Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 28

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
October 8, 2022 5 Mins Read
2 Comments

އީވާ އާއި އަޔާޝްގެ ހަޔާތަށް ދެން އަންނާނީ ކޮންކަހަލަ ތޫފާނެއް ހެއްޔެވެ.؟ އެދެމީހުންގެ ގުޅުން ނިމިގެން ދާނީ ހެއްޔެވެ.؟ އަޔާޝް އީވާގެ ފަރާތުން އިވިގެންދާ ހަގީގަތުން އީވާ ދޫކޮށްލާނީ ހެއްޔެވެ.؟ ނޫނީ އެ ހަގީގަތް އިނގުމަށް ފަހުވެސް ދެމީހުން އެކުގައި އުޅޭނީ ހެއްޔެވެ.؟ އެ ދެމީހުންގެ ގުޅުމަށް އެޅޭނީ ކޮން ބައެއްގެ ކަޅު ހިޔަންޏެއް ހެއްޔެވެ.؟ ޝާމިން އާއި އީވާ، ނައިރާ އާއި އަޔާޝް އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.؟

……

 

ނިދަން އޮތް ޒިވާގެ ދެލޮލުން ހުއްޓުމެއް ނެތި އަންނަމުން ދިޔައީ ކަރުނަ އެވެ. ވަމުން ދިޔަ ކަންތަކުން އޭނާގެ ހިތުގައި އެތަށް ކޫރުމެއް އެޅި ރެނދުލައި ހިނގައްޖެ އެވެ. އެ ހިތަކީ މިހާރު ބިއްލޫރި އަށް ވުރެން ނާޒުކު އެއްޗެކެވެ. ރަނގަޅަށް ނުހިފެހެއްޓިއްޖެ ނަމަ ވެއްޓުމާއި އެކު ކުދި ކުދި ވާނެ ހާ ނާޒުކެވެ. ވިޝާމް އާއި މެދު ވިސްނަމުން ދިޔަ ވަރަކަށް ޒިވާގެ ލޮލަށް ކަރުނަ ބޮނޑި ވެއެވެ. ފުރެމުން ދިޔަ އެ ދެ ލޯ ފުސް ވަމުން ދާން ފެށުމުން ޒިވާ ތެދުވެ ފާރުގައި ލެނގިލިއެވެ. ކަކޫ މެއާއި ކާއިރިއަށް ގެނެސް ދެއަތް ވަށާލާ، ކަކުލުގައި ބޯ އަޅާލި އިރު އެ ދެލޮލުގައި ހުރި ކަރުނަތަށް އޭގެ މަގާމް ދޫކޮށް ދެކޯތާފަތުގައި ބޮސްދެމުން ފައިބައިގަތެވެ. އަޑު ނުނެރެ ޒިވާ އޭނާގެ ރުއިން ކުރިއަސް ގެނދިޔައީ ދެންތިބި މީހުން ނިދާފައި ތިބުމުންނެވެ. އިރުކޮޅެއް ކުރިން އީވާ ވެސް އައިސް ކޮޓަރިއަށް ވަދެ ނިދުމުން އޭނާ އަށް އަޑު ވީއްލާ ނޫނަސް ރޮއެލަން ފުރުސަތު ލިބުނެވެ.

 

ޒިވާ އެކޭ އެއްފަދައިން ނިދަން އޮތް ވިޝާމް އަށް ވިސްނެމުން ދިޔައީ ޒިވާ އާއި މެދު އެވެ. އޭނާގެ ހިތް ވެސް ވަނީ ރެނދުން ފުރިފަ އެވެ. ތަޅައިގެން ނުދިޔަ ނަމަވެސް ޒިވާގެ ހިތް ފަދައިން އެ ހިތް ވެސް ވަނީ ނާޒުކު ފައްތަރެއްގަ އެވެ. ވާނީ ވެސް އެހެން ނޫން ތާއެވެ. ތިމާ އެންމެ ލޯބިވާ ފަރާތް އެހެން މީހަކާއި އެކު އުޅޭތަން ބަލަން ކެތް ވާނީ ފަހެ ކާކަށް ހެއްޔެވެ. ދެމީހުންގެ ދެހިތަށް ވެސް ވަނި އެއް ގޮތެކެވެ. ލޯބިވާ ބައިވެރިޔާ އެހެން މީހަކާއި އެކު އުޅޭ ތަން ބަލަން އެ ދެހިތަށް ކެތެއް ނުވެއެވެ. އޭގެ ސަބަބުން ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ޖެހިލުން ވަނީ އެވެ. ދެމީހުންވެސް އަނެކާ އަށް ހިތުގެ ހާލު ބަޔާން ކޮށްދޭން ބޭނުން ވިޔަސް އެކަން ނުކުރެވިފައި ތިބެނީ އަނެކާ ވިސްނާނެ ގޮތް ނޭނގޭތީ އެވެ. އެމީހުންވެސް ވާނެ ގޮތެއް ވާން ތަގުދީރަށް އެ ދެމީހުންގެ ދިރިއުޅުން ދޫކޮށްލި އެވެ.

