Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންމަޖާ

ކޮމެޑީ ލޭންޑް – މޮރޮކޯ : ޕޯޗުގަލް

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
December 20, 2022 6 Mins Read
0 Comments

 

ރިއާޝް – “بسم الله الرحمن الرحيم.. اسلام عليكم ورحمة الله وبركاته… އާދެ މިރޭ އަޅުގަނޑު މެން މި ބައްދަލު ކޮށްލީ އަޅުގަނޑުގެ މެޗް އާދެ ޕޯރޗުގަލް އަދި މޮރޮކޯ ބައްދަލު ކުރާ މެޗާ އެކު… މިރޭ އަޅުގަނޑާއި ނަސީމާ ޕޯރޗުގަލް ކޮޅަށް ތިބިއިރު އަހުއްޓި އާއި ސަންތިމަރިޔަނބު އަދި ޔާޝް ދޮންބެ އާއި އައިމިނަބީ މި ތިބީ މޮރޮކޯ ކޮޅަށް.. ”

ނަޔާ -” ކޮން ކަހަލަ މޮޔަ ބައެއްދޯ؟… އެއޮއް ގަދަ ރޮނާލްޑޯ ހުއްޓާ މި މީހުން މި ސަޕޯޓް ކުރަނީ މޮރޮކޯ އަށް.. ”

ރީޝާ -” އޭ ހެލޯ ރޮނާލްޑޯ ތިބުނާހާ މޮޅަސް އޭނަ ނިސްބަތްވަނީ ޕޯރޗުގަލް އަށް… އަހަރެމެން މި ނިކަމެތި ދިވެހިންގެ މިނިވަންކަން ނިގުޅައިގަތް ޕޯރޗުގީޒުންނާ… އެކަމު މޮރޮކޯ؟… ކަލޭމެން ވިސްނާ މި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އޮށް އިންދެވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވަނީ މޮރޮކޯ އަށޭ… އެހެންމަ އަހަރުމެން ސަޕޯޓު ކުރަނީ މޮރޮކޯ އަށް ދޯ ތަކުރުފާނު… ”

އަހުޝަމް -” ޔަގީނެއްނު…. ރޮނާލްޑޯ ރަނގަޅަށްވިއްޔާ ނުވެސް އަރުވާނެ… ”

ރިއާޝް -” ކޮންތާކު! އޭނަ ނާރުވާ ކުޅޭނެތަ؟”

ރިޔާޝް – “އެރުވިޔަސް ނޭރުވިޔަސް މިރޭ މޮޅުވާނީ މޮރޮކޯ… ބަލައްޗޭ..”

ނަޔާ – “ތާކުން ތާކު ނުޖެހޭ މޮޔަ ވާހަކަ… ފުރަތަމަ މޮރޮކޯ މޮޅުވާން މޮރޮކޯގައި ރީތި… ކޯއްޗެއްތަ މީ އަނެއް އާން ރަނގަޅަށް ކުޅެވޭ މީހަކު ހުރީ ކީ ވެސް ނޫންވިއްޔަ”

ރީޝާ -” ރީއްޗޭ؟… އަޅޭ އަޝްރަފް ހަކީމީ ހާދަ ރީއްޗޭ… އޭނާގެ ސްމައިލް ވެސް..ވާހްހް.. އޭނަ އަންހެނުން ވެސް އެހާ ހޮޓު… ”

ރިޔާޝް -” ހޫން އެއްކަލަ އަންހެނާ ފެށުނީ… ”

ރިއާޝް -” ދޮންބެ ޖޭ ވެސް ވެޔޭ ދޯ… ”

ރިޔާޝް -” ދެން ޖޭ ވާނު… ”

ރަނާ -” އެހާ ލޯބިވޭ ވިއްޔަ ދޯ؟.. ”

ރިޔާޝް -” ހާންން މޭ ރީޝް ކީ ދީވާނީ ހޫން… ”

ރީޝާ -” ހޫން ހޫން ”

އަހުޝަމް -” ލަވް ބާރޑްސް ނައު ސްޓޮޕް… އެއޮއް ފަށަނީ މިހާރު ގައުމީ ސަލާން… ”

ރަނާ -” ކޮބާ ރޮނާލްޑޯ ؟”

އަހުޝަމް – “އޭ ޕޮހް… ކޮބަ ނެތް ރޮނާލްޑޯ އެއް.. އެހުރީ ބެންޗްގަ؟… ޕެޕޭ އަތުގައި ކެޕްޓަން ބޭންޑް ވެސް އެއޮތީ ހަހަހަ… ސީ ލެވިއްޖެ އެއްނު…”

ރިޔާޝް – “ދެން ލަލަލަ ދެން އަހަރުމެން މޮޅު ވާނެ ކަމާ މެދު ޝައްކެއް ވެސް ނެތް..”

