Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ…32

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
December 13, 2022 5 Mins Read
2 Comments

ޒިވާ އަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އޭނާ އަށް ބޭވަފާ ތެރި ވެވުނު ހެއްޔެވެ؟…

ވިޝާމް އޭނާ އަށް ބޭވަފާތެރި ވެވުނު ކަމަށް ބުނަމުން ދިޔަ އިރު ޒިވާ ސުވާލަކީ އަދިވެސް އޭނާ އަށް ބޭވަފާތެރި ވެވުނީ ހެއްޔެ އެވެ…

ޒިވާ އާއި ވިޝާމް އެކޭ އެއްފަދައިން އިވާ އަށާއި އަޔާޝް އަށް ވެސް ވަނީ އެއްފަދަ ގޮތެކެވެ. އިވާގެ ސުވާލަކީވެސް އެނައަށް ބޭވަފާތެރި ވެވުނު ހެއްޔެ އެވެ.

 

Ϟ ބައްތިރީސް ވަނަ ބައި Ϟ

…

މާސްކަކާއި ކަޅު ޓާޓަލް ނެކް އެއްގެ މަތިން ހަމަ އެކުލައިގެ ޖެކެޓެއް ލައިގެން، ތިރިން ފައިކުރިއަށް ހިމަ ކަޅު ޖިންސެއް ލައިގެން ބެލްކަނީގައި ހުރި ނައިރާ ދިޔައީ ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ. އިރުއިރުކޮޅާ ފަސް އެނބުރި ކޮޓަރިތެރެއަށް ބަލާލައެވެ. ވަރަށް ސިއްރުން ވަގަގު އުޅޭ ފަދައިން ނައިރާ ފޯނުކޯލު ކުރުކޮށްލުމަށް ފަހު ލަސް ފިޔަވަޅުތަކެއްގައި ކޮޓަރި ތެރެއަށް ވަދެ އަލަމާރި ތެރެއިން ބޫޓު ތަކެއް ބަހައްޓާފަ ހުރި ދިމާލަކުން ކަޅުކުލައިގެ ކަށިމައްޗާއި ހަމައަށް އަރާ ގޮތިކް ބޫޓެއް ނެގިއެވެ. ދެއިންޗި ވަރުގެ ކުޑަ ފުންނާބުކޮޅެއް އިން އެ ބޫޓު ލައިގެން އޭގެ ނާޑުވާ އައްސާލުމަށް ފަހު ނައިރާ އޭނާގެ ފޯނުގެ ކަވަރު ނައްޓާލިއެވެ. އަދި ކައިރީ ހުރި ކުޑަ ކަބަޑު ތެރެއިން ކަޅު ކުލައިގެ ކަވަރެއް ނެގުމައްފަހު އެ ލައްވާލިއެވެ. ފަހު ކަމަކަށް ލޯގަނޑު ކުރިމައްޗަށް އަރާ މީހާގެ މޫނު ހުރީ ކިހިނެއްތޯ ބަލާލިއެވެ. ކަޅު ކުލައާއި އަޅި ކުލަ ބޭނުންކޮށްގެން ސްމޯކީ އައި މޭކަޕް އެއް ކޮށްފައި ވީ އިރު ތުންފަތުގައި ކަޅުކުލައަކަށް ދާ ވަރުގެ މެރޫން ކުލައެއް ޖައްސާ ލެވިފައި ވިއެވެ. ފޯނު ޖިންސުގެ ފަހަތު ޖީބަށް ލަމުން ނައިރާ އަވަސް އަވަހަށް ދޮރާ ދިމާލަށް ގޮސް ފަސް އެނބުރި އެނދުގައި ނިދާފައި އޮތް މިޝްކާ އަށް ބަލާލިއެވެ. މިޝްކާ ނައިރާ ކައިރިއަށް ދެތިން ދުވަހަށް އައިސް އުޅޭތީ މިޝްކާ ނިދަނީވެސް ނައިރާގެ ކޮޓާރީގައެވެ.

