Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މި…29

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
October 12, 2022 8 Mins Read
0 Comments

އާ ދުވަހަކަށް އިރު އަރައިގެން އައި އިރު އެންމެން ވެސް ދިޔައީ ރަށަށް ފުރަން ތައްޔާރު ވަމުންނެވެ. އެއްޗިހި ޕެކު ކުރުމުގައްޔާއި އައި ވޭލަރު ތައްޔާރު ކުރުމުގައްޔާއި އެކި ކަންކަމުގައި ގުރޫޕު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައެވެ. ވޭލަރު ފާލަން ދޮށުގައި ބަހައްޓައިގެން އެޔަށް އެއްޗިސް އެރުވުމުގައި ޒީހާން މެން ދިޔައީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.

ގޭގެ ސިޓިންގރޫމުގައި އެއްޗިހި ޕެކު ކުރަން ތިބެފައި ޒިވާ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ބަލައި  އަޔާނީ ނެގި މަޑުވެފައި އިން އިވާގެ ކަންފަތް ދޮށުގައި ޒިވާގެ ދެލޯ ރަތް ވެފައި ހުރި ކަން ފާހަގަ ކޮށްލި އެވެ.

 

” އޭ އިވް.. ފާހަގަ ވިތަ ޒިވް ގެ ދެލޯ..؟ ހާދަ ރަތޭ… ހީވަނީ ރޭގަ ނުނިދާ ރޮއެފަ ހުރި ހެން… މިފަހަރު މި ދަތުރު އައިއްސަ ވެސް އޭނަ އެހާ ނޫޅޭ ދޯ މަޖާ ނަގާކަށް ވެސް… މަށަށް ވަރަށް ފާހަގަ ވި، އޭނަޔާ ވިޝާމް ވެސް.. ދެމީހުން ހިވަނީ މައްސަލަ ޖެހިގެން އުޅޭހެން.. ނުފެނޭ ރަށުގަ އުޅުނު އިރު އުޅުނުހާ ރޮމް ކޮށް އުޅުނު ތަނެއް…” ފުޅިމަދު ފޮށިގަނޑަކަށް މޭޒުމަތީގައި ހުރި އެއްޗިހި ތަކެއް އަޅަމުން އަޔާނީ ބުނެލި އިރު އިވާ ދިޔައީ ވިސްނުމެއްގައި ހުރެ އެހެން ފޮށިގަނޑަކަށް ސާމާނު އަޅާށެވެ. އަޔާނި ދެފަހަރު ގޮވާލުމުން ކިރިޔާ ހަމަ ބިމަށް އާދެވުނެވެ. މަޑު މަޑުން ބޯ ޖަހާލި އިރު އޭނާގެ ސިކުނޑީގައި ވަމުންދާ ކަންތަށް ދަންނާނީ އެންމެ ފަރާތެކެވެ.

އަޔަނީ ހުރީ މި ވަމުން ދާ ކަންތަކުން ބުނަން ވީ އެއްޗެއް ނޭނގިފަ އެވެ. އެއްކޮޅުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ރޭގަ ފަހުން ކަމެއް ހިނގައިފި ކަން އަޔާނީ އަށް ދޭހަ ވި އިރު، އަމިއްލަ ކޮއްކޮ އެއް ފަދައިން ދެކެމުން އައި ޒިވާ އަށް ވެފައި ހުރި ގޮތް ފެނި އެ ހިތުގައި ސުވާލު ގިނަ ވިއެވެ. އެ ސުވާލު ތަކުގެ އިތުރަށް އެހެން ސުވާލު ތަކެއް އުފެދެން ފެށީ އިޔާޝް އީވަ އާއި މެދު ބެހެއްޓި ދުރުކަން ފެނިފައެވެ.

 

~ • ނަވާވީސް ވަނަ ބައި • ~

 

” އޭ! ހަތެއް ޖަހަނީ!… ހިނގާ އަވަހަށް ދަމާ… އެންމެން ހަމަ ކުރޭ… ދޮންބެ ދޭ ނަގިލި ނަގަން…” އަޔާޝް އެންމެންނަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ. އެއާއި އެކު އެންމެންހެން އަތްމަތި އަވަސްކޮށްލަމުން ވޭލަރަށް އަރަން ދިޔައެވެ. ގެނައި ހުރިހާ ސާމާނެއް ޕެކުކޮށް ނިމިފައި ވުމުން އެ ސޯޅަ ކުދިންވެސް ވޭލަރާ އަރާ ހަމަ ޖެހިލި އެވެ.