ރިއާޝް -” އޭ ބަލައްޗޭ އޭނާ އަރުވާނެ އަދި… ”

ރީޝާ -” ޕިސް ޕިސް ބަލާބަލަ އެހެރަ ކޯޗެއް… ނޭނގެ މީން ދުވަހަކު ދަތް އުނގުޅި ކަމެއް… ޗި… ”

އަހުޝަމް -” އަނެއްކާ ބަލާ ޕެޕޭ ބޯ… އެންމެ އިސްތަށްޓެއް ވެސް ނެތީ އޭ… ހަހަހަ ތަލަބޯ”

ރިއާޝް – “އޭ ބަލަ ވަކި މޮރޮކޯ ކޯޗު ބޮލުގައި އިސްތަށި އެބަހުރި ތަ؟ އެ ވެސް ތަލަބޮލެއް…”

ރިޔާޝް – “އެ ސޮރު އައިބެއް ނޫނޭ”

ރިއާޝް – “ޕެޕޭ ވެސް ވަކި އައިބެއް ނޫނޭ… އަނހަ ބަލާ ޒިޔެޗް.. އެ ޖެހީ ނުވަތް… ދެން ޖެހި އެތި ވެސް ނުވަތް…”

ނަޔާ – “ކޯރނަރެއް… ޔަގީނޭ މިވެސް ނުވަންނާނެ ކަން… ކޮބާ މަ ބުނީމެއްނު…”

ރީޝާ – “ހޫން މިފަހަރު ޕޯޗުގީޒުންނަށް ކޯނަރެއް… މަ ބަލާނަމޭ ކިހާ ރީތިކޮށް ވަދޭ ތޯ…”

އަހު-“ޕަޗާސްސް ނުވަނެއްނު… ހަހަހަ ( މޮރޮކޯ ކީޕަރު އުނގަށް ޕޯޗުގަލް ކުޅުންތެރިއަކު ވެއްޓުމުން) އައްދޭ ހާދަ ރޮމޭންޓިކޭ ދޯ މިހާރުގެ ފުޓުބޯޅަ ވެސް… “ރިޔާޝް -” ހައެ ހައޭ… ކަލޯ ފެރްނާންޑޭޒް ކިހިނެއް އެ ވެއްޓުނީ… ”

ރީޝާ -” އޯހޮއޭ ބޯނޯ އާ ދެމީހުން ކޮން ކަމެއް ބާ… ހަހަހަ ސަޅި ކަޕްލް އެއް ހަމަ… ”

ރިއާޝް -” ވަރިހަމަ އޭ… ހޫން ބަލާ ބުފައުލް ގަނޑު އެއޮއް ދަނީ.. ޔަގީނޭ ނުޖެހޭނެ ކަން.. ”

ނަޔާ – (ބުފައުލް ޖެހި ބޯޅަ ސީދާ ކީޕަރު އަތަށް އެރުމުން)” ހަހަހަ ކޮބަ އަހަރުމެން ކީޕަރު ވެސް ގަދަ ވާނޭ ”

ރީޝާ -” އޭ ހެލޯ އެއީ އަދި ގަދަ ވުމެއް ނޫން… އެއީ ބޯޅަ ކީޕަރާ ސީދާ ވުން ބަލާތި އާން މިހާރު އެދަނީ ނަސީރާ… އެސޮރު ޖަހާނެ ކަލޭމެން ބަލާތި..(ފޯރި އަރަމުން ގޮސް ހަޅޭއްލަވަމުން) އާން އެހެން ލައިފަ ގޮސް ވަން ޓޫ ތްރީ ބިސްމިﷲ (ގޯލަށް ބޯޅަ ވަނުމުން) “ޔޭ… ކޮބާ ސާބަހޭ ދަރިޔާ… މަ ބުނީމެއްނު ޖަހަނޭ..”