 

އެކަކުވެސް ފެންނަން ނެތް އެ އަނދިރި ހިސާބުގައި އިން ނާއިފް ގެ މުޅި ސިކުނޑި ހިސޯރު ކޮށްފައި ވަނީ ޒިވާގެ ހަނދާން ތަކުންނެވެ. ޒިވާގެ ކޮންމެ ހަރަކާތެއް ނާއިފްގެ ލޯ ކުރިމަތިގައި ކުޅެވެމުން ދިޔަ އިރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ފާލަން ދޮށުގައި ތިބެ ދެމީހުން ދެމެދު ދެކެވުނު ވާހަކައިގެ ތެރެއިން ޒިވާ އޭނާ ވިޝާމް ދެކެ ވާ ލޯބި ހާމަ ކޮށްދެމުން ބުނެލި ބަސްކޮޅެވެ.

” އަހަރެން ނޭދެން ވިޝާމް އަހަރެން ދޫކޮށް ދާކަށް… އެއީ އަހަންނަށް އެއްވެސް ގޮތަކުން ރުހެވޭނެ ކަމެއް ނޫން… އަހަރެން ވިޝާމް ދެކެ އެއަށް ވުރެން ބޮޑަށް ލޯބިވޭ… ވިޝާމް އަހަރެން ދޫކޮށް ގޮއްސިނަމަ އަހަރެން މަރުވެދާނެ…” އެ އަޑު ކަންފަތުގައި އެކޯ ވަމުން ދިޔަ ކޮންމެ ފަހަރަކު ނާއިފްގެ ހިތަށް މީހަކު ފައިން އަރާ ޗިސް ކުރަމުން ދާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔަ އެވެ. އެ ވޭނަށް ކެތް ކުރަމުން ދިޔަ ނާއިފް ލޮލަށް ކަރުނަ ބޮޑި ވެގަތެވެ. ދުވަހަކު ވެސް އޭނާ އަށް ޒިވާ އާއި ނުލާ ނޫޅެވޭ ވަރަށް ލޯބި ވެވިއްޖެ އެވެ. އެއީ ކިތަންމެ މަދު ދުވަސްކޮޅެއްގެ ތެރޭ ވީ ކަމެއް ނަމަވެސް އޭނާގެ ހިތް ގޮވަމުން ދިޔައީ ޒިވާ އަށެވެ. އެ ލޯބި މޫނުގައި ބީހިލަން އޭނާގެ ދެ އަތް އެދެމުން ދިޔައެވެ. އެ އުނގުގާ ބޯ އަޅާލައިގެން އޮވެ އުމުރަށް ނިދާލަން އޭނާ ބޭނުން ވެއެވެ. ޒިވާ އަށް އެ ހިތް ވަނީ ލޯބިން ފުރިފަ އެވެ. ދެމީހުން އެކުގައި އުޅެލަން އޭނާގެ ހިތް އެދެމުން ދިޔަ އެވެ. ނަމަވެސް… އެއީ ހަގީގަތަކަށް ނުވާނެ ހުވަފެނެކެވެ.

 

 

އިރުކޮޅަކު ރޯލަން އިނުމަށް ފަހު މިރޭ ވެސް ޒިވާ ބޭރަށް ނުކުމެގެން ހިނގައި ގަތީ ކުރީ ރޭވެސް އޭނާ އިން ތަނަށެވެ. ފާލަން މައްޗަށެވެ.