ވޭލަރު ކޮޅުގައި އިށީންނަމުން އީވާ އަށް ބަލައިލެވުނީ ވޭލަރަށް އަރަން އައި އަޔާޝް އަށެވެ. ނަމަވެސް އަޔާޝް އޭނާ ފެންނަ ކަމަށް ވެސް ހަދާ ނުލިއެވެ. އެންމެންނަށް ވެސް ނަޒަރު ހިންގާލަމުން އެންމެންގެ ނަންތަށް ކިޔަން ފެށީ އެންމެން ހަމަ ތޯ ބަލާށެވެ.

“ޒިއްޕުޑިން.. އެބައިން، ޒައި.. އެބައިން، އިއަން.. އެބައިން، ދޮންބެ.. އެބައިން، މާހީ.. އެބައިން، ޒީހާން.. އެބައިން، ޔާނި.. އެބައިން، ޒައްޔާނު.. އެބައިން، ނައިރާ.. އެބައިން، ނާއިފް.. އެބައިން، މިޝަލް.. އެބައިން، މަލޫ.. އެބައިން، ޑާލް- އީވާ.. އެބައިން، ވެއިޓް އޭރުންވެސް އެބަ މަދުވޭ…!” އަޔާޝް އެންމެންގެ ނަން ކިޔާފަ ވެސް އެތާނގައި ތިބި މީހުންގެ ތެރެއިން ވެސް ބަޔަކު މަދުވާތީ ދެކޮޅު ބަލައިލި އެވެ. އޭނާގެ ލޮލުގައި އެދިމާލަށް ދުވެފައި އަންނަމުން ދިޔަ މިޝްކާ އާއި ވިޝާމް އަޅައިގަތި ދެނެވެ.

ވިޝާމްގެ އަތުގައި މިޝްކާގެ ދަބަސް އޮތް އިރު ދެމީހުން ދުވެފައި އައި ކަމުގައި ވިޔަސް އެ ދެއަތް ގުޅިފައި ވިއެވެ. އެ ތަން އެންމެ ރީތިކޮށްހެން ފެނުނީ ޒައިހާ ކައިރީގައި އިށީންދެގެން އިން ޒިވާ އަށެވެ. އެދިމާލަށް ބަލަން ޒިވާގެ ހިތަށް ކުޅަދާނަ ނުވުމުން އަވަށް ދުރު ބަލާލި އެވެ. އޭނާގެ ހިތަށް ހީވީ މީހަކު ފިތާލި ހެންނެވެ. ދުރު ބަލާލާފައި ހަމަ ޖެހިލަން ވެގެން ލޯ މަރާލުމުން ވެސް އޭނާގެ ދެލޯ ކުރިމައްޗަށް ސިފަވީ މިޝްކާގެ އާއި ވިޝާމް ގެ ގުޅިފައި ވީ ދެ އަތެވެ. ޒިވާ ޖެހިގެން އިން ޒައިހާ އަށް ބަލާލާފައި ތެދުވެގެން ގޮސް އިޔާޝް ކައިރިން އިން ހުސް ތަންކޮޅުގައި ޖައްސާލީ އޭނާ އިން ދިމާލުން ވެސް އިނީ އެކަކަށް އިންދެވޭ ވަރުގެ ޖާގަ އަކަށް ވުމުންނެވެ. ދާދި ދެންމެ އަކުހެން މިޝްކާ އާއި އެކު ހުރެފައި ވިޝާމް އޭނާ އާއި ޖެހިގެން އިށީންދެއްޖެ ނަމަ އޭނާގެ ހިތް ހަމައަކަށް އަޅުވަން އުނދަގޫ ވާނެ ކަން ޒިވާ ދަންނާތީ އޭނާ އެތާނގައި އިންނަން ބޭނުން ނުވުމުންނާއި އެހާ ފަތިހާ ހޭލަން ޖެހުމުން ބޮލަށް ބަރު ވަމުން ދާތީ އިޔާޝްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮންނާށެވެ.