އަހުޝަމް – (ފުމެ ފުމެފައި) “ހެހޭ އަބްރިގާނޭ ޒަންޖިބިކޯނޭ ޓްވިންކަލް ޓްވިންކަލް ލިޓްޓްލް ސްޓާރޭ…. ޓޮރޮން ޓޮރޯންން…”

ރިޔާޝް – “ޖިންޗާޗާ ޗިކާ ޗިކާ ޖިންޗާޗާ ގޯލް ހޭ… ކަމޯން ގައިޒްޒް ޙަޖަމް… ”

ރިއާޝް – “ޖަންގުސަން ވަޅު ބެދިފަ.. އިތުރަށް ޙަޖަމް ކުރެވޭކަށް ނެތް ތީ އޮފްސައިޑެއް..”

ރީޝާ – “ކޮން އޮފްސައިޑެއް އޮންސައިޑެއް ބިސައިޑެއް ކިޔާކަށް؟… އެއީ ހަމަ ރީތި ގޯލެކޭ…ފުރަތަމަ ހާފް ވެސް ނިމުނީ… ޗިލް އައުޓް ބްރޯ..”

ރިޔާޝް – “ޕޯޗުގަލް ދަށްވަނީ އޭ…. ދަށް ވަނީ އޭ… ހަމަ ދަށް ވަނީ އޭ…”

ރިއާޝް – “އޭ މާ މޮޅު ލަވަ ކިއުންތެރިއަކަށް ވެގެން އެބަ އުޅެއެއްނު އަދި… ހަރާމޭ ލަވައެއް ހަދަން އެނގޭ ނަމަ ވެސް”

ރިޔާޝް – “ޔޯ ޔޯ ބްރޯ އިޓްސް މީ ރޮކްސްޓާރ ރިޔާޝް ކޮރޯނާ…”

އަހުޝަމް -” އެންޑް ހެލޯ.. ލެޓްސް ސެލެބްރޭޓް އަވަރ ވިން… މޮރޮކޯ ހޭޒް ސްކޯރޑް އެގެއިންސްޓް ޕޯޗުގަލް… ވަޓް އަ ގޯލް ދެޓް ވޯޒް… ”

ރީޝާ -” އެންޑް ޔަހ ނައު ދި ސެކަންޑް ހާފް އިޒް ބިގްނިންގ… ވިތް… އަމްމް ނަ ނާ ވިތްއައުޓް ކްރިސްޓިއާނޯ ރޮނާލްޑޯ…  އޯހ ޕުއަރ ކްރިސްޓިއާނޯ… ”

ނަޔާ -” އޭ އަދި އަރުވާނެ އެސޮރު އިނގިއްޖޭ… ”

ރިޔާޝް -” އައްދޭ އެރިޔަސް ނުވާނެ ކަމެއް… މިހާރު ވެސް އެހާ ވަކަ ކޮށް އެ ކުޅެނީ… އެއްކަމެއް ވެސް ނެތް… ނިދި ބުރާންތި ކައިފައި އެ ތިބީ އެސޮރު މެން… ”

ރީޝާ -” އާން އެކޭ ހާދަ ކުޅުމެއް ނެތޭ މިރޭ ޕޯޗުގީޒު ކުދިންގެ…”

ރިއާޝް – (ފަންސާސް ވަނަ މިނެޓުގައި ރޮނާލްޑޯ އެރުވުމުން) “ހެހް ކޮބަ އެއޮއް އެރުވީނު މަގޭ ދޮންބިސް ގަނޑު…”

ރަނާ – “ދޮންބިސްގަނޑޯ… ހަހަހަ ވަރަށް ބިސް މީހެކޭ އެއީ ދޮންބިސްގަނޑު ކިޔަން”

ރިއާޝް – “ދެން މަންޖެ މަށާ އިނދެގެން ލޯބި ލޯބި ދޮންބިސް ގަނޑެއް ހޯދަދޭންވީނު؟”

