Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންމަޖާ

ކޮމެޑީ ލޭންޑް – އާރޖެންޓީނާ : ނެދަލޭންޑްސް

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
December 16, 2022 10 Mins Read
14 Comments

 

ރިއާޝް – “އައްސަލާމު ޢަލައިކުމް އާދެ ދަންވަރުގެ ކޮއްތާ އެކީ އަޅުގަނޑުމެން މި ބައްދަލު ކޮށްލީ ނެދަލޭންޑްސް އަދި އާރޖެންޓީނާ ބައްދަލު ކުރާ މެޗުގެ ވާދަވެރިކަން..”

ރަނާ – “ހޫން ދެން ހަމަ އެއްޗެއް ކިޔަން ނޭނގުނަސް ކިޔާފާނޭ… ތި ތަންކޮޅެއް ކުރުކޮށް ފޮނިކޮށް ބުނެލީމަ ވީއޭ…”

އަހުޝަމް – “މިސާލަކަށް؟..”

ރީޝާ – “މިސާލަކަށް މިހެން.. ޔޯ ބްރޯ ހައުޒް ޔަ އޯލް… ނައު އާރޖްސް އެންޑް ނެދަލްސް އާރ ގެޓިންގް ރެޑީ ފޯރ ދި މެޗް އޭޒް ވެލް އޭޒް އަސް…  އެވީ ސިމްޕަލްލް…”

ނަޔާ – “ޕިސް ޕިސް ކަލޭ މެން އާޝް ބްރޯ އާ ޖައްސާލާފައި ތިބޭ ވަރެއް… މަ ހަމްދަރުދީ ވަން އާޝް ބްރޯ އަށް…”

ރިޔާޝް – “ހަމްދަރުދީ ތަ ނޫނީ ކޮންމެސް އެހެމް އެހްމް…”

ނަޔާ -” ދެލޯ ފުޅާ ސާބަސް ކަލޭމެންނަށް… މަ މިއުޅެނީ މީހަކާ ހިތާ ނުވެވިގެންނެއް ނޫނޭ… ކަލޭމެން ބަލާތި މަ މީހަކާ އިންނާނީ ހަމަ ކަލޭމެން އެންމެން މީހުންނާ އިނދެ ނިމޭ ފަހުން… ”

ރީޝާ -” އެކަމެއް ނޭނގޭނެ ނޭމާ ނޫނީ ޖިން އައިސް އިންނަން އަހާ އިރަކު… ”

ނަޔާ -” ދެން އެމީހުން އައިސް އިންނަން އެހުމަކީ ވަރަށް ނާދިރު ކަމެއް ދޯ… ”

ރަނާ – (ރީޝާގެ ބޮލުގައި ޖަހާލަމުން)” މަންޖެ މެސީ އާ އިންނާނަންތަ މެސީ އައިސް އިންނަން އަހާ އިރަށް؟… ”

ނަޔާ -” ތެދެއް ޔާޝް ދޮންބެ ކުރިމަތީގައި މަންޖެ އަށް ކެރޭނެތަ އާނބަސް ބުނަން؟… ”

ރީޝާ -” އުހު އުހު އުހޫންން މަށެއް ކަރަ ކަރައަކުން މީހުންނަކާ ނީންނާނަން… އެ ވަރިހަމަ މެސީ އަކަސް ރުދްރަކަސް އަބިމަންޔޫ އަކަސް… މަ އިންނާނީ ހަމަ ސީދާ މި ދިވެހި ފަސްގަނޑަށް އުފަން  ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކާ… ”

ރިޔާޝް – (ފުންމައިގަނެފައި އަތް ޖަހަމުން)” އަހާތްތް ހީވޭ ކަމެކޭ އައިންން…. މަގޭ ބިޓު ވަފާތެރި ވާނެ… ”

ރިއާޝް -” އަޅެ ތިކަހަލަ ބިޓެއް މަށަށްވެސް ވާނެނަމަ… ”

އަހުޝަމް -” އާން މި ޒަމާނުގައި އައިމިނަބީ ކަހަލަ ކުދިން މަދު ވާނެ… ”

ނަޔާ -” ކަލޯ ފަންސާސް ފަހެއް ވެއްޖެ… ބަލާލަ މެސީ ކުރުކަން… ”

ރީޝާ -” ނޭމާ ވެސް ވަކި ދިގެއް ނޫނޭ…. ”

އަހުޝަމް -” ކަލޯ ގަޔާ އަހަރުން ޓީމުގައި އެތިބީ އެންޓަނާ ތަކެއް… އާރޖެންޓީނާ ގޮލައިން ހާދަ ކުރޭ… ހަހާ ނުވާނެ އާރޖެންޓީނާ މޮޅެއް އެނގިއްޖޭ… ”

ރިއާޝް – (ޢަރަބި އެނައުންސަރު އާރޖެންޓީނާގެ ނަން ކީ ގޮތުން)” އެހޭ…. އަލަޖެންޓީނާ އޯ… ހަހަހަ ޢަރަބީން އާރޖެންޓީނާ އަށް ކިޔަނީ އަލަޖެންޓީނާ… ހަހަހަހަހަ މަޖާ ދޯ… ”

ރީޝާ -” ކިހާ ރީތި ނަމެއް… ”

ރަނާ -” ކަލޯ އަޅެ މަގޭ ހިތަށް އަރާ އެހެރަ ބޮޑު ތަށި ގެނެސް ދަނޑުގައި ބަހައްޓާނީ ބޮޑު ޕިކަޕެއްގަ ބާއޭ…. ”

ރިއާޝް -” ސާބަހޭ ކޮޔާ… އެއީ ފުޅިމަދު އެއްޗެއް…  އަރާނެ ތަށި ބަލައި ބޮޑު ގުރޫޕެއް… ”

ރީޝާ -” މި މަންޖެ ހުވާ ދައްކާ މޮޔަ ވާހަކަ… ”

އަހުޝަމް -” ހޫން ތީ ވަރަށް މޮޔަ ވާހަކަ ނުދައްކާ މީހެކޭ… ”

ނަޔާ -” އައްދޭ…. ބަލާ ނެދަލޭންޑްސް ކޯޗަށް ކިޔާ ނަން…. ގާލް އޯ..ހަހަހަހަހަ ”

އަހުޝަމް -” އެއީ ހަޑި ނަމެއްތަ؟… ”

ރީޝާ -” ނޫނޭ އެކަމަކު ފިރިހެނަކަށް ގާލް އޯ… ހަހަހަ”

އަހުޝަމް – “ދެން ވަކި އާރޖެންޓީނާ ކޯޗަށް ކިޔަނީ މާ މޮޅު ނަމެއްތަ؟ސައްކެޔޮލަނީ އޯ… އިންސާނަކަށް ކާއެއްޗެއްގެ ނަން… ހަހަހަހަހަހަހަ”

ރީޝާ – “ތީ އަހުއްޓި އަމިއްލަ އަށް ހަދައިގެން އުޅޭ ނަމެއްނު… ކޯޗު ގަދަ ވާނެ ކޮންމެ ނަމެއް ކިޔަސް…”

އަހުޝަމް – “ހން ހޫން އެނގިދަނެތާ…”

ރިއާޝް – “ކަލޯ ރެފްރީ ހާދަ ތަލައޭ ދޯ…”

ރަނާ – “އެ ބޭ ބޮލުގައި ހަމަ އިސްތަށި ނުފަޅަނީތަ؟..”