 

އަޔާޝް އޭނާ އަށް ޑާލިން ނޫނި ޑަމީ ފަދަ ނަމަކުން މުޚާތަބް ނުކުރުމުން އިވާ އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހީ ހެންނެވެ. ދެމީހުން އެކުގައި އުޅޭތާ އަށް އަހަރު ވީ ނަމަވެސް އެ ދެމެދުގައި އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައި ނުވެ އެވެ. ހިނގި ކަމުގައި ވިޔަސް ތިން ގަޑި އިރަށް ވުރެން ގިނަ އިރު ދެމީހުންނަށް ވެސް އެކަކު އަނެކަކާ ވާހަކަ ނުދައްކާ ނުތިބޭހާ ގިނަ އިރެއް ނުވެއެވެ. އެންމެ އޭނާ އަށް ހުރެވުނު ކަމުގައި ވިޔަސް އަޔާޗް އަށް ނުހުރެވޭނެ ކަން އޭނާ ދަނެއެވެ. ނަމަވެސް ރޭގައި އެ ދެމެދުގައި ހިނގައިދިޔަ ކަންތަކުން އިވާ އަށް ވަނީ މިފަދަ ކަމަކާ ކުރިމަތި ލާން މަޖުބޫރު ވެފަ އެވެ. ނަމަވެސް އޭނާގެ ސުވާލަކީ އޭނާ އަށް ހާމަ ކުރެވުނު ހަގީގަތުން އަޔާޝް އޭނާ އެ މިންވަރަށް ދުރުކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ވާނީ ވެސް އެހެން ތާ އެވެ. އެދެމީހުން ގުޅުނު ފަހުން އޭނާ އަށް އޭނާގެ އާންމު ނަމުން އަޔާޝް އެފަދަގޮތަކަށް އޭނާގެ އެކުވެރިން ކުރިމަތިގައި ވާހަކަ ދެއްކުމުން ވެސް އީވާގެ ހިތަށް ތަދު ވިއެވެ. އޭނާ އާއި ދިމާލަށް އަޔާޝް ބަލާ ނުލާކަން ފާހަގަ ވުމުން އެހިތަށް ލިބުނު ވޭން އިތުރު ވި ކަހަލަ އެވެ.

އަޔާޝް އާއި ދިމާލަށް ބަލަން އިނުމަށް ފަހު އީވާ އޭނާގެ އަވި އައިނު ނަގާ އޭޏާގެ ލޮލުގައި އަޅާ އޭޏާގެ ކަރުނަތަށް ބޮނޑި ވެފައި ވީ ދެލޯ ފޮރުވައިލި އެވެ. ހާމަ އަށް ފެންނަން އޮތް ކަނޑަށް ބަލާ ލަމުން އިވާ ހިނިތުން ވެލި އެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާން އުންމީދު ކުރަމުންނެވެ.

 

ވޭލަރަށް އަރާފައި ޒިވާ ކައިރިން އިން ހުސް ޖާގަ އާއި އިޔާޝް ކައިރިން އިން ހުސް ޖާގަ ފެނުމުން ވިޝާމް ވިސްނާލުމަށް ފަހު ޒިވާ ކައިރި އިންނަން ހިނގައިގަތެވެ. ނަމަވެސް ޒިވާ ތެދުވެގެން ގޮސް އިޔާޝް ކައިރި އިށީންނުމުން ވިޝާމްގެ ކަރު އެލުނެވެ. މިޝްކާ ގޮވައިގެން ގޮސް އެ ހުސްތަންކޮޅުގައި އިޝީންދެލި އެވެ. ވަރަށް ނުގޮތަކަށް ޒިވާ އާއި ދިމާލަށް ބަލައިލެވުނެވެ. އިޔާޝްގެ ކޮނޑުގައި ބޯ އަޅައިގެން އޮތް އިރު އެ ދެލޯ ވަނި މެރިފައެވެ. އެ މުނަށް އެޅިފައި ވި އިރުގެ ދޯދިތަކުން ހަމުގެ ވިދުން އިތުރުކޮށްލާފައި ވިއެވެ. ނަމަވެސް ވިޝާމް އަށް ޒިވާގެ މޫނު ވަންހަނާ ވެގެން ދިޔައީ އިޔާޝް ޒިވާގެ މޫނު މަތީގައި ޒައިހާ ދިން ތޮފި އަޅާލުމުންނެވެ.