ރީޝާ – “އަމައްޔާއި… ހަރޭ އަރެ އަރެ ވާހްހް ކޮން ކަހަލަ އިޝާރާތް ތަކެއްތަ މިވަނީ؟…”

އަހުޝަމް – (ރިޔާޝް އާއި ދެމީހުން ޖޯޑެއް ހެން ނަށަމުން) “އިޝާރާތް ހޭ ކުރީ…. އިޝާރާތް ހޭ ކުރީ…. ލަދުން ހީލިއޭ… ހުއްޓުނީތީ ފެންނަ ފަށުގައި ތިޔަހެން ހޫރެކޭ ހީވިއޭ…”

ރީޝާ – (އަހުޝަމް އާއި އެކީ ރިޔާޝް ނެށުމުން) “އޭ ޔާޝް ހާދަ ހެއްވައޭ..”

ރިޔާޝް – (ދުވެފައި އައިސް ރީޝާ އާއި އެކީ ނަށަމުން) “އޮހ އޮހ އޯ ސޮރީ މެރަ ޖާން… ކިޔާ.. އައިމިނާބީ މަނިކު ތުއްތުއާ އޭ އިނީ… ކައިވެނީގައި އެލީ ރަތް ލިބާހެއް ޔަގީން… އައިމިނާބީ މަނިކު ތުއްތު އާއޭ އިނީ.. ކައިވެނީގައި އެލީ ރަތް ލިބާހެއް ޔަގީން… ދެން އެހޯދީ ދޮންބިސްގަނޑެއް ހަމަ ޔަގީން… ދަރިޔަކަށް ހަމަ އެހޯދީ ދޮން ބިސްގަނޑެއް ޔަގީން.. ބުނާތީ އެހިން ކަންފަތުންން..  ބުނާތީ…. ”

ރަނާ -” އޯއި ހޯއި ހޯއި ދެން ހެވޭ މީ ވެސް ބޮޑު ވެއްޖެ ކަމެއް ސަހާދެއް… ”

ރިއާޝް -” އޭ އައިމިނަބީ.. ސީރިއަސް އޭ.. މަށާ އިންނާނަންތަ؟”

ރަނާ – “ޗީޑި މަ އެބަ އުޅެންދޯ ތި ރިއާޝް ޙަސަން ޤާދިރާ އިންނަން.. އަބަދު ތަށިމަތި އަޅާފަ އިންނަ މީހަކާ އިނދެގެން މަ ކިހިނެއް އުޅޭނީ.. މޮޔަ ނުގޮވާ…”

އަހުޝަމް – (ވިހި މިނެޓު ފަހުން) “ޕިސް ޕިސް ހާދަ ވައޭ ޕޯޗުގަލް… ރޮނާލްޑޯ އެރުވީމަ ވެސް ވަކި ކަމެއް ވެއްޖެ ތަ؟ އެއްވެސް ތަފާތެއް ނެތް…”

ރިއާޝް – (މޮރޮކޯ ކުޅުންތެރިއަކަށް  ރީނދޫ ކާޑު ދެއްކުމުން) “ކަލޯ ގަޔާ މެޗުގެ ފުރަތަމަ ރީނދޫ ކާޑު އެވެސް މަޣްރިބް ކަރައިގެ ގަންޖުފަރާހަކަށް… ހީވޭ ކަމެކޭ..”

ރީޝާ – “އޭ އެއީ މާ ބޮޑުއެއްޗެއް ނޫނޭ… އެއަށްވުރެ ދެރައެއްނު ކަލޭމެން ނަށް ގޯލެއް ނުޖެހިގެން އުޅޭތީ”

ރިޔާޝް – “އާން އެކޭ ދެންވެސް އަވަހަށް ހިތްވަރު ކޮށްފައި ގޯލެއް ޖެހޭތޯ ބަލަން ދޭބަލަ… (ރީޝާގެ އަތް އޭނާގެ އަތު ތެރެއަށް ލައި އެއް ލޯ މަރާލަމުން) އަހަރުމެން އަންނާނަން ކުޑަ ކޮށް މީ… ކުޑަކޮށް ވާރމް އަޕް ކޮށްލައިގެން…. އަންނަން ވާއިރަށް ގޯލެއް ޖެހޭތޯ ބަލާތި..”