ރިޔާޝް – “އާން އުފެދުމުގައި ހުރި އުނިކަމކީޔޯލަ…”

ރީޝާ – “އަޅެ… (އާރޖެންޓީނާ ކުޅުންތެރިއަކު ގޯލާ ދިމާއަށް ދާން ހެދުމުން) އެ އޭ ކަލޯ މާރޓިނޭޒް…. ޖަހާ ދަރިފުޅާ ޖަހާ… އާންންން… ނޯ… ޕިސް ޕިސް މި ނޮޕާޓު އަތް ދިގު ކަމުން ވެސް ދޯ…”

އަހުޝަމް – “ހަހަ ނޮޕާރޓް ގަދަ ވާނެ އިނގޭ…”

ރީޝާ – “އޭ ބަލަ އަހަރުމެންގެ މާރޓިނޭޒް އަކީ ވެސް ވަކި ތޯ ތޯ ކީޕަރެއް ނޫން އިނގޭ…. އޭނަ ކައިރިން ވެސް ވަކި ކުޅަދާނެ ކަމެއް ނޫން ގޯލް ޖެހުމަކީ..”

ރިއާޝް – (ނެދަލޭންޑްސް ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއި އެކީ އާރޖެންޓީނާ ކީޕަރު ހިފެހެއްޓުމުން)” ވޯވްވް ސަޅި ސޭވެއް އެދިޔައީ… ކޮބަ… މާރޓިނެޒް އެއީ މޭނެކޭ ދޯ ސަންތީ…. ”

ރީޝާ -” އާންން ނުވަންނާނެ ފާޑު ފާޑުގެ އެއްޗިއްސެއް މާރޓިނެޒް އަތްދޮށަކުން…. އެސޮރު އެއީ ހަމަ ފައްކާ ކީޕަރެއް… ހިނި ހޮރަކަށް ބޯޅަލުން  ހާ އުނދަގޫ ކަމެއް އެއީ އެސޮރު ކައިރިން ގޯލު ޖެހުމަކީ… ”

އަހުޝަމް -” އޭ މަރިޔަނބު މަންޖެ ހީކުރީ އެއޮއް ދިގު ނޮޕާރޓް ބޯ މަތިން ވަންނާނެ ކަމަށް؟… އެ ވެސް ވާނެ ކަމެއް ނޫންން… ”

ނަޔާ -” އޭ އަހަރުމެން ޖަހާނީ ބޯ މައްޗަކުން ނޫނޭ ދެފައި ދެގޯޅި ދޭތެރޭންނޭ ދޯ ރީސާޓް…. ”

ރީޝާ -” އާންންން ދިގު މީހުންނަށް ރިރިވުން ވެސް ދަތި ވާނެ…. އަހަރުމެން ކުރު މީހުން ޖަހާނީ ތިރިން އިނގިއްޖޭ…. ”

ރިޔާޝް – (މެސީ ބޯޅަ ޖަހަން ދުއްވައިގަތުމުން)” އޭ މެސީ… ޔެސް ބްރޯ… ”

ރީޝާ – (މާ މަތިން ބޯޅަ ބޭރު ވުމުން)” އަޅެ މަގޭ ރަންގަނޑު ދެން ޖަހާ އެތި ތަންކޮޅެއް ތިރިން ދުއްވަލާތި… ލާހިކެއްނޫން އެ ނޮޕާޓު ހިފަހައްޓާކަށް… ”

އަހުޝަމް -” އާތްތްތެރީ… މަންޖެ ބުނާނެ މެސީ ޖަހާނީ ތިރިންނޭ… އެކަމު އެ ވެސް މަތި ވީވަރުން ކިރިޔާ ހަވަޔަށް ނޭރީ..”

ރީޝާ – “އަދި އެހެން އެންމެ އެއްޗެއް ދިޔަޔަސް އަހަރުން ނުވެ އޭ ހާހެއް…”

ރިޔާޝް – (އާރޖެންޓީނާގެ ކުޅުންތެރިއަކު ބޭރުން ބޯޅަ ނަގާފައި ދޭނެ މީހެއް ނޭނގިފައި ހުރުމުން) “އެކުއިނިއާ ކަލޯ މަށަށް ދީބަލަ ތި ބޯޅަ”

އަހުޝަމް – “ކޮން މަކުނިވަލެއް އަކުނިވަޅެއް ކިޔާކަށް… މިހާރުވެސް ތި އަކުނިވަޅެއް އެ ހުންނަނީ ދޭނެ މީހެއް ނޭނގިފައި ގޮތް ހުސްވެފައި…”

ރިއާޝް – “އޭ ކަލޯ ކީއްވެ ބެންޗަށް ކާޑު ދައްކަންވީ؟..”

އަހުޝަމް – “ބެންޗު އެ އެރީ ދަނޑަށް ވިއްޔަ…  އެހެންމަ ކާޑު ދައްކާނު…”

ރީޝާ – “އޭ ވަޓް އިޒް ދިސް… ފެން ފޯއް ތޯއްޗެއް… ބެންޗު ކިހިނެއް ތި ހެދީ…”

ރިޔާޝް – “ހާދަ ހެއްވައޭ ދޯ…”

ނަޔާ – “ކަލޯ ހަތް ނަންބަރު….. ދޭ.. ބާރަށް ދޭ…”

ރީޝާ – “އާން އާން ޑި ޕައުލް ދަރިޔާ ކީޕަރު އަތަކަށް ނޫން ގޯލަށް… ނޯ……”

އަހުޝަމް – “ހަހަހަހަ ހަމަ ކީޕަރު އަތަށް… މަންޖެ ބުނާ ބަހެއް ނޭހިއެއްނު… ދެންވެސް މައިތިރިވެގެން އިނދޭ….”

