Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ސިޓީ

AlpHa Level 1
November 30, 2022 4 Mins Read
5 Comments

މާލެ

ދިވެހިރާއްޖެ

 

އަޅުގަނޑުގެ ބައްޕައާއި މަންމައަށް

ހެޔޮ ދުޢާ ސަލާމަށްފަހު ދަންނަވަން

އަހަރެން މި ސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ. މަންމައާއި ބައްޕަގެ ޤަދަރު ކުޑަ ކުރެވިދާނެ ކަމަށް ޓަކައެވެ. އިޚްތިރާމް ކުޑަ ކުރެވިދާނެ ކަމައްޓަކައެވެ. ނަމަވެސް މިކަމަކީ ތިދެމީހުންނަށް އެނގެން ޖޭހޭނެ ކަމެކެވެ. އަހަރެންގެ އިހުސާސްތައް މަންމައާއި ބައްޕައަށް އެނގެން އަހަރެން ބޭނުންވެއެވެ. އެއީ މަންމައާއި ބައްޕައަށް ފުރުސަތު ހޯދާ ދިނުމުގެ ގޮތުންނެވެ. އަހަރެމެން މަރުވަނެ ދުވަހެއް ނޭނގެއެވެ.

މިވާހަކަ އެންމެ ފުރަތަމަ ފަށން މިޖެހެނީ ދުރު ހަނދާނަކުންނެވެ. އަހަންނާއި ކޮއްކޮ އެކުގައި އުފަލާއި މަޖަލުގައި އުޅުނު ދުވަސްތަކުންނެވެ. ނަމަވެސް ބައްޕަ އަހަރެމެން ދެމީހުން ވަކި ކޮއްލީއެވެ. އެންމެ ރަނގަޅެވެ. ބައްޕަ އެކަން ކުރީ ކޮއްކޮއަށް ރަނގަޅު ގޮތް ހޯދާ ދިނުމަށެވެ. އަހަންނަށް އެކަން ވިސްނެއެވެ. ނަމަވެސް ކޮއްކޮ ކިޔަވަން މާލެ ފޮނުވާލި އިރު އަހަރެން ނުފޮނުވީ ކީއްވެ ހެއްޔެވެ؟ އެދުވަހު ކޮއްކޮއާއެކު އަހަރެން ވެސް މާލެ ދާން ވަރަށް ރުއީމެވެ. ނަމަވެސް ބައްޕަ އެދުވަހު އަހަރެންނައް ޖަވާބެއް ނުދެއެވެ. ލާރި ނެތީއޭ ނުވަތަ އެހެން އުޒުރެއް ވެސް ނުދައްކައެވެ. ކުޑަ މިނުން ކޮންމެސް ޖަވާބެއް ދިންނަމަ އޭރު ނުވިސްނުނަސް މިހާރު އަހަންނަށް ވިސްނޭނެތާއެވެ. މީ އަހަރެންގެ ހިތުގައިލީ ފުރަތަމަ ލަކުނެވެ. މި ބުނަނީ ކޮއްކޮއަށް ކޮށްދިން ކަންތައް ގޯސް ވާހަކައެއް ނޫނެވެ. ދަތި ދުވަސްވަރު އެންމެ ފުރިހަމައަށް ދެކުދިންނައް ކިޔަވާ ނުދެވޭނެ ކަން އަހަންނަސް ވެސް އެނގެއެވެ. އަހަރެން މިކަން ހިތްހަމަ ޖައްސާލަމުން ހިންދަލީއެވެ.

