ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. […]
މެންދުރުފަހުގެ ވަޤުތެވެ. އަހަރެމެންގެ މިސްރާބުހުރީ ކޭ.އެފް.ސީއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބައެއް ފަދައިން އަހަރެމެން ސައިކަލު ދުއްވަމުން ދިޔައީ އިންތިހާ ބާރު ސްޕީޑެއްގައެވެ. މިއީ އަހަރެން ކޮންބޭނުމަކު ކުރާހާ ކަމެއް ހެއްޔެވެ؟ އެކުވެރިންނާއެކު ނަން މަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. ވަކި ހިސާބަކަށް ދެވުނުތަނާހެން އަހަރެމެންގެ ހިޔާލު […]
އާދައިގެ މަތިން ކިލާސް ނިންމާލާފައި ‘ލެކްޗާރ ހޯލް’ އިން ނުކުމެވުނުއިރު 20:10 ހިނގަނީ އެވެ. “އާހް.. ނައިންތު ފްލޯ؟” ބޭއިޙްތިޔާރުގައި އަހަންނަށް އެހެން ބުނެލެވުނެވެ. ވާނީވެސް އެހެންތާއެވެ؟ ހ. ސަކީނާ މަންޒިލްގެ ތިންވަނަ ފަންގިފިލާއިން ތިރިއަށް ފޭބުމަށް ލިފްޓް ބަޓަންއަށް ފިތާލި އިރު ލިފްޓު އަރަނީ ހުރިގޮތަށް މައްޗަށެވެ. މައިކޮލެޖް އެޑްމިން ހޯލްގެ ދޮރުކައިރިން ފާރުގައި ލެނގިލައިންގެ ހުރި އަހަރެންގެ ކަޅި އަމާޒުވެފައި ހުރީ ލިފްޓުގެ ނަންބަރު ބޯޑަށެވެ. ނަސީބަކުން މާލަސްތަކެއް ނުވިއެވެ. ލިފްޓު ހުޅުވުމުން ހަލުވިކަމާއެކު […]
ދުވަހަކީ މަންމައިންގެ ދުވަހެވެ. އައިޝާގެ ދަރިފުޅު އީލާފް އުޅެނީ ކައިރި ރަށެއްގައި ހުންނަ ބީ.އެމް.އެލް ރީޖަނަލް ބުރާންޗްގައި މެނޭޖަރަކަށެވެ. ވަޤުތަކީ މެންދުރުފަހެވެ. އައިޝާ ދަރިފުޅަށް ގުޅާލިއެވެ. އައިޝާ: ހަލޯ ދަރިފުޅާ!! އީލާފް: ލައްބަ މަންމާ، ހެޕީ މަދާސްޑޭ ބެސްޓު މަމް!! އައިޝާ: (ހީލާފައި) ދަރިފުޅާ މަންމައަށް ހަދިޔާއެއްވެސް ނުދެންތަ؟ އައިޝާ އެހެން ބުނެލީ ސަމާސާ އަކަށެވެ. އެކަން ވާހަކަ ދެއްކި ރާގުން ފަހުމުވެއެވެ. އީލާފް: ނޫނޭ.. މަންމާ!! ފައިވް ތައުސަންޑް ރުފިޔާ އެބަ ޖަމާކޮށްދެން!! އޯކޭވާނެތަ ހަދިޔާއަކަށް؟ […]
މިއަދަކި 2017ވަނައަހަރުގެ އޭލެވަލް ކިޔެވުން ފެށޭދުވަހެވެ. ގަޑިން ހެނދުނު 6.00 ޖެހީއެވެ. ލައިޝާ އެތެދުވީ މަދަރުސާއަށް ދިއުމަށް ތައްޔާރުވާށެވެ. އެއީ މިއަހަރު ‘ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލް’ގައި ކިޔަވާ އައުބެޗްގެ ދަރިވަރެކެވެ. މަދަރުސާގައި ކިޔެވުމުގެ ޖާގަ ލިބުމަށްފަހު ބޭއްވުނު އޮރިއެންޓޭޝަންތަކުގައި ލައިޝާ ބައިވެރިވެފައިނުވާތީ ލައިޝާގެ ކްލާހުގައި އުޅޭނީ ކޮން ކުދިންނެއްކަމެއް ލައިޝާއަށް އެނގިފައެއްނެތެވެ. މިހެންވެ، ލައިޝާ ގަސްތުކޮށްގެން އެހުރީ ފުރަތަމަ ދުވަހު މަދަރުސާއަށް އަވަހަށް ދިއުމަށެވެ. ލައިޝާއަކީ އެހެންމީހުންނާއި ކުރިމަތިލާން ލަދުގަންނަ ކުއްޖެކެވެ.ލައިޝާގެ ފުރަތަމަ މާއްދާ ފެށެނީ […]