ސިއްރު ސިއްރުން ދޮރު ލައްޕާލާފައި ވަރަށް މަޑުން ފިޔަވަޅުތައް ނަގަމުން ނައިރާ ގެއިން ނުކުތެވެ. އެކަކަށް ވެސް ނުފެނި ނުކުމެވުނު ކަމައްޓަކާ އޭނާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. އަދި ހަމަޖެހިލުމަށް ފަހު މަގުމައްޗަށް ބަލާލިއެވެ. ނަމަވެސް އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވުމުން ނައިރާ ގުޅަނީ ކާކު ތޯ ބަލާލިއެވެ. ‘އަންނޮއުން’ ގެ ނަމުން ސޭވް ކޮށްފައި ވި ނަންބަރުން ގުޅަމުން ދާތީ ނައިރާ މަޑުކުރުމެއް ނެތި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

” ޔެސް، ކޮބާ؟… އަހަރެން މިހިރީ އެގޭ ދޮރުމަތީގަ… އޮކޭ… އޮން މައި ވޭ…” އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާއަށް ޖަވާބު ދެމުން ނައިރާ ދެކޮޅު ބަލާލާފައި އެމީހާ ބުނި ތަނަށް ދާން އަވަސްވެގަތެވެ. ރަށުގައި ހިނގަން އާދަވެފައި ވުމުން ނައިރާ އަށް ދާންވީ ތަން ވަރަށް ފަސޭހައިން އިނގުނެވެ.

ރަށުގެ ތުނޑި އާއި ވީ ދިމާލުގައި ހުރި ފަޅުގޭގެ ދޮރުމައްޗަށް އައިސް ނައިރާ އޭނާގެ ފޯނު ނަގައި އޭނާ އަށް ކުރިން ގުޅި ނަންބަރަށް ޑައިއަލް ކޮށްލި އެވެ. ނަމަވެސް ފޯނު ނެގުމުގެ ބަދަލުގައި ފޯނު ކެނޑިފައި އައީ މެސެޖެކެވެ. އެ ފަޅުގޭގެ ފަހަތަށް އޮތް ގޯއްޗާއި ދެމެދުން އިން ކުޑަވަރެއްގެ މަގުން އެ ފަޅު ގޭގެ ފަހަތަށް އައުމަށް ބުނެފައިވި މެސެޖު ފެނި ނައިރާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުން ވުމެކެވެ.

މެސެޖުގައި ބުނެފައި ވީގޮތަށް އެ މަގު އިންނާނެ ދިމާލަށް ދިޔަ އިރު ހިމަ މަގެއް އިނެވެ. ޖެހިގެން އިން ގޯތީގެ ފާރާއި ފަޅު ގޭގެ ވަށައިގެން ރޭނިފައި ވި ދެފާރު ދޭތެރެއިން ދެވެން އޮތް ތަންކޮޅަށް ބަލާލާފައި ނައިރާ އޭނާގެ ޖީބުން ކަޅުކުލައިގެ ފޭސް މާސްކެއް ނެގިއެވެ. އެ އަޅައިގެން އޭނާގެ އިސްތާށިގަނޑުން އެއްބައި ކޮނޑުމަތިން ކުރިއަށް ގެނެސް ކޮށައިފައި ވި ނިއްގަނޑު ލޯ މައްޗަށް ވައްޓާލާފައި އެ ދެ ފާރު ދޭތެރެއަށް ދެމިގަތެވެ. އެ ދޭތެރެއިން ނުކުމެލުމާއި އެކު ގޭގެ ބިއްދޮށް ފަޅިއަށް ނައިރާ އަށް ނުކުމެވުނެވެ. އަނދިރިކަން ވެރިވެފައި ވީ އެ ބޮޑު ގޯއްޗަށް ބަލާލާފައި ނައިރާ މީހެއްގެ ހިލަމެއް ވޭތޯ ކޮޅު ކޮޅަށް ނަޒަރު ހިނގާލިއެވެ. އެއާއި އެކު ކުރިމަތިން ބަރު ފިރިހެން އަޑަކުން ހިގަތް އަޑު އިވުނެވެ.

