ނުފިލާނޭ މިހިތަކުން 3
އާދުވަހަކަށް އިރު މަރުހަބާ ކިޔެވެ. މިއަދަކީ ކޯހުގެ ފުރަތަމަ ދުވަހެވެ. އަހަރެން އެތައް އުންމީދަކާއި އެކު ތެދުވެ ރެޑީވެލައިގެން ނުކުތީމެވެ. ދައްތަ ތައްޔާރު ކޮއްލާފައިވާ މީރު ނާސްތާގެ ވަހުން މުޅި ކާގެވަނީ އެއްވަސްވެފަ އެވެ. އަހަރެން އަވަސް އަވަހަށް ސައިބޯލައިގެން ބޭބެއާއި އެކު ކެންޕަހަށް ދާން މިސްރާބުޖެހީމެވެ. ލަސްތަކެއްނުވެ ކެންޕަހަށް އާދެވިއްޖެއެވެ. ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކުލާހަށް ވަނީމެވެ. އަދި މަޑުމަޑުން ގޮސް ގޮނޑީގައި އިށީންދެލީމެވެ. ކުލާސް ކޯޑިނޭޓަރު އަތުވުމުން އެފަރާތުން އެދުނުހެން ކޮންމެ ކުއްޖެއްވެސް ކުރުގޮތަކަށް މުޅި ކުލާހަށް ތައާރަފް ވެލިއެވެ. އަދި ނިމްރުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަރެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ހުރިހާ ކުދިން ތައާރަފް ވެލުމަށް ފަހު ކުލާހުގެ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. އަދި 2 ގަޑިއިރުތެރޭ ކުލާސް ނިމި އެންމެން ގެޔަށް ދިއުމަށް އަވަސްވެލިއެވެ. އަހަރެންވެސް ކުލާހުން ނުކުމެ ގެޔަށް ދާން ހިނގައިގަތީމެވެ. އެހިނދު ނިމްރް އަހަންނަށް މެސެޖެއްކޮށްލިއެވެ. އަދި އޭނާ އާއި އަހަރެން ބައްދަލުވެލީމެވެ. މިފަދައިން ކޮންމެދުވަހެއްގެވެސް ކިޔެވުން ނިންމާލުމަށްފަހު އަހަންނާއި ނިމްރު ބައްދަލުވަމެވެ. ދުވަސްތައް ފާއިތުވެގެން ގޮސް ވަރަށް ގާތް ރަހްމަތްތެރީންގޮތުގައި ވީމެވެ. އަހަރެންގެ ކިޔެވުމާއި ގުޅޭ އެންމެހާ ކަމެއްގައި ނިމްރް އަހަންނަށް އެހީތެރިވެދެއެވެ.
ދުވަސްތައް ފާއިތުވެގެން ގޮސް މިއަދަކީ މާތްވެގެންވާ ރަމަޟާން މަހުގެ މާހެފުން ބާއްވަން ކަނޑައެޅިފައިވާ ދުވަހެވެ. ކޯސް ކޯޑިނޭޓަރުގެ އެދުމާއިއެކު ކުލާސް ހުރިހާ ކުދިން ވެގެން ކެމްޕަސް ހޯލް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނީމެވެ. ވަރަށް ބުރަކޮއް މަސައްކަތުގައި އުޅުމަށްފަހު ބޭބެއާއި އެކު އަހަރެން ގެޔަށް އައީމެވެ. އަދި ތާޒާވެލައިގެން އައިސް އޮށޯއްވެލީމެވެ. މާހެފުން އޮތީ މިރޭ 20:00 ގައި ކަމުގައި ވުމުން 19:15 އަށް އެލާމް ކޮއްލީމެވެ.