ރީޝާ – “އައްދޭ ދޯ ތަކުރުފާނު އިބްނު އައްސައްޔިދު… ޔޫ ޝަޓްއަޕް…”

ރިއާޝް – “އެ އޭ މެސީ.. އާން ކުރިއަށް”

ރީޝާ – “މޮލީނާ ޔޭސް ޖަހާ…… (އަހުޝަމް ފިޔަވާ އެންމެން ހަޅޭއްލަވައިގަންނަމުން) ވާއޫ….. ގޯލްލްލްލް… އާތް ތެރީ… އޭ ޕޮހް އަހުޝަމް އަބޫބަކުރު… ތަކުރުފާނު އިބްނު އައްސައްޔިދު.. އެ ޖެހީނު އެ ޖެހީނު… މާ ވައްތަރު ނުކުރައްޗޭ….”

ރިޔާޝް – “ހަހަހަހާ ދެން ލަލަލަ…..  މެސީ އެސިސްޓު އެ ހެދީ… ދޮން ކަލޯ ނުވާނެ ނެދަލޭންޑްސް  މޮޅެއް… ހަހަހަހަ”

ރީޝާ – “އާންންން… ސާބަހޭ މެސީ ދަރިފުޅާ….. މިރޭ މޮޅު ވާތި….. ބޮނޑިބަތް ކައްކާނަން އިނގިއްޖޭ….”

ނަޔާ – “ކަލޯ ސަޅި ގޯލެއް…”

އަހުޝަމް – “އޭ އަދި ދެވަނަ ހާފް އޮތިއްޔޭ…. ކޮން ހާހެއް ވާކަށް…. ހަމަ ޖައްސާލާ…. ބަރަބޯ ފާތުމަ…”

ރީޝާ – “ހަމަ ޖެހިގެންނޭ މަ މި އިންނަނީ ނެދަލޭންޑްސް ކޮއްތު ރޮއްޓާ….”

އަހުޝަމް – “ދެން އިނދެބަލަ ދޮންކެޔޮ ކާޖާ….”

ރީޝާ – “އަހި އެއްޗެއް ބޮލަށް އަޅާލަފާނަން އިނގޭ މާ ވައްތަރު މި ކުރަނީ…”

އަހުޝަމް – “މުގުރިހަ ތެއްޔެއް ގަޔަށް އަޅާލަފާނަން އިނގޭ ސަންތިމަރިޔަނބު…”

ރީޝާ – “އެއްކަލަ އެމްޑީޕީ ކުލަ ފާޓާގަނޑު… ކުނި މެހި އާދަނު…ބަބުރު އަހުޗަމު… ޗަސްބެ…”

އަހުޝަމް – “ކުނި މަރިޔަނބު…. ކަޅު މަރިޔަނބު… ފަލަ މަރިޔަނބު… މަރިޔަންފުޅު…. ކުޑަ މަރިޔަނބު… ރޯލާ ދެން އަދި ފަހަތުން އަރާ މޮޅުވާންނަން އިނގިއްޖޭ….”

ރީޝާ – “ބަބުރުބަކުރު ނުވާނެ އަނހަ އަނހަ ބަލާ މިހާރު ވެސް.. ގެކްޕޯ އެއޮއް ޖަހަނީ ބަލައްޗޭ ނުޖެހޭނެ… (އެ ބޯޅަ ކީޕަރު ހިފެހެއްޓުމުން) ކޮބާ ކޮބަ މަ ބުނީމެއްނު މާޓިނެޒް އެއީ ތޯތޯ ކީޕަރެއް ނޫނޭ… އެ ގޮލާ ކައިރިން ގޯލު ވެއްދުމަކީ ދަތި ކަމެއް އެނގިއްޗޭ….”

ރިޔާޝް – “ކަރެކްޝަން އެނގިއްޖޭ…”

އަހުޝަމް – “އަބަދު އަނގަ އޮޅިފައި ހުންނާނީ މި މަރިޔަނބު…”

ރީޝާ – “ކަލެޔޯ… އިސްތަށިގަނޑު ވެސް ހުންނަނީ އޮޅިފައި އޮޅިފޮޅި ފާތުމަ…”

އަހުޝަމް – ” ފޮނި އަނގަ”

ރީޝާ – (ނެދަލޭންޑްސް ކުޅުންތެރިއަކު މެސީ ވައްޓާލުމުން) “އޭ ވިރިގިލު….ބަލާބަލަ ހަމަ ގަސްތުގައި އެ ވައްޓާލީ… މަގޭ ރެފްރީއަކަށް ހުރިނަމަ ރަތް ކާޑު ދައްކާފަ ދަނޑުން ބޭލުވީމުސް..”

ރިއާޝް – “އާން އޭ ފްރީ ކިކު… ޖަހާތި މެސީ ދަރިޔާ”

ރިޔާޝް – (ގޯލު މަތިން ދިއުމުން) “ހަމަ ކިރިޔާ….”

އަހުޝަމް – “ހެހް ނުވަނެއްނު”

ރީޝާ – (ފަހު އަކުރަށް ދަމާލަމުން) އެކްސްކިއުޒްމީ…  ހެލޯވްވްވް.. ”

ރިޔާޝް -” އޭ ޝަޓް އަޕް ދެން… އެކަކު ވެސް އަނގަ ހުޅުވައިގެން ނުވާނެ… ”

ރަނާ -” ދެން އެންމެ އަވަހަށް އަނގަ ހުޅުވާނީ ދަޅުފިއްތި ރަގީބާ… ”

ރިޔާޝް -” ވަން ޓޫ ތްރީ ސްޓާރޓް… ”

ރީޝާ – (ވަރަށް ގިނަ އިރު ހިމޭނުން އިނދެފައި ނެދަލޭންޑްސް ޕެނެލްޓީ އޭރިޔާ ތެރެއިން އެކުއިނިއާ ވައްޓާލުމުން)” އޭ….. ޗުކީ.. ބަލާ އޭ ޕެނަލްޓީ… ވައްޓާލަން ޖެހޭތަ އައިންންން އަހަރުމެން ޓީމު ކުދިން…. ރެފްރީ އޭ ޕެނަލްޓީ ދީ… ”

އަހުޝަމް – ” އެންމެނޭ މީނީ ކުނި މުނި ދަޅުފިއްތި ރަގީބާ… ހެހޭ… ”

ރީޝާ -” އޭ އަނގަ މަޑޮލަރު… ޕިސް ކީކޭތަ އަގަ މަޑުންލައިގެން އިނދޭ… ކަލޯ ޕެނަލްޓީ ޔެސް… ”

ރިޔާޝް – (މެސީ ޕެނަލްޓީ ޖަހަން ދިއުމުން)” ކޮއިފުޅާ ރަންކޮޅާ ދޫންޏާ ވައްދާތި… ”

