ލޯތްބަކީ ފެން ކަހަލަ އެއްޗެކެވެ. އެކަކު އަނެކަކު ދެކެ އެ ލޯބި ވެވޭނެއެވެ. ކަޅެއް ދޮނެއް، ސައިޒެއް، އުމުރެއް ލޯބި ވާކަށް ނޯވެއެވެ. ހަމަ މިގޮތަށް ކުޅެދޭ މީހުންނާއި، ނުކުޅެދޭ މީހުން ވެސް ލޯބީގެ ކުރިމަތީގައި ހަމަހަމައެވެ. ލޯބިވުމާއި، ލޯބި ލިބުމުގެ ހައްޤު ކޮންމެ ހަމަ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ. ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުން ސޮފްޙާއެކެވެ. އަހަންނަކީ އުފެދުމުގައި އުނި ސިފަތަކެއް ހުރި މީހަކީމެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އަހަރެންގެ މައިންބަފައިންނާއި، […]
އެއީ ވަރަށް އުޑުމަތި ސާފު ރީތި ރެއެކެވެ. އަހަންނަކީ އޮފީހުގައި އާދައިގެ މަޤާމަކަށް އަލަށް ވަތް މުވައްޒަފެއްކަމުން، އޮފީސް ތަޅުމުގެ ޒިންމާ އޮންނަނީ އަހަރެންގެ ބޮލަށް ޖަހާފައެވެ. ކޮންމެ ރެއަކު 11 ޖަހާއިރަށް އޮފީސް ތަޅުލަން ޖެހޭނެކަމަށް އަންގާފައި އޮވެއެވެ. އަހަންނަށް މިކަން ވެފައި އޮތީ ބޮޑު ކަމަކަށެވެ. ތަޅުލާން ޖެހެނީ ހަމައެކަނި މައިދޮރެވެ. ދެން ޖެހެނީ ހުރިހާ އޭސީތަކާއި ބޮކިތައް ނިއްވާށެވެ. ފާހަނާތަކުގެ ކުޑަދޮރުތައް ލައްޕާށެވެ. “އަޅެ ދެން ދޮންތާ.. ތިތާ ބޮޑު މީހާ ގާތުގައި […]
މި ވާހަކަ އަޕްލޯޑް ކުރުން ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާއާފަށް އެދެން. “އަޅުގަނޑަކީ ހާމް…” ހާމް ބުންޏެވެ. “ހާމް. ހާދަ މާތް ކޮށް. ބަލަ މީ ހާމްގެ ވެސް ރައްޓެއްސެއްކަމަށް. ޖަސްޓް ޓޯކް ލައިކް އަ ފްރެންޑް.” ރީނާ ބުންޏެވެ. “އަނެއްކާ މަ ފްރެންޑް ޒޯން ކުރީތަ؟ ނުވާނެ އެހެނެއް. ހާމޫ ތި ތަންކޮޅެއް ރީތިކޮށް ފްރެންޑްލީ ކޮށް ވާހަކަ ދައްކަބަލަ! ” ހިތާހިތުން ހާމް ބުނެލިއެވެ. ” މިހާރު އިނގޭނެ ނަން. އުމުރުން 23. […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ދުވަހަކީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔަވަން ފެށުނު ދުވަހެވެ. ކުއްލިއަކަށް ކުލާސް ދޮރުމައްޗަށް މީހަކު މަޑުކޮށްލުމުން އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. ސްކޫލު ޔުނީފޯމުގައި ހުރި އަންހެންކުއްޖާއަކީ މީގެ ކުރިން ސްކޫލުން ފެނިފައިވާ ކުއްޖެއްހެންވެސް ހީނުވެއެވެ. ނަމަވެސް އެއީ ހަމަ ސްކޫލުގައި ރަން ވަނަތައް ހާސިލުކުރަމުން ހަރަކާތްތެރިކޮށް އުޅުނު ކުއްޖާއެވެ. ހައިރާންކަމާއެކު އެކުއްޖާއަށް ބަލަން އަހަރެންނަށް […]
ހެނދުނު ހެނދުނާ ކިރު ސަޔާއި އަލްސަފާ ފާރޮށި ޖަހައިގެން ކައިގެން ނުކުމެ އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައި އަރާމުކޮށްލާށެވެ. އެހެން އޮތްއިރު އަހަރެންގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. މިދުވަސްކޮޅަކީ ރަށުތެރެއަށް ކުޑަކުދިން ނެރުން މަނާކޮށްފައިވާ ދުވަސްވަރެކެވެ. ސަބަބަކަށް ވަނީ ސަންތިމަރިޔަނބު އަރާތީޔޯލައެވެ. ޚުދު އަހަރެންނަށްވެސް މަންމަ އޮންނަނީ ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަހަރެންނަށް އަށާރަ އަހަރު ނުފުރޭތީއެވެ. އަހަރެން މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ކުއްލިއަކަށް ހަނދާންވީ މަންމަ އަހަރެން ކުޑައިރު ނިންދަވަން ވަދެފައި ކިޔައިދޭ […]
މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ޖެހެމުން ދިޔަ ވައިރޯޅިވެސް ދިޔައި ބާރުވަމުނެވެ. ހީވަނި ގަސްތައް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ހީވަނީ ކަޅުސާލެއް އޮޅައިލާގެން އޮފަދައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އަނދިރިކަމެވެ. ވެހެމުން ދިޔަ ބޯވާރޭގަނޑު ތެރޭގައި ހުއްޓުންއަރަފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަމް ހުރީ އެތަނުންދާން ބޭނުންދުވެފައެވެ. ދާނީވެސް ކިހިނަކުން ހެއްޔެވެ؟ ދާދި ދެންމޭކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރައާށްލައި ފަސްއެލެވުނީ އޭނާގެެ އަލަތު ލޯތްބެވެ. އުފަލާއި […]
ހަނދުގެ އަލިން މުޅި ހިސާބުގަނޑަށް ވަނީ އަލިވެފައެވެ. ހަނދުގެ ވަށާގެން ރަނިކަން ކުރަމުންދާ ތަރިތަކުގެ ސަބަބުން އެމަންޒަރު ބަލަބަލާ ފޫހިނުވާނެއެވެ. މިނިވަންކަމާއެކު އެހަނދު އޭގެ ވާޖިބު އަދާކުރަމުންދާއިރު ކުރިމައްޗަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ހަމަ އެގޮތަށް މުޅި އާއިލާގައިވެސް ރަނިކަން ކުރަމުން އަންނަ އެމައުސޫމު ކުއްޖާގެ ހަޔާތަށްވެސް މިފަދަ ތޫފާނެއް އައިސްދާނެ ކަމަކަށް އެކަކުވެސް ހީއެއްނުކުރެއެވެ. އެރެއަކީވެސް ހަމަ ވަރަށް ފުރިހަމައަށް ހަނދުވަރުދީފައި އޮތް ރެއެކެވެ. އާލާ އޭނާގެ އެކުވެރި އައިޝްކާ އާއި […]
ރާޅުތައް އައިސް އަހަރެންގެ ފައިގާ ބޮސްދެމުން ދިޔައީ އަހަރެން ބުނެގެނެއް ނޫނެވެ. ފިނި ވައި ރޯޅިތައް އައިސް ގައިގާ ފިރުމަމުން ދިޔައީ އަހަރެންގެ އަމުރަކަށް ނޫނެވެ. މަޑުމަޑުން ފައިތިލަ ދަށުގައި ވެލިފުއްތަށް ކޭއްތެމުން ދިޔައީ އަހިރެންގެ އެދުމަކަށް ނޫނެވެ. މިއީ އަހަރެންވެސް ދިރިއުޅުމުގައި ކަންތައްތަށް އަހަންނަށް ވާން އެދޭ ގޮތެވެ. އަހަރެންގެ ވަށައިގެންވާ މާހައުލުން އަހަރެން ހުރީ އެކަނި ކޮށްލައިފައެވެ. ވަކިކޮށްލާފައެވެ. ބާކީކޮށްލާފައެވެ. މިއީ މިހާރުވީކަމެއް ނޫނެވެ. އުންމެ ކުޑައިރުއްސުރެ ކަންތައް ވަމުން ދަނީ ހަމަ މި […]
އަލްސަނާއި ލޫތަކީ އެންމެ ތުއްތުއިރުއްސުރެ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. މިހާރުގެ ނަމުންނަމަ ދެ “ބެސްޓް ފްރެންޑުން”ނެވެ. ދެކުދިންގެ އުމުރުން 7 އަހަރުން ފެށިގެން ބާސްކެޓް ބޯޅަ ކުޅެން ފެށިއެވެ. އެހިސާބުގަނޑުގައި ހުންނަ ކުޑަކުދިންގެ ބާސްކެޓްބޯޅަ ކޯޓަށް ގޮސް ދެމީހުން ވާދައަށް ކުޅެ އުޅެއެވެ. މީގެ ތެރެއިން ގިނަ ފަހަރު މޮޅުވާނީ އަލްސަނެވެ. އަލްސަނަކީ ދިގު ކުއްޖެއް ކަމުން ބާސްކެޓަށް ވަރަށް ފަސޭހަކަމާއެކު އެއްލައިގެން ގިނަ ލަނޑު ޖަހައެވެ. ލޫތަކީ ކުރުކުއްޖެއް ކަމުން ބާސްކެޓަށް އެއްލަން ވަރަށް އުނދަގުލެވެ. […]