” އޭ އަދިވެސް އެކަކު އެބަ މަދު ވޭ!…” އިނގިލި ބިނދަމުން ފަހަރަކު މީހަކާ ދިމާލަށް އިނގިލި ދިއްކުރަމުން އަޔާޝް ދިޔައީ ގުނަމުންނެވެ. ނަމަވެސް އެންމުން ގުނާ ނިމޭ އިރު ވެސް އެކަކު އެބަ މަދު ވެއެވެ. އޮޅުން އަރާފައި އަޔާޝް އަދި ވެސް ގުނަން ފެއްޓި އެވެ. މިފަހަރު ވަރަށް ރަނގަޅަށް އަޔާޝް އާއި ދިމާލަށް ބަލަން އިނުމަށް ފަހު ޒައްޔާން އަޔާޝްގެ ބޮލުގެ ފުއްކިބައިގައި މަޑުމަޑުން ޖަހާލި އެވެ.

” ކަލޭ ގަޅި ތަ؟… އަމިއްލަ މީހާ ނުލައޭ ތި ގުނަނީ ކޮހާ!!… އެންމެން ހަމަ އޭ… ދެން ކަލޭވެސް މައިތިރި ވެގެން މިތާ އިނދެބަލަ” ވޭލަރުގެ ހުންގާނުގައި ހިފަހައްޓައިގެން ހުރެ ޒައްޔާން އަޔާޝް އާއި ވާހަކަ ދެއްކި އެވެ. އަދި އަޔާޝްގެ ކޮނޑުގައި އަތް އަޅާ އޮއްބާލަމުން އަޔަޝް ހުރި ދިމާލުގައި ބޭންދި އެވެ. އަދި ވޭލަރުގެ އިންޖީނު ސްޓާޓް ކުރުމަށް ފަހު ރަށާއި ދިމާލަށް ދިޔައެވެ.

 

ވޭލަރު އައިސް ރަށުގެ ވާޓަރުގައި ބަނދަރު ކުރި އިރު އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. މުސްކުޅި ފުރައިގެ މީހުން ތެރެއިން ނުކުމެ އުޅޭ މީހުންގެ މަދު މީސްކޮޅު ފިޔަވައެވެ. ރަށުގެ ބަނދަރު މަތިން އެވަގުތު ފެންނަމުން ދިޔައި ފަޅުކަމެވެ. ނަމަވެސް އެހާ ހެނދުނާ ވުމުން މާލެ ދާން ނުކުންނަ މީހުން ނުނުކުންނާތީ ކަމަށް ވެސް ވެދާނެ އެވެ.

“ނާފް… ޒިވް އަރަން ހެލްޕެއް ޕްލީޒް…” ވާޓަރު މަތީގައި ހުރި ނާއިފް އަށް ގޮވާލާފައި ޒިވާ އޭނާ ވާޓަރު މައްޗަށް އަރަން އެހީ އެއް ވެދިނުމަށް އެދުނެވެ. އޭނާގެ އަތުގައި އޮތް ތޮފީގައި ބާރަށް ހިފާލުމަށް ފަހު ޒިވާ ނާއިފް ދިއްކޮށްގެން ހުރި އަތުގައި ހިފާލި އެވެ. އަދި ހާލަކުން ޖެޓި މައްޗަށް އެރި އެވެ.