ރިއާޝް -” ގޯލް ތެރެއަށް.. ”

ރީޝާ -” سبحان الله سبحان الله  سبحان الله   ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ.. މެސީ އެ ޖަހާ ޕެނަލްޓީ ގޯލުގެ ތެރެއަށް ވަންނާނެ ގޮތް މިންވަރު ކޮށްދެއްވާން ދޭވެ… ”

އެންމެން-” އާމީން.. ”

ރީޝާ – (ކޮޅަށް ތެދުވެ ހުރިހާ ސަމާލު ކަމެއް މެޗަށް ދެމުން)” އެކެއް ދެޔެއް ތިނެއް… (ވަރަށް ރީތިކޮށް މެސީ ފޮނުވާލި ބޯޅާ ގޯލަށް ވަނުމުން ހަޅޭއްލަވައިގެނެފައި ނަށަމުން ހަދަ ހަދައިގެން ލަވަ ކިޔަމުން) “ޔޭ.. އަޅެ ވަދެއްޖެޔޭ.. އަޅެ ވަދެއްޖެޔޭ މެސީ ޖެހި ޕެނަލްޓީ ވަދެއްޖެޔޭ… މޮޅުވާނެ ކަން ގައިމޭ… ވަދެއްޖެޔޭ…”

އަހުޝަމް – (އެންމެން ގޮސް ރީޝާއާ ބައިވެރި ވެގެން ނަށަން ފެށުމުން) “ހާދަ ވަރެއް ވެޔޭ ދޯ…”

ރީޝާ – “އެހެއް އެހޭ… ކުރުއަލިފުގޭ އަހުސަމޫ… އަވަހަށް ރީނދޫ ފާޓާއެއް ތެރެއަށް އެރެން ދޭ…”

ރިއާޝް – (އިރުކޮޅެއް ނުވެ ނެދަލޭންޑްސް ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކުމުން) “ހޭންން ހީވޭތަ ކަމެކޭ ؟… އެޔޮއް ދެއްކީ ޑެޕޭ އަށް ރީނދޫ ކާޑު… ދެން ނޭނގެ ދައްކާނީ އައި ޑީ ކާޑު ނޫން ކަމެއް ވެސް”

އަހުޝަމް – “މަ ނުވެއޭ ހާހެއް..”

ރިޔާޝް – “އޭ އައްޗި މާރޓިނެޒް އަށް ރީނދޫ ކާޑު…”

އަހުޝަމް – “ވަކި މޮޅު ތަކެއް ވެއްޖެ އައިން؟”

ރީޝާ – “ރީނދޫ ކާޑު އެއީ ކޯއްޗެއްތަ… (82 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ދުއްވައިގަތުމުން)” އޭ އޯ ނޯ ވެގޯހސްޓް… ޑޯންޓް ޑޯންޓް ޑޯންޓް (ނެދަލޭންޑްސް އިން ގޯލު ކާމިޔާބު ކުރުމުން) ނޯބްރޯ ވައީ…. ”

އަހުޝަމް -” އޭތްތް ޗޮހްހް… މާރޓިނޭޒް އަކީ ތޯތޯ ކީޕަރެއް ނޫންކަން ހަމަ  ވަރަށް ރީއްޗަށް ވެސް އެނގިއްޖެ… ސޯޓު ރަބަރު ދޫ ވެގެން ނުވެއްޓުނީ ކިރިޔާ… ”

ރިއާޝް -” ހަމަ ހިމޭންވޭ… ހަމަ ހިމޭންވޭ… މިހާރު (ވަރަށް ފިލްމީ ވާން އުޅެނިކޮށް ނެދަލޭންޑްސްގެ ކުޅުންތެރިއަކު މެސީ ވައްޓާލުމުން) އޭ މިހާރު ބަރުގުއިސް ގަނޑު އެވައްޓާލީ މެސީ.. ހާދަ އިޙުތިރާމް އަދަބު އަޚުލާގެއް ނެތޭ ދޯ… ”

ރަނާ -” އަޅެ ރީނދޫ ކާޑު ދައްކަލައިފި.. ރެފްރީ އަތުން ކާޑު ހުސް ވެސް ނުވަނީ ތަ؟… ”

ރިޔާޝް -” އާން ކޮއެފުޅާ ރެފްރީ ސޮރު ޖީބު ފުރާ ހުސް ރީނދޫ ކާޑު.. ގިނަ ވެގެން އުނދަގުވެގެން ތޯއްޗެކެއްނު އެ އުޅެނީ… ”

އަހުޝަމް – (އާރޖެންޓީނާގެ ކުޅުންތެރިއަކު ނެދަލޭންޑްސްގެ ކުޅުންތެރިއެއްގެ ފައިގައި އަޅުވައި ވައްޓާލުމުން)” އޭ ބަލަ ބަލަ ކިހިނެއް އެ އުއުޅެނީ ޕަރަޑޭސް މެން އައިން.. ހަމަ އެކޭ އެހާ ރީތިކޮށް ބޯޅަ ހިފައިގެން  ގޮސް ގޮސް ހުއްޓާ ފައިގައި އަޅުވާ ވައްޓާލައިފިއޭ… ”

ރީޝާ -” ކަލޯ ގަޔާ ނެދަލޭންޑްސް ބެންޗު އެކީ ދަނޑަށް؟ އޭ ބަލަ ޕަރަޑެސް އަށް ހާނިއްކަ ނުކުރޭ ދޯ ދެން.. ބަދަލަށް  ބަދަލު ހިފަންޏާ ދެން އަހަރުމެންނަށް ބުނެވޭނީ ނެދަލޭންޑްސް މީހުން ވަރަށް ގޮތެއް ފޮތެއް ނެތޭ… ހަމަ އޭ ބަލަ ބަލަ ޕަރަޑެސް ގަޔަށް އަރައޭ  އެބަމި މީހުން… ޕިސް ޕިސް ”

ރަނާ – (ޕަރަޑެސް އަށް ރީނދޫ ކާޑު ދެއްކުމުން)” އަނެއްކާ ރީނދޫ ކާޑެއް؟… ހާދަ ގިނައޭ… ”

ނަޔާ -” ދެން ދޯ…. ”

ރީޝާ -” އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި މެސީ އަށް ރީނދޫ ކާޑު ދެއްކުމުން) “އޭ… ޕިސް ޕިސް މި ރެފްރީ ބާލުވާ… އިސްތިއުފާ ދޭން ޖެހޭ ގޮލައެއް މީ.. ހަމަ މިނެޓަކުން މިނެޓަކުން އެބަ ކާޑު ދައްކައޭ…”

އަހުޝަމް – (އޭގެ ހަމަ އިރުކޮޅެއް ފަހުން ނެދަލޭންޑްސް ގޯލެއް ޖަހައި އެއްވަރު ކުރުމުން) “އޭ ޕޮހްހް ސީ ލެވިއްޖެ އެއްނު.. އެންމެ ފަހުން ހަމަ ރޭގަ ވީ ހެން ޕެނެލްޓީ ޖަހައިގެން ނެދަލޭންޑްސް މޮޅު ވާނީ..”