” ހެހެހެހެ… އާދެވިއްޖެ ދޯ؟…” ” އަންނާކަށްނުން ގުޅާނީ… ދެން ނައިސް ނުދާނެ ދޯ؟” އަނދިރި ގަނޑޫ ތެރެއިން ހަނދުވަރުގެ އައްޔަށް ނުކުތް ހިޔަންޏެއް ފަދަ މީހާ އަށް ބަލާފައި އެމީހާ ކުރި ސުވާލުގެ ޖަވާބަށް ނައިރާވެސް ކޮށްލީ ސުވާލެކެވެ.

” ހެހެހެ.. އާން… އެކަން އެހެންވެސް ގޮސްދާނެ…” ވިހަ ހިނިތުންވުމަކާއި އެކު އެ ފިރިހެން މީހާ އިސް އުފުލާ ލަމުން ބުނެލިއެވެ. ” ޝާމިން.” ތިރިއަށް ބަލާލުމަށް ފަހު އިސް އުފުލާ ބަލާލަމުން

” ބޭކާރު ވާހަކަ ދައްކާކަށް އަހަންނެއް ނެތިން… ސްޓްރެއިޓް ޓު ޕޮއިންޓް… އަހަރެން ބޭނުމީ އަޔާޝް އާ އީވާ އާ ދުރު ކުރަން… އަހަރެން ބޭނުމީ އަޔާޝް…  މީގަ އަހަންނަށް ހަމަ އެކަނި އެހީ އެއް ވެވޭނީ ކަލެއަށް.. މިކަމުން ކަލެއަށް ވެސް ފައިދާއެއް ކޮއްފާނެ..” ” އެއީ؟.” ނައިރާ ފަހު ޖުމުލަ ބުނެލުމާއި އެކު ޝާމިން އަށް ސުވާލު ކުރެވުނެވެ.

 

” ފުރަތަމަ އަޑު އަހާ… އަހަންނަށް އިނގޭ ތީ ކާކު ކަން ވެސް… އަދި ވަރަށް ބޮޑު ސިއްރެއްވެސް… އެހެން ވީ މަ އަހަރެން މި ބުނަނީ މިކަމުން އަހަންނަށް އެކަންޏެއް ނޫނޭ ފައިދާ ކުރާނީ… ކަލެއަށް ވެސް ފައިދާ އެއް ކޮއްފާނެ އޭ…” ” ތި ކުރަން އުޅޭ ކަމަކާ، އެނގިގެން އުޅޭ އެއްޗަކާ، އަހަރެން ކޮއްދޭންވީ ކަމެއް ބުނެބަލަ ތަންކޮޅެއް ސާފުކޮށް…”

 

ނައިރާ އޭނާގެ ރޭވުން ޝާމިން އަށް ކިޔައިދީ ނިމުމާއި އެކު ޝާމިން ވަގުތުން އެކަމަށް އެއްބަސްވިއެވެ. އެހެނީ އޭނާ އަށް އެކަމުން ފައިދާ އެއް ވެއެވެ. އެއީ ކުޑަވެސް އެއްޗެއް ނޫނެވެ. އޭނާ އަށް އަޔާޝްގެ ކިބައިން ބަދަލު ވެސް ހިފޭނެ އެވެ. ވިހަ ހިނިތުންވުމެއް މޫނު މައްޗަށް ވެރި ކުރުވަމުން ޝާމިން ނާއިރާ އަށް ސަލާމަށް އަތް ދިކޮއްލިއެވެ. ނައިރާވެސް އޭނާ ކުރަން އައި ކަންތަށް ފުރިހަމަ ވުމުން ހިނިތުންވެލާފައި ޝާމިން އާއި ސަލާންކޮށްލިއެވެ. އެވަގުތު ވެގެން ދިޔައީ އެކަކު އަނެކަކާއި ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތުކޮޅަކަށެވެ. ނަމަވެސް އެ ވަގުތުކޮޅު ދިގުލައިގެން ނުދިޔައީ ނައިރާ އިސްޖަހާލާފައި އޭނާގެ ޖިންސު ޖީބަށް ޖަހާފައި ވި ކަޅު ކުލައިގެ ކަރުދާސް ގަނޑު ނަގާ ޝާމިން އަށް ދިއްކޮށްލުމުންނެވެ.