އެލާމްގެ އަޑައް އަހަންނަށް ހޭލެވުނެވެ. އަދި ލަސްނުކޮށް ތައްޔާރުވެލީމެވެ. އަހަރެން ބަލައި ގޭދޮށައް ނިމްރް އައިސް މެސެޖުކޮއްލުމުން އަހަރެން ނުކުތީމެވެ. އަދި ނިމްރްގެ ސައިކަލު ފަހަތައް އެރުމަށް ހިނގައިގަތީމެވެ. އެހެނަސް އަހަރެން އަޅަމުންދިޔަ ފިޔަވަޅުތައް މަޑުޖެހުނެވެ. ސައިކަލް މަތީގައި އަހަންނާއި ފުރަގަސް ދީގެން އިން ނިމްރް އިނީ މާޔޫސްވެފައެވެ. އަހަރެން ނިމްރުއާއި އަރާހަމަ ވުމުން ރުޅިވެރިކަމާއި ވޭނުންފުރިގެންވީ ދެލޮލުން އަހަންނާއި ދިމާލަށް ބަލާލި އެވެ. އަހަރެން ފައިދަށުން ބިންގަނޑުދަމައިގައިން ފަދައެވެ. އެފިރިހެން ވަންތަ އަތުން އަހަރެންގެ އަތުގައިހިފާ ނިމްރްއާއި ގާތްކޮއްލައި އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ވޭނުންފުރިގެންވީ އަޑަކުން އަހަރެން ކަންފަތްދޮށުގައި ބުންޏެވެ. “ވައިޑިޑް ޔޫ ލީވްސޯ އާރލީ؟ އިޓް ވޯޒް އޯލްމެސްޑްއަޕް. އައި ވިޝްޔޫވަރ ދެއަރ..” މިހެންބުނެ އަހަރެން ގައިގައި ކުރިޔަށް ވުރެ ބާރަށް ބައްދާލިއެވެ. ނިމްރް އަހަންނާއި އެކުރި ސުވާލަށް މިރޭވެސް އަހަރެންގެ އަތަކު ދޭނޭ އެއްވެސް ޖަވާބެއް ނެތެވެ. ކުޑަ ކުއްޖެއް ފަދައިން އަހަރެން ގައިގައި ނިމްރް ބައްދާލައިގެން އިނެވެ. އަހަރެންގެ ދެލޯވެސް ކަރުނުން ތެންމާލިއެވެ. ސޮރީއޭ ބުނެ އަހަރެން އޭނާގެ ހަށިގަނޑުގައި ބައްދާލީމެވެ. އެވްރިތިންގް އިޒް ގޮނަބީ ފައިންއޭ ބުނެ ނިމްރުއާއި އަހަރެން ދުރައްޖެހިލީމެވެ. އަދި ގަޑިޖެހެނީއޭ ބުނެ ސައިކަލު ފަހަތައް އެރީމެވެ. އަހަންނަށް ނިމްރުގެ އެ އުދާސްތަކުގެ ފަހަތުގައިވީ ސިއްރު ނޭންގުނުކަމުގައިވީ ނަމަވެސް ވެފައިވީ ދެރައިން ނިމްރުގެ ގައިގައި މަޑުމަޑުން ބައްދާލެވުނެވެ. އަދި ނިމްރުވެސް އަހަރެންގެ އަތުގައި އެއްއަތުން ހިފަހައްޓާލައި ޝުކުރުއަދާކޮށްލިއެވެ.
އެރޭ އަހަންނަށް މިފަދައިން އަމަލު ކުރެވުނީ ކީއްވެގެން ކަމެއް ޚުދު އަހަންނަށް ވެސް ނޭންގުނެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ހަމަ ޔަގީނުންވެސް ނިމްރުގެ ހާލަކީވެސްމިއެވެ. އެކަކުއަނެކަކަށް ބުނާނެ ބަހެއް ނޭންގިތިބެ ކެންޕަހަށް ވަނީމެވެ. އަދި ދެމީހުންވެސް އަމިއްލަ ރަހްމަތްތެރިންނާއިއެކު މާހެފުމުގައި ފުރިހަމަޔަށް ބައިވެރިވީމެވެ. އެހެނަސް ލޯމަރާލާ ކޮންމެ ހިނދަކު ވެސް ފެންނަމުން ދިޔައީ ވޭނުންފުރިގެންވީ ގަދަ މުށިކުލައިގެ ދެލޮލެވެ. އިވެމުންދިޔައީ އެބަސްތަކެވެ. ހީވާނީ އަދިވެސް އެފިރިހެން ވަންތަ އަތުތެރޭ އަހަރެން ވާހެންނެވެ. އެރޭގެ މާހެފުން ނިންމާލުމަށްފަހު ބޭބެއެއްކޮއް ގެޔަށް އައީމެވެ.
