Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 31

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
November 5, 2022 7 Mins Read
2 Comments

ނައިރާ އޭނާ ގަންނަން ބޭނުން ވި އެއްޗިސް ގަނެލައިގެން ފިހާރައިން ނުކުމެ އަޔާޝްގެ ސައިކަލު ފަހަތަށް އެރިތަން ފެނުނީ އެ މަގަށް އަޅުވާލި އީވާ އަށެވެ. ފިހާރަ އަށް ދާން އެ ބޭނުމުގައި މަޖުބޫރު ވެގެން ނުކުތް ކަމުގައި ވިޔަސް ފެނުނު މަންޒަރުން އޭނާގެ ހިތަށް ތަދު ވި އެވެ. އޭނާ އާއި އަޔާޝް އާއި ދެމެދު ކުރެވުނު ޒުވާބުގެ މަތިން ހަނދާންވެ އެ ދެލޮލަށް ކަރުނަ ބޮޑި ވެގަތެވެ. ނައިރާ ސައިކަލަށް އަރާ އަޔާޝްގެ ގައިގައި ތަތްވެގަތް ގޮތް ފެނި އީވާ އަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. އައި ކޮޅަށް ދުއްވައި ގަތް އިރު އޭނާ އަށް ނޭނގުނު ކަމަކީ އަޔާޝް ނައިރާ ކުރި ކަމަކުން އުނދަގޫ ވެގެން ނައިރާ ކައިރި އެހެން ނެހެދުމަށް ބުނި ކަމެވެ. ނަމަވެސް ފެންނަން ވީ ބައި ނުފެނި ނުފެންނަން ވީ ބައި ފެނިފައި އީވާ އަށް އޭގެން ނުބައި މާނަ އެއް ނެގުނީ އެވެ. އެދެމީހުން ދޭތެރޭ ހީނަރުވެފައި ވީ ގުޅުން އިތުރަށް ހީނަރު ވީ އެވެ.

 

↰     ⚝      ↱

އެއްތިރީސް ވަނަ ބައި

↲     ⚝      ↳

 

ހިތުގައި ޝަކުވާ ތަށް އުތުރި އަރަމުން ދިޔަ ހާލު އީވާ ދުވެފައި އައިސް ގެއަށް ވަނެވެ. ކޮޓަރިން ނުކުތް އިއަން އަށް މި މަންޒަރު ފެނުމުން މަޑު ޖެހުމެއް ނެތި އީވާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އިއަން އަށް އީވާގެ ކޮޓަރި އާއި ހަމައަށް ނޭރެނީސް އީވާ ދޮރު ލައްޕާލި އެވެ. ހުރި ފިޔަވަޅު މައްޗަށް ހުއްޓި އިއަން އިވާގެ ކޮޓަރި ދޮރާއި ދިމާލަށް ބަލާލި އެވެ. ފުން ނޭވާ އެއް ދޫކޮށްލާފައި އިއަން ކުރިއަށް ތިން ފިޔަވަޅު ނަގާލާފައި އިޥާގެ ކޮތަރި ދޮރުގައި ޓަކި ޖަހާލިއެވެ. އޭރު ކޮޓަރިތެރޭން އީވާގެ ރުއިމާއި ގިސްލުމުގެ އަޑު އެއް އަޑަކަށް އިވެމުން ދިޔައެވެ. އެއްބަނޑު އެއްބަފާ ކޮއްކޮގެ ރުއިމުގެ އަޑު އިވުމުން އިއަންގެ ހިތުގައި މީހަކު ވިކާލި ކަހަލަ އިހުސާސެއް ކުރެވުނެވެ. ދެފަހަރު ޓަކި ޖަހާލުމުންވެސް އީވާގެ ފަރާތުން ޖަވާބެއް ނައުމުން އިއަން އަނެއްކާވެސް ޓަކި ޖަހާލި އެވެ. މިފަހަރު އެއީ އީވާގެ ނަމުން ގޮވާލަމުންނެވެ.