އިރުކޮޅަކަށް އެ ކަރުދާސްގަނޑަށް ބަލަން ހުރެފައި ޝާމިން އޭގައި އޮތް އެއްޗެއް ބަލާލިއެވެ. އެތެރޭގައި ހުރި ފަސްސަތޭކައިގެ ނޫޓުތަށް ފެނި ޝާމިންގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ނައިރާ އަށް ބަލާލެވުނެވެ.

” ހެހެހެހެ… ތީ ބަރާބަރު ދިހަ ހާސް ރުފިޔާ… ކަލޭ ބޭނުން ގޮތަކަށް ދީގެން ބޭޏުން އެދުމެއް ފުއްދަން ވީ… އަހަރުން ދެމީހުން ދޭތެރޭ މި ފެށޭ ޑީލް ގެ ފެށުން ކަމުގައި ބަލައިލާ…” ނައިރާ ޝާމިން އޭނާ އާއި ދިމާލަށް ބަލައިލުމާއި އެކު ބުނެލިއެވެ. ހީވީ ޝާމިން ގެ ހަރަކާތް ތަކަށް ވަރަށް ރަނގަޅަށް ފާރަވެރި ވެގެން ހުރީ ހެންނެވެ.

އެރޭ ނައިރާ އެތަނުން ނުކުމެގެން ދިޔައީ ހިތްހަމަޖެހިލައިގެން ހުރެ އެވެ. އޭނާގެ ރޭވުން ފެނަށް ދިޔަ ނުދީ ކާމިޔާބާއި ހަމައަށް ވާސިލް ވާން ނައިރާ ހުރީ ގަދަ އަޒުމުގަ އެވެ.

” ދެން ބަލަން ހުރޭ އިވާ… ތި އަތުތެރޭން އަހަރެން އަޔާޝް ދަމައިގަންނަ ގޮތް.. ތި ކުޑަ ކުޑަ ސޫތްޕަށް ކުރެވޭނެ އެއްކަމެއްވެސް އެދުވަހަކުން ނޯންނާނެ… އެދުވަހުން ކަލޭ ޖެހޭނީ ގިސްލާ ރޯން… އެދުވަހުން އަޔާޝް ވާނީ އަހަރެންގެ މިލްކަކަށް…” ގެއާއި ދިމާލަށް ދިޔަ އިރު ނައިރާގެ ހިޔާލުތަކަށް އޭނާ އަޔާޝް އާއި އުޅޭ ދުވަސްތަކުގެ ފޮނި ހުވަފެން ބެލުނެވެ. އަދި އޭނާގެ ރޭވުން ކާމިޔާބު ވާ ދުވަހު އީވާ އަށް ވާނެ ގޮތްތައް ހިތަށް އަރުވާލެވުމުން ނައިރާގެ ކައިރިއިއަށް އައީ ނުލަފާ ހިންޏެކެވެ.

