމަގެ ކަމަކަށް.

ބަރަކާ: އޯކޭ. ދެން ޔަމީއަކަށް ކަމެއް އޮޅުވައެއް ވެސް ނުލެވޭނެވީ. އެކަމު އަސްލު ވަރަށް މިސްވޭ. އެނީވޭސް. މަންމަ ބުނި ކޮންމެވެސް ޕާޓޭއަކު ކައިވެންޏައް ހުށައެޅިއްޔޯ ދޯ؟

ޔަމީނާ: ޕިސް. ޕާޓޭ އެއް ނޫން. ހަމަ ރަނގަޅު މީހެއް. ބަރާބަރަށް ނަމާދުކުރޭ. ހުންނަނީވެސް ވަރަށް ރީތިކޮއް. (ކަމަކަށް ގެއްލިފައި އިނދެ ވާހަކަ ދެއްކިއެވެ.)

ބަރަކާ: ހޫމްްްްްމްމްމް.. (ދަމާލާފައި)އެހެންވީއިރު ޔަމީ ދަންނަމީހެއްތާ ދޯ؟ ކޮބާ ކާކުބާ؟ ބެސްޓްފްރެންޑަށް ހާދަ ކަންތައްތައް ސިއްރުކުރެއޭދޯ އެބަ. ވަރަށް ދެރަވެއްޖެ. ތިހާ ދުރުކޮއްލީމަ.

ޔަމީނާ: ދުރުކޮށްލީކީ ނޫނޭ. އެއީ އަބަދުވެސް ފެންނަ މީހެއް. ދެން މަށާ ގާތްމީހެއް ނޫނީ ހާއްސަ މީހެއް ނަމަތާ އޭނާގެ ވާހަކަ ދައްކާނީ. މަންމަ ގޮވައިގެން ކޮންމެ ދުވަހަކު ހެނދުނު އާޓިފިޝަލް ބީޗައް ދާއިރު ފެނޭ އެތާ ހުންނަ މިސްކިތްދޮށުން.  (އެހިސާބައް ބުނެވުންތަނާ ޔަމީނާ ވަރުގަދަ ހިންޏެއް އައިސްފިއެވެ).

ބަރަކާ: އައްދެ. ތިވީ ކިހިނެއް؟ އޭނާ ކީއްކޮއްލީ މާވަރަކަށް ތި ހެނީ؟

ޔަމީނާ: (ހެމުން ހެމުން) ވީގޮތަކީ އެއްދުވަހު ދެން މަންމަ ގޮވައިގެން ގޮސް ޔަމީ އިނީ އެތާއިން ގޮނޑީގަ އިށީނދެލައިގެން. އޭރު މަންމަ އުޅޭ މޫދުގަ ފަތަން. އެހެން އިންދާ މީހަކު އައިސް ކަނާތްފަރާތުން ގޮނޑިއާއި ތަންކޮޅެއް ދުރުގައި ހުއްޓިލީމަ ބަލާލިއިރު އޭނަ ހުރީ. ފުރަތަމަ ސަލާމް ގޮވާލީމަ ޔަމީ އަނގައިން ނުބުނަން އިނީ. ދެން އަހައިފި ޔަމީ ކިހިނެއްހޯ ހާލު؟ ޔަމީ ރުޅިއައިސް ދެންވެސް އަނގައިން ނުބުނެ އިންދާ އަނެއްކާ ކައިރިއަށް ޖެހިލާފަ ވާހަކަ ދައްކަން ފަށައިފި. ތިމަންނަ ވަރަށްބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތޯ ޔަމީ އާ. އެހިސާބައް ބުނެވުނުތަނާ ޔަމީ ބުނެފިން. އެންމެ ރަނގަޅޭ ނޯޓް ކޮއްލާށޭ. މީ ޔަމީގެ ނަމްބަރޭ ކިޔާފަ ނަމްބަރު ދީފިން.