ރީޝާ – “އޭ ސުކުސުކު ނުތަޅުވާ… ޕެނެލްޓީ ޖަހަން ވެއްޖެއްޔާ ގެރޭއެއްނު މޮޅުވާނީ އާރޖެންޓީނާ ކަން…”

ރިއާޝް – “އާންން ފޮނި ތޮށި ކާފޫރު ތޮޅިއެއް ނޫނޭ އާރޖެންޓީނާގެ ކެއުމުގައި ހުންނަނީ…”

ރަނާ – “އޭ މިހާރު މިކަމާ ފޮނި ތޮށި ކާފޫރުތޮޅިއާ ކޮން ކަމެއް…”

އަހުޝަމް – “އާން ކޮން ކަމެއް…. މެސީ ޖެހޭނީ ހަމަ ހިތި ގޮތަކަށް ނިމިގެން ދަނޑުން ފައިބަން…”

ނަޔާ – “މެސީ އަކީ ވެސް ހަމަ ނުލާހިކު ގަދަ މީހެއް އިނގޭ…”

އަހުޝަމް – “ގަދަ ކަމެއް ނޭނގެއެއްނު.. މެސީ ފައިގައި ބޯޅަ ހަރުލާއިރެއް ހަރާން… ދެފަހަރުން އެއްފަހަރު ފެންނާނީ ގުޅައަކަށް ބިމަށް ޖެހިފައި އޮންނަތަން… ރަނގަޅަށް ދުވެލެވެނީކީވެސް ނޫން…”

ރީޝާ – “އޭ ބަލަ އިސްލާމަކު ނުކިޔަވަންތަ ދުލުގެ ނުބައި ކަމެއް… ޚަބަރުދާރްރްރް….. މެސީ އަކީ ވިހި ފަންސަވީސް އަހަރުގެ ޒުވާނެއް ނޫނޭ ބޯޅައާ އެއްވަރަށް ފައި އުކާކަށް.. އެސޮރުގެ ޅަދުވަހު ކުޅުނޭ… ބާރަށް ދުވަން ވެސް ދުވިއޭ… ހެސްކިޔާހަ ގޯލު ވެސް ޖެހިއޭ… ކަލޭ މެންނަކަށް މެސީގެ ޒުވާން ކުޅުމެއް ނުފެނެއެއްނު… މިއަދު ރިޓައަރ ވާން ވެގެން ކުޅޭ އޭނާގެ އުމުރުގެ އެންމެ ފަހު ވޯލްޑް ކަޕްގައި ކުޅޭތަން ފެނިގެން އޭއްޗެކޭ މީއްޗެކޭ ގޮވާނެ ކަމެއް ނެތް… އެއީ މިހާރު ތިރީސް ފަސް އަހަރުގެ ލެޖެންޑެއް.. އެތަށް ފަހަރެއްގެ މަތިން އަގުހުރި ތަށި ތަށި އުފުލާފައި ހުރި ފިސާރި ފުޓުބޯޅަ ކުޅުންތެރިއެއް… އޭނަ އައި ދިމާލަށް ތިބުނީ ކަމެއް ނުވެއޭ… ބަލަ އަހުޗަމާ ކަލޭގެ ނޭމާ އާއި ދިމާއަށް މަ ބުނިންތަ ކަމެއް ނުވެއޭ. އައިންން… ނުބުނަމެއްނު؟… އެހެންމަ ދެންވެސް މެސީ އާއި ދިމާއަށް ބަދު ބަހެއް ނުބުނާތި… ”

އަހުޝަމް – (ރީޝާ ރުޅިއައިސްގެން ރަތްވެފައި ހުރެ އޭނާ އާއި ދިމާއަށް ހަޅޭއްލަވައިގަތުމުން)” ސުބުޙާނަ ﷲ، ﷲ އަކްބަރު  ޔާޝް ދޮންބެ އާ ހަވާލު ”

ނަޔާ – (ސިއްރު ސިއްރުން ރަނާ ކައިރީ)” އޭ އަހަރުން އަވަހަށް ބަޗަން ހިނގާ އިތުރު ލެކްޗަރެއް ނާޅަނީސް… ”

ރަނާ -” ޔާޝް ދޮންބެ ސަންތި މައިތިރި ކޮށްލަފާނެ… ”

ރިޔާޝް – (ރީޝާގެ މުށްކެވިފައިވީ ދެ އަތުގައި ހިފާ ލަވައެއް ކިޔަމުން)” މި އަތުގައި ހިފާ… މަގޭ އާޝިގާ… ޙަޔާތެއް ފަށަން އެހީ ދޭނުތޯ… ފަރި ޗާލު ބުލް ބުލް.. ނަލަ ރީތި ބުލް ބުލް… ތިޔަ ލޯބިން މަ ނިމި ދާންވީ ހޭ… ”

ރީޝާ – (ދެކޯ ފުއްޕައިގެން ހުރެ ރިޔާޝް އާއި ދިމާއަށް އެނބުރިލަމުން)” ޔާޝް އާރޖެންޓީނާ ދޯ މޮޅުވާނީ… ”

ރިޔާޝް -” ޔަގީނެއްނު… މާރޓިނޭޒް ހިފާއްޓަނޭ ގޯލު ތައް… ”

ރީޝާ -” މެސީ ޖަހަން ވެސް ޖަހާނެ ދޯ… ”

ރިޔާޝް -” ގެރޭ…. ފަނަރަ މިނެޓްގެ ދެ ހާފް ދޯ އެކުޅެނީ މިހާރު… ދެން ހަމަޖެހިގެން އިއްތާލަބަލަ.. ކޯއްޗެއް ގެނެސްދޭންވީ؟.. ޖޫގޯ އެއް ގެންނަން؟… ”

ރީޝާ -” ޔެސް ޕްލީޒް މައި ރޮކްސްޓާރ ރިޔާޝް ކޮރޯނާ… ”

ރިޔާޝް -” އެނީތިންގް ފޯރ މައި ޕްރިންސެސް ރީޝާ ކޮރޯނާ… ”

ރިއާޝް -” އެޚެއެޚެއެޚެމްމް… ދެން ތި ރޮމޭންސް ގަނޑު ހުއްޓަން ވެއްޖެ އެއްނު ދޯ.. އަހަރުމެން ވެސް އެބަ ތިބީމޭ… ”