 

ސިނަމާލެ ބްރިޖް ހައިވޭ އިން ފައިބައިގެން ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯރޓް ގެ ބަސް ސްޓޮޕް އަށް މަޑުކޮށްލި އެމް.އެން.ޑީ.އެފް ބަހުން ފޭބި ޒައްޔާން ފެނި ދުރުގައި ހުރި އަޔާނީ ފެންކަޅި ވިއެވެ. ޒައްޔާން އާއި އެނާ ދުރުވާން ޖެހޭ ވަގުތު ކުޑަތަން ވަނީ އެވެ. ލޮލުން ވެއްޓުނު ކަރުނަ ތިއްކާއި އެކު އަޔާނީ ހިނިތުންވެލާފައި ޒައްޔާން އާއި ދިމާލަށް ހިނގައި ގަތެވެ. އަޔާނީ ގެ ފަހަތުން އިވާ، އަދި ޒިވާ ހިނގައި ގަތެވެ.

ބަހުން ފޭބެވުމާއި އެކު ޒައްޔާންގެ ދެލޯ ހޯދާލީ އެހިތް މިއޮތް ހުރިހާ އިރު ހޯދަމުން ދިޔަ ސޫރަ އެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ އާއި އަރާ ހަމަކުރަމުން ދިޔަ އަޔާނީ ފެނި ޒައްޔާން އާއި ދެ ފިޔަވަޅު ކުރިއަށް ޖެހިލެވުނެވެ. އަޔާނީ އޭނާ ކައިރިއަށް އައުމުން އެ ތުނި ހަށިގަނޑުގައި ބައްދާލެވުނީ ދޫކޮށްލަން ބޭނުން ނުވާ ވަރަށެވެ. އަޔާނީ ވެސް ޒައްޔާންގެ ހެދި ހުރި ބިޔަ ހަށިގަނޑުގައި އޭނާގެ ދެ އަތް ވަށާލިއެވެ.

ޒައްޔާންގެ އަތުގެ ރައްކާތެރިކަން އޭނާ އަށް ލިބުމުން އަޔާނީ ލޮލުގައި ހިފެހެއްޓިފައި ވި ކަރުނަތަށް ޒައްޔާން ލައިގެން ހުރި ޔުނިފޯމް ތެރެއަށް ފުރޭނިގެން ދިޔައެވެ. އޭނާ އަށް ދެން އެ އަތުގެ ހިމާޔަތް ލިބޭނެ ދުވަހެއް ނޭނގެއެވެ. ހަމަ ގައިމުންވެސް އެ ދުވަހެއް އަވަސް މުއްދަތެއްގައި ނާންނާނެކަން އަޔާނީ އަށް ވިސްނުނެވެ. އަވަހަށް އޭނާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލާފައި ޒައްޔާން އާއި ދުރަށް ޖެހިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ގައިގައި ޒައްޔާން ބައްދާލާފައި ވަނީ ވަރަށް ބާރަށެވެ. ނޭވާލެވޭކަން އެކަންޏެވެ.

” ޔާން؟..” އަޔާނީ ވަރަށް މަޑު މަޑުން ޒައްޔާން އަށް ގޮވާލިއެވެ. އެއާއި އެކު ޒައްޔާން އަޔާނިގެ ގައިން ދޫކޮށްލިއެވެ. އަވަސް ނަޒަރެއް އަޔާނީގެ މޫނަށް ދިނުމަށްފަހު ޒައްޔާން އަޔާނީގެ އަތުގައި ހިފާ އެ އަތްތިލަ އަށް ބޮހެއް ދިނެވެ.

ޒައްޔާންގެ އެ އަމަލުން އަޔާނީގެ ދެކޯތާފަތް ރަތް ވެގެން ދިޔަ އެވެ. ލަދުން އޭނާގެ މޫނުގައި އަޔާނީ އަތް އެޅިއެވެ. އެވަގުތު ވީ އެތަނަށް ޒިޔާދު އާއި ދިމްނާ އައި ވަގުތަށެވެ. އެ ދެމަފިރިންނާއި އެކު އަފްސީން އާއި އަޔާޒް ވެސް އައެވެ.