ނަޔާ -” އޭ އަމައްޔާއި…. މަށަށް ހީވަނީ އެންމެ އަވަހަށް އިނދެފައި އެންމެ އަވަހަށް ދަރިޔަކު ހޯދާފައި އެންމެ އަވަހަށް މާމަ ކާފަ ކިޔާނީ ވެސް މި ދެމީހުންނަށް ހެން… ”

ރިޔާޝް -” ޔަގީނެއްނު… ލެޓްސް ގޯ ބޭބްސް… ”

ރީޝާ -” އޭ އަމައްޔޯއި… ފެން ފޯއް ތޯއްޗެއް މަށާ ދިމާލަށް ބެބީ ސޭބީ ނުކިޔާތި އެނގޭ… ޚަބަރު ދާރު ރިޔާޝް ޙުސައިން ޤާދިރު… ތި ހަށީގައި ނޭވާ ހިނގާހާ ހިނދަކު މި މަރިޔަމް ރީޝާ ޝަރީފާ ދިމާލަށް ބޭބް، ބޭބީ، ބޭބްސް ކިޔައިގެން ނުވާނެ.. އެނގިއްޖެތަ؟… ”

ރިޔާޝް -” އާދެ މަ ސާހިބް… ވިދާޅުވި ގޮތެއް… ދެން ހިނގާބަ… ”

ރީޝާ -” ކޮންތާކަށްތަ؟.. މި ވެސް އުޅޭ ވައްތެރެކޭ އެންމެނަށް ފޮނި ދައްކަން.. ”

ރަނާ -” ވަރުގަދަ އިންޒާރެއް… ނޮޓް އަ ޓައިޕިކަލް ޖީ އެފް ދޯ ޔާޝް ދޮންބޭ؟…”

ރިޔާޝް – “ޔަގީނެއްނު… އެހެންވެއޭ މަ އެހާ ލޯބި ވަނީ…”

ނަޔާ – “މާޝާ ﷲ މާޝާ ﷲ… ދެކުދިންނަށް ބާއްޖަވެރި ޙަޔާތެއް ދެއްވާށި…”

އަހުޝަމް، ރަނާ، ރިއާޝް – “އާމީން…”

ރީޝާ، ރިޔާޝް – “ޝުކްރަން ޝުކްރަން…”

ރިޔާޝް – “އެކޮއެ މެނަށް ވެސް މިހާ ލޯބި އަނތްބަކު ދެއްވާށި…”

ރީޝާ – ” ޗަކޮއެ މެންނަށް ވެސް މިހާ ރަޙުމް ކުރާ ފިރިއެއް ދެއްވާށި އާމީން…”

ރިއާޝް – “ޝުކްރް ޝުކްރް ޝުކްރް… (މެޗުގެ އަޑު ގަދަވުމުން) އޭ އަމައްޔާއި މި ދެގޮލާގެ ޑްރާމާ ގަނޑުގަ ޖެހިގެން މެޗުގައި ވީ ނުވީއެއް ވެސް ނޭނގުނޭ… ކަލޯ ގަޔާ ރޮނާލްޑޯ ރޮނީތަ؟… ނުރޮއެ ދަރިފުޅާ ހިތްވަރު ކުރޭ… އަދި ޖެހޭނެ ލަނޑެއް…”

އަހުޝަމް – “އައްދޭ ރޮނޑު ރޮނީ… ރޮނާލްޑޯ ރޮނީ ޔޭ ޔޭ.. ރޮނާލްޑޯ ރޮނީ ޔޭ ޔޭ… ހަހަހަހަހަ”

ނަޔާ – “އޭ މައިތިރި ވޭ…. މީހަކު ހިތުގައި ޖެހިގެން ރޯތަން ފެނުނީމަ ވެސް މީނަ ކަމަކީ ހުނުން…. މީ އެސޮރުގެ ފަހު ވޯލްޑް ކަޕޭ… ހިތަށް ހާދަ އަސަރެއް ކުރާނޭ…”

ރީޝާ – “އޭ އަހުއްޓި ދެން އެ ވަރަށް އެއްޗިހި ނުކިޔާ މެސީ މެން ވެސް ކަޓާފާނެ…”

އަހުޝަމް – “މަށަށް ކޮން ކަމެއް… ކަޓާފާނެއްނު؟… މަށަށް ވަރިހަމަ ރޮނާލްޑޯ ވެސް މެސީ ވެސް އެމް ބާއްޕެ ވެސް ދެން ހުރި މީހަކު ވެސް ކެޓިޔަސް… ބްރެޒިލް ކެޓީމަ ދެން މަގޭ ހުވާހެއް ނެތް..”

