Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
April 7, 2023 3 Mins Read
6 Comments

އަހަރެންގެ އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ތަޤްދީރު ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް ހިތްވަރު ކޮށްލާފައި ކުރިމަތިލާނީ އެވެ. ޢުމުރުން ތޭވީސް އަހަރު ވީއިރު މިއީ އަހަންނަށް ކުރިމަތި ލާން ޖެހުނު ވަރަށް ބޮޑު އިމްތިހާނެކެވެ. އެހެނަސް ދެން އަހަންނަށް ކުރިމަގެއް ނެތްކަހަލައެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. އަހަންނަކީ މިނިވަންކަން ގެއްލިފައިވާ އަންހެން ކުއްޖަކީމެވެ.

އެއީ މީގެ އަށާރަ އަހަރު ކުރިއެވެ. އިޝާލްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭރު އަހަރެންނަށް ވާނީ ގާތްގަނޑަކަށް ފަސް އަހަރެވެ. އެހާ ކުޑައިރުން ފެށިގެން އަހަރެން އޭނާ ދަންނަމެވެ. ހަމައެކަނި ރައްޓެހީކީ ނޫނެވެ. އެއީ އަހަރެންގެ ކްލާސް ކުއްޖެއްވެސް މެއެވެ. ކުޑައިރު އަހަރެމެން ދެކުދިން އެކުގައި ކުޅެ މަޖާކޮށް ހަދަމެވެ. އިޝާލް ނެތްނަމަ، އަހަރެން ނުކުޅެމެވެ. އަހަރެން ކައިރިއަށް އިޝާލް ކުޅެން އަންނައިރު އަހަރެން ބަލިވެއްޖެނަމަ އޭނާވެސް ނުކުޅޭނެއެވެ. އިޝާލްގެ ބައްޕަ ނޫނީ މަންމައާއެކު އައިސް އިރުއިރުކޮޅާ އަހަރެންގެ ހާލު ބަލާނެއެވެ. މޫދަށް ދިޔުމާ، އެކުގައި ކެއުމުގެ އިތުރުން ހަވީރު ހިނގާލަން ދިއުންވެސް އޮންނަނީ ހަމަ އެކަހަލަ ގޮތަކަށެވެ. އެކަކު ނެތްނަމަ އަނެކަކު އެކަން ކުރާހިތެއް ނުވެއެވެ. އޭރުވެސް އަހަރެމެން ދެކުދިން ނުހަނު ލޯބިވަމެވެ.

އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް މިހާރު އަހަރެންނާ އިޝާލް ތަޢުލީމު ހާސިލްކުރަން ދަނީ ގްރޭޑް ނުވައެއްގައެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި އަހަރެމެން ކްލާސްކުދިން ދިޔައީ އަހަންނާ އިޝާލްއާ އަޅުވާކިޔަމުންނެވެ. ދެ ލޯބިވެރިންކަމަށް ބުނެ އެކަން ވަކިގޮތަކަށް ޔަގީންކުރުމަށް އެކިއެކި ވާހަކަ ދައްކާ އެކިގޮތްގޮތަށް އެކަން ހޯދަން މަސައްކަތް ކުރަމުންނެވެ.

އެއަހަރުގެ ފުރަތަމަ ޓާމްގައި އަހަރެންނާއި އިޝާލްގެ މިޒާޖު ތަފާތުވާން ފެށިއެވެ. އަހރެމެން ދެމީހުން ކީއްކުރަންހެއްޔެވެ؟ ހުރިހާ އެކުވެރިންނަށް އެކަން އެނގެންފަށައިފިއެވެ. ފުރާވަރުގެ ޢުމުރުގައި އެދެކުދިންގެ އިހްސާސްތައް ބޮޑެތިވާންފަށައިފިއެވެ. ހަޔާތުގެ ހަމަ ކޮންމެ ދުވަހެއްގައި ތަފާތުބއެތައް ކުލައެއް ޖެހެމުން ދާންފަށައިފިއެވެ.

އިޝާލަކީ މުއްސަނދި އާއިލާއެއްގެ ހަމައެކަނި ދިރުމެވެ. ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަފަދަ ރީތިކަމެއް އިޝާލަށްވަނީ ލިބިފައެވެ. ކޮންމެ ޢުމުރެއްގެ މީހަކުވެސް ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. އެ ޢުމުރުގައިވެސް ތަނަވަސް ވިސްނުމެއް ލިބެމުންދާ ޒުވާނެކެވެ. މޮޅަށް ޢިލްމު ހާސިލް ކުރަމުންދާ ޢާލިމެކެވެ. ޤަދަރުވެރި އާއިލާއެއްކަމުން، އެތައްބައެއްގެ އިހްތިރާމް ލިބެމުން އަންނަ ޅައުމުރުގެ ޒުވާނެކެވެ.