ނަމަވެސް މިކަން އަދި ކިރިޔާ ފެށުނީއެވެ. އަހަރެން ބޮޑު ވަމުން އައިވަރަށް މިކަން ކަން އަހަންނަށް ފާހަގަ ކުރެވެން ފެށިއެވެ. އެންމެ ފުރަތަމަ ކަމަކީ މަންމަ ކޮއްކޮ ގޮވައިގެން ސްކޫލަށް ދާކަމެވެ. ހީހީފައި ކޮއްކޮއާއެކު ސަމާސާ ކުރާތަން ވެސް ދުށީމެވެ. ނަމަވެސް އަހަރެންނަށް އޭރު މާ ބޮޑު އެއްޗެއް ހިތައް ނެރީ އަހަރެންމީ އެންމެ ބޮޑު ކުއްޖާއަށްވެފައި ކޮއްކޮއަށް އިތުރު ސަމާލުކަން ބޭނުންވާނެ ކަމަށް ހީކުރެވުމުންނެވެ. ނަމަވެސް އަހަރެމެން ދެބެންގެ މުރުގައި ހުރީ އެންމެ އަހރެއްގެ ތަފާތެވެ. އޭގެ ކުރިން ކުޅެފައި އައުމުން އަހރެން އެކަނި ފެންވަރާއިރު މަންމަ ކޮއްކޮ ފެނވަރުވާދޭ ހަނދާން ވެސް އަހަރެންގެ ހުރެއެވެ. އަހަންނަށް މިކަން ކަމާމެދު ވިސްނޭ ހިސާބަށް އައިރު މިއީކީ ހަމަ އަހަރެން ބޮޑުވީމައި ކުރެވިފައި ހުރި ތަފާތުތަކެއްތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

ކޮއްކޮ މާލޭގައި އުލެފައި އައިރު އޭނާ ހުރީ ވަރަށް ބަދަލު ވެފައެވެ. ވާހަކަ ދެއްކުމާއި އުޅުމާއި ހެދުން އެޅުމާއި ހުރިހާ ކަމެކެމެވެ. ނަމަވެސް މިކަން ކަން ވެސް މަންމަމެންނަށް ވީ ރަނގަޅު ކަމަކަށެވެ. އޭނާ ރަށައް އެންމެ ފުރަތަމަ އައި ދުވަހު މަންމަމެން އުޅުނު ގޮތް އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެދުވަހު މަންމަން ކޮއްކޮއާއެކު ކިތައް ފޮޓޯ ނެގިން ހެއްޔެވެ؟ އަހަރެން އެތަނުގައި ހުރިކަން ހަނދާން ހުރި ހެއްޔެވެ؟ އޭގެ ފަހުން ވެސް ކޮއްކޮގެ ކޮންމެ އުފަންދުވަހަކަށް ބައްޕަ ހަދިޔާ ގެނެސްދެއެވެ. ނަމަވެސް އަހަރެންނައް އުފަންދުވަހުގެ ހަދިޔާއެއް ދުވަހަކު ވެސް ބައްޕަ ދިނީމު ހެއްޔެވެ؟ އަހަންނަށް މުޅި ކްލާހުން އެއްވަނަ ލިބުނު ދުވަހު ބައްޕަ އަހަންނަށް މެޓައެއް ދިން ހަނދާން އެބަހުއްޓެވެ. ނަމަވެސް ކޮއްކޮއަށް އެފަހަރުވެސް ބައްޕަ ގަނެދިނީ އާ ހެދުމެކެވެ. މިހެން ވީއިރު އަހަންނަށް އެއްޗެތި ހޯދާ ނުދެވުނީ ލާރި ނެތިގެންނޭ ބުނެވޭކަށް ނޯންނާނެއެވެ. މި އިން ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ލަކުނު ލެވެމުން ދިޔައެވެ. މަންމައާއި ބައްޕަގެ މައްޗައް އަހަރެންގެ ހިތް ކަޅު ވަމުން ދިޔައެވެ. އަހަރެންގ ހިތް ނުގުޑާ ހަރު ހިލަ ގަނޑާކަށް ވަމުން ދިޔައެވެ.

