Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އެ ޖަންގަލީގެ ތެރެއިން… 1

xelly Level 1
August 10, 2022 3 Mins Read
0 Comments

“ހުއްޓާލާ އަައުލް! ހަމަ މިހާރު ހުއްޓާލާ!” ހައިކާ ދެކަންފަކުގައި އަތް އަޅަމުން ހަޅޭލަވައިގަތެވެ. 

 

“ހައި ބަލާބަލަ… އެއީ ހައި ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ.” އައުލް ހައިކާ ކައިރިއަށް ޖެހެލަމުން ބުންޏެވެ. 

 

“އަހަރެން ހީކުރާ ކަހަލަ ކަމެއް ނޫނޭ ތި ބުނީ ދޯ؟ ދެން ހައު ޑޫ ޔޫ އެކްސްޕްލެއިން… ރޭގަ އަހަރެންގެ ގޭޓު ކުރިމަތީގައި ހުރީ ކާކު؟ ބްލޮންޑް ހެޔާ ގާލް އަކާއިއެކު އެތާ ހުރީ ކީތްވެ؟ އެ އަންހެން ކުއްޖާގެ ގައިގައި ބައްދައިގަތީ ކޮން ހައިސިއްޔަތަކުން؟” ހައިކާ ރުޅިއައިސްފައި އެހެން އެހުމާއިއެކު އައުލްގެ މޫނު މަތިން އޮއްދާހިއްލަން ފަށައިފިއެވެ. 

 

“އެ.. އެއީ.. އަހަރެންގެ.. އަނޭ..”  އައުލްއަށް ބުނެވުނީ އެހިސާބަށެވެ.

 

“ވީ އާރ ޑަން ހިޔާރ، މި ނިމުނީ..! އެހެރީ އައުލް ވަދެގެން އައި ގޭޓު.. ހަމަ ވަތް ގޮތަކަށް އައިސް ނުކުމެގެން ދޭ.. އަހަރެން ބޭނުމެއް ނޫން އިތުރަކަށް ތި ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫން..” ހައިކާ އެހެން ބުނަމުން ދޮރު ހުޅުވައިފައި އޭނާގެ ގޭތެރެއަށްވަނެވެ. 

 

މުއްސަނދި އާއިލާކަށް ނިސްބަތްވާ ހައިކާއަކީ އުމުރުން އަށާރަ އަހަރު ފުރިފައިވާ ޒުވާން ޖިންސުއްލަތީފެކެވެ. އޭނާގެ ބޮޑަށް ހުންނަ ހަތާވީސް އަހަރުގެ ހާނީ ވަޒީފާ އަދާކުރަމުން ދަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައެވެ. އޭނާގެ މައިންބަފައިން އޭނާ މެލޭޝިޔާއަށް ފޮނުވީ ފޮނި ހުވަފެންތަކަކާއިއެކު އަދި އިތުރު ތަޢުލީމު ޙާޞިލު ކުރުމަށް އެތަނުގެ ފެންވަރު ރަނގަޅު އަގުބޮޑު ކޮލެޖަކަށެވެ. 

 

ރީތިކަމަށް ބަލައިލާއިރުވެސް ހައިކާއަކީ ހަޑި ކުއްޖެއް ނޫނެވެ. ދިގު އިސްކޮޅަކާއިއެކު ބައްޓަން ރީތި ދޮން ހަށިގަނޑެކެވެ. އުނަގަނޑާއި ހިސާބަށްއަރާ ކަޅު ފަން އިސްތަށިގަނޑަކާއި ތޫނު ކަޅިވަރަ ރީތި މަޑު މުށި ކުލައިގެ ކަޅިއެކެވެ. އެހާ ތުނި ނޫނަސް މަޑު ފިޔާތޮށި ކުލައިގެ ތުންފަތަކާއި ހިކިފަތު ބުމައެކެވެ. 

 

“އައި ސްވެއާރ ދެޓް ޕީސް އޮފް ޖަންކް! އަހަރެން އޭނައަކަށް ވާހަކައެއްވެސް ނުދައްކާނަން. ކިތަންމެ ވަރަކަށް އާދެސްކުރިޔަސް ހެޔޮ..” ހައިކާ އެތެރެއަށް ވަދެ ސިޓިން ރޫމްގެ ސޯފާގައި އިށީނދެއިން އޭނާގެ ދެ އެކުވެރިން ޔޫލީ އާއި ޖޫލިއާގެ މެދުގައި އިށީނެވެ. 

 

“ސާބަހޭ ވާ ހައިއަށް. އަނެއްކާވެސް ފައިޓެއް ހިންގާލީ؟” ޔޫލީ ހެވިފައި އެއްސެވެ. 

 

“އާނ.. މިފަހަރު ކިރިޔާ އޭނަ ސަލާމަތް ވީ.. އެއީ އަހަރެން އެތެރެއަށް ވަތް ގަޑިއަށް އޭނާ އެއީ އޭނާގެ ކަޒްއެކޭ ބުނީމަ.. އެހެން ނޫންނަމަ މާދަމާ ފުރަތަމަ ކަމަކަށް އޭނާއާ ބްރޭކްއަޕް ވީސް.” ހައިކާ އެހެން ބުނުމާއިއެކު ޔޫލީގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

 

“ނަސީބެއްނު އެއީ އޭނާގެ ކަޒްއަކަށް ވި ކަންވެސް؟” ޖޫލިއާ އަނެއް ފަރާތަށް މޫނު އަނބުރައިލަމުން ބުނެލީ ކަމެއް ފޮރުވަން އުޅުނު ކަހަލަ ގޮތަކަށެވެ. 