” އިވް… މީ ދޮންބެ އޭ… ދޮރު ހުޅުވަބަލަ… އިވް އެ ރަށަށް ގޮއްސަ އައި ފަހުން ވަރަށް ދެރަ ވެފަ ހުންނަކަން ދޮންބެ އަށް އިނގޭ… އެންމެންނަށްވެސް އިނގޭ… ޔާނި މެންނަށް ވެސް އިނގޭ… އެކަމަކު އެކަކަށްވެސް ނޭނގެނީ އެއީ ކީއްވެގެން ކަން… ޕްލީޒް އޮޕެން ދިސް ޑޯރ… ވީކެން ޓޯކް… އިވް… އިވް ދޮރު ނުހުޅުވަންޏާ ދޮންބެ ބުނާނަން އަޔާޝް ކައިރި މިއޮށް ހުރިހާ ދުވަހު އިވް އުޅުނުގޮތް އިނގޭ… ދޮންބެގެ ކޮއްކޮގެ ގޮތުގަ ހުރެ އެއް ދޮނބެ ބޭނުމެއް ނޫން އިވް ތިހެން ރޯތަން ބަލާކަށް… ދޮންބެ އަށް އިނގޭ އިވް ތި ރޮނީ އަޔާޝް އާއި ދެމީހުން މައްސަލަ ޖެހުނީމަކަން… ދޮންބެ އަޔާޝް ކައިރި ނުބުނަނީސް ދޮރު-…..” އަޔާޝް ވާހަކަ ދައްކަ ދައްކަ ހުއްޓާ އިވާ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އިއަން ކޮޓަރި އަށް ވަނުމުން ދޮރު ފަހަތުގައި ހުރެފައި އިވާ ދޮރު ލައްޕާލިއެވެ. އެއާއިއެކު މުޅި ކޮޓަރި ތެރެއަށް ކަނު އަނދިރިކަން ވެރި ވެގަތެވެ. ތަނެއް ދޮރެއް ނުފެންނަ ވަރު ވުމުން އިއަން ކަނާ އަތް ދަމާލީ ކޮޓަރީގެ ސްވިޗް ބޯޑުގައި އަތް ޖެހޭތޯ ނަމަވެސް ފާރުގައި އަތް ޖެހިފައި ސްވޗް ބޯޑު އިންނަތަނުން އޭނާގެ އަތް ޖެހުނީ އީވާގެ އަތުގަ އެވެ. އީވާގެ އަތް ވަނީ ސްވިޗް ބޯޑު ތަކުގެ މަތީގައި އަޅާލެވިފައެވެ.

 

” އިވް މިގަޑި ދެން ކޮން ސަކަރާތެއް ޖަހަން ތި އުޅެނީ… މި ބޮކިތައް ދިއްލަ ބަލަ…” އިއަން ބުނެލި އިރު އެ އަޑުގައި އާދޭހުގެ ރާގެއް ވިއެވެ. އީވާގެ އަތުގައި ހިފާލުމަށް ފަހު އިއަން އެނދު ހުރި ދިމާ ލަފާ ކުރުމަށް ފަހު އިވާ ގޮވައިގެން އެނދާއި ދިމާލަށް ހިނގައިގަތެވެ. އެނދުގައި އިވާ ބައިންދާލުމަށް ފަހު އިއަން ތެދުވަން އުޅުނެވެ. ނަމަވެސް އިވާ އޭނާގެ އަތުގައި ހިފެހެއްޓުމުން އިއަން އަލުން އިން ތަނުގައި ފު ޖައްސާލާ ހަމަ ޖެހިލި އެވެ. އަދި އޭނާގެ އަތުގައި ހިފާފައި ވީ އީވާގެ އަތް ނައްޓުވާލާ އޭނާގެ ދެ އަތުގެ ތެރެއަށް އެ އަތްތިލަ ލަމުން އީވާގެ މޫނަށް ބަލާލިއެވެ. އަނދިރިއަށް ލޯ ހޭނިފައި ވުމުން އިއަން އަށް ކުޑަކޮށް ތަންތަން ފާހަގަ ކުރެވެން ފެއްޓިއެވެ.