އެހެންނަމަވެސް ނާއިފް އާއި ޖެހިގެން ހުރި ވިޝާމް އަށް ކެތް ކުރެވުނީ އެހިސާބަށެވެ. ޒިވާ ނާއިފް އަށް ގޮވި އިރު ވެސް އޭނާ ހުރީ އެތާނގަ އެވެ. އޭނާ އަކީ ޒިވާގެ ލޯބިވެރިޔާ އެވެ. ނާއިފް އެއް ނޫނެވެ. ޒިވާ، އޭނާ ހުއްޓާ ނާއިފް އަށް ގޮވަން ޖެހުނު އެއް ވެސް ސަބަބެއް ވިޝާމް އަކަށް ނުވިސްނުނެވެ. އޭނާ އެތާނަގއި ހުރިކަން ހަމަ ޒިވާ އަށް ނޭނގެނީ ހެއްޔެވެ. ވިޝާމް އެންމެ ހައިރާން ކުރުޗި ކަމަކީ ޒިވާ ނާއިފް އަށް ގޮވާލި ނަމެވެ. އެއީ އޭނާ އަށް އިނގޭ ގޮތުން ދުވަހަކުވެސް މީހަކު ނާއިފް އަށް ގޮވާލި ނަމެއް ނޫނެވެ. ހައިރާން ކަމާއި އެކު ޒިވާ އަށް ބަލާލައިފައި ވިޝާމް ހަރު ފިޔަވަޅު ތަކެއްގައި އޭނާ އަށް ފުރަގަސް ދީގެން ހުރި ޒިވާ ކައިރިއަށް ޖެހިލާ ޒިވާގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލި އެވެ.

“ޝާމް ކިހިނެއްތަ ވެގެން ތި އުޅެނީ…؟” ވިޝާމް އައިސް އޭނާގެ އަތުގައި ހިފާ އަނބުރާލި ގޮތުން އަތަށް ތަދު ވުމުން ޒިވާ އަށް އެހުނީ ފުދޭ ވަރަކަށް ބާރަށެވެ. އަދި ހަމަ އެހާމެ ރުޅި ވެރި ގޮތަކަށެވެ.

“އަދި ވެސް އަހަންނަށްތަ ކަމެއް ވެގެން މިއުޅެނީ..؟” ވިޝާމް ޒިވާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. އެ އަޑުގައި ވަނީ ރުޅި ވެރިކަމެވެ. ހިތްހަމަ ނުޖެހުމުގެ ސަބަބުންނެވެ.

” އަހަންނަށްތަ އިނގެނީ… އޭނ.؟ އެންމެ ފުރަތަމަ ވެސް ޝާމް ދޯ އައިސް އަހަރެންގެ އަތުގަ ހިފާފަ ބާރަކަށް ތި އަނބުރާލި…!” ޒިވާ ހުރީ ވަކި ދޫކުރާކަހަލަ ގޮތަކަށް ނުނެވެ. ވިޝާމްގެ އަޑުގައި ވި ރުޅިވެރިކަމުގެ ސަބަބުން އޭނާ އަށް ވެސް ރުޅި އާދެވެން ފެށުނެވެ.

އެންމެންވެސް ތިބީ ފެންނަމުން ދިޔަ މަންޒަރުން ހައިރާން ވެފަ އެވެ. އަތިރިމަތީގައި އެމީހުން ތިބި ދިމާލުގައި ހުރި ރެސްޓޯރެންޓަށް ހެދުނުގެ ނާސްތާ އަށް ރަށަށް އަރާ ތިބި ބީރައްޓެހިން ތިބި އިރު އެމީހުންގެ ލޯތަށް ވެސް އަމާޒުވެފައި ވަނީ ވިޝާމް އާއި ޒިވާ އަށެވެ. ހިސާބު އަތިރިމަތީގައި ހުންނަގެތަށް ކައިރިން އުޅޭ ކަންމަތި އާންޓީން ވެސް ކުޅިބަލަން ނުކުމެ އުޅެއެވެ.