އެންމެ ފުރަތަމަ ކޮއްކޮ އަހަރެންގެ ގައިގާ ޖެހި ދުވަހު އަހަރެން ކޮއްކޮ ކޮށްޕާލީމެވެ. ބާރަކަށް ވެސް ނޫނެވެ. ނަމަވެސް ކޮއްކޮ ހަޅޭއްލަވައިގަތް އަޑަށް ނިކުމެގެން އައީ ބައްޕައެވެ. އަދުވަހު ބައްޕަ އަހަންނަށް ބޮޑުކޮށް ހުރިހާ ކުދިން ކުރިމަތީގައި އަދަބު ދިނީމުއެވެ. އަހަރެންގެ މައްސަލައެއް ނެތެވެ. ކޮއްކޮ ކޮއްޕާލި ކަމަށްޓަކައި އަހަންނަށް އަދަބު ހައްގެވެ. ނަމަވެސް ބައްޕަ އެދުވަހު ވި ގޮތް ބަލާލިން ހެއްޔެވެ؟ ދެމީހުން ކުރެ އެކަކު ގާތުގައި ވެސް ވީގޮތް އަހާލިން ހެއއްޔެވެ؟ އަހރެންގެ ލޯމަތި ދުޅަވެފައި އިން މަންޒަރު ނެފެނުނީ ހެއްޔެވެ؟ ނުވަތަ ނުފެންނަ ކަމަށް ހެދީ ހެއްޔެވެ؟ މީ އަހަރެންގެ ހިތުގައި ނުފިލާނެ ކޫރުމެއް އެޅުނު ދުވަހެކެވެ. އަހަރެންގެ ހިތް ބައްޕަގެ މައްޗައް އިތުރައް ކަޅުވާން މެދުވެރިވި ސަބަބެކެވެ. ކޮންމެ އަހަރަކު ކޮއްކޮ މާލޭ ފޮނުވައިގެން ބައްޕަމެންނަށް ވަކި ފައިދާއެއް ކުރި ހެއްޔެވެ. ކޮންމެ ފަހަރަކު ފާސް ނުވެގެން ކިހާ ފައިސާއެއް ޚަރަދުވި ހެއްޔެވެ. އޭރު އަހަރެން ކކޮންމެ އަހަރަކު ކުލާހުން އެއްވަނަ ހޯދަމުން އައި ބައްޕަމެންގެ ލޯ މައްޗައް އަހަރެން އަރާތޯއެވެ. އެކަމަކު އަހަރެން ކުރި މަސެއްކަތް ދިޔައީ ފަނު ފުލުންނެވެ.

އަހަރެން ގްރޭޑް 7 ގައި އުޅެނިކޮށް ބައްޕަ އަހަރެން ގާތު ކިޔެވުން ނިންމާލަން ވީއޭ ބުނީމު ނޫން ހެއްޔެވެ؟ އަހަރެން އެއީ ކީއްވެގެންތޯ އެހުމުން ބައްޕަ ދިން ޖަވާބަކީ ކޮއްކޮ ކިޔާވާ ނިމުމުން މަތީ ވަޒީފާއެއް ލިބޭނެ ކަމަށެވެ. ރަށިގެ ކަތީބުކަން ވެސް ލިބިދާނެ ކަމަށެވެ. އޭރުން މުޅި އާއިލާއަށް ފައިދާ ވާނެކަމަށޭވެ. އެހެންކަމުން ކޮއްކޮގެ ކިޔެވުމަށް ލާރި ހޯދަން ޖެހޭނެ ކަމަށެށެވެ. ކުރުގޮތަކަށް ބުނާ ނަމަ ކޮއްކޮގެ ހަލާކު ވަމުން އއައި ކިޔެވުމަށް އަހަރެންގެ ހުރިހާ ހައްގެއް ޤުރުބާން ކުރަންވީއެވެ. ބައްޕަ އޭރު ބުނުއްވި މަތީ ވަޒީފާއަކީ ރައްޔިތުންގެ ލާރިގަނޑު ކާލައިގެން އޭނާއަށް ވަންނަން ޖެހެނު ގޮޅި ހެއްޔެވެ؟ އޭރުން ސުރެ ފެށިގެން އަހަރެން ޖެހެނީ ފަތިހު ހާގޮވާ އިރަށް ބޮޑު މުނާޖާ އަޅައިގެން ތެދުވާށެވެ. ދެން ޖެހެނީ ހުސް ގޮހޮރާ ހުރެ ކަނޑު މައްޗައް ނުކުންނާށެވެ. އޭރު ބައްޕަ ގެންދާ ކާ އެއްޗެހިން އެއްބައި އަހަން ދެއެވެ. މިކަމާ ވެސް އަހަރެން ޝުކުރުވެރި ވީމެވެ. ނަމަވެސް އޭރު ގޭގައި ކޮއްކޮ ނިދާނެ ވަރަކަށް ނިދާފައި ތެދުވުމުން މަންމަ ނުލާހިކު ލޯބިން ސައި ހަދާދެއެވެ.