” އިވް… ދެން ކިޔައި ދީބަ… ކިހިނެއް ވެގެން ތަ ތިއުޅެނީ؟…” އިއަން ލޮތްބާއި އެކު އަހާލި އެވެ. އެއާއި އެކު އީވާ އިއަންގެ އަތްތެރޭގައި ވި އޭނާގެ އަތް ނަގަމުން މޫނުގައި އަތް އަޅާލަމުން ރޮއެގަތެވެ. ގިސްޖެހިޖެހިފައި ރޮމުން ދިޔައިރު ކައިރީގައި ހުރި އިއަންގެ ހިތުގައި ރިއްސާލިއެވެ. ވަގުތުން އީވާ އަށް އެ އަތުގެ ހިމާޔަތް ދެވުނެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ ކޮއްކޮގެ ދެލޮލުން ކަރުނައެއް އަންނަ ތަން ދެކެން ހުރެވޭނީ ފަހެ ކާކަށް ހެއްޔެވެ. އަދި އެއީ ތިމާގެ ހުރި ހަމައެކަނި ކޮއްކޮ އަށް ވެފައި ވުމުން އެ މަންޒަރު ބަލަން އިއަން އަށް ކުޅަދާނަ ނުވީ އެވެ.

އިއަން އީވާ ރޮއެ ނިމެންދެން އެހެން އިނެވެ. އީވާ އެ މޭތެރޭ ފޮރުވިގެން އިނދެ ރޮމުން ދިޔަ އިރު އިއަންގެ ލޮލުން ވެސް ކަރުނަ އޮހޮރުވާލި އެވެ. ނަމަވެސް ބޭބެގެ ހައިސިއްޔަތުން ކޮއްކޮ އަށް ވެވެން އޮތް އެހީ އެއް ވާން އިއަން ބޭނުން ވިއެވެ. އެހެން ކަމުން އިވާ ރޯނެ ވަރަކަށް ރޮއެ ނިމުމުން ކިޔައި ދެން ދެން އިއަން އެހެން އިނެވެ.

 

އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތިން ރަތާއި އޮރެންޖުގެ ދޯދިތަކުގެ ކުލަ އަލިވެފައި ފިޔާތޮށީގެ އަސަރު ފާލުވަމުން ދިޔަ މަންޒަރު ވަރަށް ވެސް ‘އެސްތެޓިކް’ އެވެ. އަޅި ކުލައިގެ ކުދި ވިލާތަށް ފެންނަން ހުރި އިރު ހުދު ކުލައިގެ ހަނދުފަޅި އުޑުގައި ރަސްކަން ކުރުމަށް ކެތްތެރި ކަމެއއްނެތި އިންތިޒާރު ކުރަމުން ދިޔައެވެ. ގޮނޑުދޮށް ތަކުން އިރު އޮއްސެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައީ ވަރަށް ވެސް ޗާލުކޮށެވެ.

މި މަންޒަރު ބަލަން ރަށުގެ ތުނޑީކޮޅުގައި ޖަހާފައި ވި ހިލަ ތަކުގެ މަތީގައި އިށީންދެލައިގެން އިން ޒިވާގެ ނަޒަރު ވަނީ އިރަށް ހުއްޓިފައެވެ. މޫނުމަތިން ކުލަ އޮއްސިފައި ވީ އިރު އަބަދުވެސް ޕަރީ އެއް ފަދައިން ރީތިކޮށް ހުންނަ ޒިވާގެ މޫނުމަތިން ފެންނަމުން ދަނީ އެ ޕަރީގެ ޖާދޫ ކެނޑި މީހާ އެއްކޮށް ވަރު ދެރަވެފައި ވީ ތަނެވެ. ލޮލުގެ އެތެރެ ރަތެފައި ލޯ ކައިރި ކަޅުވެ ވަޅުޖެހިފައި ވީ އިރު މޫނުގެ ކުލަ ހުދު ކަހަލަ ކުލައަކަށް ދާ ވަރު ވެއެވެ. އަބަދުވެސް ވެސްލިން ލައިގެން މޮއިސްޓް ކުރެވިފައި ވީ ތުންފަތް ވަނީ ހިކިގެން ގޮސް ހުދުވެ ހަން ފޮޅިފައެވެ. އިސްތަށިގަނޑު ވިއްސިފައި ވާ އިރު ވަޔާ އެ މޫނުމައްޗަށް ދިޔައީ އިސްތަށި އެޅެމުންނެވެ. ނަމަވެސް އޭގެން އެއްވެސް އަސަރެއް ޒިވާ އަށް ނުކުރާ ފަދައެވެ.