“ވާވް.. ލައިކް، ވާވް… އަހަރެން ޒިވްގެ އަތުގަ ހިފީމަ އެވީ މައްސަލައަކަށް… އެކަމަކު އެހެން މީހުން ހިފީމަ ނުވޭ އެއްވެސް ކަމަކަށް؟..” ” މިހާރު ކީކޭތަ ތި ކިޔަނީ…؟” ” އަދިވެސް ނޭނގޭ ކަމަށްތަ ހަދަން ވަނީ… އޭނ؟… ޒިވް ނާއިފް އާ އެއްކޮށް އުޅޭ އިރު ހިތަކަށް ނާރާތަ ޒިވް ތި އުޅެނީ އަހަންނާ ރައްޓެހި ވެގެން ކަމެއް؟…” “ޝާމް!!… މި ދޭތެރެއަށް އަހަންނަށް ރަނގަޅީ އިތުރު އެހެން މިހަކު ނުވެއްދިއްޔާ…” “އަހަރެން ބުނަން އޮތް އެއްޗެއް ވިއްޔާ އަހަރެން ބޭނުން ބުނަން… އަހަރެން ނުބަލާނަން މި ދޭތެރެއަށް އިތުރު އެހެން މީހަކު ލެވެން އޮތަސް… އަހަންނަށް ވަރަށް ކެތް ކުރެވިއްޖެ.. ޒިވް އަށް ނާއިފް އާއި އެކު ހިތު ހުރިގޮތަކަށް އުޅެވިއްޖެ އެއްނުން…؟” “ހިތުހުރި ގޮތަކަށޭ… އަހަރެން ނާއިފް އާ އެއްކޮށް ވަގުތު ހޭދަކުރިޔަކަސް އަހަރެން އެންމެ ހިނދުކޮޅަކުވެސް ރަހުމަތްތެރިކަން ފިޔަވާ އަހަންނާ ނާއިފް އާ ދެމެދު ބާއްވާފަކާ އެއް ނޯންނާނެ.. އެކަމު ބުނަންނ ވަކި އަހަންނެއް ނޫން އުޅެނީ އެހެން މީހުންނާ އެއްކޮށް.. ވިޝާމް އެންމެ ފަހަރަކި ވެސް ވިސްނާލިންތަ ވިޝާމް އަށް މިޝްކާ އާ އެއްކޮށް އުޅެވުނު ގޮތް… އެވަގުތުކޮޅު ތަކުގަ ވިސްނާލިންތަ ވިޝާމް ތިއުޅޭނީ އަހަންނާ ރައްޓެހިވެގެންނޭ…”

ޒިވާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަޑު ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް ބާރު ވަމުންނެވެ. ވިޝާމް އޭނާގެ ބޮލުގައި އަޅުވާލި އިލްޒާމުން އޭޏާ އަށް ނުހުރެ ވުނީ އެވެ. އޭނާގެ ހިތުގެ ޝަކުވާ ވެސް ބަންޑުން ކޮށްލެވުނެވެ. ކޮންމެ ހިތަކަށް ވެސް ކެތް ވާނި ވަކި ވަރަކަށް ތާއެވެ.

 

ޒިވާ ބުނެލި އެތިން ވިޝާމް އިތުރަށް ރުޅި އައި ފަދައެވެ. އޭނާ އަށް މިޝްކާ އެއީ އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހެކެވެ. އެއަށް ވުރެން އިތުރަށް އެ ދެމެދަކު އެހެން ގުޅުމެއް ނުވެއެވެ. މިޝްކާ ދިފާއު ކުރަމުން ވިޝާމް އެދެމުދުގައި އެހެން ގުޅުމެއް ނުވާ ކަމަށް ބުންޏެވެ.

 