އަހަރެންވެސް ކިޔައިވައިގެން ހުރި މޮޅު މީހަކަށް ވާން ބޭނުންވިއެވެ. މައިން ބަފައިންގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށ ވާން ބެނުންވިއެވެ. އެކަމައް މަސެއްކަތް ވެސް ކުރީމެވެ. ނަމަވެސް ބައްޕަމެން އަހރެންގެ ހުވަފެން ތަކާއި އުންމީދުތައް ފެނަށް ދުއްވައިލީއެވެ. ތި ފަސްގަނޑުގައި އަހަރެންގެ ނަސީބުގެ ތަރި ވަނީ އޮއްސިފައެވެ. އުންމިދުގެ ހުޅުކޮޅު ވަނީ ކަނިވެފައެވެ. އެއީވެސް ހަމަ ބައްޕަމެންގެ އިހުމާލުންނެވެ. ނަމަވެސް އަހަރެން މިކަން ބަދަލު ކުރަން ވިސްނީމެވެ. އެގޮތުން ބޮޑުބޭބެ އާއެކު މާލެ އައިސް ބައްޕަމެންނާއި ފިލައިގެން މަލޭގައި މަޑުކުރަން ވެސް ޖެހުނީ އެހެންވެގެންނެވެ. އަމުދުން ކޮއްކޮ ރަށުގައި ހުރުމުން އަހަރެން އަޔަސް ނަޔަސް ފަރުވާލެއް ނެތް ކަން އަހަންނަށް އެނގެއެވެ. ކޮންމެ އަކަސް މި ފަސްގަނޑުގައި އަހަރެންގެ ނަސީބުގެ ތަރި އަލިގަދައެވެ. އަހަރެން ދައްޗާއި އުނދަގުލުގައި ކިޔެވީ ބައްޕަމެންގެ ކައިރިއަށް ކާމިޔާބު މީހެއްގެ ގޮތުގައި ދިޔުމަށެވެ. ނަމަވެސް މިހާރު އަހަރެންގެ ޚިޔާލު ބަދަލުވެއްޖެއެވެ. އޭރު ނުވި ލޯއްބެއް މިހާރު ވެވޭނަމަ ތިޔަ ލޯބި ވެވެނީ އަހަރެން ދެކެ އަކު ނޫނެވެ. އަހރެންގެ އަތުގައި ހުރި އެއްޗެހި ދެކެއެވެ.

މިހާރު އަހަރެންގެ އަތުގައި ލާރި އެބަ އޮތެވެ. މުދާ އެބައޮތެވެ. އަހރެންގެ ބާރާއި ނުފޫޒު ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ގަދައެވެ. ރާއްޖޭގޭގެ ހުރިހާ އެންމެނަށް އަހްމަދު ޝަރީފްއޭ ބުނުމުން އެއީ ކާކު ކަން އެނގެއެވެ. މިއަދު އަހރެންގެ ވިޔަފާރިތައް ރާއްގެއާއި ރާއްޖޭން ބޭރުގައި ވެސް އެބައޮތެވެ. ނަމަވެސް އަހަރެންގެ ހިތް އަދިވެސް މިއޮތީ ލަކުނުން ފުރިފައެވެ. ވިންދު ނުޖަހާ ހިލަގަނޑަކަށް ވެފައެވެ. އަހަރެންނަށް މި ލާރީގައި އެދުވަސްތައް އަނބުރާ ގަނެވޭނަމަ އެކަން ވެސް ކުރީހެވެ. އެކަމަކު މީވެސް ހަމަ ފޫނެތް ފަޔައް ފެންފުރުން ފަދަ ކަމަށް ވުން ގާތެވެ. އޭރު އަހަރެންގެ އިހުސާސްތައް ނުފެނުނީ އަހރެންގެ ކޮން ކުށަކުން ހެޔެވެ؟ އެއީ އަހަރެން ދުނިޔެއަށް އައުން ކަމުގައި ވާނަމަ އެއީ އަހރެންނަށް ރަނގަޅު ކުރެވޭނެ ކަމެއް ނޫނެވެ. ވީއިރު ވަކި އެދުވަސްތައް އަނބުރާ ގެނެއުމަކުން ވަކި އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިއަދު އަހރެންގެ ހިތް މި ވަނީ ކަޅު ހިލަގަނޑަކަށް ވެފައެވެ. ޖެހިއަސް ފުނޑުވެގެން ނުދާނެހާ ހިލަވެފައެވެ.