ރަތްވިލާ ލެވިފައި ވި އުޑުމަތީގެ ކުލަ ބަދަލުވެ އިރު އޮއްސުމުން ދުރުން މަޣްރިބް ނަމާދަށް ބަންގި ގޮވި އިރު ވެސް ޒިވާ އެ އިންތަނުން ގުޑުވާ ނުލިއެވެ. ކޯތާފަތް މަތިން ހިކިފައި ހުރި ކަރުނަތަށް ފެންނަން ހުރި އިރު ލޮލުގައި ރަތް ކަމެއް ވިއެވެ. އެސްފިޔަތަކުގައި ތެތް ކަމެއް ވުމުން ދެންމެގައިވެސް ޒިވާ ރޮއެފައި ވި ކަން ފާހަގަ ވެއެވެ.

އުޑުމަތިން ކަޅުކުލައިގެ ފަރުދާ އެއް ލެވިފައި ވާ ފަދައެވެ. ކުދި ޖަވާހިރުތަކެއް ފަދަ ތަރިތަށް ބަބުޅަމުން ދިޔަ އިރު ބުރުހަމަ ހަނދު ނޫނަސް ހަނދުފަޅި އެއް އުޑުމަތިން ފެންނަން އިނެވެ. އަނދުވަރު ދޭ ރެއަކަށް ނުވުމުން ހިސާބުގަނޑު ފެންނަނީ އަނދިރިކޮށެވެ. ދުރުން ހަދާފައިވި މަގުތަކުން އިރު އޮއްސުނު ވަގުތު ދަތުރު ކޮށްލި މަދު ސައިކަލުތަށް ފިޔަވާ އެހެން ސައިކަލެއް އެވަގުތަކު ނެތެވެ.

 

އިރުގަނޑެއް ވަނދެން އިނދެލުމަށް ފަހު ހަތެއް ޖަހަން އުޅޭ ހެން ހީވުމުން ޒިވާ މޫނުމަތީގައި އަތުން ފިރުމާލުމަށް ފަހު ހިލަތަށް މަތިން ތެދުވިއެވެ. އަދި ރަށުތެރެއަށް އެރުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާ އާއި ދިމާލަށް އަންނަމުން ދިޔަ ސައިކަލު ފެނި އޭނާ އަށް އެޅި ފިޔަވަޅުމަތީ ހުއްޓެވުނެވެ.  ސައިކަލުގެ ހެޑްލައިޓްސް އޭނަގެ މޫނަށް އެޅިފައި ވުމުން ޒިވާ އަށް އެއީ ކާކު ކަމެއް ނޭނގުނެވެ. އެހެންކަމުން ސައިކަލު އައިސް އޭނާ އާއި އަރާ ހަމަކުރަންދެން ޒިވާ މަޑުކޮށްލިއެވެ. ސައިކަލު މަތީގައި އިން ނާއިފް ފެނި ޒިވާ އަށް ހައިރާން ކަމެއް ލިބުނެވެ.