ބަރަކާ: ވަޓް؟ އާ ޔޫ މޭޑް؟ ކީއްކުރަން ނަމްބަރު ދިނީ؟

ޔަމީނާ: (އަނެއްކާވެސް ހިނުން ކޮންޓްރޯލް ކުރަން އުޅޭ ގޮތަކަށް) ޔަމީ ދިނީ ބައްޕަގެ ނަމްބަރު. ހީހީ..   ދެން އެސޮރު އެއްޗެކޭ ނުބުނެ ހިނގައްޖެ.  ޔަމީ ދެންހަމަ ހިނި އަންނަނީ އޭނާ ޔަމީ ކަމަށް ބައްޕަ އަށް ގުޅާހިނދު އެސޮރައް ވާނެގޮތް ހިތައްއަރާފަ. އެކަމު ލަނޑުމިލިބުނީ ޔަމީ އަށް. އެންމެފަހުން ބައްޕަ ކައިރީގަ ބުނެފި ޔަމީ އާ ކައިވެނިކުރަން ބޭނުމޯ.

ބަރަކާ: ހީހީ.. ދެން ބައްޕަ ބުނީ ކީކޯ؟

ޔަމީނާ: ބައްޕަ ބުނަނީ އެއީ ވަރަށް ރަނގަޅު ކުއްޖެކޯ.  ހުރިހާ އިރަކު މިސްކިތުން ދެކެމޯ. ނަމާދު ނިންމާފަވެސް އިންނާނެޔޯ ކިޔަވަން. ބައްޕަ ދަންނަމޯ އޭނަގެ ޕޭރެންޓްސްވެސް. ރަނގަޅު ބަޔެކޯ.

ބަރަކާ: ދެން ކޮބާތަ މައްސަލައަކީ؟ ކީއްވެ އަދިވެސް ދެ ހިޔާލުގަ ތި އިންނަނީ؟ އިސްތިހާރާ ނަމާދު ކޮއްލަބާ އަޅެ.

ޔަމީނާ: ތިން ފަހަރު ކޮއްފިން. އެކަމުވެސް އަދިވެސް.. ނޭނގެ. ފާޑަކަށް ބިރު ގަންނަނީ. ހިތައް އަރަނީ އުންމީދުކުރާ ކަހަލަ ފިރިއަކަށް ނުވެދާނެއޭ. ނަމާދު ކުރިޔަސް އަދި މުޅިން ރަނގަޅުވީކީ ނޫންތާ.. ބަލަން ޖެހޭނެއްނު ރުޅި ކޮންޓްރޯލް ކުރަން އެނގޭ މީހެއްތޯ؟ އަންހެނުންނަށް އިޙްތިރާމް ކުރަން ދަންނަ މީހެއްތޯ؟ ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުމެއް ނެއްތޯ؟ ޝައްކާއި ވަހުމުން ދުރުވެފަ ހުރުންވެސް ވަރަށް މުހިންމު ޔަމީ އަށް. އެކަހަލަ ބައިވަރު ކަންތައްތައް ނޭނގޭތީ އާއެކޭ ނުބުނެވެނީ.

ބަރަކާ: ޔަމީ! ދެންތީ ޔަމީ ވިސްނައިގެން އެނގޭނެ ކަންތައްތައް ތަ؟ ވިސްނާ ވިސްނާތި ބޯ ފަޅައިން ދިޔަސް ތި ސުވާލުތަކަކައް ތިހެނެއް ޖަވާބެއް ނުލިބޭނެ. ތީ ޔަމީގެ ބައްޕަ ވަލީވެރިޔާ ބަލަން ޖެހޭ ކަންތައްތަކެއްނު. އެއްފަހަރުވެސް ބައްޕަ ކައިރީ ތި ފިކުރުތަކުގެ ޝަކުވާ ކުރުމުންނެއްނު ބައްޕަ އަށްވެސް ތި ސުވާލުތަކަށް ޖަވާބު ހޯދޭނީ..