ވިޝާމް ވެސް ޒިވާގެ ޚިޔާލުގައި އިނުމަށް ފަހު ބެލްކަނީގައި އިށީންދެލިއެވެ. އެކަކުވެސް ފެންނަން ނެތް އެ ހަމަހިމޭން ހިސާބުގައި ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. ފާރު ކައިރި ތިރީގައި އިށީންދެލުމަށް ފަހު ވިޝާމް އޭނާގެ ބޯ ފާރުގައި ޖައްސާލިއެވެ. އުޑަށް ބަލައިލަމުން ވިޝާމް ލޯ މަރާލިއެވެ.

 

.•♫•♬•.•♬•♫•.

ތިޔަ ލޯބި މޫނު ފެނުމުން އަހަރެންގެ ހިތް ދެވިއްޖޭ،

އަހަރެން މި ލޯބި ވާވަރު، އިހުސާސް ނުކުރެވޭނޭ.

އާ… ބޭއިޚްތިޔާރު ވެދެއޭ…

ތި ލޮލާ އަމާޒު ވެވުމުން، އަހަރެންގެ ހިތް މި ވިރެއޭ…

ތިޔަ އިންތިޒާރުގާ ވީން ، އުމުރަށް ތި ލޯބި އެދިގެން…

މި ހަށީން ފުރާނަ ދާންދެން…

މި ހަށީން ފުރާނަ ދާންދެން…

 

.•♫•♬•.•♬•♫•.

ވިޝާމްގެ ދެތުންފަތް ފޫ އަޅުވާލާފައި ނުކުމެގެން އައީ އެ ހިތުގެ ހާލު ބަޔާން ކޮށްދޭ ލަވައިގެ ބަސްކޮޅު ތަކެކެވެ.

 

.•♫•♬•.•♬•♫•.

ފުން ލޯބި މިހިތުގެ ނުއެނގުނަސް… އަހަހާ…

ފުން ލޯބި މިހިތުގެ ނުއެނގުނަސް، ޝަކުވާ ކުރާކަށް ނެތީމޭ…

މިހިތުގެ ދުއާ މީ މިތުރާ އުފަލުގާ، ހެޔޮ ހާލުގާ ލައްވަވާން ދޭ…

 

އޫ… ޔާރާ ލިބޭނެ ދުވަހަކަށް، ކުރަނީ މިހިތް އިންތިޒާރޭ…

ތިޔަ ލޯބި މިހިތަށް ދެއްވާށިއޭ، ކުރެވޭ އަބަދުވެސް ދުއާ މީ…

.•♫•♬•.•♬•♫•.

ނާއިފް މޫދަށް ބަލަން އިނދެގެން ބުނެލި އެވެ. އެ ދުލުން ކިޔެމުން ދާ ކޮންމެ ބަހަކަށް ފަހު އޭނާގެ ލޮލަށް ބޮޑި ވަމުން ދާ ކަރުނަތަށް އިތުރު ވެއެވެ. އެންމެ ފަހު ބަސް ކިޔާލަމުން ނާއިފް އިސް ޖަހާލި ހިނދުން އެ ކަރުނަތަށް ބަންޑުން ވިއެވެ.

 

.•♫•♬•.•♬•♫•.

އޭ ލޯބިވާ!… ހިތް ރޮނީ އޭ… ބީވެދާތީ…

ލިބިފާ މި ގެއްލި ދާތީ، އަހަރެންގެ ލޯބި އެހެނަސް…

މިތުރާ… ހަނދާން ކުރައްޗޭ…

ތިޔަ އިންތިޒާރުގާ ވީން، އުމުރަށް ތި ލޯބި އެދިގެން…

މިހަށިން ފުރާނަ ދާން ދެން…

މިހަށިން ފުރާނަ ދާން ދެން…

.•♫•♬•.•♬•♫•.