” އިޔާޝް ބުނީ ޒިވް ގެއްލިގެން ޒީހާން ގުޅި އޯ… ދެން އޭނަ ކައިރި އެހީމަ އޭނަ ބުނީ ތިމަންނަ މި ބަލަނީ ޓެނިސްކޯޓާއި ވީ ދިމާލޯ… މަގޭ ކައިރި މިތަން ބަލާށޭ ބުނީމަ މި އައީ… މިތާނގަ މީހަކު އިންހެން ހީވެގެން އައީ އެކަމް ހިޔެއް ނުކުރަން އެއީ ޒިވް ކަމަކަށް…” ހަމަޖެހެން މަސައްކަތް ކުރަމުން ނާއިފް ވާހަކަ ދެއްކި އިރުވެސް އަޅައަޅައިގެން ވާހަކަ ދެއްކި ތަންތަންކޮޅު މަދެއް ނޫނެވެ.

” އަރާނި ފަހަތަށް.. ގެއަށް ގެންގޮސް ލައިދީފާނަން…” ނާއިފް އެހެން ބުނުމުން އިރުކޮޅަކަށް ޒިވާ އަށް އެ މޫނަށް ބަލަން ހުރެވުނެވެ. ޒިވާ އާއި ދިމާލަށް ބަލަން ހުރެ އެހެން ބުނެވުމުގެ ސަބަބުން ނާއިފް އާއި ސިވާގެ ހަތަރުކަޅި ހަމަވި ވަގުތަކަށް އެ ހިނދުކޮޅު ވެގެން ދިޔައެވެ. ޒިވާ އަށް ނާއިފްގެ އެ އަސަރުގަދަ ކަޅީގެ ތެރެއަށް ފީނައި ގަނެވުނެވެ. ނަމަވެސް އޭނާ ހޯދަން ބޭނުންވީ ސުވާލުގެ ޖަވާބެއް އޭނާ އަކަށް ނުފެނުނެވެ.

ނާއިފް ޒިވާގެ މޫނުން ނަޒަރު ވަކި ކޮށްލުމުން ޒިވާ ވެސް ދުރު ބަލާލާފައި ސައިކަލަށް އަރަން އުޅުނެވެ. ނަމަވެސް އޭނާ އަށް އެދިމާލަށް ބޮކި ނުޖައްސާ އައި ސައިކަލެއް ފެނުނެވެ. އެ ސައިކަލު ފެނުމާއި އެކު ޒިވާ އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހީ ހެންނެވެ. އެމާގެ ހިތަށް ތަދުވެގެން ދިޔައެވެ. އޭގެ އިތުރުން ސައިކަލުގައި ތިބި ދެމީހުން ފެނި ޒިވާގެ ހިތް ޗިސްޗިސް ވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

ވާނީވެސް އެހެން ނޫންތާއެވެ. އެއީ ވިޝާމްގެ ސައިކަލެވެ. އޭގައި އެތިބީ ވިޝާމް އާއި މިޝްކާ އެވެ. އެދެމީހުން ތިބި ގޮތުން ބަލާލި މީހަކަށް ފެންނާނީ އެކުވެރިކަމުގެ ގުޅުމެއް ނޫނެވެ. އެއަށް ވުރެން މާ ބޮޑަށް ވެސް އެދެމީހުްނ ގާތް ކަމަށް ބުނެވޭނެ އެވެ. ޒިވާ މެންނާއި ތަނކޮޅެއް ފަހަތުގައި ވިޝާމް ސައިކަލު މަޑު ކުރި އިރު ވިޝާމްގެ ލޯ އަމާޒުވެފައި ވަނީ ސައިކަލު މަތިގައި އިން ނާއިފް އަށާއި ކައިރީގައި ހުރި ޒިވާ އަށެވެ. ދަތްކުނޑި ވިކައިގަތް ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް ފަހު ވިޝާމް ދުރުބަލާލިއެވެ. ވިޝާމްގެ ފަހަތުގައި އިން މިޝްކާ ހުރީ އެތަނުން ޒިވާ ފެނުމުން މޫޑުޚަރާބު ވެފައެވެ. މޫނުމައްޗަށް ފޫހިކަން ވެރިކުރުވައިގެން ހުރި އިރު ދެމުބަ ވެސް ވަނި ގޮއްޖެހިފައެވެ.

