ރާޅުތައް އައިސް އަހަރެންގެ ފައިގާ ބޮސްދެމުން ދިޔައީ އަހަރެން ބުނެގެނެއް ނޫނެވެ. ފިނި ވައި ރޯޅިތައް އައިސް ގައިގާ ފިރުމަމުން ދިޔައީ އަހަރެންގެ އަމުރަކަށް ނޫނެވެ. މަޑުމަޑުން ފައިތިލަ ދަށުގައި ވެލިފުއްތަށް ކޭއްތެމުން ދިޔައީ އަހިރެންގެ އެދުމަކަށް ނޫނެވެ. މިއީ އަހަރެންވެސް ދިރިއުޅުމުގައި ކަންތައްތަށް އަހަންނަށް ވާން އެދޭ ގޮތެވެ. އަހަރެންގެ ވަށައިގެންވާ މާހައުލުން އަހަރެން ހުރީ އެކަނި ކޮށްލައިފައެވެ. ވަކިކޮށްލާފައެވެ. ބާކީކޮށްލާފައެވެ. މިއީ މިހާރުވީކަމެއް ނޫނެވެ. އުންމެ ކުޑައިރުއްސުރެ ކަންތައް ވަމުން ދަނީ ހަމަ މި […]
ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. […]