އަހަންނަކީ މެދުފަންތީގެ ޢާއިލާއަކަށް އުފަން ކުއްޖެކެވެ. ކިޔެވުމުގެ ރޮނގުން މާރަނގަޅު ނަތީޖާތަކެއް ހާސިލްކުރަމުންދާ ކުއްޖެއް ނޫނެވެ. ނަމަވެސް މައިންބަފައިންގެ ބަސްއެހުމާ އަޚްލާޤީގޮތުން އަހަރެންނާ ވާދަކުރެވޭ ވަރުގެ ކުއްޖެއް ނެތްކަން އަހަންނަށް އެނގެއެވެ. އެއީ ކޮންމެ އަހަރަކުވެސް މަދަރުސާއިން ހޮވަމުންދާ “ޢަޚްލާޤީ އެވޯރޑް”ގެ ހައްގުވެރިޔަކީ އަހަރެން ކަމުގައި ވީތީއެވެ. އެހެންކަމުން މައިންބަފައިންގެ ނުހަނު ލޯތްބާއި އިތުބާރުވަނީ އަހަރެން ވަށާލާފައެވެ. އެހެންކަމުން އަހަރެންގެ އުންމީދަކީ ކޮންމެސް ދުވަހަކުން އަހަރެންގެ އެންމެ ބޮޑު އެދުން މައިންބަފައިން ހިތުން ރުހުމުން ފުއްދައިދޭނެ ދުވަހެއް އަހަންނާ ބައްދަލު ކުރުމެވެ. ނަމަވެސް މިއީ އަހަންނަށް ކުރެވުނު ކުށްހީއެއްކަމެއް އޭރު އަހަންނަކަށް ނޭނގެއެވެ. އެކަން ބުނެދޭނީވެސް ފަހެ ކާކުހެއްޔެވެ.؟

އަހަރެމެންގެ ހަޔާތުން ރެއެކެވެ. އެކްސްޓްރާ ކްލާސް ނެގުމަށް ހަމަޖެހިފައިވަނީ އިސްލާމް މާއްދާއިންނެވެ. ކުރިޔަށް ގެންދިޔަ ފިލާވަޅަކީ “ކައިވެންޏާއި ވަރި” އެވެ. އެހެންކަމުން ކޮންމެ ކުއްޖަކުވެސް ވަރަށް ޝައުގުވެރިކަމާއެކު ފިލާވަޅު އަޑުއަހަމުން ދިޔަ އެވެ. ކޮންމެ ކުއްޖަކަށްވެސް ހިޔާލު ކުރެވެމުން ދިޔައީ އެކުއްޖެއްގެ ކައިވެނީގެ އުފާވެރިކަމުގެ ހިޔާލުތަކެވެ. ކައިވެންޏަށްފަހު ވަރި ވާން ވެއްޖެ ނަމަ އެކަމުން ކުރާނެ އަސަރުތަކެވެ. ކޮންމެ ކުއްޖަކުވެސް ދިޔައީ އެކުއްޖެއްގެ މުސްތަޤްބަލް މެދު ވިސްނަމުންނެވެ. މިކަހަލަ ހިޔާލުތަކެއް ސިކުނޑީގައި ބަހައްޓަމުން އަހަރެން ދޭތެރެއަކުން އިޝާލްއާ ދިމާލަށް ބަލައިލަމެވެ. އިޝާލްވެސް ވައްތަރަކަށް ރަކި ހިނިތުންވުމަކާއެކު އަހަންނަށް ބަލައިލައެވެ. ކްލާސް ނިމުނީ އެތައް ސުވާލެއްގެ ޖަވާބުތައް މުޅިން އޮޅުންފިލާ ނިމިގެންނެވެ.

ކްލާހުން ކުދިން ނުކުންނަން ދިޔައިރު ކްލާސް ވަރަށް ހަލަބޮއްޔެވެ. ކިޔަވައިދިން ފިލާވަޅާއިމެދު އެކި ކުދިން ވާހަކަދައްކާ ސަމްސާ ކުރަމުން ދިޔައެވެ. އިޝާލްވެސް އޭނާގެ ދެތިން ރައްޓެހިންނާއެކު މަޖާކުރަމުން ނުކުތެވެ. ފަހަތުން އައި ކުއްޖަކު އަހަރެންގާތު ބުނީ އިޝާލް އަހަންނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކައެވެ.

ސްކޫލާދިމާ ހޮޅުއައްޓެއްގައި އިޝާލްގެ އިންތިޒާރުގައި އަހަރެން އިނީމެވެ. ކުޑައިރުކޮޅެއްފަހުން އިޝާލްއައިސް އަހަރެން ގާތުގައި އިށީންދެލިއެވެ. މިއީ އެކްސްޓްރާ ކްލާސް ނިންމާލުމަށްފަހު ބައެއް ރޭރޭ އަހަރެމެން މަޑުކޮށްލައިގެން ތިބޭ ތަނެކެވެ. ބައެއް ރޭރޭ އިޝާލްގެ ބައްޕަ ނުވަތަ މަންމަ އިޝާލް ބަލާއަންނަންދެން އަހަރުމެން އިރުކޮޅަކު އެތާ މަޑުކުރަމެވެ.

“ޒީން” ހިނިތުންވެލަމުން އިޝާލް އަހަންނަށް ގޮވާލިއެވެ.
ބަދަލުގައި އަހަރެންވެސް ހީނލީމެވެ.