” ޒިވާ!… އަހަންނާ މިޝްކާ އާ ދެމެދު ނޯންނާނެ އެހެން ގުޅުމެއް… އެއީ އަހަރެން ބޭރަށް ކިޔަވަން ފުރި ފަހުން އަހަންނަށް ކޮލެޖުން ދިމާވި މީހެކޭ… އަހަންނާ މިޝްކާ އާއި ދެމެދު ބެސްޓް ފްރެންޑްސް ގެ ގުޅުން ފިޔަވާ އެހެން ގުޅުމެއް ނޯވޭ…” “ހީވޭ… ހީވޭތަ ކަމެއްހެން..؟ އަހަރެންނާ ނާއިފް އާ ދެމެދު ތިހާ ގާތް ގުލުމެއް ނުވޭ… އަހަންނާ ނާއިފް އާ ދެމީހުން ވާހަކަ ވެސް ދައްކަން ފެށީ މީގެ ދެތިން ދުވަސް ކުރިން.. އޭގެ ކުރިން އަހަރުމެން ދެމީހުން މީ ދެ ބިރައްޓެހިން… އެކަމަކު ކީތް.. އޭނާ އާ އަހަންނާ ދމެދު އެއްވެސް އެހެން ގުޅުމެއް ނުވެއޭ ބުނިމަ އަހަރެން ވި އޭނަ ދިފާއު ކުރި ކަމަށް.. އެކަން ވީ ވިޝާމް އަށް މައްސަލަ އަކަށް… ހީވި އަހަރެން ކުށެއް ކުރި ކަމަކަށް.. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ދެންމެ ވިޝާމް މިޝްކާ ދިފާއު ކުރަމުން ވާހަކަ ދެއްކި އިރު އެއީ މައްސަލަ އެއް ހެންނެއް… އަހަންނަށް އެކަނިތަ މި ގުޅުމުގަ ކުށް ކުރެވެނީ… ވިޝާމް އަކަށް ނުކުރެވޭތަ؟…” ޒިވާ އޭނާގެ ހިތުގެ އުދާސްތަށް އައި ރުޅިން ބަންޑުން ކޮށްލިއެވެ. ވިޝާމް އަށް އޭނާ އެ ގުޅުމުގައި ކުށްވެރި ކުރެވެން ވީ އިރު އެދެމެދުގައި ހަމަ އެކަނި ކުށް ކުރެވެނީ ހަމަ އެކަނި އޭނާ އަށް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ކިޔެމުން ދިޔަ އެއްޗިހިންނާއި، ފަހަރަކަށް ވުރެން ފަހަރެއް އަޑު ބާރުވަމުން ދިޔުމުގެ ސަބަބުން އޭނާގެ އަޑު ކުރަކި ވާން ފެށިއެވެ. އޭގެ އިތުރުން ވިޝާމް އޭނާގެ ބޮލުގައި އަޅުވަމުން ދިޔަ ތުހުމަތު ތަކުން އެ ހިތަށް ކުރާ އަސަރު ބޮޑުވަމުން ދިޔައެވެ. އެ ދުލުން އޭނާ އަށް ބުނާ ކޮންމެ ބަހަކީ ޒަހަރު ލާފައި ރުވާ ތީރުތަކެއް ފަދައެވެ. އެ ލޮލަށް ކަރުނަ ބޮޑިވެ އެ ކަރުނަތަށް ފައިބައިގަތެވެ.

ޒިވާ އާއި ވިޝާމް އާ ދެމެދު ކުރެވެމުން ދިޔަ ޒުވާބު ދިޔައީ ބޮޑުވަމުންނެވެ. އެކަކު އަނެކަކު ބޮލުގައި އެޅުވެމުންދާ އިލްޒާމު ތަކާއި ތުހުމަތުތަށް އިތުރުވަމުން ދިޔައިރު އެ ދެމީހުންނަށް ވެސް ދިޔައީ އެކަމުން އަސަރު ކުރަމުންނެވެ. ބުނެވޭ ބަސްތަކުގެ ސަބަބުން އަނެކާ އަށް އަސަރު ކުރާކަން ނޭނގެނީ ދެމީހުންވެސް އެ ދެމީހުންނަށް ކުރާ އަސަރު ފޮރުވުމަށް ކުޅަދާން ވުމުންނެވެ.

ކިތަންމެ ވަރަކަށް މޫނުމަތިން ނުދެއްކި ކަމުގައި ވިޔަކަސް ވިޝާމް ގެ ހިތް ކުދި ކުދި ވި ކަހަލަ އިހުސާސެއް ވީ ޒިވާގެ ލޮލުން ކަރުނަ ފެނުމުންނެވެ. ގޮތް ދޫ ކުރަން ބޭނުން ވި ނަމަވެސް އޭނާ އަށް އަދިވެސް ސިފަ ވަމުން ދަނީ ޒިވާ ނާއިފް އާއި އެކު ވީ ވަގުތު ކޮޅު ތަކެވެ. އޭނާ އަށް ކަޝްފު ވެފައި ވަނީ އެ ވަގުތު ތަކުގައި ޒިވާ އޭނާ އަށް އެދެމުން ދިޔަ ވަރެވެ. ނާއިފްގެ ބަދަލުގައި އެ މަގާމުގައި ވިޝާމް ހުންނަން އެދެވެމުން ދިޔަ ވަރެވެ.