އަހަރެން ދުނިޔެއަށް އުފަން ކުރުވާ ކާންބޯން ދިނީތީ އަހރެން ވަނީ ތިދެމީހުންނަށް ފުއްދާ ނުދެވޭނެ ވަރަށް ދަރަނނި ވެރިވެފައެވެ. އަހަރެން ކިތަންމެ ދުރުގައި ހުއްޓަސް ތިދެމީންގެ ހާލު އެބަ ބަލަމެވެ. ބައްޕަ މެއެއްގައި ރިއްސާތީ އުޅޭކަން ވެސް އިނގެއެވެ. ނަމަވެސް މިހާރު ތިދެމީހުންގެ ކުރިމައްޗައް އެރުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމަކަށް ވިއަސް އެކަން ވެސް އަހަރެން ކުރރާނަމެވެ. މި ސިޓީއާއެކު އަހަރެން ލާރި ފޮނުވީމެވެ. އެއީ ބައްޕަ އާއި މަންމައަށް މާލެ އައިސް ބޭސްފަރުވާ ކުރެވޭނެ ވަރަށެވެ. މާލެ އައިސްގެން ނޫނީ ބައްޕައަށް ފަރުވާއެއް ނުކުރެވޭނެއެވެ. ބައްޕަ އާއި މަންމަ މާލެ އައިސްފިނަމަ އަހަރެން ތި ދެމހުން ބަލާނަމެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދާ ދޭނަމެވެ. އޭގެ ކުރިން އަހަރެން ހޯދަން ނޫޅޭށެވެ. މި ސިޓީގައި ވެސް އެޑްރެހެއް ނުޖެހީ އެހެންވެގެންނެވެ.

އަހަރެންނާ މެދު އެގޮތައް ކަންތައް ކުރީ ކީއްވެތޯ އަހަންނެއް ނާހާ ނަމެވެ. އެނގޭކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ބައްޕަ އާއި މަންމަގެ ފަރާތުން އަހަންނަށް ލިބުނު ހިތްދަތި ކަމެއް ވާނަމަ އެކަމަށް މާފު ކޮށްފީމެވެ. އަދި އަހަރެންގެ ފަރާތުން ކުށެއް ވާނަމަ އެކަން މާފު ކޮށްދިނުމަށް އެދެމެވެ. އެކަމަކު ހަނދާން ކުރާށެވެ. އަހަރެންގެ މި ހިލަ ހިތުގައި ތިދެމީހުންނަށް އަލަކުން ވިންދެއް ނުޖަހާނެއެވެ. އަހަރެން މިކަން ކަން މި ކޮށްދެނީ އަހަރެންނަށް ނުފުއްދޭނެ ދަރަންޏެއްގެ ސަބަބުންނެވެ. އަހަރެންގެ ލޯބިވާ މައިންބަފައިންނެއް ނުތިބޭނެއެވެ. ތިބޭނީ ދުނިޔެއަށް ގެނެސް މަރާނުލި މައިންބަފައިންނެވެ.

އިޚްތިރާމް ޤަބޫލުކުރުން އެދެން

24 ރަޖަބު 1432

އަހްމަދު ޝަރީފް

Share Article

Follow Me Written By

AlpHa

Level 1

Other Articles

Previous

ކަލާގެ ހިނިތުންވުން އިޢުލާން

Next

ޙަޔާތުގެ ނައު

Next
December 1, 2022

ޙަޔާތުގެ ނައު

Previews
November 29, 2022

ކަލާގެ ހިނިތުންވުން އިޢުލާން

5 Comments!

  1. younge says:
    November 30, 2022 at 6:40 am

    I am so sad 😢 but my mom also doing this to me 😭 I was telk to my mom. I don’t have my mom I have my grandparents
    I love my grandparents 😍❤️

    1. AlpHa says:
      December 2, 2022 at 7:49 pm

      ❤️❤️❤️

  2. Farihibe says:
    December 1, 2022 at 8:45 am

    Feels in the gut. Amazing.

    1. younge says:
      December 1, 2022 at 5:17 pm

      Are you boy or girl 😅

  3. AlpHa says:
    December 2, 2022 at 7:50 pm

    Boy 😁😁

Comments are closed.



All Right Reserved!