ހަނދުގެ އަލިން މުޅި ހިސާބުގަނޑަށް ވަނީ އަލިވެފައެވެ. ހަނދުގެ ވަށާގެން ރަނިކަން ކުރަމުންދާ ތަރިތަކުގެ ސަބަބުން އެމަންޒަރު ބަލަބަލާ ފޫހިނުވާނެއެވެ. މިނިވަންކަމާއެކު އެހަނދު އޭގެ ވާޖިބު އަދާކުރަމުންދާއިރު ކުރިމައްޗަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ހަމަ އެގޮތަށް މުޅި އާއިލާގައިވެސް ރަނިކަން ކުރަމުން އަންނަ އެމައުސޫމު ކުއްޖާގެ ހަޔާތަށްވެސް މިފަދަ ތޫފާނެއް އައިސްދާނެ ކަމަކަށް އެކަކުވެސް ހީއެއްނުކުރެއެވެ. އެރެއަކީވެސް ހަމަ ވަރަށް ފުރިހަމައަށް ހަނދުވަރުދީފައި އޮތް ރެއެކެވެ. އާލާ އޭނާގެ އެކުވެރި އައިޝްކާ އާއި […]