 

ޒައްޔާން ފުރަން އިނީ އެމް.އެން.ޑީ.އެފް ގެ ފްލައިޓްއަކުންނެވެ. ކޮމާންޑާރ ތިރީސް މިނިޓު ތެރޭ ޗެކިން އަށް ގޮވާނެ ކަމުގައި ބުނެލިއެވެ. އަޔާޒްގެ އެދުމަށް ޒައްޔާން އަޔާޒް އާއި އެކު ދުރަށް ޖެހިލިއެވެ.

 

” ބައްޕަ ކުޑަ ވާހަކަ އެއް ދައްކަން ވެގެން ދަރިފުޅު މި ގެނައީ.. ވާހަކަ އެއް ނޫން ހަގީގަތުގަ.. އެދުމެއް.. ބައްޕަ އެދެނީ ދަރިފުޅު އަޔާނީ އާއި ކިތަންމެ ދުރުގައި ވިޔަސް ބައްޕަގެ އެ ދަރިފުޅު އުފަލުގައި ބެހެއްޓުން… އެއީ މި ބައްޕަގެ ފުރާނަ… އަފްސީންގެ ވެސް… އަޔާނީގެ ދެލޮލުން ބައްޕައަށް ދަރިފުޅުގެ މައްޗަށް އެހިތުގައި އޮތް ލޯބި ފެނިއްޖެ… ބައްޕަ އެދެނީ ދުވަހަކުވެސް ދަރިފުޅު އަޔާނީ ދެރަ ވާނެ ފަދަ ކަމެއް ނުކުރުން.. ތި ދެކުދިންގެ މުސްތަގުބަލް ފުރިހަމަ ވެފައި އުފާވެރިވާނެ.. އެއީ ބައްޕަ އަށް ޔަގީން ކަމެއް.. ޒައްޔާން، ދަރިފުޅު ބައްޕަ އަށް ވައުދުވޭ އަޔާނީ ދެރަވާނެ ވަރުގެ ކަމެއް ނުކުރާން..” ” އަޅުގަނޑު ވައުދުވަން.. އަޅުގަނޑު ދިރި ހުރިހާ ދުވަހަކު އަޔާނީ ހުންނާނީ އުފަލުގަ… އަޅުގަނޑު ގެވެސް ވަރަށް ބޮޑު އެދުމެއް އެބަ އޮތް.. އެއީ އަޅުގަނޑު ނެތް ދުވަހެއްގައި ވެސް ބައްޕަ އާއި މަންމަ ޔާނީ އުފަލުގައި ބަހައްޓައި ދޭނެ ކަމަށް..” ” ބައްޕަ ވައުދު ވަން…”

 

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 31

Next

އޯވަރނައިޓް

Next
December 13, 2022

އޯވަރނައިޓް

Previews
December 12, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 31

2 Comments!

  1. Nayaa Nayaa says:
    December 14, 2022 at 5:02 pm

    Masha Allah masha allahhhh haadha reehchey mi prt vsss.. Ayaash, eevaa, ziva nd vishaam ah vaa gothun magey hiy Heevany falhaigen gosdhaane hn 😭😭😭.. Have no idea what naira nd shsamin will do next
    And ayaany nd zayyaan ge scene hama vvvvvvvv loabi.. Masha Allah.. Loved this parttt
    Waiting for the next part
    Lysm darlss

    1. lau.laala786@gmail.com His Beastess says:
      December 14, 2022 at 10:55 pm

      Dhen thiya hiy falhaa nulaani.. They never let anyone know their next move… lol
      ayaany and zayyaan ge vhk nudhahkka…. mashah mihaaru meethi liyan v goiy ves olhihjje reality ah visnaafa… lol ekm im just stiking to the plan…
      k dhen in bai submit kohlanan sunday ah vaan vaa irah insha allah..

Comments are closed.

Next Episodeވައުދޭ ވެވޭ މީ… 33←


All Right Reserved!