ތާޒާވެލައިގެން އައިސް އަހަރެން އޮށޯވެލީމެވެ. އެތަކެއް ފިކުރުތަކެއްގެ ތެރެއަށް އަހަރެން ގެނބެމުން ދިޔައެވެ. ލަސްތަކެއްނުވެ އަހަރެންގެ ފޯން ރިންގްވާން ފެށިއެވެ. ފޯން ސުކްރީންއައް އަރާފައިވާ ނަންފެނި އަހަރެންގެ ގައިން ހީބިހިނަގައިގެންދިޔައެވެ. ޔަމީން އެވެ. އަހަރެންގެ ލޯބިވެރިޔާ އެވެ. ދިރިއުޅުމުގައި މިހާރު ކުރިމަތިވަމުންދިޔަ އެތަކެއް ކަންތައްތަކެއްގެ ފުން ހިޔާލުން އަހަރެން ވަށާލާފައި ވުމުން ޔަމީން މަތިން އަހަރެން ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އަދި އަހަރެންގެ ލޯބިވެރިޔާ ކައިރީގައި ނެތްކަމުގެ ކުޑަވެސް އިހްސާސެއް ނުވެއެވެ. ރިންގުވަމުން ދިޔަ ފޯންކޯލް ކެނޑުމުގެ ކުރިން ފޯނު ނެގީމެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއި އެކު އަހަރެން ހަލޯއޭބުނެ ވާހަކަދެއްކީމެވެ. އެކޮޅުން ޔަމީން ވެސް ވަރަށް ރީތިކޮށް އަހަންނާއި ވާހަކަދެއްކިއެވެ. ކޯސް ކިހިނެއްކަމާއި އަހަރެންގެ ހާލާއިހުވާލު އަހާލާ އަހަރެން މަތިން ވަރަށް ހަނދާންވާ ކަމާއި ލޯބިވާ ވާހަކަ ބުންޏެވެ. އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ދެރަވިއެވެ. ކުރަކިވެ ފައިވާ މާޔޫސީ އަޑަކުން އަހަރެން “މޯ” އޭބުނީމެވެ. އަދި ނިދަން އުޅޭވާހަކަ ބުނެ ފޯން ކަނޑާލީމެވެ. ތެދަށް ބުނާނަމަ ޔަމީން އާއި ވާހަކަދައްކާނޭ ކުޑަވެސް ހިތްވަރެއް އަހަރެން ގައިގައި ނެތީއެވެ. ޔަމީން އަކީ ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއްގެ ވެރިއެކެވެ. ބަލާލަން އެހާމެ ރީއްޗެވެ. އޯގާތެރި އެވެ. ވަފާތެރި އެކެވެ. އަދި އަހަރެން ބޭވަފާތެރި އެއްވެސްނުވަމެވެ. ދާދިފަހުން ދެމީހުންމެދު ޖެހުނު މައްސަލައެއް ހައްލު ނުކުރެވި އަހަރެން ޔަމީން އާއި ވަކިވީއެވެ. އެހެނަސް އަހަރެންގެ ހިތުގައި ޔަމީން ނޫންމީހެއްނެތުމުން އަހަރެން ގަބޫލުކުރާގޮތުގައި އޭނާއީ އަހަރެންގެ ލޯބިވެރިޔާ އެވެ. ނޫނީ މިއީ އަހަންނަށް ކުރެވުނު ބޮޑު ކުންހީއެއްބާއޭ؟ އަހަރެންގެ ތަގުދީރަކީ މިއީބާއޭ؟
ނުނިމޭ.
މަރްޔަމް ނިހާ ހުސައިން (އާހިން)