ހޭލައިފީމެވެ. ފެންވަރާ ތިއްތިވެގެން ކޮޓަރިން ނުކުމެ ކާގެއަށް ވަދެފީމެވެ. ކާމޭޒުދަށުގައި އިށީނދެފީމެވެ. ސުފުރާ މައްޗަށް ނަޒަރު ހިންގާލައިފީމެވެ. ރިހާކުރު ދިޔައާއި ރޮށްޓާހެއްޔެވެ؟ މާމަގެ ފޫޅެވެ. މަސްގަނޑަށް ދަހިވެފައި އޮތް ބުޅައްލެހެން އިންދެ ރޮށިފިލުވައިފީމެވެ. އަދި ކަމަކު ނުދެއެވެ. މިވަރު މާމަދެވެ. އިތުރު ހަތަރު ރޮށި ފިލުވާލައިފީމެވެ. އަސްތާ މި ފިލުވުނީ ދިހަ ރޮށިހެއްޔެވެ؟ ވަރިހަމައެވެ. ހަޔާތުގެ ރެކޯޑެއް މުގުރަމާ ހެއްޔެވެ؟ އާއްމުކޮށް ފަސް ރޮށި ކައިފައި މިއަދު ދިހަ ރޮށި ކާތީ މަންމަ ހުރީ އަންތަރީސްވެފައެވެ. […]
ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. އެއީހަމަ ތެދުވާހަކައެކެވެ. މިއޮތީ ދޮންއަނބެއްހެން ޑިމޮކްރަސީ ދޮންވެފައެވެ. ޑިމޮކްރަސީގަ ހުރިހާ ރިހުމަކަށް އޮތް ފަންޑިތައަކީ މުޒާހަރާއެވެ. ނުވަތަ އިހުތިޖާޖުކުރުމެވެ. ފަށަމާ ހިނގާށެވެ. މީހުން އެއްވެއްޖެއެވެ. ހާދަ ބައިމަދެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ގޮވިމީހާ ގޮވީ ކީކޭ ބާއެވެ؟ މުޅިން ކަޑައެވެ. ހައެއްކަ ޒުވާނުންނެވެ. ދެންތިބީ މުސްކުޅިިންނެވެ. އަސްތާ ރަނގަޅެވެ. އެއީ ރަށުގައި ތިބި އެއްމެ ރުއްގިނަ މީހުނެވެ. އަޑު ހުންނާނެތާއެވެ. ބޯޑުތައް އަވަހަށް ބަހާލާށެވެ. ހުދުފޮތިގަނޑުގަ ހަދާފައިން ބެނާ ކުރިއަށް ގެންނާށެވެ. މިއީ […]
? ޖާނާ މާލުން ޤުރުބާންވީމެ ކަލާއެދުމަށް… ނެތުނީހެ ބޭނުން މިއަދު ތިޔަ ދޫކޮށްލީ… ? ކުރިހާ ވައުދާ ވީހާ ލޯބި އޮޔާލީހޭ..؟ ނެެތުނީހެ ރަހުމެއް މިއަދު ތިޔަ ރޮއްވާލީ… އިވެމުންދިޔަ ލަވައަށް ގެއްލިފައި އިން އަހަރެން ސިހުނީ ޑުރައިވަރުގެ އަޑަށެވެ. “ބުރޯ.. ހުޅުމާލެ ކިހާ ހިސާބެކޭ ބުނީ؟” ސިނަމާލެ ބުރިޖު ހުރަސްކޮަށް ހުޅުމާލެއާއި އަރާ ހަމަވުމުން ޑުރައިވަރު އެއްސެވެ. “170، އޯކޭވާނެ ހުޅުމާލެ ހޮސްޕިޓަލް އެމާރޖެންސީއާ ދިމާލަށް ކައިރި ކުރީމަ” ހިނިތުންވަމުން އަހަރެން ބުނެލީމެވެ. އެއީ 170 […]
“ވިލާ ދައުރުކުރާފަދައިން އިންސާނާގެ ހަޔާތަކީވެސް ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލާ މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީވެސް ހަމަ ތަޤްދީރުގައި ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.” ދުވަސް ފެށިގެން ދިޔައީ ވަރަށްވެސް އުޖާލާކޮށެވެ. މަންމަގެ ލޮބުވެތި އަޑުން ފެށުނު އުފާވެރި ދުވަސް ނިންމާލީ އެކުވެރިޔާއެވެ. 13 އަހަރުގެ އެކުވެރިޔާއެވެ. “އަލްޔާ، އަލްޔާ، ނުހޭލާނަންތަ؟ ރިޔާސާ އަންނަންއުޅޭނެ […]