 

“އެކަމަކު ބުނަންތަ ހައި؟ އަހަރެންނަށް ހީވަނީ ހަމަ އަސްލަށްވެސް ހައި އައުލް އާ ބްރޭކްއަޕް ވާންވީހެން. އެއީ ތި މީހުންގެ ފިއުޗާރގަވެސް މެރީކޮށްގެން ފައިޓް ކުރާއިރުވެސް ލިބިފައި ހުންނަ ދަރިފުޅުގެ ހިތަށް ވަރަށް އަސަރު ކުރާނެތާ… އަހަރެންނަށް އެނގޭ ތި ދެ މީހުން މިހާތަނަށްވެސް އެހާ ގިނަ ވައުދުތަކެއް ފިއުޗާރއަށް ވި ކަންވެސް.” ޔޫލީ ހައިކާގެ ކޮނޑުގައި އަތް ބާއްވައިލަމުން ބުނެލިއެވެ.

 

“ހުމްމް.. އަހަރެން ތިކަމާ ވިސްނައިލާނަން.” ހައިކާ އިސްޖަހައިލަމުން ބުނެލިއެވެ. 

 

“އާނ. ދެން އަހަރެންނާ ލިއާ އާ ދަނީ އިނގޭ. ހައި މާ ބޮޑަށް އެކަމާއި ނުވިސްނައި ނިދާ އިނގެ. އަނެއްކޮޅުން މާދަން އޮވޭ ކޮލެޖްވެސް.” ޔޫލީ އެެހެން ބުނެ ތެދުވެ ދޮރާއި ދިމާއަށް ހިގައިގަތެވެ. 

 

” ދަނީ އިނގޭ ހައި.” ޖޫލިއާވެސް ހައިކާއަށް ހަނާ އަޅައިލަމުން ޔޫލީ އާއިއެކު ނިކުމެގެން ދިޔައީއެވެ. 

 

އަނެއް ދުވަހެވެ. ހައިކާއަށް ހޭލެވުނީ މީހަކު ގޮވާ އަޑަށެވެ. ދެލޯ ހުޅުވައިވައި ބަލައިލުމާއިއެކު ފެނުނީ އޭނާ މެލޭޝިޔާގައި ބަލަހައްޓަމުން ދާ ޒާއްތައެވެ.

 

“ޒާއްތާ؟” 

 

ދެން އޭނާއަށް ބަލައިލެވުނީ އޮވެވުނު ތަނަށެވެ. ރޭގައި ވީ ކަންތައްތަކާއި ވިސްނަން ހަދައިގެން އޭނާއަށް ނިދުނީ ސޯފާގައެވެ. އޭނާ ފުއްމައިގެން ތެދުވެ ރާސްލައިފައި ކޮޓަރިއަށް ގޮސް ފާޚާނާއަށް ވަދެ ކުޑަގޮތެއް ހަދައިލިއެވެ. ނިކުމެ ލީ އޯވާރ ސައިޒް ކަޅު ކުލައިގެ ބްލައުސްއަކާއި އޭގެ ދަށުން ބެގީކޮށްގެން ނޫ ކުލައިގެ ފިޓް ޖިންސްއެކެވެ. އަދި އާންމުކޮށް އޭނާ ޖަހައި އުޅޭ ‘މެސީ ބަން’ ޖަހައިލުމަށްފަހު ދަބަސް ހިފައިގެން ސައިވެސް ނުބޮއި ގެއިން ނިކުމެ ބާރަށް ކޮލެޖާއި ދިމާއަށް ހިނގައިގަތެވެ. 

 

ކޮލެޖާއި ހިސާބަށް ދެވުނުއިރު ހުރީ ގަޑި ޖެހިފައެވެ. އެހެންކަމުން އޭނާ ކެންޓީނުން އައިސް ކޮފީއެއް ގަނެގެން މިސްރާބުޖެހީ ލައިބްރަރީ އާއި ދިމާލަށެވެ. ލައިބްރަރީއަށް ވަދެ ދަބަހާއި އައިސް ކޮފީ މޭޒެއްގެ ދޮށުގައި ބޭންދުމަށްފަހު ފޮތް ހަރުގަނޑުތަކާއި ދިމާއަށް ދާން އުޅުނު ވަގުތެވެ. އޭނާއަށް ދެ ފޮތް ހަރުގަނޑު ދޭތެރެއިން ފެނުނު އައުލް ގެ ސަބަބުން އެތާހުރި އެހެން ހަރުގަނޑެއްގެ ފަހަތުގައި ނިވާވެލިއެވެ. އައުލް ހުރީ ކޮންމެވެސް އަންހެން ކުއްޖަކާއިއެކު ކަން އެނގެއެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ މޫނު ނުފެނުމުން ހިތާ ހިތުން ޝަކުވާކޮށްލިއެވެ. ހަމަ އެ ވަގުތެވެ. އައުލް ފޭއަތަށް ޖެހިލި ވަގުތު ފެނުނު މޫނެއްގެ ސަބަބުން އޭނާގެ މުޅި ދުނިޔެ ހީވީ ހުއްޓުން އަރައިގެން ދިޔަހެންނެވެ. 

 

< ނުނިމޭ >

 

ނޯޓް: ޒެލީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހަކު މި ވާހަކަ އަޕްލޯޑްކުރާނެ ވާހަކަ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން.. ޝުކުރިއްޔާ!

 

Share Article

Follow Me Written By

xelly

Level 1

Follow my insta id; @xellowishtiwagato

Other Articles

Previous

އެދުވަހު ލޯބިން 8

Next

އެދުވަހު ލޯބިން 9

Next
August 10, 2022

އެދުވަހު ލޯބިން 9

Previews
August 10, 2022

އެދުވަހު ލޯބިން 8



All Right Reserved!