ވިޝާމް ފަދައިން ޒިވާ އަށް ނޭގުނު ސަބަބަކަށް ވީ އެންމެ ގާތް އެކުވެރިޔާ ވީ ނަމަވެސް މިޝްކާ އާއި އެކު އެ ފަޅުރަށުގައި އުޅުނު އިރު ވެސް އޭނާ އަށް ވަގުތު ހުސްކޮށް ނުލުމުންނެވެ. ވިޝާމް އަށް އެންމެ ކުޑަމިނުން އޭނާގެ އަތް ފިހުނު ދުވަހުވެސް އޭނާގެ ހާލު ބަލާލެވުނު ކަމަކަށް ނުވިއެވެ. ގޮތް ނޭނގޭ ސަބަބަކާއި ހުރެ ރަށުތެރެ ބަލަން ދިޔަ އިރު ވެސް އޭނަގެ ބަދަލުގައި މިޝްކާ ނެގުން ވެސް ވީ އޭނާ އަށް ވިޝާމް އާއި ދެމެދު ކުރެވެމުން ދިޔަ ޝައްކު ބޮޑު ވުމަށް މެދުވެރިވި ކަމަކަށެވެ.

” ހެޔޮ!… އަހަންނަށް ވާވަރު ވެއްޖެ… ވިޝާމް… މީ އަހަރެންގެ ފަހު ބަސް… ވީ އާރ ބްރޭކިން އަޕް…” ޒިވާ އެހެން ބުނެލުމަށް ފަހު އެތަނުން ދުރަށް ދުއްވައިގަތެވެ. ހަރަކާތެއް ނުގެނެސް އެތާނގައި އިރުކޮޅަކު ހުރުމަށްފަހު އޭނާ ގެންދަން ޖެހޭ އެއްޗިސް ހިފައިގެން މިޝްކާ ގޮވައިގެން އެތަނުން ދިޔައެވެ.

ވެދިޔަ ކަންތަކުން އެންމެންނަށްވެސް ލިބިފައި ވަނީ ޝޮކެކެވެ. ވާނީވެސް އެހެންތާއެވެ. އެކަކުވެސް ވިޝާމް އާއި ޒިވާގެ ގުޅުން ނިމުމަކަށް އައިސްދާނެ އެކޭ ހިއެއް ނުކުރެއެވެ. ނިމުމެއް އަޔަށް އަންނާނީ އެފަދަ ގޮތަކަށް ކަމެއް ދެނެހުންނާނީ ފަހެ ކާކު ހެއްޔެވެ.

 

ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ އަނދިރި ކަމެވެ. ދިއްލާފައި ވި އެންމެ ބޮތްކެއްވެސް ނެތެވެ. ކޮޓަރއަށް އަލި ވަންނާނެ ހުރިހާ ގޮތެއްވެސް ވީ ބަންދު ކުރެވިފައެވެ. އެހެންނަމަވެސް އެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ގިސްޖެހި ޖެހިފައި ހިތްދަތި ގޮތަކަށް ރޮމުން ދިޔަ އިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ އެވެ. އެންމެ ހަރު ހިލަ ހިތް ވެސް މަޑު ކަފަކޮޅަކަށް ވާނެ ކަން ގައިމެވެ. ދޮރުގައި މަޑުމަޑުން ޓަކި ޖަހާލި އަޑު އިވުމާއި އެކު ރުއިމުގެ އަޑު ކެނޑުނު ކަމުގައި ވިޔަސް ގިސްޖެހުމުގެ އަޑާއި ނޯއްދަމާލި އަޑު ކޮޓަރީގެ ހަތަރު ފާރުން އެތެރިން އިވުނެވެ.

 

 

~ނުނިމޭ~

 

އުންމީދު ކުރަން މިބަިއވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް…. 🤗🤗🤗

މި ވާހަކަ އާއި މެދު ކިޔުންތެރިންގެ މެދުގައި އެއްވެސް ސުވާލެއް އުފެދިފައި ވާ ނަމަ ކޮމެންޓުގެ ގޮތުގައި ސުވާލު ހުށަ އެޅިޔަސް އެންމެ ރަނގަޅު… 😁😁😁😁

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ތިޔަ ލޯބީގައި… 21

Next

މަދަދުވެރިޔާ (19)

Next
October 12, 2022

މަދަދުވެރިޔާ (19)

Previews
October 11, 2022

ތިޔަ ލޯބީގައި… 21



All Right Reserved!