ދެފައި ކުރުކޮށްލާ ގަޔާއި ކައިރިކޮށްލަމުން އެ ދެކަކޫ މަތި އޭނާގެ އަތް ބާއްވަމުން ވިޝާމް ކިޔާލި އެވެ. އެ އަޑު އިވިއްޖެ މީހަކު ނަމަ، އެ އަޑުގައި ވި ހިތާމަ އިހުސާސް ނުވެ ނުދާނެ އެވެ. އެހާވެސް އަސަރު ގަދަ އެވެ.

 

.•♫•♬•.•♬•♫•.

ކިހިނެއްހެ މިހިތަށް އިނގޭނީ، އާ އާ އާ

ކިހިނެއްހެ މިހިތަށް އިނގޭނީ، ވާކަން ތިހާ ލޯބި ޔާރާ…

ފުންލޯބި ތިހިތަށް ދޭނޭ ފަރާތެއް، ތިހަޔާތުގާ ދައްކަވާންދޭ…

.•♫•♬•.•♬•♫•.

ބޭ އިޚްތިޔާރުން ޒިވާ އަށް ލަވައިގެ އެ ބައި ކިޔައިލެވުނެވެ. ކައިރީގައި އިން ލަކުޑި ގަނޑު މަތި އަތް ބާއްވާލާފައި އެ އަތުގައި ބޯ ޖައްސާލަމުން ޒިވާ ލޯމަރާލިއެވެ.

 

.•♫•♬•.•♬•♫•.

އޫ…

އަންނާނެޔޭ ދާދި އަވަހަށް، މިހަޔާތަށް ތިޔަ ލޯބި ރާނީ…

އުމުރަށް މި އުނގުގާ ފޮރުވާނަމޭ، ހުރިހާ އުފާތަށް މަ ދޭނަން…

އޭ ލޯބިވާ!… ހިތް ރޮނީ އޭ… ބީވެދާތީ…

ގުރުބާން ވެގެން މަދާނަން، ތިޔަ ނަން ދުލުން ކިޔާނަން…

މިހަށިން ފުރާނަ ދާންދެން…

ތިޔަ އިންތިޒާރުގާ ވީން، އުމުރަށް ތިލޯބި އެދިގެން…

މިހަށިން ފުރާނަ ދާންދެން…

މިހަށިން ފުރާނަ ދާންދެން…

.•♫•♬•.•♬•♫•.

އިސް އުފުލާލަމުން ނާއިފް ލަވައިގެ އެ ތަންކޮޅު ކިޔާލި އިރުވެސް އެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނަ އެވެ. ފުދޭ ވަރަކަށް ބޮޑަށް އެދެލޯ ރަތްވެފައި ވީ އިރު އެ އަޑު ވެސް ވަނީ ކުރަކި ވެފަ އެވެ.

 

.•♫•♬•.•♬•♫•.

ތިޔަ ލޯބި މޫނު ފެނުމުން އަހަރެންގެ ހިތް ދެވިއްޖޭ،

އަހަރެން މި ލޯބި ވާވަރު، އިހުސާސް ނުކުރެވޭނޭ.

އާ… ބޭއިޚްތިޔާރު ވެދެއޭ…

ތި ލޮލާ އަމާޒު ވެވުމުން، އަހަރެންގެ ހިތް މި ވިރެއޭ…

ތިޔަ އިންތިޒާރުގާ ވީން ، އުމުރަށް ތި ލޯބި އެދިގެން…

މި ހަށީން ފުރާނަ ދާންދެން…

މި ހަށީން ފުރާނަ ދާންދެން…

.•♫•♬•.•♬•♫•.

ވިޝާމް ލަވައިގެ ފަހުބައި ކިޔާލާފައި އެ ދެލޮލުން ފާބައިފައި ވި ކަރުނަތަށް ފުހެލިއެވެ. އަދި މޫނުމަތީގެ ކުލަވަރުތަށް ބަދަލު ކުރަމުން ވިޝާމް ގޮސް ކޮޓަރި އަށް ވަނެވެ.

 

އާ ދުވަހަކަށް އިރު އަރައިގެން އައި އިރު އެންމެން ވެސް ދިޔައީ ރަށަށް ފުރަން ތައްޔާރު ވަމުންނެވެ. އެއްޗިހި ޕެކު ކުރުމުގައްޔާއި އައި ވޭލަރު ތައްޔާރު ކުރުމުގައްޔާއި އެކި ކަންކަމުގައި ގުރޫޕު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައެވެ. ވޭލަރު ފާލަން ދޮށުގައި ބަހައްޓައިގެން އެޔަށް އެއްޗިސް އެރުވުމުގައި ޒީހާން މެން ދިޔައީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.