އެވަގުތު އަތިއްޔާ އާއި އާރާޔާ ދެކުދިން ދުވެފަ އައިސް އެ ކޮޓަރީ ބަހައްޓާފައިހުރި ކަބަޑެއް އާރާ ހާވަންފެށިއެވެ. އަދި މަންމަބުނީ މިތާގެ ވެއްޖެޔޭ އޭ ކިޔާފައި އާރާ އަތިއްޔާ އަށްވެސް އެތަން ހޭވުމަށް ބުންޏެވެ. އެދެކުދިންގެވެސް އުމުރަކީ ހަތަރު އަހަރެވެ. އެހެންކަމުން ދެކުދިން ވަރަށް ގުޅެއެވެ.

ޔަމީނާ: އާރާ ކޮކީ! ކޯއްޗެއްތަ ތި ހޯދަނީ؟

އާރާ: ކުޑާ! މަންމި ބުނީ މިތާގެ ވެއްޖޯ 2 ރުފިޔާ.

އަތިއްޔާ: (ޔަމީނާ ކައިރިއަށް ޖެހިލާފައި) ޔަމީ ދައްތާ! އަޅުގަނޑުމެން ގޭގަ އެބައިން ބޮކްސް އެއް ބަހައްޓާފަ. ރުފިޔާ އަޅާ ކަހަލަ. މަންމަބުނީ އެއީ ކޮންމެސް ކުއްޖަކައް ހެލްޕް ވެދޭން ރުފިޔާ އަޅަން އިން ބޭންކެކޯ. ރޯދަމަސް ނިމެންވާއިރަށް އަތިއްޔާ ޖެހޭނޯ ރުފިޔާ އަޅާނިންމާފަ އެ ބޮކްސް ކުއްޖަކައް ސަދަގާތްކުރަން. ދޯ މަންމާ! އެހެންވެ އާރާވެސް އެ ބޮކްސް އަށް ރުފިޔާ ލާންވެގެން ރުފިޔާ ހޯދަނީ.

އެ ކުޑަކުޑަ ސިކުނޑިއަށް ނެގޭގޮތައް ސަދަގާތް ދިނުމަކީ ކުރުމަކީކޮބައި ކަމާއި، މީހުންނަށް އެހީވުމުގެ މުހިންމުކަން ބަރަކާ ވަނީ ކިޔައިދީފައެވެ. އަދި އަތިއްޔާ އަށް އެކަންތައްތައް އަމަލީ ގޮތުން ކުރަން ދަސްކޮށްދިނުމަށް ގޭގައި ކުޑަ ރުފިޔާ އަޅާ ފޮއްޓެއް ބަހައްޓާފައި އެކި ދުވަސްމަތިން އަތިއްޔާ އަށް ވަކިރުފިޔާ ދެނީ އެއަށް ލުމަށެވެ.

އެހެންބުނުމުން ޔަމީނާ އެހެންހެއްޔޭ ކިޔާފާ ކަބަޑުން 10 ރުފިޔާ ނަގާފައި އާރާ އަށް ދިއްކޮއްލިއެވެ. އެވަގުތު އާރާ އުފަލުން ޔޭ ކިޔާފައި ފުމެންފެށިއެވެ.

އާރާ: ޔާއްކޮ ބަލާބާ. މިއޮތީ ޓެން ރުފިޔާ ކުޑާދީފަ. އޭރުން އާރާ އަށް ޓެން ކުދިންނަށް ހެލްޕް ވެވޭނެދޯ!