ރިޔާޝް -” ޕިސް ނުހުއްޓޭނެ… މަރުވަންދެން ވެސް މިހެން ތިބޭނީ ދޯ މަގޭ ސަންތިމަރިޔަނބު.. ”

ރީޝާ -” އާން އޭ ދެން ދޭބަ ޖޫގޯ ގެންނަން… ”

ރިޔާޝް -” ހްމްމް މަރުވާން ނޫނީ މަށެއް ނުދާނަން ދޫކޮށްލާފަ ކަލާ… ތިޔަ ނޫން އަތަކަށް ދާން އަހަރެން  ލާނޭހެ މި ހިތް ދީލާ… ”

ނަޔާ -” ހޮއެ ހޮއޭ ސާބަހޭ… ދެން ޔާޝް ދޮންބެ ހަމައެކަނި ރީސާއަށް ތަ ޖޫގޯ ގެންނަނީ؟ އަހަރުމެން ނޯ… ”

ރިޔާޝް -” ބޯބޯ ޖީބު ހުސް…. ”

ރަނާ -” ހޫން ދެން ހަމަ މަރިޔަނބަށް ގަނެދޭން ވެއްޖެއްޔާ ސަލާން ޖަހައިގެން ވެސް ލާރި ހޯދާނެ.. ”

ރިއާޝް -” މަށަށް ޔަގީން މީ ރީޓައްޕު ދޮންބެއާ އިނދެގެން އަހަރުމެން ގެއަށް އައިސް ހަފްތާ އެއް ނުވެ މުޅި ގައިގައި އޮންނާނީ މަސް ޖަހާ ފުރި ބާރުވެފައި ކަން… ”

ރީޝާ -” ޖަހާފާނެއްނު… ”

އަހުޝަމް -” އައްދޭ… ކެމާޓު… ބިރެއް ވެސް ނުގަނޭ ދޯ…. ”

ރިޔާޝް -” އޭ އަހުއްޓި އެ ގޮއްޔާ ނުބެހޭތި މަ އަންނަން ދެން… ”

ރިއާޝް – (އިތުރަށް ކުޅުނު ދެ ހާފް ނިމުނުތަނާ ރިޔާޝް ޖޫގޯ ގަނެގެން އައުމުން)” އޭ ހަމަ އަހަރުމެންނަކަށް ނުގެންނަން ތަ؟…”

ނަޔާ – “އިޙުސާންތެރި ކަމުގެ ކަންފުޅެއް ވެސް ހަމަ ނެތިއްޔޭ ދޯ…”

ރީޝާ – “މަންޖެ ވެސް މީހަކާ އިނދެގެން ފިރިސޮރު ލައްވާ ގަނެބަލަ…”

އަހުޝަމް – “ދިރާސާ ތަކުން ދައްކާ ގޮތުން މި ރީޓައްޕު ޔާޝް ދޮންބެ އާ އިނދެގެން އެއްކަމެއް ވެސް ނުކުރާނެ.. ހަމަ ދެފައި ދަމައިގެން ކާލަ ކާލާ އޮންނާނީ…”

ރިއާޝް – “އާން ދެން ދޮންބެ ހުންނާނެ ހަތަރު ދަމު ސަންތިމަރިޔަނބުގެ ޚިދުމަތުގައި…”

ރަނާ – “އާދެ އެއީ މީގެ ފަސް އަހަރު ފަހެވެ. ސޯސަން މަގުގައި ހުންނަ ގަލޮޅު ވަތުކިބަގޭގެ ބޮޑު ކޮޓަރީގެ ބޮޑާށީގައި ވެޑުވި އެ އޮންނެވީ އެގޭ ޅީދަރިފުޅެވެ…”

ނަޔާ – “އެ ކަމަނާގެ ހަތަރެސް ފަރާތުން ލޮކި މަސް ޖަހައި ތުރުކުރައްވައިގެން އޮންނެވި ހެދުން ކޮޅުވެސް ވީދެނީއެވެ. އެކަމަކު މިހާރުވެސް އެ އޮންނެވީ ކުކުޅު ފައެއް ހިއްޕަވައިގެން އޭގެ ކަށިކޮޅު ގައި ދޫލައްވާށެވެ.”

އަހުޝަމް – “އާދޭހެވެ… ސައުވީސް ގަޑިއިރު އެ ކަމަނާގެ ޚިދުމަތުގައި  ގަނޖުފަރާހަކާއި ފަގުޑިއެއް އަޅުއްވައިގެން އެ ހުންނެވީ އެކަމަނާގެ ފިރިކަލުންނެވެ.”

ރިއާޝް – “އެ ފަކީރު ހިކި ދަނޑިބުރިއަކަށްވެ ނިމޭ އިރުވެސް ލޯބިވާ އަނބިކަނާއަށް ޚިދުމަތް ކުރެއްވުން ދުލެއް ނުކުރައްވައެވެ. އުމުރު ހުސްވާން ދެން ވެސް އެކަމަނާގެ އަރިހުގައި ވުމަށް ކޮންމެ ދުވަހަކު އެތަކެއް ވައުދަކާއި ހުވާތަކެއް ކުރައްވައިފިއެވެ.”

ރީޝާ – “ދެން ހެވޭ ދެން ހެވޭ… އެއޮއް ޕެނަލްޓީ ޖަހަނީ.. ވާއު ބްރޯ އާރޖެންޓީނާގެ ފަސްޓް ޕެނަލްޓީ ބައި ލިއޮނެލް މެސީ… ދަރިފުޅާ ދޫންޏާ ޖަހާތި..”

ރިޔާޝް – (މެސީ ޖެހި ޕެނަލްޓީ ކާމިޔާބު ވުމުން އެރި ފޯރީގައި ރީޝާ އޭނާގެ ފަލަމަސްގަނޑުގައި ޖެހުމުން) “އައްދޮމަ ފޫޅޯ ފޫޅަކަ ފޫޅޯ… استغفر الله استغفر الله استغفر الله واتوب إليك…”

އަހުޝަމް – “އާންން.. ދެން އަންނާނެ ވަރަށް ހޫނު ހަމަލާ ހަމަލާ… އަދި ގޯލެއް ނުވަނިއްޔާ ފޯރި ހުންނާނީ…”

ރީޝާ – (ނެދަލޭންޑްސްއިން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ކީޕަރު ހުށިޔާރު ކަމާއި އެކު ދިފާޢު ކުރުމުން) “ވާއު ކޮބާ ތަކުރުފާނު އިބްނު އައްސައްޔިދު.. ހީވޭ ކަމެކޭ؟…. މަ ބުނީމެއްނު މާރޓިނޭޒް އެއީ ތޯ ތޯ ކީޕަރެއް ނޫނޭ…”

އަހުޝަމް – “އޭ ބަލާ މިހާރު ވެސް މާރޓިނޭޒް ފޮނި ކަނޑާ ވަރު.. އެހެން އުޅެގެން އެންމެފަހުން ދެން ޖަހާ ހުރިހާ އެއްޗެއް އޭނާ އަތުން ވަންނާނެ…”

ރީޝާ – “ހެވޭ… ދޭތި މިސް ވެއްޖެ އެއްނު؟… ބާކީ ތިނެތި ވަނަސް އަދި އާރޖެންޓީނާ އިން ހަތަރެތި ޖަހައިފިއްޔާ އެވީނު..”