ގޭގެ ސިޓިންގރޫމުގައި އެއްޗިހި ޕެކު ކުރަން ތިބެފައި ޒިވާ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ބަލައި  އަޔާނީ ނެގި މަޑުވެފައި އިން އިވާގެ ކަންފަތް ދޮށުގައި ޒިވާގެ ދެލޯ ރަތް ވެފައި ހުރި ކަން ފާހަގަ ކޮށްލި އެވެ.

 

” އޭ އިވް.. ފާހަގަ ވިތަ ޒިވް ގެ ދެލޯ..؟ ހާދަ ރަތޭ… ހީވަނީ ރޭގަ ނުނިދާ ރޮއެފަ ހުރި ހެން… މިފަހަރު މި ދަތުރު އައިއްސަ ވެސް އޭނަ އެހާ ނޫޅޭ ދޯ މަޖާ ނަގާކަށް ވެސް… މަށަށް ވަރަށް ފާހަގަ ވި، އޭނަޔާ ވިޝާމް ވެސް.. ދެމީހުން ހިވަނީ މައްސަލަ ޖެހިގެން އުޅޭހެން.. ނުފެނޭ ރަށުގަ އުޅުނު އިރު އުޅުނުހާ ރޮމް ކޮށް އުޅުނު ތަނެއް…” ފުޅިމަދު ފޮށިގަނޑަކަށް މޭޒުމަތީގައި ހުރި އެއްޗިހި ތަކެއް އަޅަމުން އަޔާނީ ބުނެލި އިރު އިވާ ދިޔައީ ވިސްނުމެއްގައި ހުރެ އެހެން ފޮށިގަނޑަކަށް ސާމާނު އަޅާށެވެ. އަޔާނި ދެފަހަރު ގޮވާލުމުން ކިރިޔާ ހަމަ ބިމަށް އާދެވުނެވެ. މަޑު މަޑުން ބޯ ޖަހާލި އިރު އޭނާގެ ސިކުނޑީގައި ވަމުންދާ ކަންތަށް ދަންނާނީ އެންމެ ފަރާތެކެވެ.

އަޔަނީ ހުރީ މި ވަމުން ދާ ކަންތަކުން ބުނަން ވީ އެއްޗެއް ނޭނގިފަ އެވެ. އެއްކޮޅުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ރޭގަ ފަހުން ކަމެއް ހިނގައިފި ކަން އަޔާނީ އަށް ދޭހަ ވި އިރު، އަމިއްލަ ކޮއްކޮ އެއް ފަދައިން ދެކެމުން އައި ޒިވާ އަށް ވެފައި ހުރި ގޮތް ފެނި އެ ހިތުގައި ސުވާލު ގިނަ ވިއެވެ. އެ ސުވާލު ތަކުގެ އިތުރަށް އެހެން ސުވާލު ތަކެއް އުފެދެން ފެށީ އަޔާޝް އީވަ އާއި މެދު ބެހެއްޓި ދުރުކަން ފެނިފައެވެ.

 

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

މަދަދުވެރިޔާ (16)

Next

މަދަދުވެރިޔާ (17)

Next
October 9, 2022

މަދަދުވެރިޔާ (17)

Previews
October 8, 2022

މަދަދުވެރިޔާ (16)

2 Comments!

  1. laisha hawwa says:
    October 9, 2022 at 2:50 am

    Alhe vrh vrh vrh reethi ❤️❤️ masha allah ❤️❤️……. Looking ahead for the next part 😊

  2. lau.laala786@gmail.com His Beastess says:
    October 9, 2022 at 12:21 pm

    in reply to @laisha hawwa
    thank you soo muchh loabbssss…. that means alottt….♥♥♥♥♥
    next part insha allah varah avahah libeyne kamah balamaa… i still have hithugai vey thiya nan ge 7 vana eps vx…😁😁😁

Comments are closed.

Next Episodeވައުދޭ ވެވޭ މި…29←


All Right Reserved!