އެހެންބުނުމަށްފަހު އެ ހިފައިން ދުވެފަ ނިކުތީ މާމަ އަށް އެ ދެއްކުމަށެވެ. ދެކުދިންގެ މައުސޫމު ވާހަކަތަކުން ޔަމީނާ އާއި ބަރަކާ ތިބީ ހިނިއައިސްފައެވެ. އަދި ބަރަކާ ދެން އިރުއޮށްސުމުގެ ކުރިން ގެއަށް ދާންޖެހޭނޭ ބުނެ ކޮޅައް ތެދުވީ ކޮޓަރިން ނިކުތުމަށެވެ. ޔަމީނާ ފާހާނާ އަށް ވަދެލާފާ މިދަނިއްޔޭ ބުނުމުން ވަގުތުގެ ބޭނުންހިފާފައި އަވަހައް ޔަމީނާގެ ޝަކުވާތައް ނާދިރާ އަށް ކިޔާދިނުމަށް ނިކުތެެވެ. އޭރު ޔަމީނާގެ ބައްޕަ ރަޝީދުވެސް އެތާ އިނެވެ. ބަރާކާ ޔަމީނާގެ ފިކުރުތައް އެގޭ މީހުންނަށް ކިޔާދިނުމަށްފަހު އެކަންތައްތައް ހޯދާނެ ގޮތުގެ ހިޔާލެއްވެސް ހުށައެޅިއެވެ. އެ ހިޔާލުން އެންމެންވެސް ތިބީ ވަރަށް ހިނިއައިސްފައެވެ. ޔަމީނާ ނިކުތުމުން ދަނިއްޔޭ ބުނެ ބަރަކާ އަތިއްޔާ ގޮވައިގެން ގެއަށްދިއުމަށް ނިކުތެވެ. ޔަމީނާ އާރާއަށް ގޮވާލާ އެއްކަލަ ދިހަރުފިޔާ އަތިއްޔާއަތަށް ދިނުމަށް ހަނދާންކޮށްދިނެވެ. ނަމަވެސް އާރާ ކުރި މައުސޫމު ޝަކުވާއިން އެންމެންތައް ހިނިއައެވެ.

އާރާ: ނޫން. އާރާ ބޭނުމީ އާރާ ހެލްޕްވާން. ޔާއްކޮދިނީމަ އެކުއްޖާ ހީކުރާނީ ޔާއްކޮދިން އެއްޗެއްކަމަށް. އޭރުން އާރާ އަކަށް އެންމެ ސަވާބުކޮޅެއްވެސް ނުލިބޭނެ.

އެންމެންތައް ހިނިއައުމުން ވަފިއްޔާވެސް ހެމުން އާރާ އަށް ވިސްނާދިނުމަށްފަހު އަތިއްޔާ އާއި އެދިހަ ރުފިޔާ ހަވާލުކުރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ބުނާށެލޯބިނުވަނީހޭ 2

Next

ލޯބި ވެވުމުން ……….20 (ފަހުބައި)

Next
May 20, 2017

ލޯބި ވެވުމުން ……….20 (ފަހުބައި)

Previews
May 20, 2017

ބުނާށެލޯބިނުވަނީހޭ 2

11 Comments!

  1. avasa says:
    May 20, 2017 at 10:03 am

    me first

  2. Aish says:
    May 20, 2017 at 11:01 am

    Me second?

  3. Cenhi says:
    May 20, 2017 at 11:17 am

    V reethi. Masha Allah. Keep going

  4. Aarny says:
    May 20, 2017 at 11:18 am

    me third… interesting story eh….

  5. Suhaa says:
    May 20, 2017 at 12:13 pm

    Maasha allah V reethi. Mivaahaka in ethah bayakah ibraiyy libeyne kamah hykuran adi ethah bayegge dhiriulhumah badhal thakeh annaane kamah ummydhu kura. Jaxakillah khairan faathii allahumma barik laki

    1. Faathii says:
      May 20, 2017 at 1:07 pm

      Wa iyak, wa feek.

  6. ????❤ says:
    May 20, 2017 at 12:21 pm

    Maasha allah.

  7. NaS says:
    May 20, 2017 at 12:35 pm

    V v v reethi..Mi stry v kiya hiyy vey..Nice ingey

  8. Faathii says:
    May 20, 2017 at 1:10 pm

    Jazaakumu Allahu khair. 🙂

  9. Maree says:
    May 20, 2017 at 9:03 pm

    vvvvvvv reethi v furihama masha allah

    1. Faathii says:
      May 23, 2017 at 6:02 pm

      Jazaak Allah Khair

Comments are closed.

Next Episodeއަންވާރު (ސީސަން 01) ފަސްވަނަ ޕާޓް←


All Right Reserved!