ރިޔާޝް – (އާރޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބު ނުވުމުން ރީޝާ ބާރު ބާރަށް އޭނާގެ އަތުގައި ވިކައިގަނެފައި ޖެހުމުން) “އުފްފްފް….”

ރީޝާ – (އާރޖެންޓީނާގެ އެންމެ ފަހު ޕެނަލްޓީ ކާމިޔާބު ވެ އާރޖެންޓީނާ މޮޅު ވުމުން ނަށަނަށާފައި ލަވަ ކިޔަމުން) “ޔެސް ޔެސް ޔެސް ޔެސް.. ލުކް ހޫ ވިއާރ.. ވީ އާރ ދަ ޑްރީމާރސް.ވީ މެކް އިޓް ހެޕެން… ކަޒް ވީ ބިލީވް އިޓް.. ޔޭޔެ… އަހުއްޓި ބަހުއްޓި ތަހުއްޓި ކަޑަ ވާނެ އޯ… ދެން ލަލަލަ”

ރިއާޝް -” އާދެ އާދެ އަހުއްޓި އާއި ރީޕޮޑު ޒުވާބެއް ފެށުމުގެ ކުރިން އަޅުގަނޑު މެން މިރޭގެ ޝޯވ މި ނިންމާލަނީ… ކުރިއަށް އޮތީ އަޅުގަނޑު އާދެ ތުއްތު މަނިކުބޭގެ މެޗު… ޕޯރޗުގަލް ވާރސަސް މޮރޮކޯ… ގެރޭއެއްނު ޕޯރޗުގަލް ކަން މޮޅުވާނީ… ”

ރީޝާ -” ކުރީބައިގައި މި ބުނީ މަ މޮރޮކޯ… ”

އަހުޝަމް -” ޔެސް މަރިޔަނބު ޓަޗް.. މަ ވެސް މަޣްރިބް ކަރަ… ”

ނަޔާ -” މަ ޕޯރޗުގަލް… ހާދަ ގަޅިއޭ ރީސާ ކޮޔާ… ރޮނާލްޑޯ ކުޅޭ މެޗެއްގަ އިދިކޮޅު ބަޔަށް… ”

ރީޝާ -” އޭ މިޤައުމާ ތެޅެން އެރި ބަޔަކާ މި ޤައުމު އިސްލާމް ކުރެއްވި ކަލޭފާނުގެ ޤައުމާ ކުޅޭ އިރު އަދި ވެސް ޕޯރޗުގީޒުންނަށްތަ ސަޕޯޓު ކުރަންވީ؟… އަހަރުމެން ކުރާނީ މަޣްރިބް ކަރައަށް ދޯ ތަކުރުފާނު… ”

ރިއާޝް -” ހެހް.. މީ ފުޓުބޯޅަ އޭ… ހަހަ މަންޖެ ހުރޭ… އާދެ އެހެންވީމާ ވާ ނުވާ އެއްވެސް އެނގޭނީ މެޗު ނިމުނީމާ.. މިހާ ހިސާބުން މިރޭގެ ޝޯވ ނިންމާލާފައި ވަކި ވެލާނަން… ވައްސަލާމް ޢަލައިކުމް.. ”

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ކަލާގެ ހިނިތުންވުން 3

Next

މައާފު އެދެމޭ..(ހަތަރުވަނަ ބައި)

Next
December 20, 2022

މައާފު އެދެމޭ..(ހަތަރުވަނަ ބައި)

Previews
December 13, 2022

ކަލާގެ ހިނިތުންވުން 3

14 Comments!

  1. Ammmu says:
    December 17, 2022 at 9:14 am

    Masha Allah mi prt ves vrh reethi ❤️ ❤️ ❤️ ❤️ ❤️
    Aaan Erey hama referee heevany jeebu furendhen reendhoo card alhaigen ulhey henney
    Aslu ves dhw reesh vrh rulhi aadheveyne messi ey kiyain faadu faadu ehchehi kiyangnaa…. Messi ge ran zamaanuga kulheliyey…. Aharumen goathi sorakaa faadu faakah nukulhevyeyne eiii legend eh….
    Dhen mihaaru enme unmydhu kureveny maadhan reyashaa comedy land ge next part ah 😭😆

    1. Ammmu says:
      December 17, 2022 at 9:25 am

      ***inthizaaru kureveny

    2. ReeshA CoronA ReeshA CoronA says:
      December 17, 2022 at 5:15 pm

      Shukran shukran❤️
      Aan ekey refree hama reendhoo card neelan kiyaigen sale alhuvaigen erey ulhunee..
      Aan ehengna messi ey kiyaigen maa faadu faaduge vhk dhahkangnaa nuthibwveyne himeynun neh
      Aaan ekey.. Esoru ge ran zamaanuga eyah vure gadhayah fiya jahaa thari eh nuhunnaane.. Eii hama number 1 legend…

      Aaan ekeyyy maadhan rey vaane gothakaa meehu visnaaliyas sikundi sumakah dhey.. Aan ok ok Morocco aa Portugal match update kurany mi😄

  2. Lai says:
    December 17, 2022 at 10:06 am

    Mi part vx vrh reethi maashaa Allah❤❤
    next part avas rahumatheh ga kiyaalan libeyne kamah ummeedhu kuran