ރިޔާޝް – “މި އަހުއްޓި ބަފުއްޓި އަށް ހެޔޮ ނަސޭހަތެއް ދީގެން ނުވާނެ..”

ރިއާޝް – “އޭ ކަލޯ ނޯ ގަޑި ހަމަ ވަނީ… އަވަހަށް ޖަހާބަލަ…”

ނަޔާ – “ބްރޯ ބްރޯ ނޯ… ދަރިންނޭ….”

ރިޔާޝް – “ދަރީންނޭ ހޭ އަރާށޭ… މާތްވި ކޯޗަށް ބޯ ލަނބާ ކުޅެގެން… ނަތީޖާ ހާދަ ހިތި ކޮށްނޭ މިއޮއް ނިމެނީ… ރޮނާލްޑޯ ހަމަ ރޮނީ އޭ..”

އަހުޝަމް – “ހުސް ވަގުތުގައި ހެޔޮ ޢަމަލު ކޮށްލާ… ކުދީންނޭ ބަސް އަހައިގެން ތިބެ ކުޅެން ދާށޭ..”

ރީޝާ – (މެޗު ނިމޭތި ސިކުންތު ގުނަމުން) “ތްރީ ޓޫ ވަން… އަޅޭ ސޯ ސޭޑް… ޑިއާރ ރޮނަލްޑޯ… މެސީ ނޫނީ އެކޮޔަށް އޮތް ފުރުސަތެއް މީ.. ދެން ކޮންމެސް އެކަކަށްތާ ލިބޭނީ.. އެހެންމަ ދެން އަވަހަށް ގެއަށް ދޭ… މިރޭ ބިޓު މަންޖެ ވެސް ދަރިން ތައް ގޮވައިގެން އައިސް އިނީ ޖޯޒީ ލައިގެން ވިއްޔާ… އެހެންވެ ތޯއްޗެއް މޮޅު ނުވީ ވެސް… ”

ރިޔާޝް -” މަ ބުނީމެއްނު.. މަ ބުނީމެއްނު މޮރޮކޯ އޭ މޮޅުވާނީ… ދެން ލަލަލަ”

ރިއާޝް -” ނޯ ނޯ ނޯ ނޯ… ދިސް އިޒް ނަޓް ޓްރޫ…. އައި ކާންޓް ބިލީވް ދިސް… ސީރިއަސްލީ… ”

ރަނާ -” އާދެ ކޮންމެއަކަސް ވަރަށް ހިތި ކޮށް ޕޯޗުގަލް މުބާރާތުގެ ކުއާޓަރ ފައިނަލުން ވަކި މިވީ މޮރޮކޯގެ އަތުން ބަލި ވެގެން… ކޮންމެއަކަސް އާޝް ބްރޯ މިވަގުތު އެ އިނީ ވަރަށް ހިތް ދަތި ވެފައި… އަޅުގަނޑު މެން އެސޮރު މަސަލަސް ކުރަން ވެސް އުޅެން އެބަ ޖެހޭ.. އެހެންވީމާ މިހާ ހިސާބުން މިރޭގެ ޝޯވ ނިންމާލާނަން.. ވައްސަލާމް ޢަލައިކުމް ”

ރީޝާ -” މަންޖެ އަށް އަސަރު ކުރޭ ދޯ އެސޮރު ހިތުގައި ޖެހުނީމަ”

 

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އުމުރަށް ވެސް ލޯބިވިން….

Next

އުމުރައް ވެސް ލޯބިވިން – ފުރަތަމަ ބައި

Next
December 21, 2022

އުމުރައް ވެސް ލޯބިވިން – ފުރަތަމަ ބައި

Previews
December 20, 2022

އުމުރަށް ވެސް ލޯބިވިން….



All Right Reserved!