“ޒީން! މިރޭ މުދައްރިސް ދެއްކި ވާހަކަތައް އަޑުއިވުނުތަ؟ އަހަރެން މިހުރީ މީހަކާ އިންނަހިތުން.” ވައި އަޑުން އަހަރެންގެ ކަންފަތްދޮށުގައި އިޝާލް ބުނެލިއެވެ.
އަހަރެން ރަކިވިއެވެ. އިޝާލްގެ ބޭނުމަކީވެސް އެއީއެވެ. އަބަދުވެސް އިޝާލް އަހަރެން ފެންނަ ކޮންމެ ގަޑިޔަކު މަޖާކޮށްލާނެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެން ހެއްވާލެވޭތޯ ބަލާނެއެވެ.

“އިޝާލްއަށްވެސް އެވާހަކަތައް އަޑުއިވުނެއްނު. ގައިމުވެސް ކޮންމެސް މަޤްސަދެއްގަތާ އެ މައުލޫމާތު އަހަރެމެންނަށް އެކިޔައިދިނީ. އަހަންނަށްވުރެ ދެމަސް ދުވަސް ބޮޑީވެސް އިޝާލް. އިޝާލްއެއްނު ކުރިން އެކަމާ ތިވިސްނަނީވެސް. ގައިމު އިންނަ ހިތުން ހުރިއްޔާ ހުންނާނީ އެމީހަކު ވަރިވެސް ކުރާހިތުންތާ… ހެހެހެހެހެ …..”
އަހަރެން ހޭންފެށީމެވެ.

“ޒީން!” އަނެއްކާވެސް އިޝާލް ގޮވާލިއެވެ.

“އުމ! ކާކާ އިންނަހިތުންތަ ކިޔަވާނުނިމެނީސް؟” ޒީން އިނީ ވަރަށް މަޖާވެފައެވެ.

“ޒީން! ޒިީންމަށާ އިންނާނަންތަ ކިޔަވާ ނިމިގެން.؟ އަސްލު އަހަރެން ހުރެފާނަން ކިޔަވާ ނިމެންދެން. މީވަރަށް ސީރިއަސް ވާހަކައެއް. އަދި ވަރަށް ގިނަ އަހަރު އެބައޮތް. އަހަންނަށް އުމުރުގެ ގިނަދުވަހު އެހާ އެއްކޮށް މިއުޅެވުނީވެސް ޒީންއާއެކީ.. ގިނަވަގުތު ހޭދަކުރެވެނީވެސް ޒީންއާއެކީ. މިވާހަކަ މިހާރު ދައްކާފަ ބާއްވަން ވަރަށް ފަސޭހަ. ތީ އަބަދުވެސް އަހަރެންގެ ދެގޮތެއް ނުވާ ބެސްޓް ފްރެންޑްވީމަ. ޒީން!…. ކީކޭ ބުނަނީ؟” އިޝާލް ލޯބިވާކަން ހާމަ ކުރީ ލޯބިވެއޭ ބުނުމަކާ ނުލައެވެ. ޖަޒްބތުގައި ޖެހެމުން ދިޔަ ހިތުގެ އެދުން ފާޅުކޮށްލީއެވެ. ޒީންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

*************
ކޮންމެ ހަފްތާ އެއްގެ ހުކުރު ދުވަހު މިވާހަކައިގެ ކުރިޔަށްހުރި ބައިތައް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރައްވާ!!

މިހަފްތާ ސުވާލުގެ ޖަވާބު ގެސްކުރަމާ!

* އިޝާލްގެ މިހުށައެޅުން ޒީން ގަބޫލުކުރާނެތަ؟

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯބިވެވުނީ 6

Next

ވައުދޭ ވެވޭ މީ… 33

Next
April 10, 2023

ވައުދޭ ވެވޭ މީ… 33

Previews
April 6, 2023

ލޯބިވެވުނީ 6

6 Comments!

  1. Zeen says:
    April 7, 2023 at 11:59 am

    Nukuraanan

    1. Shaleen says:
      April 11, 2023 at 5:58 pm

      Oh thibunee zeen gaboolu nukuramey dho ishaalge e hushaelhun.
      It’s ok dhen zeen ge javaab thi libunee.
      V v happy ingey Hama shaleen kolli suvaaluge javaab guess kolleema.
      Thanks a lot
      Next part ah inthizaaru kuramaa!!!!

  2. Sum says:
    April 7, 2023 at 8:17 pm

    V reethi feshun. Heevanee ishaal ah zeen bunaanee noonekeyhen. Feshumah visnaafa

    1. Shaleen says:
      April 7, 2023 at 10:36 pm

      Thanks sum. Hiyaalu libijje. Ekam dhen hingaadho anekkaa next part ah inthizaaru kuramaa

  3. Kaiii says:
    April 7, 2023 at 11:57 pm

    I think no but varah reethi vhk eh ❤️❤️

    1. Shaleen says:
      April 11, 2023 at 5:55 pm

      Thanks for the comment dear.
      Let’s see dho next part GA vaagoy.
      V v v ufaavejje shaleen ge suvaalah javaab dhineema guess kollaafa
      Luv u 🤟

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 2←


All Right Reserved!