ޒިވާ އަށް ވިޝާމް އާއި ދިމާލަށް ހިނގައި ގަނެވުނެވެ. އަމިއްލަ އިޚްތިޔާރުން ބޭރުން ކޮންމެ ފިޔަވަޅެއް ވެސް އެޅެމުން ދިޔަ އިރު ޒިވާގެ އަތް ވަނި އޭނާ އަޅައިގެން ހުރި ކަށި ބުރުގާގެ އެތެރެއަށް މަހާލެވިފައެވެ. ވިޝާމް އާއި ހަމައަށް އައުމަށްފަހު ޒިވާ އޭނާގެ އަތް ބުރުގާ ދަށުން ނެރުނެވެ. އޭރު އެ އަތުތެރޭ ރިހިފަށެއް ވިއެވެ. މަޑު ހިނގުމެއްގައި އައިސް ޒިވާ އޭނާގެ އަތުތެރޭ ވީ ފަށް ވިޝާމްގެ އަތުތެރެއަށް ލިއެވެ. އަދި އިތުރު އެންމެ ސުކުންތެއްވެސް މަޑު ނުކޮށް ނާއިފްގެ ސައިކަލު ފަހަތަށް އަރާ އެ ބުރަކަށީގައި މޫނު ފޮރުވާލިއެވެ. ޒިވާ އެގޮތަށް ކަންތަށް ކުރީ އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ވަންހަނާ ކުރުމުގެ ބޭނުމުގައެވެ.

ޒިވާ ދިޔަ ދިމާލަށް ބަލަން ހުރުމަށް ފަހު ވިޝާމް އޭނާގެ އަތުތެރޭގައި ވި ފަށަށް ބަލާލިއެވެ. ފަށު ފުލުގައި ހިތެއްގެ ބައްޓަމަށް ފުލެއް ލައްވާފައި ވީ އިރު އޭތި ވަނީ ހުޅުވިފައެވެ. އެތެރޭގައި ( ޒެޑް. އެން. ވީ. ފޯރެވާރ ) ޖަހާލެވިފައި ވިއެވެ. ވިޝާމް އެ ހިތް ލައްޕާލުމާއެ އެކު އޭގެ ދަށުގައި ވި އަނގޮއްޓި އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ އޭނާ ޒިވާ ކުރެން އޭނާ އާއި ރައްތެހިވާން އެހި ދުވަހު ދިން އަނގޮއްޓިއެވެ. ދުވަހަކުވެސް އޭތި އޭނާގެ އިނގިލިން ވަކި ނުކުރާން ބުނެ ޒިވާ ވައުދު ވީ ނަމަވެސް މިއަދު އޭތި އެވަނީ ވިޝާމްގެ އަތުގައެވެ.

ދަންވަރުގެ ވަގުތެވެ. ނުނިދިގެން ފުރޮޅި ފުރޮޅި އޮވެފައި އިވާ ކޮޓަރި ކުޑަދޮރާއި ކައިރި އަށް ޖެހިލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއި އެކު އިވާ އަށް ލަވައެއްގެ ބައެއް ކިޔާލެވުނެވެ.

 

އޭރު ހިތް ޔާރާ ދީފާ، އެހާ ލޯބި ދިފާ….

އޭރު ހިތް ޔާރާ ދިފާ، އެހާ ލޯބި ދީފާ….

ތިވީ ބޭވަފާ… ތިވީ ބޭވަފާ…

ތިވީ ބޭވަފާ… ތިވީ ބޭވަފާ…

އިވާ އެ ތަންކޮޅު ކިޔާ ލުމަށް ފަހު ފުން ނޭވާ އެއް ދޫކޮށްލިއެވެ.