    1. ReeshA CoronA ReeshA CoronA says:
      December 17, 2022 at 5:16 pm

      Shukuriyyaa ☺️
      Insha Allah vrh avahah libeyne

  3. Nayaa says:
    December 17, 2022 at 11:42 am

    Buroooo.. Mirey third play off.. Kn bayakah support kuranyyyy??? Ma hama seedhaa seedhaa Croati mirey.. Ingeytha keevve kan?? Dominik salhi kamun.. Baeh faharu Heevey Alisson ah vure vs e soru molhu hn..heevaneekee noon.. Yageen mashah.. E soraa araa hama kureveyne keeper eh neiy (in my personal opinion) eii hama dream keeper eh.. Dhn adhi Croatia meehun ge kulhumeh nethas… Keeper ekani eba hifahattaala ey dhiha baara goalu vs.. Salhi ey eythi..ekm magey hithah araa Brazil aa ekkoh kulhunu iru ehaa gina goal matha kohfa Argentina aa ekkoh kulhunu iru 3 goalu vadhegen dhiya iru e soru anga kolhu mahchah jahiagen hury keevvegen baavaey.. Hoon hoon dhn manje bunaane Messi molhu kamunney.. Hevey.. Gaboolu kuramey.. Legends will remain as legends..
    Dhn final ga…. Uhmmm… Dhn vrh undhagoo decide kuran.. Hama evvarakah support kuraa 2 team 😭😭.. yk wut.. Ma France.. Aan ehenyyaa emeehunney molhu vaany.. Mifaharu vs thashi nagaane.. Yageen.. Mbappe mn huttakaa faadu faadeh nuhedheyne.. Messi mennah penalty jahaigenney goal eh vehdheney vs (ey dhn mihn bunyyas ma mee Messi fan eh kan manje ah vs ingeynu dhw.. Ehnma hama jassaalaa.. Lol) Brazil keteema dhn ok Konme baeh molhu viyas… Ig…
    Arn dhn vrh salaam.. Nattaaly ey.. Bye bye.. Loabi vey biriyani ah vure kuda koh, Ekm Ney ah vure bodu koh..❤️❤️❤️

    1. ReeshA CoronA ReeshA CoronA says:
      December 17, 2022 at 5:22 pm

      Pis pis pis.. Saabas dhariyaaa… Livaković dhw… Aan eyna reethy light green jersey eh laigen huryma.. Dhen dhigu veema aa vx ehkoh.. Eii Esorah nuhifehehtuneema ehnu.. Galhi boa… Klww aan ekey france eii vx ma habeyhah support kuraa baekey.. Ekm dhen argentina ah ma support kurany.. Ekm france molhuviyas heyo.. Yeyyyss Mbappe dhw.. Giroad vx griezmann vx.. Aharumen ge vx eba thibi messi aa aramun anna thari alvarez aa martinez aa.. (hmmm) aaan dhey.. Ma vx loabi vey kaa ehchihsah vure kuda koh.. Rudra ah vure bodu koh

    2. ReeshA CoronA ReeshA CoronA says:
      December 17, 2022 at 7:49 pm

      #ma morocco
      Yageenehju Morocco kan

    3. Nayaa says:
      December 18, 2022 at 9:15 am

      Eyyyhhh heyyyyy morocco dhahvy.. Hahahahahahahahaha.. Klw gayaa ekm e team Dari vrh hot ingey.. Lmao.. Morocco bali vy oaaa.. Eyhhh pohhhh.. Bodu bolheh 😝😝😝.. Dhn vs dhuaa kurey Argentina molhu veythw

    4. ReeshA CoronA ReeshA CoronA says:
      December 18, 2022 at 2:36 pm

      #manuveydheraeh
      Whoh hello manje heekury ma dhera vaane kamah tha? Ma ufaa vee.. Ehaa mahchah morocco eryma.. Hahahaha dhennnlalalalla… Dhuaa kuriyas nukuriyas molhuvaan huri bayaku molhuvaane

  4. lau.laala786@gmail.com lau.laalu says:
    December 18, 2022 at 11:41 pm

    magey iboihtheyy suvaaleh… kobaatha rannu cover in neh nufeneyy…??? what is thiss…..
    eyyh thieh nooney.. REASHOTTTTTOOOOOOOOOOOOOOOO CONGRAAAAAAAA 😝🥳😝🥳ARGENTINAA MOLHUVVVEEEEEEEEEEEE HAHAHAAHAHHAAAAA…. DHEN EYY YANNOOO… duaa kureemey cmnt feifa ithurah kurevunu lmaoo….😂🤣😂🤣😂🤣
    hun aissa oiy meehaa hun ves filaifi….😅😅😅😅😆😆 haaiy theri.. mee vaa kulhi gandeh.. miss vaane meege mathin….😥😥😥😥😥
    reaash kokko dhen huri match thah bahattaafa avahah final genes dhee…
    ehen nooni final up vaa iru dhen oiy world cup fahtta faane… hehehehehe….😂😂😂😂😂😂
    take care dhooni gandaa.. meeni closing balan… byeee

    1. ReeshA CoronA ReeshA CoronA says:
      December 21, 2022 at 2:14 pm

      Ranaa dhw… Eii aalu egolaa maa fala ee ey cover ah fit vaa varah vure.. Ehnve nuleveny..
      YESSS THANK YOUUUUU🎉🎇🎆🇦🇷💙🇦🇷🎊🎇🎉🎈💙💙🇦🇷🇦🇷💙💙😭😭😭😭😭👏👏👏👏👏👏👏👏MOLHU VEEEEEE… AAARGENTIIINAAAAAAAAA😭👏👏👏👏👏👏👏👏🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🎉🎉🎇🎇🎊🎇🎊🎉🎊🎆🎆🎆🎉🎈YAAAYY YAAYYY YAAAYYYYAAAAAAA
      AAAN DHEN EHNNU VAAANY
      dhen huri match thah katuvaeh nuleveynu… Evx gennan jeheynu… Ey dhen mivaagothun ranaa vx ebq jehey dhw koppan cover ah.. Hmm ehen veytho balaanan

  5. Nayaa says:
    December 19, 2022 at 3:59 am

    REESHA CORONAAAA CONGRATULATIONSSSSSSSS… EY EY EY ARGENTINA MOLHU VYMA SAI ONNAN VAANE INGEYYYY.. MA MI NATTAALANY HAMA MIHAARU MALE’ AH.. DHAANAN MANJE MN GEYAH.. Byeeeee

    1. ReeshA CoronA ReeshA CoronA says:
      December 21, 2022 at 2:10 pm

      AHDHOOOIII… MITHANAH COMMENT KOHFA HURI KAMEH NUVES ENGEYYYY… KIHINEH ENGEYENEE VXXX… SHUKURIYYAAAAAAA.. AAAAN SAI VX ONNAANE..NIKAN AADHEBALA KERENGNAA MA GEAHHH.. AISFIYYAA HAMA GERE SAI DHEYNANNNN🎆🎉🎊😭😭😭💙💙💙💙🇦🇷🇦🇷🇦🇷🇦🇷🎉🎊🎇🎈🎈🎇🎉🎊🎇🎆🎈

Comments are closed.

Next Episodeކޮމެޑީ ލޭންޑް – މޮރޮކޯ : ޕޯޗުގަލް←


All Right Reserved!