 

ވީ ގޮތުން މާޒީގާ… ލޯބި ވީ ބީވެފާ…

ވީ ގޮތުން މާޒީގާ… ލޯބި ވީ ބީވެފާ…

ކުށްހީ ވެފާ… ތިކުރީ ތުހުމަތު ކަލާ…

ވާނެހޭ ބޭވަފާ، ވާނެހޭ ބޭވަފާ؟…

ވާނެހޭ ބޭވަފާ، ވާނެހޭ ބޭވަފާ؟…

ބެލްކަނީގައި އިން ސޯފާ ގޮނޑިއެއްގައި އިށީނދެލައިގެން އިން އަޔާޝް އަށް އިޚްތިޔާރުން ބޭރުން ލަވައިގެ އެބައި ކިޔާލެވުނެވެ. އުޑުގައި ބަބުޅަމުން ދިޔަ ތަރުތަކަށް ބަލަން އިން އަޔާޝްގެ ދެލޮލުގައި ބަބުޅަމުން ދަނީ ކަރުނައެވެ. އެއާއި އެކު އޭނާ އަށް އަވާމެންދުރެއް ފަދައިން އިވާ އާއި އެކު ހޭދަކުރެވިފައި ވި ވަގުތުކޮޅުތަށް ލޯ ކުރިމަތިން ސިފަވެލިއެވެ.

 

އޭގެ ފަރުވާ ކޮބާހޭ.. މޭގެ މި ޒަޙަމް ފިލާހޭ..

ހިތް މި ލޯބިން ދިނުމުން އެގޭ ބަދަލެއް ކޮބާހޭ…

އޭގެ ފަރުވާ ކޮބާހޭ.. މޭގެ މި ޒަޙަމް ފިލާހޭ..

ހިތް މި ލޯބިން ދިނުމުން އެގޭ ބަދަލެއް ކޮބާހޭ…

ވައުދު ހުވާތަށް ކޮށްފާ ހުވާފެން ދައްކާ ހަދާފާ…

ތިވީ ބޭވަފާ.. ތިވީ ބޭވާފާ.. ތިވީ ބޭވަފާ.. ތިވީ ބޭވަފާ..

 

އަޔާޝް އެކޭ އެއްފަދައިން އިވާ އަށް ވެސް އޭނާ އަށް އަޔާޝް އާއި އެކު ހޭދަ ކުރެވުނު ވަގުތުތަށް ހަނދާން އާވަމުން ދިޔައެވެ. އެ ލޮލަށް ކަރުނަތަށް ބޮޑި ވީ މިހާރު އެ ދެމެދުގައި އެފަދަ ގުޅުމެއް ނެތޭ ހިތަށް އެރުމުންނެވެ.

 

އާދޭ ބަދަލު ދޭން ބޭނުން ވޭ ނިކަން…

ވަފާ ތެރިކަމުން ފުރި ފާވޭ މި ހިތް….

އާދޭ ބަދަލު ދޭން ބޭނުން ވޭ ނިކަން…

ވަފާ ތެރިކަމުން ފުރި ފާވޭ މި ހިތް….

 

ހަޔާތަށް ކަލާ އޭ ބޭނުން ވަނީ…

ތި ލޮތްބައްޓަކާ ދާނަން ގުރުބާން ވަމުން…

އިސްވެ ކުރާނަން ހިތް މި ފިދާ…

ކަލާ އަށް އެދި މިހުރީ އުންމީދުގާ….

ވާނެހޭ ބޭވަފާ.. ވާނެހޭ ބޭވަފާ…

 

…………………………………………

 

އޭރު ހިތް ޔާރާ ދީފާ.. އެހާ ލޯބި ދީފާ…

އޭރު ހިތް ޔާރާ ދީފާ.. އެހާ ލޯބި ދީފާ…

ތިވީ ބޭވަފާ… ތިވީ ބޭވަފާ…

 

ވޭނީ އާހުގާ ހިތް ރޮނީ އޭ އަހާށޭ….

ވެނީ އާހުގާ ހިތް ރޮނީ އޭ އަހާށޭ…

ތި ލޮތްބާ ނުލާ ކިހިނެއް ތޯ އޭ އުޅޭނީ…

 

ޒިވާ އޭނާގެ ޑައިރީގައި ލިޔަމުން ދިޔަ އަކުރުތަކަށް ބަލަން އޮވެފައި އޭގައި ލަވައިގެ އެބައި ލިޔަމުން ކިޔާލިއެވެ.

 

ގަންދީ ބުނީމޭ… އެކީގާ މަ ވާނަން…

އެދެމުން ދާ މިހިތް ލޮތްބަކީ ތިޔައީއޭ…

ވަކި ނުވެވޭނޭ ދެން ތިހިތާ މި ހިތް ގުޅިފާވޭ…

ތިހިތާ ހުވާ…

 

ވިޝާމް އޭނާގެ އަތުގައި އޮތް ރިހި ފަށަށް ބަލަމުން ކިޔާލިއެވެ. އެ ހިތުގެ އަޑު ޒިވާ އަށް އިވޭ ނަމަ މިހާރު އޭނާ އިއްވީހެވެ.

 

ވާނެހޭ… ބޭވަފާ… ވާނެހޭ.. ބޭވަފާ…

ތިވީ ބޭވަފާ… ތިވީ ބޭވަފާ…

ވާނެހޭ.. ބޭވަފާ… ވާނެހޭ ބޭވަފާ…

 

ޒިވާ އަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އޭނާ އަށް ބޭވަފާ ތެރި ވެވުނު ހެއްޔެވެ؟…

ވިޝާމް އޭނާ އަށް ބޭވަފާތެރި ވެވުނު ކަމަށް ބުނަމުްނ ދިޔަ އިރު ޒިވާ ސުވާލަކީ އަދިވެސް އޭޏާ އަށް ބޭވަފާތެރި ވެވުނީ ހެއްޔެ އެވެ…

 

ތިވީ ބޭވަފާ… ތިވީ ބޭވަފާ…

ތިވީ ބޭވަފާ…. ތިވީ ބޭވަފާ…

 

ވާނެހޭ ބޭވަފާ… ވާނެހޭ ބޭވަފާ…؟

ތިވީ ބޭވަފާ… ތިވީ ބޭވަފާ….

ވާނެހޭ ބޭވަފާ… ވާނެހޭ……. ބޭވަފާ……؟؟؟

 

ޒިވާ އާއި ވިޝާމް އެކޭ އެއްފަދައިން އިވާ އަށާއި އަޔާޝް އަށް ވެސް ވަނީ އެއްފަދަ ގޮތެކެވެ. އިވާގެ ސުވާލަކީވެސް އެނައަށް ބޭވަފާތެރި ވެވުނު ހެއްޔެ އެވެ..

 

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ނެތް ހަދިޔާ

Next

ޔަލާ – 15

Next
November 5, 2022

ޔަލާ – 15

Previews
November 5, 2022

ނެތް ހަދިޔާ

2 Comments!

  1. Nayaa Nayaa says:
    November 6, 2022 at 1:51 am

    Brvao my dear bravo 🖤🖤🖤
    Masha Allah 🖤🖤🖤
    This part is beautiful as always darling 🖤🖤🖤
    Hoping for a happy change in their lives..
    Lysssssmmm kokkyyy🖤🖤🖤
    Stay safe and take care dhonaage dhoonyyaa🖤🖤🖤

  2. lau.laala786@gmail.com His Beastess says:
    November 7, 2022 at 9:54 pm

    in reply to nayaa in previous part and this part…

    previous:
    e ok vaane dhigu cmnt eh nukuriyas… it will be fine..
    and i know sad vaane kan sad kanthah ves go thru kuran vaane… it is life hehehe….😂😂😂♥

    this episode:
    thnx dhonaa….
    hehehehee… thnk youuu vhk reethi veema hama heski happy… and kuda break eh nagaalan kmh mi ulheny term exam feshen 20 days baakee othy so on… 😭😭😭🤗🤷‍♀️
    isa e enmenge life ves happy vaane vhk ending ga 😁😁
    lymmmmmm dhonaaaa….. miss you so freaking muchhhhh
    ttyl byee

Comments are closed.

Next Episodeވައުދޭ ވެވޭ މީ…32←


All Right Reserved!